ޖޭޕީގެ މަސައްކަތުން މީގެ ކުރިން ވެރިކަމަށް ގެނައި ދެ ސަރުކާރުން ވެސް އަމަލު ކޮށްފައި ވަނީ ވަރަށް ދެރަކޮށް ކަމަށާއި މިއަދުގެ ސަރުކާރުން އެމަނިކުފާނާ މެދު ދެރަ ގޮތެއް ނުވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ.

ގާސިމްގެ އަމިއްލަފުޅު ޓީވީ ޗެނަލުގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސޯލިހާމެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށެވެ. އަދި ރައީސް ސޯލިހަކީ މަޑުމައިތިރި، ކެތްތެރިކަމާއި ވިސްނުންތެރި ކަމާއެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ޖޭޕީ އާއި ދިވެހި ރައްޔިތުންނާމެދު ވެސް ކުރީގެ ސަރުކާރުތަކަށްވުރެ މާ ބޮޑަށް ރަނގަޅަށް ކަންކަން ކުރައްވާނެ ކަމަށެވެ. އެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ހުރިހާ ސަރުކާރަކުންވެސް ވަރަށް ދެރަ ގޮތްގޮތް ދިމާވެފައި އެބަ ހުރި. މި ސަރުކާރަކުން ނޫން. އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން އަޅުގަނޑަށް އެކަހަލަ ކަމެއް ދިމާ ނުވާނެ،" ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީއިން ސަރުކާރު ކޯލިޝަނުގެ ޕާޓީތަކާ ވަކިން ވާދަ ކުރަން ނިންމުމުން، ކޯފާވެ ގާސިމް ވަނީ އެމްޑީޕީއަށާއި ސަރުކާރަށް މީގެ ކުރިން ފާޑުވިދާޅުވެފައެވެ. އެހެން ނަމަވެސް، ފަހުން އޭނާ ވަނީ ސަރުކާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

މި ސަރުކާރުގައި، ދައުލަތުން ބަދަލު ދިން ކުންފުނިތަކުގެ ތެރޭގައި ގާސިމްގެ ޑަބްލިއުއެލްޓީ ކުންފުނި ހިމެނެއެވެ. މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ ޑަބްލިއުއެލްޓީއަސް 29 މިލިއަން ދިނުމަށެވެ. އެކަމަކު، މަޝްވަރާކޮށް އެ އަދަދު ވަނީ ފަހުން 15 މިލިއަނަށް ކުޑަކޮށްފައެވެ. މިހާރު އެ ފައިސާ ދައުލަތުން ވަނީ ޑަބްލިއުއެލްޓީއަށް ދައްކައި ހަލާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޔަޙުޔާ

    ވަރަށް ރަނގަޅު. މުޅި ގައުމު ދަވާލައިފަ ވެސް ތިމާގެ އަމިއްލަ އެދުން ހާޞިލް ކޮށްދިނީމާ އެވަރުގެ ކަމެއް ނެތް. އެހެންވީމާ ތި މީހުންގެ އަމިއްލަ އެދުން ހުރި ވަރު ރައްޔިތުން ދެނެގަންނާކަށް މިހާޜު އުނދަގުލެއް ނުވާނެ. މައުމޫނާއި ގާސިމާއި ޢިމްރާނަކީ ވެސް ގައުމޭ ދީނޭ ކިޔާފަ އުޅުނީ އަމިއްލަ އެދުމުގައި އަމިއްލަ ޖީބު ފުރަންކަން އެނގި ސާބިތު މިވީ. އެހެން ނޫންނަމަ، އިބޫގެ ދެކަނބަލުންގެ ބައިވެރިވުމާއެކު އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓާ ދެކޮޅަށް އެ މީހުންނަށް ފިޔަވަޅު އަލާން ގޮވައިލީސް. ދެން ވޯޓު ހޯދާން ނުދުވާތި! ހަރާމުން ހަރާން ގާސިމަށް ދޭނެ ވޯޓެއް

