އިސްލާމް ދީނާއި ނަބިއްޔާ محمد صلى اللّه عليه وسلم އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެޖަމިއްޔާއާ ދެކޮޅަށް ރާއްޖޭގެ ރަށްތަކުގައި މިއަދު މުޒާހަރާކޮށްފިއެވެ.

ރާއްޖޭގައި މިއަދު ކުރިއަށްދިޔަ މުޒާހަރާތަކުގައި އަޑު އުފުލާފައިވަނީ އެމްޑީއެން އުވާލުމަށާއި އެޖަމިއްޔާގެ އިސްވެރިންނާ މެދުު ފިޔަވަޅު އެޅުމަށެވެ.

މިއަދު މިކަމަށް އަޑު އުފުލާ ރައްޔިތުން ޝުޢޫރު ފާޅުކުރި ރަށްރަށުގެތެރޭގައި ޅ.ނައިފަރު، ރ.ހުޅުދުއްފާރު، ރ.އަނގޮޅިތީމު، ތ.ވިލުފުށި އަދި ހއ.ކެލާވެސް ހިމެނެއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ޢިލްމުވެރިންވަނީ ވަގުތުން ވަގުތަށް އެޖަމްޢިއްޔާ އުވާލާ އަދި އެޖަމްޢިއްޔާގެ އިސްފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ނަމަވެސް މިހާތަނަށް އެޖަމްޢިއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކުރުން ފިޔަވާ އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ގިނަބަޔަކު ދަނީ ފިޔަވަޅު އެޅުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މިއަދު ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ރައްޔިތުންގެ އަޑު އުފުލައިފި ކަމަށާއި އެ އަޑު ސަރުކާރުން އައްސަވަން ޖެހޭ ކަމަށެވެ. އަދި ސަރުކާރަށް އަޑު އިވޭނީ އަނެއްކާވެސް 2023 ވަނަ އަހަރުގެ އިންތިޚާބު އައިސް ޖެހުމުންތޯ އޭނާ ސުވާލުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސައާދާ

    އެމްޑީ އެންގެ ވެރިންނަށް މިރާއްޖޭގެ އިލްމުވެރިންގެ އަޑު ނީވެނީ ނުވަތަ އެއަށް ޢަމަލު ނުކުރެވިގެން އުޅެނީ އެޖަމިއްޔާގެ އިސްވެރިންނަށްތިބީ މިސަރުކާރަށް ނިސްބަތްވާ މީހުން ގިނައީ، އެމީހުން ވަނީ އެޖަމިއްޔާއަށް ނިސްބަތްވާ މީހުން އަތުން ވެރިކަން ހޯދަން ލާރި އަތުލާފައި ދެން ބުނެވޭނީ ކޯއްޗެކޭތަ އެމްޑީ ޕީ އަކީ ލާދީނީ ބައެއް އެމީހުންނަށް ވޯޓްދިނަސް އެއީ ޤައުމުގެ ހަލާކުން

    32
  2. އަލީ

    މުޒާހަރާ ކުރަންވީ ރައީސް ސޯލިހު ފިޔަވަޅު އެޅުއްވުން ލަސްވާތީވެ.

    42
  3. ދުއާ ކުރާނަން

    2023 ވެސް އަންނާނެ... އަދި އޭގެ ކުރިން މި ލާދީނީ ބައިގަނޑު ނެތި ފަނާ ވެގެންދާނެ އިންޝާ ﷲ

    48
  4. ސުވާލު

    މިހާރުނޫސް ފަދަ ރާއްޖޭގެ ގިނަ ނޫސްތަކަކުން މިކަހަލަ ހަބަރުތައް ކަވާ ނުކުރަނީ ކީއްވެތޯއޭ ހިތަށްއަރައި! ވަގުތު ނޫހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން

    41
  5. ކީކޭ ބުނާނީ

    ބާގީ ލުތުފީއަށް އެންބަސީގަ ވީއައިޕީ ޚިދުމަތް ދީ ފިލުވައިގެން ގެންނުޅެފި. ބޮޑު ޚާއިނު އަދީބު ބުރޯ ޖަލުން މިކިވަން ކޮށްފި. ދީނަށް ފުރައްސާރަ ކުރާ ގިނަބަޔަކަށް ސަރުކާރުގެ މަތީ ޕޮލިސީ ލެވެލްގެ މަގަާމުތަކާއި އެންބަސީތަކުން މަގާމުތަށް ދީފި. ދީނަށް ފުރައްސާރަކުރި އެމްޑީއެންގެ ހިމާޔަތުގައި އެތައް އުޒުރެއް ދައްކައި އެތައްބަހަނާއެއް ދައްކައިފި. މީތޯ އިންސާފަކީ??? މީތޯ ހަމަހަމަ ކަމަކީ??? މީތޯ ތިބުނާ މިނިވަން ފިކުރަކީ؟

    35
  6. އައްނި

    ފިޔަވަޅުއަޅަންދެން އެއްވުން ބާއްވަންވީ

    38
    1
  7. ރައްޔިތުން

    ފިޔަވަޅު އެޅޭނެހާ ދުވަސް ސަރުކާރަށް ދެވިއްޖެ... ނޭޅުނީމަ ޞާލިހު ދަންނަކަލޭފާނު ވެރިކަމުން ދުރުކުރަން ނުކުންނަންވީ.

  8. Juhaa

    މި ގައުމުގައި ޝަރީޢަތް ކުރަން ޖެހޭނީ ޙިސާން ޙުސައިން ބުނާ ގޮތަށް. އެހެން ނޫނިއްޔާ އިންސާފުވެރި ޝަރީޢަތަކަށް ނުވާނެ. އެމް.ޑީ.ޕީގެ މީހެއްގެ މައްޗަށް ދަޢުވާއެއް ކޮށްފިއްޔާ އެއީ ސިޔާސީ ދަޢުވާއެއް.

  9. އެދޭ

    އެމްޑީއެންއާދެކޮޅަށް އަަހަރެންގެ ރަށުގައިވެސް މުޒާހަރާކުރާނެ ވަގުތަށްއިންތިޒާރުކުރަމުން މިދަނީ
    އެއީ އެމްޑީއެންއޭގެ ލިޔުމުގައި އިސްލާމީކަންކަމަށް ހަޖޫޖަހާފައިވާތީ އެކަމާދެކޮޅަށް އަހަރެންވެސް
    ނިކުންނަށް ބޭނުންވާތީ