ބިދޭސީއެއްގެ އަތުން ފޭރެން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ، ފަރީދީ މަގުގައި ބިދޭސީއަކު ހުއްޓުވައި އޭނާ އަތުން ފޭރެން އުޅޭ ތަން ފެނިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ހައްޔަރުކުރީ މިއަދު ހެނދުނު 11:31 ހާއިރުއެވެ.


މިފަދަ މައްސަލައެއް ފެންމަތިވެ، މީހަކު ހައްޔަރުކޮށްފައިވާއިރު މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާތަކެއް ހޯދަން އުޅުނު މައްސަލައެއްގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝް ރައްޔިތުންނެވެ.