މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގޮވާލުމުގެ އަޑު ކަނޑުވާނުލެވޭނެ ކަމަށް ޝައިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމުން އެންމެ ބޮޑަށް ލޯބިކުރާ އަދި ލޯބިވާންޖެހޭ ޝަހުސިއްޔަތަކީ ހަމައެކަނި މާތް ނަބިއްޔާ محمد صلى اللّه عليه وسلم ކަމަށެވެ. އަދި އަޙުދާއި ވަޢުދު އުވާލުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫން ކަމަށާއި އެއީ ޔަހޫދީންގެ ސިފައެއް ކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.

ސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓެއް ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެމްޑީއެން އުވާލުމަށް ދީނީ އިލްމުވެރިން ވެސް ސަރުކާރަށް ގޮވާލަމުންދާއިރު، އެމްޑީއެންގެ ރިޕޯޓު ރައީސް ސޯލިހު ވެސް ދާދިފަހުން ވަނީ ކުށްވެރި ކުރައްވާފައެވެ. ނަމަވެސް އެ ޖަމިއްޔާ ސަސްޕެންޑު ކުރުން ފިޔަވައި އިތުރު ކަމެއް ސަރުކާރުން ކޮށްފައިނުވެއެވެ.

އެ ރިޕޯޓުގެ މައްސަލައާ ގުޅިގެން އެޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައި މިއަދު ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިކްލީލް

    ރައްޔިތުންގެ ޕްރެޝަރ ބޮޑުވެގެން ފަހަރުގައި އުވާލަފާނެއެވެ. އެކަމަކު ވިސްނަންވީކަމަކީ މިއީ ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ޖަރީމައެއްކަމާ ، ދެން ހަދާ އެތިފަހަރު އަދި މާ ނުރައްކާވާނޭކަމެވެ. ސްޕްރީމްކޯޓުގަ އެހުރި ފަނޑިޔަރަކީ މީގެ މުލެއްކަމާ ދެންހުރި މޫތައް ސަރުކާރުން އެބަ ބޭރަށް ފުރުވާލާކަން ދިވެހިން ދެނެތިބޭށެވެ.

    37
  2. ވާވާ

    ކަލޯ ކީއްވެ ކޮސް ތިގޮވަނީ ކަލޭދޯބުނީ ނަމުން ސޯލިހްވީމަ ސޯލިހުވާހަކަ އަދި ރަސޫލާ ނަން ގަނެފއިވަ ފެންވަރުގެ ދީންވެރި ސޯލިހުމީހެއްކަށް އެހެންވީމަ ކަލޭވިސްތީ ސޯލިހުގެ އޮޑީގެ ފަޅުވެރިޔެއްނު މުގައުމަށާ އިސްލާމްދީނަށް މިޖެހޭ ހުރިހާ މުސީބާތެއް މިޖެހެނީ އިލްޔާސްއާ އިޒްކަކަހަލަ ގައްދާރުންގެ ސަބަބުން

    33
    1
  3. ސެ

    ހުއްޓާލާ.2023 އަންނައިރަށް ހޭލާ

    22
  4. ބުރޯ

    މިސަރުކާރަށް އެމްޑީއެން އުވާލެވެން ނެތީ ޔޫރަޕް ގެ ގައުމުތަކުން ފައިސާ ހޯދެން އޮތީ އެމީހުން ބުނާކަންކަން ކޮށްދިނީމަޔޯ ހީވެދާނެ . ޔޫރަޕަކީ މިހާރު ބަޔަކަށްއެއްޗެއްދެވޭ ވަރުގެ ބައެއްނޫން ދިވެހިގައުމުގަ ކުރާކަމަކުން ޔޫރަޕަށް ހުރިފައިދާއެއްނެތް ޔޫރަޕުން މަސައްކަތް ކުރަނީ ދިވެހިންގެތެރެއިންބަޔަކު އެދިވެހިންގެ ދީން މިގައުމުގާ ޔޫރަޕިއަނުން މެދުވެރިވެގެން ގާއިމު ކޮށްދިނުމަށް އެދެމުންދާތީ އޭގެ އިސްމީހަކީ ނަސީދު

    30
  5. ޝަރަފިއްޔާ

    އިލްޔާސުމެންގެ އަނގައިގެ ސަބަބުންދޯ މިމީހުންނައް ވެރިކަމައް އާދެވުނީ. ލާދީނީ މީހުންނައް ވުރެ ވަގުންގެ ވެރިކަން މާ ރަނގަޅުވީސްކަން މިހާރު ވިސްނޭނެ.

    10
  6. ޕިސްޕިސް

    އައްޑޫގައި ޝޭހުންގެ ބައްދަލުވުމެއް ބޭއްވީރުގަ އެތަނުން އެއް ޝޭހުއަކީ ކުރީގެ އެމްޕީ އަދުރޭކަމަށް ހީކޮށް ލާދީނީ މީހޫން އިލްމުވެރިންނަށް އެތަށް އެއްޗިއްސެއް ކީފަހުން އެއީ އަދުރޭ ނޫންކަން އެންގިއްޖެ. ވަގުތު ނޫހުން މިހަބަރު ކަވާކޮށްލަދީ

  7. މަގޭ ޚިޔާލު

    އަހަރެން ހިތަށް އަރާ އަދާލަތު ޕާޓީން ކޮންއެއްޗެއް ހިތަށް އަރައިގެންބާއޭ އެމްޑީޕީއަށް ބައިއަތު ހިފީ. ޔާމީނު ކަމުނުދިޔައިމަ އެމްޑީޕީ ނޫން އެހެން ބަޔަކަށް ނުވަތަ މީހަކަށް ބައިއަތު ހިފި ނަމަވެސް މާތާހިރުވީސް.

  8. އާމިނަ

    އިލްޔާސްމެން ނަށް އެނގިވަޑައި ނުގަންނަވާ ނި ކަންނޭނގެ ދީނުގައި ބޮޑު މުޞީބާތުން ސަލާމަތް ވާން ކުޑަ މުޞީބާތުގައި ހިފުން އޮންނަކަން

    އެމްޑީޕީ އަކީ މިއައުމުގެ އެންމެ ބޮޑު މުޞީބާތް.
    ވެރިކަން އަދި ޖެހޭ އިރަށް އިސްލާމީ ތަޢުލީމުދޭ މުއައްސަސާތަކާއި ކުޅެލާނެ ޚާއްޞަ ކޮށް ކުއްލިއްޔާއާއި . ދިވެހި ރައްޔިތުން ހޭލާ.