    72
    1
  2. ދިސްވޭ

    ޖޭޕީ އާއި ނުލައި އެއްވެސް ބަޔަކަށް ވެރިކަމަށް އާދެވެނީ އެއް ނޫނޭ އެކަން އެކުރެވެނީ އެއީ ޖޭޕީ އަށް ބަޔަކު ވޯޓް ދޭތީއޭ އެކަމަކު ވެރިކަން ލިބުމުން ޖޭޕީ އަށް ވޯޓް ދިން މީހުންނަށް ވާ ގޮތް އެއީ ފެންނާން ނެތް ހަގީގަތް ތަކަކީ މިއިން އެގިގެންދާ އެއްޗަކީ ޖޭޕީގެ އިސް ސަފުގައި ތިބި މީހުންނާއި ޖޭޕީގެ އާންމު މެމްބަރުންނާއި ދެމެދު އޮންނަން ޖެހޭ ގާތް ގުޅުން ނޯންނަ ކަމަށް މީއޭ އެގިގެންދާ ހަގީގަތަކީ،...

    44
    2
  3. ވޯޓުހޯދަން ނާންނާތި

    ގާސިމަށް ބޭނުންވާ ކަންކަން ކޮއްދެންޏާ ރައްޔިތުންނަކަށް ދެރަގޮތެނުވާނެކަމަށް ގާސުމުބުނޭ.. ރައްޔިތުންގެ އެއްމެންނަކީ ގާސިމުތަ.. ނޫނީ ވިލާގެ މުއައްޒިފުން އެކަނިތަ.. ދީނެނެތަސް މިނިވަންކަމެނެތަސް ގާސިމަށް ފައިސާއާ. ބިމާ ފަޅުތައް ދެންޏާ އޯކޭވާނެ.. އަނބިމީހާއަށް ވަޒީރުކަން ދީފަހުރީމަ ރަގަޅުވާނެ.. ފެންވަރެނެތަސް..

    57
  4. Anonymous

    ދީނީ ނަޒަރިއްޔާތަކުން ބަލާނަމަ މިސަރުކާރާ ބައިޢަތު ހިފަން ހެޔޮނު ވާނެ. ގާސިމުއަށް ކުރީ ސަރުކާުރު ގޯސް ވވީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ވާހަކަ ދެއްކީމަ. ގައުމަށް ވުރެ އަމިއްލަ އެދުން އިސްނުކުރާށެ ވެ.

    63
    1
  5. އާދަމް

    ތިކަން ވަރަށް އަވަހަށް ފެނިގެންދާނެއެވެ.

    58
    1
  6. ޗާބޫކުން

    ގާސިމް އިބްރާހިމް އަދި އަދާލަތުގެ ޝޭޚް އިމްރާން އަދި ރައީސް މައުމޫނު މެން ދެން ކިތަންމެ ހިތް ދަތި ވި ނަމަވެސް އެމްޑީޕީގެ ވެރިކަމެއް ގައި ކޯލިޝަން ޕާރޓްނަރުންގެ ގޮތުގައި ތަމެން އެމެން ނުބައިތިއްބާނެއޭ ..

    46
  7. ޒީ

    މީހުންނަށް ދެރަގޮތާ މޮޅުގޮތް މިންވަރު ކުރަށްވާނީ މާތް ﷲ.
    ތިސޯލިހަކަށް މަނިކުފާނު ސަލާމަތެއް ނުކޮއްދެވޭނެ!
    ދީނަށް ފުރަށްސާރަ ކުރާން މިސަރުކާރާ އެކު ވުމަކީ މަނިކުފާނުގެ ވިޔާނުދާކަން ދެއްތޯ!

    55
  8. ނަހަދާނެއޭ

    މިރާއްޖެ ފަހު ޒަމާނުގައި ދުށް އެންމެ ނާކާމިޔާބު އަދި ރާއްޖޭގެ އިގްތިސާދު ދުވަހަކު ވެސް ދަށަށް ނުދާ މިންގަޑަށް ދަށަށް ދާނެ ހަމަ އެކަނި ވެރިކަމޭ

    52
    1
  9. ދަހަރާމްކޯރޭ

    ދެ އެތި ފަހަރު ހިނގައްޖެ، ދެން އުންމީދުކުރަނީ ނިކަމެތިކޮށްނުލާނެ ކަމަށް ގާސިމް ވިދާޅުވިނަމަ އެއީ މަމެން ޕިންކީން އުފާ ކުރާ ކަމެކޭ

