މިދިޔަ އަހަރު އިންޑިއާގެ އޮބްޒާރވާ ރިސާޗު ފައުންޑޭޝަނުން ބޭއްވި ކޮންފަރެންސެއްގައި އެމްޑީއެންގެ ޗެއަރމަންގެ ނައިބުގެ ހައިސިއްޔަތުން މިހާރުގެ ފުލުހުންގެ ކޮމިޝަނަރު މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެން ވާހަކަދައްކަވާ ވީޑިޔޯއެއް މީސް މީޑިޔާގައި ޢާންމުވެއްޖެއެވެ.

މިވީޑިއޯ އާންމުވުމާއެކު، އެއިރު އެމްޑީއެންގެ ޗެއަރމަންގެ ނައިބުގެ މަޤާމުގައި މުޙައްމަދު ޙަމީދު ހުންނެވުމަކީ މިހާރު ފުލުހުންގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނަވައި އެމްޑީއެންގެ މައްސަލަ ނުބެއްލެވޭނެ ކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ޓެކްލިން އިންސަރޖެންޓު އައިޑިއޮލޮޖީސްގެ ނަމުގައި މިދިޔަ އަހަރު ބޭއްވުނު ކޮންފަރެންސްގައި ހަމީދު ވިދާޅުވެފައިވަނީ ދީނީ ގޮތުން ހައްދުފަހަނައަޅާ މިންވަރަކީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އޮތް ކަމެކެވެ. އަދިި އަލްގައިދާ ފަދަ ޓެރަރިޒަމް ޖަމާއަތްތަކަށް ނިސްބަތްވާ ދިވެހިން ރާއްޖޭގައި އުޅޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއިން ގިނަ ޢަދަދެއްގެ ބައަކު ހަނގުރާމައަށް ސީރިޔާ ފަދަ ޤައުމުތަކަށް ދާކަން ފާހަގަކޮށް ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާއި މެދުއިރުމަތީގެ ޤައުމުތަކަށް ދިވެހިން ކިޔަވަން ދިއުމުގެ މެދުގައި ގުޅުމެއް އޮތް ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޔޫޓިއުބްގައި ވާ އެ ވީޑިއޯގައި އެ ކޮންފަރެންސުގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ވާހަކަތައްވެސް ހިމެނެއެވެ. ޖުމްލަ އެއް ގަޑިއިރާއި ދިހަ މިނެޓުގެ މި ވީޑިއޯގައި ހަމީދު ވާހަކަ ދައްކަން ފަށަނީ ވީޑިއޯގެ 20 ވަނަ މިނެޓުން ފެށިގެންނެވެ.


މި ވީޑިއޯ އާންމުވެފައިވާއިރު، 2016 ވަނަ އަހަރު އެ ޖަމިއްޔާއިން ނެރުނު "ޕްރެލިމަނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން" ނެރުނު އިރު ހަމީދަކީ އެޖަމްޢިއްޔާގެ ބޯޑު މެންބަރެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަލީ

    ލާދީނީ ސަރުކާރެކޭ ކިޔަނީ ކިޔަން މަޖުބޫރުވެގެން

    129
    3
  2. އަން

    ޒީރޯޓޮލެރެންސްގެ ދަށުން ހަމީދުއަށް ތިޔަމައްސަލަ ވަކިފަރާތަކަށް ބބުރަނުވެ އިންސާފްވެރިކަމާއިއެކު ބެލޭނެ. ދެލޯކަނު ކަންފަތައްނުއިވޭ ބީތާ ދިވެހިން ކޮބާ؟

    106
    2
    • ާަަަިެެެޮޮިެަަެާާާިނ

      ލާަދީިނީ

      55
  3. ކަލޭފާނު

    ދެން ދައްކާނީ ކޮންވާހަކަ އެއްބާ! ޖަޕާނުގައިހުރެގެން ޑްރާމާ ރާވާ އެބުރި އައިސް ޝޫޓިންގ ޖައްސާނެ! މައިތިރި ކުރުމަށް ކިޔެވެލި ކިޔަވަމުން އެދަނީ! ފޮނު އަރަން ފެށިމާ ފޮނުތަށް ނަގާ އުދުޅިން ހުސްކުރަމުން އެދަނީ!

    104
    2
  4. ޟމ

    މައްސަލަ ތަޙްޤީޤް ކުރެވިފަ ދޯ ތިޔަ އޮތީ، ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ތިޔަ އުޅެނީ

    60
  5. ޒަކީ65

    އަތަށް ގޮވުން ނޫންކަމެއް ނުވޭ އަދިހާވާލީމަ ފެންނާން ހުރި އެތިވެސް ބޮޑުވާނެ

    30
  6. ސަކީނާ252

    ހަމީދާހިސާބުން ޗިޓްފުނުވަން ފަށާ ފުރަތަމަ ތިޔަ ތަނުން

    65
  7. އެއެންއެސް

    މިއީ މިދިޔަ 2018 ވަނައަހަރުގެ ޖޫންމަހު 11 - 18 އަށް ކުރިއަށްދިޔަ ބައްދަލުވުމެއް.

