އިސްލާމް ދީނާއި ނަބިއްޔާ محمد صلى اللّه عليه وسلم އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއާ ދެކޮޅަށް ނުކުންނަށް ނ. މާފަރު ރައްޔިތުން ނިންމައިފިއެވެ.

އެ ރަށު ރައްޔިތުން ބާއްވާ ސުލްހަވެރި ހިނގާލުން މާދަމާ ހަވީރު ބާއްވަން ނިންމާފައިވާއިރު އެ ހިނގާލުމުގެ ޝިއާރަކީ "ނަބިއްޔާގެ ދިފާއުގައި ދިވެހިން" އެވެ.

މާފަރާއެކު، އެޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލުމަށް މިފަފަ ހިނގާލުންތައް ރާއްޖޭގެ ބައެއް ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނައިފަރާއި ދުވާފަރު ހިމެނެއެވެ.

އެމްޑީއެން އިން ރާއްޖޭގައި ދިނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ މީހުންނާއި ހަރުކަށި ވިސްނުންތަކާ ބެހޭގޮތުން ކޮށްފައިވާ ދިރާސާއެއް ކަމަށްބުނެ ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ވަނީ ފާޑުކިޔާފައެވެ. އެ ދިރާސާ ހެދުމަށްފަހު ނެރެފައިވާ ރިޕޯޓުގައި އެ ޖަމިއްޔާއިން ވަނީ އިސްލާމް ދީނުގެ އަސާސްތަކާއި ރަސޫލާގެ ސުންނަތް އަދި ކީރިތި ގުރުއާނުގެ ނަސްހުން ސާބިތުވާ ބައެއް ކަންކަން ދޮގުކޮށްފައެެވެ. އެގެ ތެރޭގައި ރަސޫލާ އިސްރާ މިއުރާޖް ދަތުރުފުޅު ހިމެނެއެވެ.

އެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް އެރިޕޯޓުގައި ބުނެފައިވާ ވާހަކަތަކަށް ތާއިދު ކުރާ އަދި މައްސަލައެއް ނެތްކަމަށް ގަބޫލުކުރާ ބަޔަކުވެސް ރާއްޖޭގައި އެބަ ތިއްބެވެ. އެމީހުންގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކުން ވެސް އަންނަނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރާ ބައެއް ކަމަށްބުނެ އެމްޑީއެން އާ އެއްކޮޅަށް ވާހަކަދައްކަަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެންދެރި

    ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އެއްބައިވަންތަ ކަން ހާމަ ކުރަން ވީ އެވެ .

    24
  2. ރައްޔިތުމީހާ

    މިޤައުމުގެ ހުރިހާ ރައްޔިތުންނޭ ﷲ ގެ މަގަށް ރުޖޫޢަވެ. ފުރިހަމަ ތައުބާއަކުން ތައުބާވެ މި ނުބައި ބައިގަނޑުގެ ކިބައިން މިޤައުމު ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރައްވާ. ހާލަތު ބަދަލުކުރެވޭނީ އެބަކު އަމިއްލައަށް ބަދަލުކޮށްގެން.

    23
  3. މޮޔަބެ

    ލޮބްވެތި ރައްޔިތުންނޭވެ. މުދަލާއި ފައިސާ އަކީ އެއްވެސް އެއްޗެއްނޫނެވެ. މާތްވެގެންވާ އިސްލާމްދީނާއި، ﷲ ސވތލ ގެ ދީނުގެ ހައްގުގައި ކުރަންޖެހޭޖިހާދު ކުރުމަށް ތައްޔާރަށް ތިބުމީ މުސްލިމުންކުރަންޖެހޭކަމެކެވެ. ދިވެހިރާއްޖޭގެ ރަށްރަށުގެ ތެރެއިން މިހިސާބަށް އަޑުއުފުލީ މަދުރަށަކުންނެވެ. އިސްނެގި ދުވާފަރު ރައްޔިތުންނަށް ހަމަ ސާބަސް؛ އަދި އެހެން ރަށްތަކުގެ ރައްޔިތުންނަށް ހަމަ ސާބަސް..މާފަރުގެ އިއްޒައްތެރި ރައްޔިތުންނޭ ހަމަ ސާބަސް. ލޮބްވެތި ރައްޔިތުންނެވެ. ނުކުމެ އަޑުއުފުލާށެވެ....

    20
  4. އާމިނަ

    ސާބަހޭ މާފަރު ރައްޔިތުންގެ ހިތްވަރަށް.
    ކައުންސިލްތަކުން މިފަދަ ޢަމަލުތައް ކުށްވެރި ކުރަންވެސް ޖެހޭނެ މީއާދައިގެ ކުދިކުދި ކަންކަމެއްނޫން .އިސްލާމްދީން ނޫން އެއްވެސް ދީނަކަށް މިބިމުގައި ޖާގަ ނެތްކަން އަންގާލަން ޖެހޭނެ.

    29
    1
  5. މައިން

    ހުރީހާރަރަޝަކުން ވެސްނިކުންނަންވީ. މިބައިގަޑު ފުހެލަންވީ

  6. ައަޕް

    ކޮބާ މުޒާހަރާގެ އަޕްޑޭޓްސް

  7. ޢާދަނުބެ

    ކިހިނެތް ފިޔަވަޅު އަޅާނީ މި ގައުމުގެ ރައީސް އަބަދުވެސް އަނބިކަބަލުން ގޮވައިގެން މަޖާ ކުރުމުގަ މުޅި ގައުމު ހަލާކުވާކަހަލަ ކަމެތް ބަޔަކޮކޮށްގެން އުޅޭއިރުވެސް ވާކަމެތްވެސް ނޫން މޮޅު ހޯދަންގެނަ ވެރިޔާ ރައަިތުންގެ ބައިތުލްމާލު ހުސްކޮށްލައިގެން އަބަދުވެސް ރާއްޖެއިންބޭރުގަ އެނެތްހެން ގޯހެތްނޫން މުސްކުަޅިންބޫނޭ ވެހޭތާ ފެންނަގާށޭ