މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި މިހާރުގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ފޯމް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ މެމްބަރުންގެ މެދުގައި އެންމެ ތާޢީދު ބޮޑު ލީޑަރު، ނަޝީދު، އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވިއިރު، އެޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަޤާމުގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، މުހައްމަދު ޝިފާޒެވެ. އޭނާ ވެސް ވަނީ ނައިބު ރައީސް ކަމަށް ކުރިމަތިލާން މިއަދު ފޯމު ހުށަހަޅުއްވާފައެވެ.
އެމްޑީޕީގެ ނައިބު ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، އަދި އެޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމްވެސް ވާދަކުރައްވަން ނިންމަވާފައިވާ ކަން އިއްޔެ ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. އެޕާޓީގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމުގެ ދައުރު ހަމަވެފައިވާ އިރު، އެ ދެ މަގާމަށް ބޭފުޅުން އިންތިޚާބުކުރުން އޮންނާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.
މީނަނޫން މީހަކު ހަމަނެތީތޯ. މީނަގޮވި މައުމޫނައްވެސް މައުމޫނުނޫންމީހަކު ޑރޕ ގަ ނެތީތޯ. މަވީމަ އޯކޭދޯ. ބޯގޯސް. ހާދަހާ ފޫހިވާމީހެކޭ.
ޢމޑ ޕ ގެ ރައީސަކަށް މިކަލޭގެ އމޑ ޕ މީހުންވޯޓް ދީގެން ހޮވާފިއްޔާ އޑ ޕ ލޭބަލް ކުރެވިގެން ތައްގަނޑު ޖެހި ތާރީހުގާ ލިޔެވިގެން ލާދާނީ ލާދީނީ ދީނީ މިނިވަންކަށް ހިއްވަރުދޭ ބައެއް ގެގޮތުގާ އމޑ ޕ އިސްލާމްދީނަށް ކުލުނެއް ލޯތްބެއް ހުރިއްޔާ ހެޔޮވިސްނޭ މުސްލިމުން މިކަލޭގެޔަށް ނޫނެކޭ ބުނެ މިކަލޭގެ އެ ޕާޓިން ބޭރުކުރޭ އެމޑ ޕގެ ނަމާ ކަރާމަތަށް ޓަކާ ވަރަށް ވާހަކަ
އެމްޑީޕީގެ ރައީސްކަމަށް ދިވެހިރާއްޖޭގެ މުގާބޭ ކުރިމަތިލައްވައިފި.
ޑެމޮކުރަސީ ކަމުން މީނާއަށް އެކަނިދޯ އެމަގާމަށް ކުރިމަތިލެވެނީ ވެސް
ތަނެއްގަ ރައީސްކަމެއް އޮތިއްޔާ ކުރިމަތި ލާތި.. މިކަލޭގެ ނޫނިއްޔާ މީހަކު ނެތީތަ... އެކަކު ކުރިމަތިލައިގެން، އެކަކު ވޯޓް ލައިގެން، އެކަކު އަމިއްލައަމިއްލައަށް ޤަވާޢިދު ހަދައިގެން. އެކަކު އެ ޤަވާޢިދު ތަންފީޒް ކުރުން އެއީ %150 ޑިމޮކްރަސީ.. ވަޓަސް އަ ޖޯކް. ވަޓްސް އަ ބޯގަޅި، ވަޓަސް އަ ގަމާރު