ޑްލްޓާ އެއާގެ އެންމެ ފުރަތަމަ ކެބިން ކްރޫއިންގެ ތެރޭގައި ހިމެނޭ ސީބިލް ޕީކޮކް ހާމަން އުމުރުން 103 އަހަރުގައި މަރުވެއްޖެއެވެ.

ސީބިލް ޕީކޮކް ހާމަން އަކީ “ވޯލްޑް ވާ 2” ގައިވެސް ކެބިން ކްރޫ ކަން ކޮށްފައިވާ އަންހެނެކެވެ. އޭނާގެ މަރާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމާގައި ބައިވެރިވަމުންނެވެ.

“ޓުޑޭއި” ނިއުސް އަށް މައުލޫމާތު ދެމުން ޑެލްޓާ އެއާ އިން ބުނެފައިވަނީ ސީބިލްގެ މަރާއި އެކު ގިނަ މުވައްޒަފުން ރޮއްވާލާފައިވާ ކަމަށެވެ. އަދި އޭނާ އަކީ ގަޑިއަށް ބަރާބަރަށް އައިސް އެންމެންގެ ވެސް ލޯބި ލިބިފައިވާ މީހެއް ކަމަށެވެ. އެހެން ކަމުން އެ ހިތާމާގައި ބައިވެރިވާ ކަމަށެވެ.

ސީބިލް އަކީ އުމުރުން 24 އަހަރުގައި އޭނާގެ ޑިޕްލޮމާ އިން ނާސިން ހާސިލްކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ޑެލްޓާ އެއާގެ އެންމެ ފުރަތަމަ ކެބިން ކްރޫއިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. އެއީ 1940 ވަނަ އަހަރުއެވެ. އެއަހަރުގެ ތެރޭގައި ކެބިން ކްރޫ އަށް ވާން ބޭނުން ބަޔަކު ތިބެން ޖެހެނީ ނާސިން ހަދައިގެންނެވެ.

ޑެލްޓާ އެއާ އިންވަނީ ސީބިލްގެ 102 ވަނަ އުފަންދުވަސް އެ އެއާ ލައިނުގެ ހުރިހާ މުވައްޒަފުން ލައިގެން ކުލަ ގަދކޮށް ފާހަގަ ކޮށްފައެވެ.

1943 ގައި ސީބިލް ވަނީ ޑެލްޓާއިން ވަކިވެ ޔޫއެސްގެ މިލިޓަރީ ބާރަކާއި ގުޅިފަައެވެ. އޭރު ސީބިލް އަކީ އެތަނުގެ ސީނިއާ ނަރުހެކެވެ. މިލިޓަރީ ބާރުތަކުން އޭނާ ވަކިވެފައިވަނީ 1945 ގައެވެ. އޭގެ ފަހުން އޭނާ ވަނީ ޔޫއެސް ސިފައިންގެ މީހަކާއި ކައިވެނި ކޮށްފައެވެ.

ސީބިލްގެ 25 އަހަރުގެ އަންހެން ދަރިފުޅުވެސް ވަނީ ހަމަ ޑެލްޓާގެ ކެބިން ކްރޫ ކަން ކޮށްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު