މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަސްކަރީ ތަމްރީނު ތަކެއް ކުރިއަށް ގެންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ކުރި އިުލާނެއްގައި ބުނެފައިވަނީ މި ތަމްރީނުތައްކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުނެ ފެށިގެން 21 ވަނަ ދުވަހަށް ކަމަށެވެ.

ގިރިފުށީގައި ކުރިއަށް ގެންދާ މިތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށިން ހުޅަނގު ދެކުނަށް 2000 މީޓަރު ދުރުމިނަށާއި 100 މީޓަރު އުސް މިނުގައި ކަމަށް އެމްއެންޑީއެފުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދާނީ މި ތިން ދުވަހުގެ އިރުއޮއްސި 18:30 އާއި ރޭގަނޑު 21:00 އާ ދެމެދު ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. އެހެން ކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުރުތައްދު މީހުންނާދެކޮޅައް ވާހަކަ ދައްކާމީހުންނަށް ބިރުދައްކަނީ،

    18
    1
    • އާންނު

      ހަހަ. އިނގިފަ ތިހިރީ.