ރާއްޖޭގައި އިންސާފު ގާއިމް ކުރުމަށް އިސް މަގާމުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަގާމުތަކުގައި ތިބި ބޭބޭފުޅުން ބަދަލުނުކޮށް ރާއްޖޭގައި އިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ކޯޓުތަކާއި އެހެން މުސްތަގިއްލު މުވައްސަސާތަކުގެ މަގާމުތަކަށް ބަދަލު އަންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި ހަމަ އެއާ އެކީގަ އަޅުގަނޑުމެން އެންމެންވެސް އެބަ ޖެހޭ ވިސްނާ ގޮތްތައްވެސް ބަދަލު ކުރަން. އިރާދަކުރެއްވިއްޔާ އެހެން ކަންކަން ބަދަލުކުރެވޭނެ. ގާނޫނުތައް ބަދަލު ކުރެވޭނެ. އަޅުގަނޑުމެންނަށް ގާނޫނުތަކަށް ބަދަލު ގެނެސް ހިންގަމުން ގެންދެވޭނެ. އަދި ދެން ކުރަން ހުރި ކަންކަންވެސް އަޅުގަނޑުމެން އެންމެން އެކުގައި ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އޮންނާނީ އަބަދުވެސް ބަދަހިކަންމަތީގައި ކަމަށެވެ. އެގޮތުން އެޕާޓީ ބައިބައި ކޮށްލުމަކީ ވާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އާއިޝާ

  އެންމެ ފުރަތަމަ ބަދަލުކުރަންވީ ތިބޭފުޅާ ނިސްބަތްވާ މަޤާމް..

  27
 2. އިކްރާމް އަބުދުއްސައްތާރު

  މަޖީލީހުގެ ރައިސަކަށް ހުންނަންވާނީ މުސްލިމުންގެ މައްޗަށް ގާނޫނު ހެދޭވަރުގެ އީމާންތެރި ޔެއް.

  ތިބޭފުޅާ ގަބޫލު ކުރާއެއްޗެއް ނޫނެއްނޫންތޯ އެއީ... އެހެންވީއިރު އިސްތިއުފާ ދެއްވާ..!

  މިއީ ޑިމޮކްރަސިގެ ހިޔަލުގައި ދައްކާ ވާހަކަ..! އަވަހަށް ފައިބާފަ އެމް.ޑީ. އެންގެ ޗެއަރ އަކަށް ވަޑައިގަންނަވާ..!

 3. ޢަބްދުއްލާ

  އިންސާފު ގެނައުމަށް މަގާމުތަކަށް ބަދަލު ގެންނަން ޖެހޭ: ނަޝީދު

  1 ގަޑިއިރު ކުރިން ( އޮކްޓޯބަރ 17, 2019 )

  އޭޭރުންތަ ފައްޅިއެޅޭނީ

 4. ޖަހާންގީރު

  މި ނުލަފާ ލާދީނީ މީހާ ދާތަނަކަށް އޭނަގެ ވާހަކަ އަޑުއަހަން އެދާ މީހުނަކީވެސް މިމީހާ ފަދައިން އިސްލާމް ދީނުގެ ޢަދުއްވުން

 5. ކެޔޮޅު

  ފުރަތަމަ ގެންނަންޖެހޭބަދަލަކީ ރަ އްއއްޔިތުންގެ މަޖިލީހުން ޔަހޫދީކަލޭގެ ބޭރުކުރުން މި އީދިވެހިންނައްޖެހިފާ އޮތް ބޮޑު މުސީބާތަކައް ވެ އްޖެ!

 6. އިސްލާމް

  ކިތަންމެ މަޤާމެއް ބަދަލުކުރިޔަސް ތިޔަ ބޭފުޅާ ބަދަލު ނުރަނީހެއް އެއްވެސްކަމެއް އިސްލާހު ނުވާނެ....

