މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ލާދީނީ ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީގެ މެމްބަރުންނަށް ވުރެ ރަނގަޅަށް އުޅޭ ބައެއް ނޫޅޭނެ ކަމަށް ކުރީގެ ރައީސް އަދިރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ އަދި އެމްޑީޕީއަކީ ލާދީ ޕާޓީއެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް ބުނެ ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް ރައީސް ނަޝީދު ގޮވައިލެއްވިއެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް ހާލެއްގާ ލާދީނީ ޕާޓީއެއް ކަމަށް ލާދީނީ ބައެއް ކަމަށް ތީގެން އެއްވެސް ބޭފުޅަކު ގަބޫލުކޮށްގެން ނުވާނެ. އެއީކީއެއް އަޅުގަނޑުމެނެއް ނޫން. އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނާ އެއްވަރަށް މިސްކިތަށް ނަމާދަށް އަރާ ބައެއްވެސް، ޒަކާތްދޭ ބައެއްވެސް، ރޯދަ ހިފާ ބައެއްވެސް، ހެޔޮ ލަފާ ނަސޭހަތްދޭ ބައެއްވެސް ރަނގަޅަށް އުޅޭ ބައެއްވެސް އަޅުގަނޑަށް ޔަގީން ކަށަވަރު މި ރާއްޖޭގަ ވަކި ނޫޅޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެޕާޓީގެ އަގު ވައްޓާލުމަށް ދައްކާ އެފަދަ ވާހަކަތަކަށް އަޅާލަން ނުޖެހޭ ކަމަށެވެ. އަދި އެމީހެއްގެ ކަންކަން އެންމެ ރަނގަޅު ގޮތުގައި ކުރީމަ އެހިސާބުން އެކަން ނިމުނީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މޯޑިވްސް ޑިމޮކްރެސީ ނެޓްވޯކް އެމްޑީއެން ނެރުނު ރިޕޯޓާއި ގުޅީގެން އެމްޑީޮީގެ ބައެއް މެމްބަރުން އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ވާހަކަ ދައްކާ ކަމަށް ބުނެ އެމްޑީޕީ އަކީ ލާދީނީ ޕާޓީއެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

81 ކޮމެންޓް

  1. ވިސްނާ

    ކިތަންމެ ނަމާދެއްކޮށް ކިތަންމެ ރޯދައެއް ހިފިޔަސް އިސްލާމްދީނުގެ ޙުކުމްތަކަށް ފާޅުގައި އިންކާރުކުރާނަމަ ތިކުރާ ނަމާދުތަކާއި ހިފާ ރޯދައިގެ އެއްވެސް މަންފާއެއް ނުކުރާނެ. އަދި ކުރިން ކޮށްފައިވާ ހެޔޮއަމަލުތައްވެސް ބާޠިލުވުން އެކަށީގެންވޭ.

    429
    7
    • ދިވެހިން

      އަމިއްލަށް ބާޠިލްނުކުރާށޭ. އެހެންވީމާ ބާޠިލްވާނެ

      13
      1
    • ސަރީ

      ނަމާދު ކުރަނީ މީހުނަށް ދައްކަން...ބޮލުގަ އޮންނާނެ ހުދު ރުމާލެއް އައްސާފަ މިސްކިތަށް ވަންނަ އިރު. އޭނާ ގާތު އަހާލަބަލަ އެންމެ ފަހުން ޤުރުއާނުގެ އަކުރެއް ކިޔާލީ ކޮން އިރަކުހޭ...އެމްޑީއެންގެ ރިޕޯޓުންވެސް އޭނައަށް ގޯސްވީ ރަސޫލާއަށް ޞަލަވާތް ނުކީތަންކޮޅު. މި ނަޝީދަކީ ބޮޑު ވަބާއެއް.

      14
      1
  2. Anonymous

    އީމާންތެރިކަމާއެކު ނަމާދު ކުރާމީހަކު ރޯދަ ހިފާ ޒަކާތްދޭ މީހަކު މުޅި ސޯޝަލްމީޑިޔާގަ އެވާހަކަ އިޝްތިހާރެއް ނުކުރާނެ... އަޅުކަމަކީ މީސްތަކުންނަށް އެގެން ޖެހޭކަމެއް ނޫން.. އެއީ ހެއްދެވި އިލާހައް ކުރާ އަޅުކަމެއް އެކަލާންގެ އެކަން ދެކެދެނެވޮޑިގެންވޭ... އިޝްތިހާރު ކުރާކަށް ނުޖެހޭ....

    368
    5
    • ހަނުހުންނަ މީހާ

      އެހެންވީއިރު ނަމާދުކޮށް ރޯދަހިފާ ބަޔަކާދިމާއަށް ސޯޝަލް މީޑިޔާގަ ލާދީނީ ބަޔެކޭ ކިޔާނީ ސީދާ ކާފަރުންތާ

      1
      12
  3. ބުރޯ

    ކަލޭ ކޮންނަމާދެއްކުރާ ވާހަކަ ތިދައްކަނީ ވުސޫ ކުރަންވެސް ނުދަނޭ ކަލާ ނަމާދު ކުރާ މީހެއްނަމަ ކިތަްމީހުން ބޮޑުހިތިން ވަކިކުރިން އެއީކީއްވެ ؟ ވިލާތު ސަރުބަތުގެ ކިތައްފުޅީ އުމުރުގާ ހުސްކުރެވިއްޖެ. މުލީ އާގެ މިސްކިތު ތެރޭ މަސާޖްޕާލާ ހިންގާ އަދި ސަރު ބަތުގެ ކިތައް ހުސްފުޅި ހުރިތޯ ؟ ވީމާ ތިޔައީ ނަމާދު ކުރާ ބޭކަލެއްކަން މިކަމުންވެސް އެގޭނެ. ރަސޫލަ އަށް ދިނަށާ ގުރްއާނަށް ފުރައްސާރަ ކުރާ މީހަކު ކުރާނީ ކޮންނަމާދުތަކެއްއބާ ؟ޔޫޓިއުބުން ކަލޭގެ ހާލަތު ވަޒަން ކޮށްލާ.

