ލާދީނީ ފިކުރުގެ މީހުންގެ މަގްސަދަކީ ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރުން އާންމު ކަމެއްގެ ގޮތުގައި ހެދުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އުމަރު ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރިި މިންވަރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އެކަން ކުރި އެއްވެސް މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

އުމަރު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓު ލިޔުނު މީހުންނާ މެދު ވެސް އަމަލު ކުރެވޭނީ އެގޮތަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ އަދި ދައުވާ ކުރުމަށް ފޮނުވާފައި ނުވާކަން އުމަރު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ލާދީނީ މީހުންގެ މަގްސަދަކީ ރާއްޖޭގައި ދީނަށް ފުރައްސާރަ ކުރުން އެއީ އާންމު ކަމެއް ކަމުގައި ހެދުމެވެ. އަދި އެމްޑީއެން އުވާލާ އެ ރިޕޯޓު ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވިއްޖެ ނަމަ، ލަހެއް ނުވެ އެމީހުން ބޭނުންވާ ގޮތަށް، ދީނަށް ފުރައްސާރަ ކުރުން އާންމު ކަމަކަށް ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް ލާދީނީ މީހުން ދައުލަތުގެ އެތެރޭގައި ތިބެގެން މި ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު މިއީ ދެވަނަ ފަހަރެވެ. ދިވެހިން ހޭލާ ތިބެގެން މެނުވީ މި ގައުމާ ދީން ހިމާޔަތް ނުކުރެވޭނެ އެވެ." އެމްޑީޕީ ސަރުކާރަށް ނުސީދާ ގޮތުން ފާޑުވިދާޅުވަމުން އުމަރު ވިދާޅުވިއެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭނެއް ހިންގަމުން ގެންދާ ކަމަށާއި އިސްލާމް މުގައްރަރު ކަމުނުދާ ކަމަށް ބުނެ ވަކާލާތު ކުރަމުން އަންނަ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ބައެއް މިސްކިތް ތަކުގައި ބަންގި ގޮވާ އަޑު މަޑު ކުރުމާއި ދިވެހި ފިލްމުތައް ސެންސަރު ކުރާ މިންގަޑު ދަށްކޮށް، އެއްޖިންސުން ގުޅުން ހިންގުން އާންމު ކުރާ ފަދަ މަންޒަރުތަށް ފިލްމު ތަކުގައި ހިމަނަން ފެއްޓުމުގެ އިތުރުން ބަނގުރާ އިތުރަށް އާންމުވުން ހިމެނޭ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖގފެ

    އަދިވެސް ފިލާއޮވެ ފބ ޕޯސްޓެކުރަނީ.. މިކަން ހައްލުކުރަން ޕޕމއާ ގުޅެންނުވޭތަ.. ރޔާމީނު ނޫނީ ނެތޭ މިކަމުގަ ފާޅުގަ ނުކުންނަން ކެރުނު ސިޔާސީލީޑަރެ. އެއްމެން ފިލާތިބީ2023އަންނަންދެން.. ކާނަލް ނާޒިމުވެސް.. ޕޕމއާ ގުޅިގެން ގައުމު ހަމަޔަކަށް އަޅުވަން އުޅެބަލަ.. ގާސިމަކަށް ނުވާނެކަމެ އަނބިމީހާގެ ދަށުވެފަހުރީ.

    30
    4
    • ދޮންބެ

      އުމަރު ފާޅުގައި ނިކުމެއްޖެނަމަ ސަރުކާރުގެ ވެރިން ބިރުން އިސްތިއުފާދީފައި ފިލާނެ. އެހެންވީމާ މިސަރުކާރުގެ ސަލާމަތަށް އުމަރު ފިލާހުރެ ސޯސަލް މީޑިއާގައި ސުއޫރު ފާޅުކުރަނީ.

  2. އަމިއްލައަށް ހުއްޓާލަންވީ

    ފުރައްސާރަކުރުމުގެ ކަންތައްތައް
    ސަރުކާރުން އަމިއްލައަށް ހުއްޓާލަންވީ.
    ބަޔަކު ނުނިކުންނަނީސް ސަރުކާރުން ހިންގަމުންގެންދާ މިބާވަތުގެ ބޮޑެތި ޖަރީމާތައް އަމިއްލައަށް ހުއްޓާލަންވީ.

