ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
މާލޭގައި ފެންބޮޑުވެފައިވާ ސަރަހައްދު ތަކުން ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑިއެފުން ކުރަމުންދާއިރު މިހާރުވެސް ހުއްޓުމެއްނެތި ދަނީ ވާރޭ ވެހެމުންނެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް ހައްލެއް ނުލިބޭތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އެގޮތުން ރ. އަތޮޅާ މ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ވަނީ ރީނދޫ އެލާރޓް ނެރެފަ އެވެ. އެ އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ފެށިގެން މެންދުރު 14:00 އާ ހަމައަށެވެ. އަދި އެމުއްދަތުގައި ގުގުރުމާއެކު އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު އިރާއި އިރުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެހެން ކަމުން ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުރި މަލާމާތް ޖެހުނީ
ނިމުނު 5 އަހަ ރު ފެން ހިތްކަން ދާކަށް ނުޖެހޭ. އެމީހުން ކު ރިން ކީ އެއްޗެހި މުސީބާތެއްގެ ގޮތުގަ އެމީހުންނަށް އެޖެހެނީ ވިސްނާ ބަޔަކަށް އިބް ރަތެއް......
ކޮންމެސަރުކާރެއްއަޔަސްހަމަވާވަރު
ސަރުކާރުންތަމޫސުން ބަދަލު ކުރަނީ؟ ސަރުކާރެތިކިޔަނީ
މިއޮތީ ސަހިންދާ ގެ ބޭނުން ޖެހިފަ..އަވަހަށް ފެން ހިންދަން ފަށާ...