    293
    7
  4. ޝާހް، ރ.ވާދޫ

    ތީ ހަމަ އެއްޗެއްނޫން.. ދުލެއް އޮތީމަ ކޮންމެ އެއްޗެއްވެސް ކީދާނެ.. މަށަށްވެސް އެކަން ނުކުރެވޭނީކީނޫން.. ތަފާތަކީ މިބީތާ ދައްކާ ކޮންމެ ވާހަކައަކީ މިތިބަ ގަމާރު ދިވެހިންނަށް ގަބޫލު ނުކުރެވޭއިރު އެއީ މައްސަލައަކަށް ނުވާކަން.. އެހެންމީހަކު މިކަހަލަ ވާހަކައެއް ދައްކައިފިއްޔާ އެމީހާ ހަންދަމައިގެން ރޮލާ ކާނެ.. ދިވެހިން އަދިވެސް ހޭއަރާކަށް ނުވޭބާ؟؟؟؟

    32
    1
  5. ރޭންޑަމް ޕާސަން

    ނިޔަތް ވެސް މުހިންމު ކުރާ އަޅުކަމުގަ 🙂

    25
    2
  6. ދެބޯދޫނި

    ތިއުޅެނީ މޮޔަފުޅުވެގެންތަ ގަންޖާބޯ؟ ބަލަ ގަންޖާބޯ ތިޕާޓީގަވެސް ދީނަށް ލޯބިކުރާ މީހުން އުޅެއެ. ތިއަހެން ދެބޯގެރިދުއްވާކަށް އެހެން މީހުން ނޫޅެއެ. ތައުބާވެބަލަ ފުރަމަ. ކުފުރުގެ ބަހެއް ނޫނީ ނުބުނެވެ ދެބަސް އެއްކޮށްލައިފަ އެއްޗެއް ބުނަންޖެހޭ ކޮންމެވަގުތަކު. ވެރިކަން ނުލިބުނީ ބޯ ބުރާންތިވެފަ ތިހުރީ. ގައުމުގަ އޮތް ޑިމޮކްރަޓިކް ސިސްޓަމް ތިމާގެ އަތުތެރެއަށް ލައިގެން ފިތަނިތި މިހާރު.

    23
    1
  7. އެހެންނު

    އިސްރާއާއި މިއުރާޖު ގަބޫލު ނުކުރާ މީހަކަށް ކުރެވޭނީ ކޮންނަމާދެއް. ފުރަތަމަ ކަމަކަށް ނަމާދު ފަރުޟުކުރެވުނީވެސް މިއުރާޖުގެ ރޭގައި.ކަލޭ ތިދައްކާ ވާހަކަ ގަބޫލު ކުރާނީ ހިނދުކޮޅުގައި ތިބޭ ބަޔަކު އެކަނި.

    31
    2
  8. ނަމަ

    ހުރެފަ ބުނެލާ ރީތި ވާހަކަތާދޯ ހަމަ އާސޯހުވާވަރުވޭ

    26
    2
  9. Alibe

    ކަލޭ ސަޖިދައިގަ އޮށްވަދޯ ޖަލަށް ހުކުމްކު ރީ.

    22
    1
  10. ޖުލައި

    ބަލަ މުނާފިގުން ވެސް ނަމާދު ކުރޭ. އެކަމުން އެމީހުން ޖަހައްނަމައިން މިންޖެއް ނުކޮށްދިން. ކަލެއަކީ ބަހާއި އަމަލުން އިސްލާމުން ނާއި ދެކޮޅު މީހެއް.

    33
  11. ޢަލީކޮއި

    މަބޭނުން ކަލޭ ވުޟޫ ކު ރާތަން ބަލާލަން،

    27
    1
  12. ޢަލީ އަޙުމަދު

    ޜަސޫލާއަށް ހަޖޫ ޖަހާފަ ﷲ އާމެދު ޝައްކު އުފައްދާ ބައިގަނޑެއްގެ ދިފާޢުގައި ނުކުމެފަ ކޮން ކަލަކަށްތަ ތިޔަ ނަމާދުކުރަނީ؟

    33
  13. ބުރޯ

    ޔޫޓިއުބުގާ އެހުރީ ނަސީދުގެ ލާދީނީ ވާހަކަތައް .

    29
  14. ސުންނަތް ރޯދަ

    އަނެއްކާ ދުވާލަކު 10ނަމާދު ކުރަނީތަ އެމްޑީޕީ ކުދިން

    214
    2
  15. އިކްރާމް އަބުދުއްސައްތާރު

    ވޯޓު ހޯދުމަށް ދޮގުހަދަން ފެށީ ދޯ.. ނޯޗަންސް..