 7. މުހައްމަދު

  ﷲ އިރާދަކުރައްވާފިނަމަ މޑޕވެސް އަދި އެހެން ބަޔަކުވެސް ބައިބައި ވުމަށް ސިކުންތެއްވެސް ނުވާނެ.

 8. ޖާޒީރާ ބޯއީ

  ކޮބާ މަބުނިތަން މިއޮއް ލާގަތީ، އަވަހަށް ފޮރިން މިނިސްޓަރު ބަދަލް ކުރޭ.

 9. ޕިޔޯނު

  ނަޝީދު އެވެ އަޑު އިވޭގޮތުން ދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިނާމް ދޭ ޖަލްސާާ ޝަރަފް ވެރި ކޮއްދެނީ މަނިކު ފާާނު ކަމައްބުނާތީ އަޑު ޢެހީމެވެ މަނިކު ފާނު ދީނައް ހަޖޫ ޖަހައި އެމް ޑީ އެން ދިފާޢު ކޮއްފަ ތިވަޑައި ގަނެވެނީ ޝޭޚް ފަރީދު ޢާޢި ޝޭޚު ޒައިދު ގެ އުފަން ރަށައް ކަން ހަނދާން ބަހެއްޓެވުމައް ދަންނަވަމެވެ

 10. ކާފަ

  ޢެންމެ ފުރަތަމަ މަޖްލިސްރައީސް އަދި މަޖްލިސްގެ ނައިބްރަައީސް. ދެން ރައިސުލްޖުމްހޫރިއްޔާ،...

 11. ހުވަދޫ ޑޮކް

  މަމެންނަށް އެނގޭ މި ކަލޭގެ އަށް ދަޢުލާތާއި ގާތްވެވޭ އިރަށް މިކަހަލަ ކޮންމެވެސް ކަންތައްތައް ގަނޑެއް ގަޢުމާއި ކުރިމަތިކުރުވާނެކަން!! އެމްޑީޕީ މެމްބަރުން ވާވެއްދުމާއި، " ތިމާމެން އަމިއްލަ ޚިޔާލުގައި އުޅެވެންވާނެ " ކަމުގެ ޔަހޫދީ ވިސްނުން ޕާޓީމެމްބަރުންގެ ބޮލަށް ވައްދައި ރައްޔިތުން ސުންނާފަތި ކުރުވަމުން މިދަނީ !! އެއްކަޢުވަންތަ ﷲ މި ލާދީ ފިކުރުން މިޤަޢުމު ސަލަމާތް ކޮށްދެއްވައި، ލާދީ ވިސްނުމާއި ފިކުރު މިޤަޢުމުން ތާއަބަދަށް ފޮހެ ދެއްވާށިއެވެ! އާމީން .....

 12. ސިކަންދަރު

  އިންސާފު ގެނައުމަށް މަގާމުތަކަށް ބަދަލު ގެންނަން ޖެހޭ ކިހިނެއްތޯ ބަދަލެއް ގެންނާނީ ޙުދު ތިމާމީހާއައްވެސް ގާނޫނީގޮތުން ލިބިފާވައިވާ އިންސާފެއް ނުހޯދާ ދެން ކާކައްތޯ އިންސާފެއް ހޯދާދެވޭނީ މިމާލޭގެ ރައްޔަތުންގެ ހައގުތައް އިންސާފުން ބޭރުން ނިގުޅައި ގެންފައި ވާއިރު އެކަން ނުކުރަނީ ތިމާވެސް ބޭނުން ވަނީ އިތުރައް ރައްޔަތުން އަޅުވެތި ކުރަން ރައްރަށުގެ މީހުންނައް ހިލޭ ބިންދޫ ކުރާއިރު މިމާލޭގެ ރައްޔަތުންނައް ނުދެނީ މީހސމަ އިންސާފުތޯ އަމިއްލަ ނަފްސައް ސޮވާލް ކޮއްލައްވާ ދެން ރައްޔަތުން އަތުން ޖިޒީ މިަގަނީ އިންސާފުންތޯ