ޓިއުނީޝިއާގައި ދީނީ މިނިވަންކަން އޮތް މިިންވަރު ބެއްލެވުމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރު ޔޫއެން ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރެލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ޑރ. އަހްމަދު ޝަހީދު، އެގައުމަށް ވަޑައިގެންފިއެވެ.
ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ހާމަ ކުރެއްވި ގޮތުގައި އެގައުމުގައި ދީނީ މިނިވަންކަން އޮތް މިންވަރު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅަކީ 10 ދުވަހުގެ ދަތުރުފުޅެކެވެ.
ޑރ. ޝަހީދަކީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހައްދުތަކުގެ ތެރެެއިން މަރަށް މަރުހިފުމާއި، ހައްދު ޖެހުމާއި ރަޖަމް ކުރުން ފަދަ ކަންކަމާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތު ކުރަމުންދާ ފަރާތެކެވެ. އަދި އޭނާ އަކީ އދ އިން ދީނީ މިނިވަންކަމާ ބެހޭގޮތުން ކަނޑައަޅާފައި ހުންނަ ހާއްސަ ރެޕެޓުއާއެވެ.
ޑރ. ޝަހީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އދ ގައި ނެގި ފަލަސްތީނު މިނިވަން ކުރުމުގެ ވޯޓުގައި ރާއްޖޭގެ ފަރާތުން ވޯޓު ނުދޭން ނިންމި ފަރާތެކެވެ. އެކަމާ ގުޅިގެން ޑރ. ޝަހީދަށް އޭރުވެސް ފާޑު ކިޔުން އަމާޒުވެފައިވެއެވެ. ޑރ. ޝަހީދު ވަނީ ނަޝީދުގެ ސަރުކާރުުގައި ރާއްޖެއާއި އިސްރާއީލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.
އޭނާ އަކީ މިހާރު އިދިކޮޅު އިއްތިހާދަށް ވާގި ދީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ވެރިކަމަށް ގެނައުމަށް ބައިނަލްއަގްވާމީ މައިދާނުގައި މަސައްކަތް ކުރަމުންދާ ފަރާތެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެެވެ.
ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމް އަދި މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ޑރ. ޝަހީދު ވަނީ ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ.
ޙުރިހާ ދިވެހިން ބޭނުމީ އިސްލާމްދީން
މިވަރުގެ ކުފުރުން ތަތްތެޅިފައި ތިބި ރަނޑިން އެތިބީ
ތިޔަ ބުނާ ނަޝީދުގެ ފަހަތުގައި ..
މީ ލުއްޗާއެއް! ދިވެހި ސަލްމާން ރުޝްދީ މުހައްމަދު ނަޝީދުގެ އަޅެއް! މިފަދަ ހާއިނުންނަށް ބޮޑު މުސާރަ ދީގެން އިސްލާމްދީނާއި ދެކޮޅަށް އެތިބެގެން ކުޅުވަނީ!
މިވެރިންނެއްނޫ ނަޝީދުގެ ފަހަތުގައިތިބީ މިވެރިންގެ ފަހަތުގައިހުރީ ނަޝީދު
ކޮބާ މަގޭ ކޮމެންޓް ޖަހާލަން ބިރުގަތީތަ ނޫނީ ރަޓަޓުވީ އަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ޖަހާލަން ނުކެރުނީދޯ؟؟؟ މީވެސް ވާ ފިސާރި ބައެއް.... އަބަދު ތިޔަތިބެނީ ދެއަތަށް ކެނޑިކެނޑި!!!
ދީނަތަކާ ހަވާލުވެ ހުންނަވާ އދ (އިބިލީހު ދަރި) ގެ ރައީސް.
ތިޔަ ކުފުރުވެރިޔާގެ އެއްވެސް ވާހަކައެއް ނުލިޔެފިށްޔާ ރަގަޅު.
ތިމީހާއަކީ ދީނާ ދެކޮޅުމީހެއް ތިކަލޭގެ ނަމުގެ ކުރިޔަށް "އިބިލީސް" އޭލިޔުނީމަ ފުރިހަމަވާނެ، މިހާ ދުނިޔޭގެ އެދުންބޮޑުބަޔަކު ދުށިންތަ؟