    އެމްޑީޕީ އަށް ދެން ވޯޓެއް ނުދޭނަން ... ތިޔަބައި މީހުން ދީނާއި ދެކޮޅު އަދުއްވުންނަށް ހިތްވަރު ދީ

    އެމީހުންގެ ބައި ކުރިއަރުވާހާހިނދަކު.. ވަރަށް ސަލާމް

    253
    4
  16. ލީމަން

    މަޖީލީހުގެ ރައިސަކަށް ހުންނަންވާނީ މުސްލިމުންގެ މައްޗަށް ގާނޫނު ހެދޭވަރުގެ އީމާންތެރި ޔެއް.

    ތިބޭފުޅާ ގަބޫލު ކުރާއެއްޗެއް ނޫނެއްނޫންތޯ އެއީ... އެހެންވީއިރު އިސްތިއުފާ ދެއްވާ..!

    މިއީ ޑިމޮކްރަސިގެ ހިޔަލުގައި ދައްކާ ވާހަކަ..! އަވަހަށް ފައިބާފަ އެމް.ޑީ. އެންގެ ޗެއަރ އަކަށް ވަޑައިގަންނަވާ..!

    23
    1
  17. ކުޑަ އަލީ

    ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކީރިތި ގުރުއާން އަށް އެހާނެތި ބަސްތައް ރައްދު ކޮށްފައި ވެރިކަމަށް ބޫތުކައިގެން ނޫންތޯ ތިކަހަލަ ވާހަކަ ތިދައްކަނީ ދެވަނަ ކަމަކުނޫން ފަހަތުން އެބުރޭ ރޮޑާލި ގަޑު ލައްވާ އަތްޖައްސުވަން ކަން ނުދަންނަ އެކަކުވެސް ނެތް،

    23
  18. ދޮހޮއްކޮ

    ކަލޭ ކިތަންމެ ނަމާދެއް ކުރިއަސް ތިއީ އިސްލާމްދީނުގެ ޢަދުއްވެއްކަން ޢަމަލުން ސާބިތުކޮށްދެމުންދާ މީހެއް. ކަލެއަކީ ދީނީ ޢިލްމުވެރިން ނިކަން ބުރަމަސައްކަތުން މިރާއްޖެއިން ފުހެލާފައިވާ ބިދުޢަތައްވެސް ދިރުވަން ގަދައަޅާ މީހެއް. ދިވެހިންގެ ހަށިގަނޑުގައި އިސްލާމީ ލޭ ހިނގާނަމަ ދެން ކަލެއްއަށް ވޯޓެއް ނުދޭނެކަމާމެދު ޝައްކެއްނެތް. ދިވެހިންގެ ގޮތެއްނޭގޭނެ. ލަންކާ މީހެއް ބުނި ދިވެހިންގެ ހުންނަނީ އެމީހުން ކައިއުޅޭ ކަޅުބިލަމަހުގެ ގޮތޭ. އެއީ ހުސްބުޅީގައި ބޭނޭ އެއްޗެކޭ. ނިކަން ފަސޭހައިން ދިވެހިން ހެއްލޭނެއޭ.

    21
    1
  19. ޢަބްދުއްލާ

    އަޅުގަނޑުމެންނާ އެއްވަރަށް ނަމާދުކުރާ ބަޔަކު މި ރާއްޖޭގައިި ނޫޅޭނެ: ނަޝީދު

    1 ގަޑިއިރު ކުރިން ( އޮކްޓޯބަރ 17, 2019 )

    އަނެއްކާކޮންނަމާދެއްބާ؟

    އިސްލާމްދީން ނަށް ހަޖޫޖަހާމީހުން ނަށް ހިމާޔަށް ދޭމީހަކު ކުރާނަމާދެއް އޮވޭތަ؟

    20
    1
  20. އަންނި

    ބުރޯ، ތިޔަށް ކިޔާ އުޅެނީ މުނާފިޤުކަން. ކަލެއާ ކަލޭގެ ޕާޓީ އަދި ކަލެއަށް ތަބައަވާ މީހުން ވަރުގެ މުނާފިޤުކަން ބޮޑު ބައެއް މި ރާއްޖޭގަ ނޫޅޭނެ. ކަނޑަ އެޅިގެން ދީނަށާ، ރަސޫލާ އަށް ފުރައްސާރަކޮށް އަދި އެކަން ކުރާ މީހުންނަށް ހިތްވަރުދީ، އެކަމުގެ އަޑީގައި ހުރީ ހަމަ ކަލޭ އާއި ކަލެއަށް ތާއީދު ކުރާ ބައިގަނޑު. ތި ދައްކާ ވާހަކަ ގަބޫލު ކުރާނީ ވެސް ހަމަ އެ ބައިގަނޑު

    22
    1
  21. ޖިންނި

    އެމް ޑީ ޕީ އަކީ ލާދީނީ ޕާޓީއެއް ތިއަށް ސަޕޯރޓް ކުރަނީވެސް ލާދީނީ ބައިގަނޑެއް

    16
    1
  22. ކިނބޫ

    އޭ ޣިޔާޒު ޫ ޫ ތެދެއްތަ މީބަ މިހަދަނީ؟ އެމީހުންގެ ގޮތް އެންމެ ރަނގަޅަށް ެއނގޭނީ ކަލެއަށް. އެންވެ އަހާލީ.

    12
    1
  23. އަޒިލާ

    ކަލެޔައް އިނގޭތަ ހިނައިގަންނަން..؟

    13
    1
  24. ސޮނި

    އަޅުގަނޑަށް ވުރެން ގިނައިން ސޮނި ބޭލޭނެ މީހަކު މި ރާއްޖެ އަކު ނުހުއްނާނޭ ކިޔާބަލަ.. އޭރުން އެންމެން ގަބޫލް ކުރާނެ...

