ހއ. ތަކަންދޫގައި ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ތަކަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށީ އެ ރަށުގައި ސިއްހީ މަރުކަޒެއްގެ ހިދުމަތް ފެށިތާ 15 އަހަރު ފަހުންނެވެ. އެ ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ލެބޯޓަރީ ހުޅުއްވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު އާންމުކޮށް އެފަދަ ލެބޯޓަރީތަކުން ހެދޭ ޓެސްޓްތައް ތަކަންދޫ ސިއްހީ މަރުކަޒުން ހެދޭނެ އެވެ. އެގޮތުން ލޭގެ ޓެސްޓްތަކާއި ޔޫރީން އަދި ކޮލެސްޓްރޯލް ޓެސްޓްތައް ހެދޭނެ އެވެ.

މީގެ ކުރިން ތަކަންދޫގެ ރައްޔިތުން އެފަދަ ޓެސްޓްތައް ހަދަން ދިޔައީ ދިއްދޫ އާއި ހދ. ކުޅުދުއްފުއްޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބީއެމް

    އަދިވެސް މިސަރުކާރަށް އަހަރު ފުރޭއިރުވެސް ގއ. އަތޮޅު ހޮސްޕިޓަލަށް ހިންގާނެ މެނޭޖަރު ނުވެ ތަންހުއްޓިފާ އަދިވެސް މޮޅުވާހަކަ ދައްކާތި

  2. އަނގަގަދަމިތުރު

    ތަކަންދޫގަ ލެބޯޓުރީ ކީއްކުރަން އޮޕަރޭޝަން ތިއޭތަރުވެސް ހަދާނެ ތަކަންދޫ މެމްބަރަކީ އެމްޑިޕީ ހކައިގެން ހުނަވާ ބޭފުޅެއްވީމާ ތަކަންދުއަށް ކެނދިކޮޅުދުއަށް ބާރަށަށް އަށްޑުއަށް މިތަންތަނުގެ ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލްތަށް ފެންވަރު ރަނގަޅުކުރާނެ

    2
    1