ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާނެ ފަސޭހަ ހިދުމަތެއް "މަގޭ މެމޯ" ގެ ނަމުގައި ތައާރަފް ކުރަން ދިރާގުން ތައްޔާރުވެއްޖެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން ތައްޔާރުކުރާ މި އެޕްލިކޭޝަނުން އެކި ކްލިނިކްތަކުގެ ޑޮކްޓަރުންނަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. މި ޚިދުމަތް ދިރާގުން އިއުލާން ކުރީ މިހާރު ކުރިއަށްދާ މެޑިކަލް އެކްސްޕޯގައެވެ.

ދިރާގުން ބުނީ އެ ކުންފުނިން މި އެޕް ތައްޔާރުކުރުމުގައި ހޮސްޕިޓަލްތަކުގެ އެޕޮއިންޓްމަންޓް ހައްދާ ނިޒާމް ދިރާސާ ކޮށްފައިވާ ކަމަށާއި ދިރާގުގެ އެޕުން އެޕޮއިންޓްމަންޓްތައް މެނޭޖުކުރަން ފަސޭހަވާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ބޭނުންކޮށްގެން އެޕޮއިންޓްމަންޓް ހައްދާ މީހުންނަށް އެޕް ބޭނުންކޮށްގެން ފައިސާ ވެސް ދެއްކޭނެ އެވެ. އަދި އެޕޮއިންޓްމެންޓުގެ އަޕްޑޭޓުތައް އެޕުން ބަލައިލެވޭނެކަމަށްވެސް ދިރާގުން ބުންޏެވެ.

އެ އޕްލިކޭޝަނާ ގުޅޭ މައުލޫމާތު މެޑިކަލް އެކްސްޕޯގައި ހުރި ދިރާގުގެ ސްޓޯލުން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔާލު

    މަގޭ މެމޯ އަށް ވުރެ މަމެން މެމޯ ކީނަމަ ސަޅިވީސް.