މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)ގެ ލިޔުމަކީ އިސްލާމުދީނަށް ކުރި ފުރައްސާރައެއްކަން ސާބިތުވެފައިވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝޭޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝޭޚް ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ލިޔުމަކީ އިސްލާމުދީނަށް ކުރި ފުރައްސާރައެއްކަން، އިލުމުވެރިންނާއި، ޕްރޮފެސަރުންނާއި، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުންނާއި އަދި އެދުރުންގެ ހެކިބަހުން ސާބިތުވެފައިވާ ކަމަށެވެ. އަދި އެއީ ފުރައްސާރައެއްކަން ސާބިތުވެފައިވަނިކޮށް އެ ރިޕޯޓާ މެދު އެ ފަރާތްތަކުން ދައްކާ ބަހަނާތަކަށް ސަމާލުކަންނުދިނުމަށް، ރާއްޖޭގެ ނޫސްވެރިންނަށް އިލުތިމާސް ކުރައްވާކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ސެއިޚް ސަމީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ޓްވީޓުގައި ޝޭޚް ސަމީރު ވަނީ އެމްޑީއެން ޖަމިއްޔާ އުވާލުމަށްވެސް ގޮވާލާފައެވެ.

ޝޭޚް ސަމީރު މިހެން ވިދާޅުވިއިރު މިމަހު 15 ދުވަހު ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއިން އެމްޑީއެންގެ ރިޕޯރޓާގުޅިގެން ސޯސަލް މީޑިއާގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އެޔުނިވަރސިޓީއިން ވަނީ އަންގާފައެވެ.

ސެއިޚް ސަމީރަކީ ޔުނިވަރސިޓީގައި ކިޔަވައިދެއްވާ ލެކްޗަރާއެކެވެ. އަދި މިމައްސަލާގައި އިސްލާމްދީނުގެ ދިފާއުގައި ވަކާލާތުކުރައްވަމުން ގެންދަވާ އިލްމުވެރިއެކެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންވެސް ދަނީ އެރިޕޯޓާ ގުޅިގެން ނުރުހުން ފާޅުކޮށް އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުހައްމަދު

  އިމްރާނު ދާހިލީ ވވ ވވ ވަޒީރަކަށް ހުރެގެން މިކަންމިކުރަނީ ކިހާރީތިތޯ ؟ އިމްރާނުމެން ފަޓްލޫނު ލައިގެން އުޅުމުގެ ބޭނުމެއްނެތް .އުމުރަސް ސަލާމް.

 2. އާމިނަ

  ބަޔަކު އޮޅުވާލަން އުޅުނަސް އެމްޑީޕީގެ ކަންތައްތައް މިދަނީ އިތުރަށް ބޭޒާރުވަމުން.
  ޙައްޤުބަސް ބުނުމުގައި ޢިލްމުވެރިން ފަސްޖެހި ގެން ނުވާނެ. ސަރުކާރުގެ ދުވެލި ފިނިހަކަ ސްޕީޑްގައި މިކަމުގައި . ފިޔަވަޅު އެޅޭނީ ކޮން އިރަކުންބާ؟
  ޝަހިންދާމެން ފުރިހަމަ މިނިވަންކަމާއިއެކު ޓްވީޓް ކޮށްލަކޮށްލާ. ދީނަށް ފުރައްސާރަ ކުރުން މީ އާދައިގެ ކުދިކުދި ކަންކަމަށް ހަދައިގެން ހަނުތިބެން ހެޔޮނުވާނެ.ޤައުމުގެ ވަލިއްޔުލް އަމުރު ގެ ޒިންމާ ކޮބާތޯ؟

 3. މަނިއްޕުޅު

  މިފަދަ މައްސަލަތަކުގައި ޕާކިސްތާން ފަދަ ގައުމުތަކުގައި ކަމާ ގުޅުން ހުރި އަދި ގުޅުމެއް ނެތް މައުސޫމް މީހުންވެސް ހައްގެތް ނެތި އާންމުންގޮސް މަރާ އަނިޔާ ދީފަ އެބަހުރި. ކިތަންމެ ރަންގަޅު ވާހަކަޔަކަސް އަޑު އަހާ މީހުންގެ ތެރެއިން އެކަކުވެސް ނަފްރަތު އުފެދި މީހެއްގެ ފުރާނަޔަށް ގެއްލުމެއްދީފާނެ. އިސްލާމްދީނުގައި މިފަދަ ކަންކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނީ ދައުލަތުން. އަދި އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމްރު އަމުރުކުރާ ހަރާމް ނުވަތަ ފާފަޔަކަށް ނުވާ ކޮންމެކަމަކަށް ތަބާވުން ވާޖިބު. އިސްލާމީ ވެރިޔާ އެކަމާ ފިޔަވަޅު އަޅާނެކަމަށާ ތަހުގީގުކުރަމުންދާކަމަށް ކަމަށް ބުނެފަވާހިންދު އަދި ނަފްރަތުގެ އަނިޔާވެރި އަމަލެއް ހިންގާފަނެތިއްޔާ މަސްލަހަތައްޓަކާ އެވާހަކަ ނުދައްކަން އަންގައިފި ހިންދަކު އެއަށް ތަބާވުމަކީ ވާޖިބެއް. ވެރިމީހާގެ އަމުރަށް ނުކިޔަމަންތރިކަން ދެއްކުމަކީ ބޮޑެތި ފާފަތަކުން ފާފައެއް. ވެރިންނާ ގައުމުގެ އިސްމީހުނާ މެދު ދަންޑިވަޅުގެ ބޭނުންކޮށް ނަފަރަތު އުފައްދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ.

 4. ރައްޔިތުމީހާ

  އެ ޖަމްޢިއްޔާ އުވާލުމަކުން ނުފުދޭ! އެ ރިޕޯރޓް ނެރުނު މީހުންނަށް ޝަރުޢީ ގޮތުން އަޅަންޖެހޭ ފިޔަވަޅުވެސް އަޅަނޖެހޭ!