    18
    1
  8. ޖެކް

    ހުރިހާ ފުލުހުންވެގެން އެމް.ސީ ހަމީދު ހައްޔަރު ކުރޭ!

    66
  9. ލާދީނީސަރުކާރު

    ލާދީނީސަރުކާރު އިސްތިޢުފާ

    34
  10. ދޮންމަނިކު

    ތިޔަ ހަމީދަކީ އަދި މިސަރުކާރުގެ އިސް ވެރިންަކީ ލާދީ ޖަމާޤަތުގެ އިސްވެރިން އެޖަމާޢަތުގެ އެހީތެރިން އެޖަމާޢަތަކީ އެމްޑީޕީގެ ފިކުރު ފަތުރަން މަސައްކަތްކުރާ އެޕާތީގެ ގުނަވަނެއް ތިޔަ ތަޙްޤިޤަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ މިސަރުކާރާ ސަރުކާރުގެ ބޮޑުންނާ ތިޔަ ލާދީނީ ޖަމާއަތާތީ އެއްބައެއް ވަރަށް ސަލާމް

    28
  11. ޢާބިދާ

    ޝަހިންދާ އެއޮތީ ބުނެފަ ރިޕޯޓު ލިޔުނީ ޔާމީނު ވެރިކަމުގަ ކަމަށް އެހެންވެއްޖެނަމަ އިއުތިރާފު އެ ލިބެނީ ސީޕީ ހަމީދުގެ ވައިސް ޗެއަރ ކަމުގެ ދަށުން އޭނާގެ ބައިވެރިވުންވެސް އޮވެގެން އެމްޑީއެންއިން ނެރެފައިވާ ރިޕޯޓެއް ކަމަށް. އަދި އިންޑިޔާގައި އޮތް ކޮންފަރެންސުގައި އެރިޕޯޓުގައި ހުރި އެއްޗެހި އަކުރުން އަކުރަށް ފިލިން ފިއްޔަށް ސީޕީ ހަމީދު ކިޔައިދޭ ވީޑިއޯއިން ތިކަމުގައި އޭނާގެ ބައިވެރިވުން އޮތްވަރު ކަށަވަރުވޭ.

    24
  12. މަންޑޭ

    ޢޯ ދިސް ޓެއިލް ބެންޑް ޖެހޭނީ އިސްތިއުފާ ދޭން.

    21
  13. މުހައްމަދު

    ހެހޭ މިޔޮތީ ހަމަ އެންމެފުރިހަމަޔަށް ބައިވެރިވެފަ މިކަން ފޮރުވަން އިތުރު ވާހަކަ ދައްކާނެކަމެއް ނެތް ކިތަންމެ ކުޑަކޮން ބޮޑުކޮން ވިޔަސް ހަމަ އެނަމުގަ ބައިވެރިވީ ހަމަޖެހޭނެ މައްސަލަބެލެން

    24
    1
  14. ޝާހް، ރ.ވާދޫ

    މީގެ ކުރީ ސަރުކާރުތަކުގެ ކަންކަމާ ޓުވީޓުކުރަން އުޅުނު އެމްޑީޕީ ބައިގަނޑު މިހާރު ކޮބާހޭ؟ އިސްލާހޭ އިސްލާހަށް އޭރު ޓުވީޓުކުރިއިރު މިހާރު މިކުރާ ނުބައި ނުލަފާ ކަންތައް އިސްލާހުކުރާކަށް ނުޖެހޭ؟ ނުލަފާކަމުން އަރާތިބި ބައިގަނޑެއް!

    13
  15. މުޖޫ

    ތެންކިޔޫ ފޮރ ޝެއަރިންގ ދި ވީޑިއޯ. ވެރީ އިންފޮމޭޓިވް އެނޑް ރިއަލިސްޓިކް ޓޯކްސް

    12
    8
  16. ގިޓާ

    ﷲގެ ދީނަށް ފުރައްސާރަ ކުރާނަމަ ﷲގެރަޙުމަތުން ބޭރު ކުރައްވާނެ އެއީ ކުފުރެއް ބާރެއް ލިބިފައި އޮތުމަކީ ﷲގެ ބާރަށްވުރެ ގަދަވާކމެއްނޫން ފިރު ޢައުނާއި ނަމުރޫދަށްވެސް ބާރުދެއްވި ހަލާކު ވުމުގެ ކުރިން ތައުބާވޭ

  17. ސަޓޯ

    ދެން ވިސްނާލާ މީނާގެ ހަޒާހަތްތެރިކަން ހުންނާނެ ހިސާބު... އައްޗީ