    28
    2
  10. ދަބޯރަތޭ

    ޖޭޕީގެ އެހީއާއި ނުލައި އެމްޑީޕީ އަށް ރާއްޖޭގެ ވެރިކަމަށް ދުވަަހަކު ވެސް ނާދެވެއޭ

    35
    3
  11. ކޮބާތޭ

    ރައީސް އިބޫގެ ވެރިކަމަކީ އެއީ އެމްޑީޕީގެ އެކަނި ވެރިކަމެއް ނޫނޭ

    33
    4
  12. އާމިނަ

    ޤާސިމަށް ވަރިހަމަ ދޯ އަނބިގޮއްޔެ މަޤާމު ދީފަބެހެއްޓީމަ. މިޤައުމުގެ މާތްވެގެންވާ އިސްލާމް ދީނަށާއި ނަބިއްޔާ ޞ. އަށް ކިތައްމެ ފުރައްސާރައެއް ކުރިއަސް. އަދި އެފަދަ މީހުންނަށް ފިޔަވަޅު ނާޅާ އެމީހުން ހިތުހުރިހާ އެއްޗެއްކިޔާ ޓްވީޓް ކޮށްލަކޮށްލާ ބައިތިއްބީމާ އޯކޭދޯ ޤާސިމަށް.
    ޢިލްމު ވެރިން ދުޢާދެއްވާފައޭ ބުނީމަވެސް އެގޮތަށް ޢަމަލު ބަހައްޓަން ނުކެރުނު. ޤާސިމަށް އޯކޭވިޔަސް ދިވެހި ރައްޔިތުންނަށް އޯކޭ އެއް ނޫން.

    11
  13. ނަސީދު

    ޖޭޕީ މަހައްދާންޖެހޭނީ އަމިއްލައެދުމުންފޯވެފައި ސޯލިހު މިހާރުންމިހާރައް ތިގާސިމްގަނޑު ސަރުކާރުން ބޭރުކުރަންވެއްޖެ

  14. ދަންސޫރަ

    ކާކުގެ. ވެރިކަ މެއްގަ ކަލެއަށް ގޯސްވީ

  15. އޮޅުވާލިވޯޓް

    ތިކަން ކިތަންމެރަނގަޅައްކައްވެސްއެބައެނގޭ އެއީ ހުވާކުރީ އެންމެމީހެއްކަމާ ވެރިކަންކުރަނީދެމީހުންކަން އެއީމިއަދު ރައްޔިތުންނައް އޮޅިފައޮތްކަމެއްނޫން

  16. ާދެރަކަމެއް

    އެއްވެސް ސަރުކާރެއްގަ ޤާސި މަށް ގޮތެއް ނުހެދޭނެ. ކޮން މެ ސަރުކާރެއްވެސް ގެނެވެނީ ޤާސި މް އެއްކޮޅަށް އެރީ މަ ...

    6
    3
  17. Anonymous

    ތި އަމިއްލަ ފައިދަާ އަށް މަސައްކަތް ކުރަާ މީހެއް ތާދޯ! ތި ވަރަށް ކަޑަ މީހެއް

    15
  18. ކްލެސިފައިޑް

    ގާސިމްބޭ އިބްރާހިމްބޭގެ ވެރިކަން މިހާރު ނިމެނީއޭ. އަންނި އޭނާއަށްދިނީ ދޮޅު އަހަރު. ކާނެ އެއްްޗެއް ކައިގެން ފެންބޮއިގެން ހުންނަން. އޭނަ އެކުރަނީ
    އެމަސައްކަތް. ދޮޅު އަހަރުވީމާ ނިކަ ގަހަކަށް ބަދެފާ ނަމަވެސް ރަގަޅަށް ފެންވަރުވާލާން އަންނި އެހެރަގެން ތައްޔާރުވަމުންދަނީ

    15
  19. ޓިނު ވަގު

    އަމިއްލަ އަންބޮނޑި ބޮޑު ވަންޏާ ބުރުމާއަށް ކޮންމެ ސަރުކާރެއްވެސް އޯކޭ ވާނެ...ޓަޓާސް ޓަސް

  20. ޢަފަންދި

    ސޭޓު މިހުރީ ނަގޫ ތާށިވެފަ! ގޮތެއް ހަދައިފިއްޔާ ފުޑާލާނެ! ޕާޓީ އުވާލާފަ އެމްޑީޕީ އަށް ވަދޭ!