    17
    1
  25. ޢަޔާން

    އެމ.ޑީ.ޕީ އަކީ އިސްލާމްދީނުގެ ޢަދުއްވުން، ތާއީދުކުރުމުން ﷲގެ ކޯފާ އަތުވެދާނެ ކަމަށް ބިރުވެތިވާން ޖެހޭނެ.

    17
    1
  26. އާދަމް

    ނަމާދުގައި ކިޔާތަކެތީގެ މާނަނޭގި ހުރެ އަދި މިކުރަނީ ކޮންކަމެއްކަންވެސް ނޭގި ނަމާދުކުރާތީ،ލާދީނީ ވާހަކަ ދެއްކެނީ ކަމަށްވެދާނެވެ.

    14
    1
  27. ރަޝީދު

    އުބައްޔުބުން ސަލޫލުވެސް ނަމާދުކުރި.ޢޭނާގެ ޢަމަލުހުރި ގޮތް މިމީހާއަށް ނޭގޭތީ،މިކަހަލަ ވާހަކަ ދެއްކެނީ އެވެ.

    17
    1
  28. ޑޮން

    އާނ ތިއުޅެނީ މިސްކިތުން ނުވެސް ފައިބައެއްނު ގަދަކަމުން ބާލަންވެސްޖެހެނީ ކާންވެސް ޖެހެނީ މިސްކިތަށް ގެންދަން ..ހިހިހި ހަލާކުވެދާނު މީހަކު

    13
    1
  29. ބިންގޯ

    އެމް.ޑީ.ޕީ މެންބަރުންނޭ. އޭނަ އެބުނީ ވަރަށް ރަނގަޅު ވާހަކައެއް. ހަމައެކަކަށްވެސްނުކެރޭނެ އަގަވެސްހުޅުވާލާކަށް.

    12
  30. Anonymous

    ބަލަ ރަަަަަ އީސް ނަޝީދު އާލެޑި ގަނެގެން ތި އުލެނީ ކީވެތަ

    1
    16
  31. މޮޔަބެ

    ނަޝީދެވެ. ނަމާދު އެއީ ދިވެހިބަހުން ކިޔާގޮތެވެ؛ ޔަހޫދީންނާއި ކުރިސްޓިއަނުންކުރާ އަޅުކަންކަމަކީވެސް އެމީހުންގެ ނަމާދެވެ. ﷲ އަންގަވާފައިވާގޮތަށް އިސްލާމްދީނަށް އަޅުކަންކުރާ އެއްވެސް އިންސާނެއްގެ ލަގޮޑިއަކަށް ކެތެއްނުވާނެ ﷲ ގެ ފޮތަށާއި ރަސޫލާ ސލވސ އަށް ހަޖޫޖަހާ އެއީ ޚިލޔާލީ ވާހަކައެކޭ ބުނާކަށް. ވެރިކަން ނެތި މަގުމަތިވެދާނެ؛ އެއީ ދާދި ކުޑަވަގުތުކޮޅެއް.....

    15
  32. އަފިރިން

    އަޅުގަނޑު މެންނާ އެއްވަރަށް ދީން އެނގޭ ކަމަށް ހެދިގެން ދީނަށް ފުރައްސާރަކުރާ ބަޔަކުބެސް އުޅޭހެނެއް ހިޔެއްނުވޭ.

  33. ދަސްކުރޭ

    ނަމާދަކީ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަށްފަހު ފަރުޟު ކުރެއްވި އަޅުކެއް. އެކަން ޤަބޫލު ނުކުރާ ބަޔަކު ނަމާދުކުރަނީ ކޮންގޮތަކަށްތޯ؟

    14
  34. ދޮންބެ

    ފަރުޟު ފަސް ނަމާދުކޮށް އުޅޭ އެހެންމީހުންނަށްވުރެ ގިނައިން ދުވާލަކު 5 ނަމާދަށްވުރެ ގިނައިން ކަލޭމެން ނަމާދުކުރާނަމަ ތިތިބީ ހައްދުފަހަނަ އަޅާފަ. ސަބަބަކީ މެދުމިނަކީ އެންގެވިވަރަށް ކުރުން. އެއަށްވުރެ މަދުން ނޫނީ އެއަށްވުރެ ގިނައިން ކުރުންވެސް އެއީ ހައްދުފަހަނައެޅުން.

    14
    1
  35. ާައަސްލަމް

    ނަމާދު ކުރިޔަސް ކުފުރު ވެވިދާނެ. ސިހުރުވެރިންވެސް ނަމާދުކުރެ ސަބަބަކީ އެމީހުން އެނުބަ އި ކަންތަށް ނުކުރާކަން މީސްތަކުންނަށް ދެށްކުމެ

    13
  36. ާައަސްލަމް

    ކުފުރުގެބަސްތަށް ބޭނުންކުރަމުން ނަމާދު ކުރިޔަސް ފަޢިދާ އެ އް ނުވާކަން ކަލެ އަށް އެގޭނެ. ޢެކަމަކު ކަލޭ ޖާހިލީ

    14
  37. ސާލް

    މީނަ އަނގައިން ހުރިހާ ކަމެއްވެސް ކުރާނެ ?

    10
  38. މުހުއްމާ

    މިސްކި އް ކިޔަންދަ އްނަންތަ ކަލޯ. ބޮވޭނެ ބޮވެންވާ
    ޏެ. މިކަން ކުރެވޭނެ އަދި ކުރާނެ އެހެންބަޔަކު ރީނދޫމީހުން ނޫނީ ނުތިބޭނެ ތެދެއ އް ތިބުނި.

