އެކަނިވެރި މައިންނާ ބަފައިންނަށް 10،000 ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ފާސްކުރި ހަބަރު އެތައް ބަޔަކު އެހީ އުފަލާއެކުއެވެ. މީގެ ކުރިން ކިތަންމެ ގިނަ ދަރިންނެއް ތިއްބަސް 3000 ރުފިޔާއިން ފުއްދާލައިގެން ތިބި މީހުންނަށް އެކަންވީ އުފާވެރިކަމަކަށެވެ. އެހެން ނަމަވެސް ކޮންމެ ކަމަކުންވެސް ނާޖާއިޒް ފައިދާ ނަގަމުންދާ މީހުން އެބަތިއްބެވެ،

މިއީ 10،000 ރުފިޔާ ދޭ ވާހަކަ އަޑު އިވުމުން އެ ފައިސާގެ ދަހިވެތިކަމުގައި އަނބިމީހާ ވަރިކޮށްލި މީހާގެ ވާހަކައެވެ. މިއީ ނަން ހާމަކުރުމަށް ނޭދޭ ފަރާތަކުން "ވަގުތު" އަށް ހިއްސާކޮށްފައިވާ މައުލޫމާތެކެވެ. އޭނާ ބުނެފައި ވަނީ އެ ހަބަރު އަޑު އިވުމާއެކު އުތުރުގެ ރަށަކަށް ނިސްބަތްވާ އެ ފިރިހެން މީހާ އޭނާގެ އަންހެނުން ވަރިކޮށްފައި ވާކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ދެމަފިރިން އެކަކު އަނެކަކާ ވާހަކަ ދައްކައި ރުހި ގަބޫލުވެގެން ކަަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"މިރަށުގެ ދެމަފިރިއަކު ވަނީ 10000 ރުފިޔާ ދޭ ހަބަރު އަޑު އަހާފަ ވަރިވެފައި. އެދެމީހުން ވަރިވީ އެކަކު އަނެކަކާ ވާހަކަ ދައްކައިގެން ކަމަށް ވަނީ" އޭނާ ކިޔައިދިނެވެ.

އެނާ ކިޔައިދީފައިވާ ގޮތުގައި އެދެމަފިރިން ގެ ކައިވެންޏަށް މިހާތަނަށް ލިބިފައި ވަނީ އެންމެ ދެކުދިންނެވެ. އަދި ކޮންމެ ކުއްޖެއްގެ މައްޗަށް ލިބެނީ 1،000 ރުފިޔާކަން އެނގުމާއެކު އެ ފިރިހެން މީހާ އަލުން ކައިވެނި ކުރަން ދުއްވައްގަތް ކަމަށާއި އޭރު، މުޅި ރަށުތެރޭގައި އެކަމުގެ ވާހަކަ ފެތުރިގެން ގޮސްފައިވާކަމަށް އޭނާ ކިޔައިދިނެވެ.

މީގެ ކުރިން 3000 ރުފިޔާ ދެމުން ދިޔަ އިރުވެސް ބައެއް ދެމަފިރިން ވަރިވެފައި ވާކަމަށް މަރުތަކާއި ގެއްލުވާލައިފައިވާ މީހުންނާ ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދުވެސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އެ އުސޫލުގައި އެކަނިވެރި މަންމަ ނުވަތަ ބައްޕައަށް އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށް ފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3،000 ރުފިޔާ ލިބޭ ގޮތަށެވެ. މިއަދު ގެނައި ބަދަލުގައި ވަނީ މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް އިތުރު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކިޔާ

    ޕިސް ޕިސް..ފައިސާއާއި ހެދިި މޮޔަ ވިޔަސް ތީބޮޑުވަރު..

    15
  2. ޒަރީނާ

    ތިވެސް ބޮޑު އޮޅުވާލުމެއް

    5
    1
  3. ބޮޑުފިލި

    ހިހި.ހިހި. އެއްލާ ކޮންމެ ދަލެއްގައި ޖެހޭދޯ. މީހަކު ހަމަ ނޫހެއްގައި އެއްޗެއް ލިޔާއިރަށް އެކަމެއް ގެ ދޮކޮޅު ނުބަލައި ދުއްވާގަންނާތި. ދެމީދާ ފަހާދުވުނު ބުޅަލަށްވީވަރުވެސް ދެންނުވާނެ.

    13
  4. ދަންސޫރަ

    ތިދެމީހުން މަގުފުރެދިއްޖެކަން ޔަގީން ތިދެމީހުންވަނީ ފައިސާގެ. ދަހިވެތިކަމުގަ ޒިނޭކުރުމާ ގާތްވެފަ އަދި ދަރިން އެކަނިވެރި ކުރުމަށް މަސައްކަތް ކޮއްފަ

    11
  5. އެންދެރި

    ޒިނޭ އަށް މަގުފަހި ކުރުވަނީ އެވެ .

  6. އަޙްމަދު

    ކިޔާޢެޢްޗެއް ޢަޑެއްނާޙާތަ

  7. އަހުމަދު

    އެންމެ ކުއްޖެއް ހުންނަ މީހަކަށްވެސް 10،000ރ ލިބޭނެތަ؟

    2
    10
  8. ޒީ

    މިތިބަ ބައެއް ދޯ!
    ބަޔަކު ބުނާހާއެއްޗެއް އަޑުއަހާ އެއަށް އަމަލު ކުރަންވެއްޖެނަމަ މީހާ ދެދުނިޔެ އިން ގެއްލިއްޖެ ޔަގީން!
    އަހުންް ތިހެން ގުއިރޯނުގަ ޖައްސާން އުޅުނަސް ނުޖެހޭނަން!