މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އާ ދެކޮޅަށް ނައިފަރުން ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

ނައިފަރުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، "އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" މިޝިއާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން އޮންނާނީ މާދަމާ ހަވީރު 4:00 އިން ކަމަށެވެ.

އޭނާ ބުނިގޮތުގައި، އެ ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ އެރަށުގައި ހުންނަ ބީއެމްއެލް ބްރާންޗުގެ އިރުމަތިންނެވެ. އޭނާ ވަނީ އެ ހިނގާލުމަށް ދާ ކޮންމެ ފަރާތަކުންވެސް އޭ4 ސައިޒްގެ ބޯޑެއް ހިފައިގެން ދިއުމަށާއި ބޯޑުތަކުގައި ތަތްކުރާ ޝިއާރު އެތަނުން ލިބެން ހުންނާނެ ކަމަށް ބުނެފައެވެ.

މީގެ ކުރިން އެ ޖަމިއްޔާ އާ ދެކޮޅަށް، ރ އަތޮޅު ދުވާފަރުގައިވެސް ހިނގާލުމެއް ކުރިއަށްގެންގޮސްފައި ވެއެވެ.

އެމްޑީއެން އިން ރާއްޖޭގައި ދިނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ މީހުންނާއި ހަރުކަށި ވިސްނުންތަކާ ބެހޭގޮތުން ކޮށްފައިވާ ދިރާސާއެއް ކަމަށްބުނެ ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ވަނީ ފާޑުކިޔާފައެވެ. އެ ދިރާސާ ހެދުމަށްފަހު ނެރެފައިވާ ރިޕޯޓުގައި އެ ޖަމިއްޔާއިން ވަނީ އިސްލާމް ދީނުގެ އަސާސްތަކާއި ރަސޫލާގެ ސުންނަތް އަދި ކީރިތި ގުރުއާނުގެ ނަސްހުން ސާބިތުވާ ބައެއް ކަންކަން ދޮގުކޮށްފައެެވެ. އެގެ ތެރޭގައި ރަސޫލާ އިސްރާ މިއުރާޖް ދަތުރުފުޅު ހިމެނެއެވެ.

އެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް އެރިޕޯޓުގައި ބުނެފައިވާ ވާހަކަތަކަށް ތާއިދު ކުރާ އަދި މައްސަލައެއް ނެތްކަމަށް ގަބޫލުކުރާ ބަޔަކުވެސް ރާއްޖޭގައި އެބަ ތިއްބެވެ. އެމީހުންގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކުން ވެސް އަންނަނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރާ ބައެއް ކަމަށްބުނެ އެމްޑީއެން އާ އެއްކޮޅަށް ވާހަކަދައްކަަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގައުމުގެދޫ

    މުސްލިމު ލޭހިނގާ ކޮންމެ ދިވެއްސެއް އެބަޖެހޭ މި ރިޕޯޓު ދިފާޢުކުރާ އެންމެނާ ދެކޮޅަށް މުޒާހަރާކުރަން. މިއީ އަހަރެމެންގެ އަޤީދާއާ ކުޅުނު ކުޅުމެއް. މިސަރުކާރު ގެންނަން މަސައްކަތްކުރި މީހުންކައިރީ އަހަރެމެން އޭރުވެސް ބުނިން މިއީ ހަމަލާދީނީ ސަރުކާރެކޭ. ދިވެހިން އަޑުނޭހީތާ. ދެންޖެހޭނީ ހިތިބޭސް ބޯން. ހަމަ ހިތިބޭސް ބޯން.

  2. 2023 ޔާމީން

    ޔާން

  3. އާމިނަ

    ސާބަހޭ ނައިފަރު ރައްޔިތުން. ދިވެހިން ގެ ފަޚްރެއްތީ. ދާއިރާގެ މެންބަރު ވެސް އޭހަމަ ބޮޑުތަކުރުފާނެއް މިޤައުމުގައި .ނައިފަރު ނަމޫނާއަކަށް ބަލާ ރާއްޖޭގެ ހުރިހާ ރަށްރަށުގައި ދީނާ ދެކޮޅަށް ފުރުޞަތުނެއްކަން ރައްޔިތުން ދައްކަންވީ ދުޢާދެއްވާފަ ހުރިވެރިމީހާއަށް. ގިނަ ކައުން ސިލް ތަކަށް ކުށްވެރި ކޮށްލަން ވެސް ނުކެރުނު .ބައެއް ނޫސްތައްވެސް ބިރުންތޯޗެ ނިދާފައި .ނައިފަރު މީހުން ސޭބޯގެން މާކުރީގައި. ރަނގަޅު ހަމަ. މީކުޑަކުޑަ ކަމެއްނޫން ދ.ީނާއޭ މިކުޅެލަނީ ވެރިކަން އަތުޖެހޭ އިރަށް. ވެރިކަން ލިބުނީމަ ވެސް ކުރާކަށްވެސް ކެރުނީއެއްވެސްނޫން. ނަޝީދަކަށް.

  4. Anonymous

    މިތިބެނީ އިސްލާމްދީނުގެ ލޯބުހުރި ރައްޔިތުންނަކީ

  5. ހައްޖަ

    ސާބަހޭ ނައިފަރު ރައްޔިތުން ތިކުރާ ހިއްވަރައް..

  6. ހުސޭނު

    މުޅި ރާއްޖޭގަވެސް ހިގާލުން ބާއްވަންޖެހޭ