    15
  39. ޒަކް

    އެމްޑީޕީއަކީ ދިރޭ އެއްޗެއް ނޫން އެއީ ސިޔާސީ ޕާޓީއެއްގެ ނަން.. ލާދީނީ ވެފަ ތިބީ އެފާޓީގެ އިސްސަފުގަ ތިބި މަނިކްފާނުކަހަލަ މީހުން.. އެމްޑީފީގެ އެންމެންނަނީ ލާދީނީ މީހުންނެކޭ އެކަކުވެސް ނުބުނޭ.. މާނަ އޮޅުވާނުލައްވާ.. ލާދީނީއަކީ ސެކިއުލަރިޓީއަށް ތާޢީދުކުރުބަ އެއީ އަދި މުރުތަދު ވެފައޭ ނުވަތަ މުސްލިމެއް ނޫނޭ ނުވަތަ ކާފިރެކޭ ބުނުމެއް ނޫން.. ނުކެރުނު ދޯ ބުނާކަށް ތިމަންނައަކީ ލާދީނީ މީހެއް ނޫނޭ..

    15
  40. ސަމިި

    ތިއެއްނު ދިމާނުވެގެން މި އުޅެލޭ ހިސާބަކީ .ނަމާދު މިކުރަނީ ﷲ އަށް ނަމާދުން ފައިބައިގެން ﷲ ގެ ޙުކުމްފުޚު ތަކަށް ފުރަސާރަ ކޮށް ދީނުގައި ވާ ކަންތައްތައް ބަދަލު ކުރުމަށް ގޮވާލަނީ. މިހިސާބު ދިމާވާނެ އެއްވެސް ގޮތެއްނޯންނާނެ. . އުބައްޔުބްން ސަލޫލު އެއީވެސް އެންމެ ގިނައިން ނަމާދު ކުރި އެކަކު. އެކަަކު އެއީ މުނާފިޤުންގެބޮޑުމީހާ.

    14
  41. ށަމު

    ސިޔަރަތުން އެގޭ ގޮތުގައި އުބައްޔު ބިން ސަލޫލުވެސް އެއީ ނަމާދުކޮށް އުޅުނު މީހެކެވެ.ނަމަވެސް އިސްލާމީ ތާރީޚުގައި އޭޭނާާއަށް މުނާފިޤުންގެ ރައީސް ކަމުގެ ލަގަބު ދެވިފައިވާ އެއްސަބަބަކީ އޭނާގެ ފިތުނަވެރި ވާހަކަތަކެވެ.

    15
  42. ޢިޔާބު

    ދޮގުވެރި ކައަޒާބެއް.

    12
  43. ޙައިހީލް

    ޢެމްޑީ ޕީ ގެ ތިލަފަތުން ކިރާލީ މަ ގިނަވާނީ އެވެރީންގެ ނަމާދު . ރޯދަ. ޒަކާތް . ޢެކުދީން ކޮޅު ތިބޭނީ ވަރަށް އުފަލުން.ނަށީދު ބުނެފިއްޔާ އެކުދީން ނަށް ޔަޤީން ވީ.ތާ

    11
  44. ﷲއަށް ބިރުވެތިވޭ

    އިބިލީހަކީ އަބަދުވެސް އިންސާނުންގެ ސިކުނޑި އަށް ސަވާރުވެގެން އުޅޭ ﷲގެ އަދު އްވެ ތަފާތަކީ އިބިލީސް ޢިންސާނުންގެ ލޯތަކަށް ނުފެންނަކަން އެހެނަސް އިންސާނުންތެރޭގަ އި އުޅޭ އިބިލީސްތަށް ތިފެންނަނީ ތި އެއ އްޗެތިދޭ ނަސޭހަތް އިންސާނުން ވަރަށް ފަސޭހަ އިންގަބޫލުކުރާނެކަން މިގަ އުމުން މިދަނީފެނިގެން ޔާﷲމިކުޑަގައ އުމު އިސްލާން ދީންމަތީ އަބަދުގެ އަބަދަށް ލަހަ އްޓަވާދޭއ

    13
  45. ޕިސްޕިސް

    ޚަވާރިޖުންވެސް މާތް ސަހާބީންނަށްވުރެ ގިނައިން ރޯދަ ހިފައި ނަމާދު ކުރާނެެ ކަމަށް ހަދީޝްގަވޭ ދޯ. އެކަނި އެއީ ކޮންފަދަ އަނީޔާވެރި ބައެއް

    12
    1
  46. ގަލޮޅު މީހާ

    ހަމަ ލާދީނީ ބައިގަނޑެއް ތި.

    ﷲ ތިނުބައި މީހުންގެ ފަރާތުން މިގައުމު ސަލާމަތް ކުރައްވާށި . އާމީން

    14
    1
  47. ދޮންބެ

    ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެ.
    ކުރިން ވެރިކަން ނިމިގެން ދިޔައީ ދިފާއީ ބާރު ކުއްވެރިކޮށްގެން ހެދުނު ޅަ އެއްޗަކުން ، މިފަހަރު ރައްޔިތުން ގުނބޯ ހައްދައިގެން ހުރެ ދީނާ ޤައުމު ހަލާކު ކުރަމުން މި ގެންދަނީ ???

    13
  48. ކާފަ

    0 ކާއި 5 އެއްވަރުތޯ؟ ޢެވަހަކަ އެބުނީ..

