މޯލްޑިވްސް ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މައްސަލަ ބެލުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި ދައުލަތުގެ މަގާމެއް އަދާ ކުރުމަށް ސީޕީ ހަމީދަށް ހައްޤު ނޫން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.

ތޯރިގް މިހެން ވިދާޅުވެފައި ވަނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔައި ރިޕޯޓު ނެރެފައިވާ ޖަމިއްޔާ، އެމްޑީއެންގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ސީޕީ ހަމީދު ހުންނަވައިގެން ބޭރުގެ ކޮންފަރެންސެއްގައި ބައިވެރިވެ ވާހަކަދެއްކެވި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާންމު ވުމާ ގުޅިގެންނެވެ. ތޯރިގް ވިދާޅުވީ އެމްޑީއެން ގެ މައްސަލަ ބެލުމަށް އެ ޖަމިއްޔާގެ ޑެޕިއުޓީ ޗެއާޕާސަން، އަދި ސީޕީ ހަމީދު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަދި ދިވެހި ދައުލަތުގެ އެއްވެސް މަގާމެއް އަދާކުރެއްވުން ހަމީދަށް ހައްޤު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ހަމީދުގެ ދިފާއުގައި އެމްޑީއެންގެ މަގާމުގައި އޭނާ ހުންނެވީ މަދު ދުވަސްކޮޅަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ ވެރިޔާގެ ގޮތުގައި ސީޕީ ހަމީދު ހުންނަވައިގެން، އެމްޑީއެންގެ މައްސަލަ ފުލުހުންނަށް ހަމަހަމަ ކަމާއެކު ނުބެލޭނެ ކަމަށް ގިނަ ބަޔަކު ގޮވާލަމުން ދިއުމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރެއްވުމަށް ހަމީދު ބަިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އިރު އެ ޖަމިއްޔާގެ ޗެއާޕާސަން ގެ މަގާމުގައި ހުންނެވީ ރައީސް އޮފީހުގެ ކައުންޓަރ ޓެރޮރިޒަމް ކޮންސަލްޓަންޓް ނޫޝިން ވަހީދު ވަނީ އެމްޑީއެން އިން އިސްތިއުފާ ދީފައެވެ. އަދި ހަމީދު ޑެޕިއުޓީ ޗެއާޕާސަން ގެ މަގާމުގައި ހުންނެވި ހަމީދު ވެސް އެ ޖަމިއްޔާގައި ހުންނެވީ މިދިޔަ އަހަރު ކުޑަ ދުވަސްކޮޅަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަބްދުﷲ ފާއިޒު

    ޢަލީ ޙަމީދު އާއި ޢަބްދުﷲ ސަޢިދުގެ މައްސަލަ ބަލާ ޙުކުމް އިއްވާ އަދި އިސްތިއުނާފުގެ އެންމެ ފަހު މަރުޙަލާ އާއި ހަމައަށް ދާއިރު ސްޕްރީމް ކޯޓު ފަނޑިޔާރުން ކަމުގައި އެ ދެބޭފުޅުން ތިބެންޖެހޭނެއެވެ. ޚާއްޞަކޮށް އުއްތަމަ ފަނޑިޔާރަކަށް ހުންނަވަން ޖެހޭނީވެސް ޢަބްދުﷲ ސަޢީދެވެ

    19
    1
  2. ާަާމަ

    ތޯރިގަށް ވަރަށް ތާއީދު. އަވަހަށް އިސްތިއުފާދީ ސީޕީ.

    21
  3. Alibe

    އެބަ ރަނގަޅުވޭ.

    17
  4. ކެޔޮޅު

    ހަމަމިހާރު މަގާމުން ވަކިކުރޭ ކީއްކުރަން ރައްޔިތުންގެލާރިން އެކަހަލަ ޖާހިލުންނައް ލޯލާރިއެއްވެސއ ދޭންވީ؟

    22
  5. ޢަބްދުއްލާ

    ސީޕީ ހަމީދަކީ ދައުލަތުގެ މަގާމެއް އަދާކުރަން ހައްޤު ބޭފުޅެއް ނޫން: ޓޮމް

    5 ގަޑިއިރު ކުރިން ( އޮކްޓޯބަރ 19, 2019 )

    އަހަރެމެންގެ ޓެކުސްލާރިން މާﷲއަށާ އެކަލާންގެ ރަސޫލާއަށް ފުރައްސާރަ ކުރި މީހަކަށް

    ލާރިއެއްވެސް ޚަރަދު ކުރާކަށް ބޭނުމެއްނޫން. ކޮއްގެންވެސް ނުވާނެ.އެހަރެމެން ކާފަރު

    ވިޔަޒޯރުވެސް ފަހާލީދޯ؟
    ޯ

  6. ކަމާލު

    އޭނާއަށް އިސްލާމީ ދައުލަތެއްގެ އޮފީހެއްގެ ތަށިމުށީގައި ފެންފޮތިލާން ދޭންވެސް ހެޔޮނުވާނެ. ދެން އަދި ކޮބާ ސީ.ޕީ ކަމުގެ ވާހަކަ.

  7. އިސްމާޢީލް

    ހަމީދު އެމަގާމުން ވަކި ނުކުރެވެންޏާއި އިބޫ އިސްތިއުފާދެއްވާ، އަދި ޅިޔަނަކަސް ހަމީދު ވަކިކުރަން އިބޫ އަށް ހުތަހެއް އޮވެގެން ނުވާނެ.

  8. މުއްތު

    ތޯރިގު އަށް ނޭގޭނެ ސަރުކާރުވަޒީފާ ދޭންޖެހޭމީހުން