އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދަށްވެސް ދީނަށް މަލާމާތު ކުރުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް ރައީސް ޔާމީންގެ ދައުރުގައި ނައިބުރައީސް ކަން ކުރެއްވި، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނާއި ގައުމަށްވުރެ އެއްވެސް މީހަކު ބޮޑު ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދަށްވެސް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށާއި، މިއަދު ކޮމިޝަން ހެދިފައިވާ ގޮތަށް މާދަމާވެސް ކޮމިޝަން ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދާ ގޮތަށް މަލާމަތް ކުރި ކަމުގައި ވިޔަސް ދީނާ ކުޅުމުގެ ފުރުސަތު މިފަސްގަނޑުގައި ނުދޭނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"‏ިއިސްލާމްދީނާއި ޤައުމަށް ވުރެ އެއްވެސް މީހަކު ބޮޑެއް ނުވާނެ. އެމްޑީޕގެ ނަމުގައި ރނ އަށް ވެސް ދީނަށް މަލާމާތްކުރުމުގެ ފުރުޞަތެއް ނުދެވޭނެ. މިއަދު ކޮމިޝަން ހެދިފައިވާ ގޮތަށް މާދަމާ ވެސް ކޮމިޝަން ހެދޭނެ. ތިޔަގޮތަށް މަލާމާތްކުރެއްވިޔަސް ދީނާ ކުޅެން މިފަސްގަނޑުން ފުރުޞަތެއް ނުލިބޭނެ" ޖަމީލްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ޖަމީލް ކުރެއްވި ޓްވީޓާ ގުޅިގެން މިހާތަނަށް ރައީސް ނަޝީދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ރައީސް ނަޝީދު ވަނީ ގިނަ ބަޔަކު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯލް (އެމްޑީއެން) ކުށްވެރިކޮށް އުވާލުމަށް ގޮވާލަމުން ދަނިކޮށް އެ ޖަމިއްޔާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. މަޖިލީހަސް ހުށަހެޅުނު ކުއްލި މައްސަލަ އަކާއި ގުޅިގެން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ކަމަށްބުނެ ނެރެފައިވާ ރިޕޯޓުގައި ވަނީ އެންމެ މައްސަލައެއް ކަމަށާއި އެއީ ރަސޫލާގެ ނަންފުޅުގެ ފަހަތަށް ސަލަވާތް ފާތިހާ ނުކިއުން ކަމަށެވެ.

އެހެން ނަމަވެސް ދާދި ފަހުން، އެ މައްސަލަ ހޫނުވެ ގިނަ ބައެއްގެ އިނގިލިތައް ރައީސް ނަޝީދަށް ދިއްކުރެވެމުން ދާން ފެށުމުން އެމަނިކުފާނު ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔާމިން

    ސާބަހޭޖަމީލް

    21
    3
  2. ނާނާ

    މަނިކުފާނުވެސްޓްވީޓްކުރައްވަން ނުހުންނަވާ ވަޑައިގަންނަވާ އިދިކޮޅާގުޅެން

    18
    2
  3. ކިނބޫ

    އިސްލާމްދީނާއި ޤައުމަށްވުރެ ލާދީނީ ޖަމާއަތެއް ތިބޭފުޅުންނަށް ބޮޑުވީމަ ގައުމަށް ޖެހުނު ހާލު މީ.

    12
    2
  4. މުސްލިމް

    ތިޔަ ނަޝީދު އަކީ މިޤަވްމުގެ ހަލާކު މާރަޅު މީހަކައް ހެދިގެން މީނާގެ ބޭނުމަކީ މިޤަވްމުގަ އޮޔް އެއްބައިވަންތަކަން ނަގާލާ އަބަދުވެސް ދެބައެއްގެ ދޭތެރޭގަ ޚިޔާލު ތަފާތު ވުމާއި ބަިއިބައި ވުން ޢުފެދޭނެ ޙުރިހާވާހަކައެއް ދެއްކުން