  49. މުނާޒް

    ދީނު ގެ އަސްލުުތަކާ ޚިލާފައް އެތަށް ވާހަކައެއް ދެއްކުމަށްފަހު ރައްޔިތުން އެކަމާ ނުރުހުންތެރިވާކަން އެނ ގުމުން ލިބުނު ގެއްލުން ފޫބައްދަން ދަމާ ހާސަރު މިއީ. ރާއްޖޭ ދީނާއި ގައުމިއްޔަތައް އެއްވެސް ލޯްތްބެއް ހުރި މީހެއް ނޫން ތިއީ. ރާއްޖެއަށް މިވެރިން ގެންނަން ބޭނުންވަނީ ބުޑިޒަމްއާއި ހިންދޫޒަމް. އެއީ ކުރިން ދިވެހިންނަކީ އެ ދީންތަކު ގެ މީހުންނަށް ވާތީ. އަނެއް ދިވެހިރާއްޖެއަކީ އެއީ. ޓެމްޕްލް ފްލާވަރ އާއި ރީދޫ ކުލައިން މިވެރިން ނިޔަތް ވަރަށް ސާފު

    13
  50. ތީތި

    ހޫމް ތެދެއް އިންތިހާބު ކާރި ވާވަރަކަށް ކަލޭހާ ގިނައިން ނަމާދު ކުރާ މީހަކު ނޫޅޭނެ.. އަދި ކަލެއާއި ކަލޭގެ އައުވާނުންނަށްވުރެން ގިނައިން ދޮގުހަދާ، ކުފުރުވާ މީހަކުވެސް ނޫޅޭނެ.. މިގައުމަކު... މުނާފިޤް ކަލޭގެ

    10
  51. އައްޑޫސިޓީ

    މަނިކުފާނާ މަނިކުފާނު ޕާޓީކުދިން ނަމާދުކުރާވަރަކަށް ނަމާދުކުރަން އުޅޭބަޔަކުނެތް. އަހަުމެންނަމާދު ވެސްކުރަނީ އަދިދީނީ އެހެންކަންކަން ވެސްކުރަމުން ދަނީ ﷲއަންގަވާފަވާ ގޮތުގެމަތިން. އެހެންވީމަ ވަކިޕާޓީއަކުން ކުރާނަމާދަކާ ހިފާރޯދައެއް ބަލާކަށް ބޭނުމެއްނޫން. މަނިކުފާނު ތިޔައުޅުއްވަނީ އޯޅުވަޑައިގެން. މަނިކުފާނާ މަނިކުފާނުނގެ އައުވާނުންނަކީ ކޮންބައެއްކަމާ އެމީހުންގެ ތަރުހީބުއޮތީ ދީނީގޮތުން ކޮންފެންވަރެއްގަކަން މަނިކުފާނު ރައީސްކަން ކުރައްވާ މަޖިލީހުގެ ތަޅުމުން ވަރަށްސާފުކޮށް ދަނީފެންނަމުން. ސަލާމް.

  52. އައްޑޫ މީހާ

    މަގުމަތިން މީހުންނަށް ފުރައްސާރަކުރާ ޕާޓީ
    މީހުނގެ ގަދަރާއި އަބުރަށް އަރައިގަންނަ ޕާޓީ
    ރަަބޯން ހިއްވަރުދޭ ޕާޓީ
    ލާދީނީ ފިކުރަށް ތާއީދުކޮށް އަލްޓަނޭޓިވް ނެރޭޓިވް ޕާޓީ
    24 ހަމައިގައި ތިބެން ނުޖެހޭ ޕާޓީ
    މިހެން ގޮސް މިކަހަލަ ކިތަންމެ ކަމެއް ސާބިތުވާން ހުރި ޕާޓީ ދެން ކޮން ވާހަކައެއް

    14
  53. އަޅުވެރިޔާ

    އަޅުގަނޑުމެންނާ އެއްވަރަށް ނަމާދުކުރާ ބަޔަކު މި ރާއްޖޭގައިި ނޫޅޭނޭ ބުނާއިރު ކީއްވެ ކަލޭ ޕާޓީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ލާދީނީ އޮއިވަރު ގަދަވަނީ. ރަސޫލާ (ޞވ) އަށް ފުރަށްސާރަކުރާ މީހުން ހައްޔަރު ނުކުރަނީ.

    15
  54. އަލިބެ

    ކަލޭގެ ދީނާ ދެކޮޅު ވާހަކަތަކުން ތިކަން ވަރަށް ރަނގަޅައް އެބަ ސާބިތުވޭ

    12
  55. ޢަޖައިބު އަނތަރީސް

    މީ މަދައްކާ ވާހަކަ. ހަރުގަނޑު ހުއްޓަސް މީހުންގެ ކޮނޑައް އަރައިގެން މަގުމަތީ ޕޯސްޓަރ ހިއްޕުން. މިސްކިތައްގޮސް އިސްކުރު ހުއްޓަސް ދާނިން ވުޟޫ ކުރުން. މިހުންނަނީ ތިހެން ކުރާކަން ކަން. މިޔަށް މަކިޔަނީ ކަންދެއްކުން ނުވަތަ ގުނބޯހެއްދުން.
    މިމަންޒަރުތައް ފެންނަމީހާ މިވަނީ އެމީހަކާ ހެދި މޮޔަލޯބި. ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް މި ތިބެނީ އަތް ޖަހަން

    10
  56. ާއަހުމަދު

    އެހެންމީހުން ކުރާވަރަށް ވުރެ މަދުން އެހެންނޫނީ ގިނައިން ކުރާވާހަކަ

  57. ކައުންސެލަރު

    އާނ ކަލޭ ތިއޮންނަނީ އަބަދު މިސްކިތުގަ ސަޖިދާގައި!؟ ލަދު ކޮބާ؟ ލާދީނީ

    12
  58. މޑޕ

    މޑޕ ކުދިންނަކަށް ވެސް ނުކެރޭ މީނަ އަށް ތާއީދު ކޮށް ކޮމެންޓް އެއްވެސް ކޮށްލާކަށް. މިކަމުން އެނގެނީ މަނިކުފާނުގެ ތާއީދު ނެތްކަން.

