އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު މިސްރަށް ފުރާވަޑައިގަންނަވައިފިއެވެ.

ސުޕްރީމް ކޯޓުން ބުނީ އުއްތަމަ ފަނޑިޔާރުގެ ދަތުރުފުޅަކީ މިސްރުގެ ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ރަންޔޫބިލް މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ކޯޓުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު މިސްރަށް ވަޑައިގެންނެވި އިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ އުއްތަމަ ފަނޑިޔާރާ ގުޅޭ ދެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.

އެމަނިކުފާނު މިސްރަށް ކުރައްވާ ދަތުރުފުޅުގައ އެމަނިކުފާނުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.