    39
    1
  3. ލަކީ

    ޙެހެ މިހާރު ޝޭހު އުމަރުނަސީރުވެސް މާބޮޑަށް ދީނޭ މިކިޔަނީ ބަލަ މިގައުމުގަ ތިބޭނީ މުސްލިމުން ކޮބާ ލާދީނާކީ
    ކޮބާ ނުލާދީނަކީ ޝޭހު އުމަރު ވިދާޅުވެ ދެއްވާ

    3
    40
    • ދދދދދދ

      ކަލޭ ތީ އެބުނާ ޒާތު މީހެއް. އެނގޭނެތަ ވަކިކޮށް ދެނެގަންނަން؟ ނޭނގޭނެ. ވީމާ ބޭކާރު ސުވާލު ނުކުރޭ. ދީނަށް ފުރައްސާރަ ކުރަން އޮވޭ.

  4. ޟަނީ

    ތެދެއް

    17
    1
  5. އާމިނަ

    ޢުމަރުނޫނީ އެމްޑީޕީ މަޅީގައި ނުޖެހި ހުރި މީހަކުނެތް. މިޤައުމާއި ދީނުގެ ޙައްޤުގައި ކުންނަވާ
    ތިރީސް އަހަރު މިޤައުމުގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެސް ހީވަނީ އޯކޭހެން މިސަރުކާރު. ދީނަށް ފުރައްސާރަ ކުރުމުން ކަންބޮޑުވީ ރ. ޔާމީންގެ ޕާޓީ އެކަނި. އެހެން ޕާޓީތަކަށް ނުކެރުނު
    ޖަލްސާ ގަނޑެއް ބާއްވާލާންވެސް. އަދާލަތު ލަދު ކޮބާތޯ.

    • ދޯ

      އަދި ރަގަޅުކޮއްލާ... ރޔާމީނެ މޑޕއާ ނުގުޅޭ ދުވަހަކުވެސް...

  6. މުގައްދަރު

    ތިޔަ މީހާ ކުރި ކަހަލަކަމެއް ކުރި ދިވެހި ދަރިޔަކު މިގައުމުގައި ނޫޅޭ 100% ގައުމަކައް ކުއްތާ ތަކެއް އެތެރެ ކުރުވި މީހެއް އެމެރިކާގައި ކުއްތާ މަދީތަ ޑުރަގް ނުހުއްޓުވިގެން އުޅެނީ މިގައުމުގައި ކުއްތާއެއް ނެއް އިރުއް ސުރެ ނޮވެމްބަރު 3 ގެ ފަހުން ފަޓާހެއް ނުގެންގުޅޭ ވަގަކައް އެތެރެއެއްވެސް ނުވޭ ބޭނުން ނޫންކަމެއް ކުރެވޭނެ އެއްވެސް ގޮތެއް ނެއް ބާތްކަރުތާހޭ

    1
    5
  7. ކުރޮޅި

    ލާދީނީމީހުންނަކީކޮބައިކަނބުނެދިނަސް ނޭންގޭމީހަކައްނޭންގޭނެ އަދިއެއައްވުރެބޮޑައް މުނާފިޤުކަމާ ޔަހޫދީކަންބޮޑުވީމާވެސް ނޭންގޭނެ

    4
    1
  8. ހަސަންބެ

    އަހަރެންގެ ގެހުންނަނީ ސްކޫޕް ކައިރީގައި ގޯޅިތެރޭގައި. ކުރީގައި އިސްލާމީމަރުކަޒުން ބަންގެ ގޮވާއަޑު ވަރަށް ގަދައަށް އިވޭނެ. ފަތިސް ބަންގީގެ އަޑަށް ނިދާފައޮއްވާވެސް ހޭލެވޭ. މިހާރު ބަންގީގެ އަޑު އިވެނީ ވަރަށް މަޑުން.

  9. އަޙުމަދު މުޙައްމަދު

    ރައްޔިތުންގެ ޕްރެޝަރ ބޮޑުވުމުން މައްސަލަ ފިނިކުރަން ބަޔަކަށް ޗިޓް ފޮނުވަން ފަށައިފި. ދިގު ދަންމާނެ. ހެކި ފޮރުވާނެ. އެކަކާ މެދު ވެސް ދަޢުވާކުރާކަށް ނުފޮނުވާނެ.