    9
    1
  59. މުހައްމަދު

    ދެނަމާދު ދޭތެރޭގައި އެކުރައްވާކަމަކީ އަޅުކަންތޯ.

    10
  60. ބުރާންތި

    ބޮލުރޮދި ކެނޑިފަހުންނަ ރާރާގުޑިވެސް ފެނޭ އެނބުރެމުން ސެނބުރެމުން ގޮސް ގޭގޭ ފުރާޅު ފުރާޅުގަ ތަތްލަވާފަ ހުންނަތަންވެސް މިބީތާގެފަރާތުން ގައުމުމިންޖުވާނެދުވަހެއް މިންވަރު..ކ..ދ..ފާންދޭވެ.....

    12
  61. މމ

    ވޯޓު ނުލާ ހުންނަންޖެހުނަސް އެމް.ޑީ.ޕީ އިން ކިނުންނަ އެއްވެސް ކެންޑިޑޭޓަކަށް މަގޭ ވޯޓް އެއް ނުދޭނަން

    11
  62. ޝާހިދު

    ކަލޭ ނަމާދު ކުރާވަރު އޮޅިގެނެއް ނޫޅެން..

  63. ާިަަިއައިސަ

    ރަނގަޅު ވާާހަކައެއް... ތީ އެއްމެ މަދުން ނަމާދު ކުރާ މީހުން.. އެވެސް ދެއްކުމަށް. އެހެންވީމާ ކިހިނެއް އެއްވަރު ވާނީ...

  64. ހުސެން

    ކަލޭ ނަމާދު ކުރަނީ ދައްކަންތަ؟އެހެންވީއިރު ކަމަކުނުދާނެ،ތިޔޭ މައްސަލައަކީ ކޮންމެ އިންތިހާބެއްގައި ކަލެއަށްވުރެން ގިނައިން ނަމާދު ކުރާމީހަކު ނުހުންނާނެ،އަބޫ ޖަހުލު ވެސް މައްކާ ވަށައިގެން ތަވާފުކުރޭ ނަމާދުކުރޭ އެކަމަކު އޭނާ މާތްނަބިއްޔާ رسول الله صلى الله عليه وسلم އަށް އީމާން ނުވުމުން ކުރިހުރިހާ ހެޔޮކަމެއް ފެނަށް ދިޔައީ ،އެންމެ ނުބައި ޖާހިލު ކާފަރެއްގެ ގޮތުގައި ނިމިގެން އެ ދިޔައީ ،ކަލޯ އަބޫޖަހުލުހެން ނުވާތި،ނަމާދު ،ރޯދަ ޒަކާތް ހައްޖު ކޮށްފަ ހުއްޓަކަސް ނަބިއްޔާ ގެ ރިސާލަތާ ކުޑަވެސް މިންވަރަކަށް ޤަބޫލުނުކޮށްފިއްޔާމު އެމީހާގެ އީމާންތެރިކަން މުރާޖަޢާކުރަންޖެހޭނެ،

  65. އީސީ

    ޑެންމާކު ގަ ދެއްކިވާހަކަ ޕީޕީއެމްތޯ؟ އެމްޑީޕީތޯ؟

  66. ބޮޑު އަނގަ

    ކަލޭގެ އަނގަ ނަޝީދު. ކަލޭމެން ކަންތައް ކޮށްފަ ހުރި ގޮތާއި ދައްކާފަހުރި ވާހަކަތައް އެހެރީ ހާމައަށް ފެންނަން. އަނެއްކާވެސް ޑޮކްޓަރ މައުރޫފު އެކުލަވާލެއްވި ކަހަލަ ރިޕޯޓެއް ހެއްކާއި ޤަރީނާ އެކީ ހަދަންވީތޯ؟

  67. އޯލްޓެނޭޓް ނެރޭޓިވް

    ނަޝީދު ދުވަހަކުވެސް ތެދެއް ހެދިތަ؟

  68. ފެނޭ

    ޔާމިން އެބުނީ ހަމަ ރަގަޅަށް. ނަޝީދުމެން ދޮގެއް ހެދެން އޮއްވާ ތެދެއް ނުހަދާނެ.

  69. އަޙްމަދު

    ހިންދޫންގެ މީހުންވެސް ރޯދަ ހިފާ. އަޅުކަންވެސް ކުރާ، ކްރިސްޓިއަނުންވެސް ރޯދަހިފާ އަޅުކަންވެސް ކުރޭ. ހަމަޤައިމުވެސް އިސްލާމްދީނުގައި ފަރުޞު ކުރައްވާފައިވާ ނަމާދު ކުރާމިހަކަށް ﷲ އާއި މިއުއްމަތުގެ މަތްނަބިއްޔާ އަށް ބަދުބަސް ބުނާ ބަޔަކާ އެކީގައި ނޫޅެވޭނެ. އެފަދަ ކަމަކަށް ތާއީދުވެސް ނުކުރާނެ. ތާއީދު ކޮށްފިއްޔާ އެމީހަކުވާނީ މުރުތައްދު ވީމީހުންގެ ތެރެއިން.

  70. ފެނޭ

    މާތް ﷲ އަށް އިހުލާސްތެރިކަމާއެކު ނަމާދުކުރާ އަޅުކަންކުރާ މީހަކު ތިމާމެން ނަމާދުކުރާ ވާހަކައާއި ރޯދަތަށް ހިފާ ވާހަކައެއް ނުދައްކާނެ.

  71. ހުސެން

    ތިއީ ކިތައް ވަނަ ދޮގުތޯ މަނިކުފާނު،މޯޑީ މަޖުލީހުގައި ތަޤުރީރު ކުރި ގަޑީގައި ނަމާދު ކުރިންތަ؟މޯޑީ އާ އެއްކޮށް ކުރީ ދޯ؟

  72. ޙަހަހަހަހަހހަހަހ

    ޥެއްޓެނީއިންޝާﷲ

    5
    1
  73. އެބުނާހެން

    ނަމާދު ނުކުރާ ބަޔަކާ އެއްވަރަށް އެހެން ބަޔަކަށް ނަމާދެއް ނުކުރެވޭނެ. ވުޟޫކުރަން ނުދަންނަ މީހުން ނަމާދުކުރަން ދަންނަކަމާމެދު ސުވާލުވެސް އުފެދޭ. މިފަދަ މީހުން ލާދީނީ ވާހަކަ ދައްކާފައި އެކަމުން ރެކެން ފާޑުފާޑުގއެ ވާހަކަ ދެއްކީމާ ހައްތާވަނީ ބޭޒާރު.

  74. ރާޅު ބޯއީ

    މިކަލޭ ގެ މިހެން ކިޔައި ގެން އެމްޑީޕީ ކުދިން ބޯކައިފަ މި ތިބެނީ.

  75. އަޙްމަދް

    ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މޯޑިވްސް ޑިމޮކްރެސީ ނެޓްވޯކް އެމްޑީއެން ނެރުނު ރިޕޯޓާއި ގުޅީގެން އެމްޑީޮީގެ ބައެއް މެމްބަރުން އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ވާހަކަ ދައްކާ ކަމަށް ބުނެ އެމްޑީޕީ އަކީ ލާދީނީ ޕާޓީއެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
    ނަޝީ ތިބުނަނީ ކަނޑައެޅިގެން ދޮގެކެވެ.
    ތިޔައީ ލާދީނީ ނޫން ދެން ކޯއްޗެއްތޯ އެވެ.؟
    ޑެންމާކުގައި އޮތްބައްދަލު ވުމެެއްގައި ޙުދު ނަޝީދު އިސްލާމް ދީނަށް ފުރަސާރަ ނުކުރަމުތޯއެވެ؟
    ދިވެހި ރާއްޖޭގެ އެކި އެކި ބައްދަލު ވުންތަކުގައި އިސްލާމް ދީނަށް ފުސާރް ކޮށް ނަބިއްޔާ صلىالله عليه وسلم އަށް ފުރަސާރަ ނުކުރަމުތޯޢެވެ؟
    ކިތައްމެ ވަރަކަށް އޮޅުވާލަން އުޅުނަސް ތި އެމްޑިޕީގެ ފިކުރަކީ ލާދީނީ ފިކުރެވެ.
    އެމްޑީޕީގެ ދިދައިގެ ތިލަފަތުން ވެސް ރަމްޒްކޮއްދެނީ ދީނީ މިނިވަންކަން ނޫން ދެން ކޯއްޗެއް ތޯއެވެ؟
    އެ ތިލަފަތުން ރަމްޒު ކޮއްދެނީ އިސްލާމް ދީނުގެ ޝިޢާރުތަށް މި ދިވެހިރާއްޖޭގައި ފާޅުކެރެވޭ އެއްހަމައެއްގައި އެހެން ދީންތަކުގެ ޝިޢާރުތަށްވެސް މިނިވަން ކަމާއިއެކު ފާޅު ކުރުން ނޫން ދެން ކޮންކަމެއްތޯއެވެ؟

  76. ޤައުމު

    ނަމާދޭ ނުކިޔާ ބުނެބަލަ ތިމަންމެންްނާ އެއްވަރައް ދީނަޝާ ﷲ އާ އެކަލާާނގެ ރަސޫލާ މުޚައްމަދުގެ ފާނައް ހަޖޫ ޖަހާ ފުރައްސާރަ ކުރާ ބަޔަކު ނުތިބޭނެޔޭ ބުނަން ނުކެރެނީ ކީއްވެތަ ބޮޑު ލާދީނީ ކަލޭގެ

  77. ޟޮޮއްޕެ

    ޢެމްޑީއެން އުވާލާ

  78. ޒީ

    ކޮންތަނެއް ފުރަން ކުރާނަމާދެއް!
    އަނެއްފަރާތުން ނަރަކައަށް މަގުހަދަމުން ތިދެވެނީ!
    ﷲ އާ އެކަލާންގެ ނަބީއްޔާ އަށް ބަދުބަސްބުނެ ފުރަށް ސާރަ ކޮއްފަ ކޮންނަމާދެއް ކުރާން!
    ﷲއާ އެކަލާންގެ ބަސްފުޅު ދޮގުކުރިބައެއްގެެ
    ހެޔޮއަމަލުގަ ފައިދާ ކުރާނެކަމަށް ހީކުރަނީތަ!
    އެހެންނަަ ތީކުއްހީއެއް!