ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އަހުމަދު މަހުލޫފަށް ވަގަށް ގޮވައިފައިވާކަމަށް މިނިސްޓަރ ހާމަކުރައްވައިފިއެވެ.

މިނިސްޓަރ މަހުލޫފް މިކަން ހާމަކޮށް ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން މަހުލޫފް މަގުމަތިން ފެނިގެން މިނިސްޓަރާ ދިމާލަށް ވަގަށް ގޮވައިފައިވާކަމަށެވެ. އެކަމާ ގުޅިގެން މަހުލޫފް ވިދާޅުވީ ޒެއިންގެ ބައްޕައަށް ވަގަށް ގޮވަން މާ "ކޫލް" ވާނޭ ކަމަށެވެ.

މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ތާރީޚުގައިވެސް ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުކޮށް މަނީލޯންޑްރިން ފަދަ ބޮޑެތި ދައުވާތަކެއް ރައީސް ޔާމީންގެ މައްޗަށް އުފުލައި ޝަރީއަތް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

މަހުލޫފް އަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ދުވަސްވަރު އެކިފަހަރު މަތިން ޖަލަށް ވަޑައިގަތް ބޭފުޅެކެވެ. އެގޮތުން ނިރުބަވެރިކަމުގެ ދައުވާއެއް ވެސް މަހްލޫފަށް މީގެ ކުރިން ވަނީ ކޮށްފައެވެ. އަދި މަހްލޫފަށް ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ، 10 މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ތަންފީޒުކޮށް ނިމިފައި ވަނީ 2017 ވަނަ އަހަރުއެވެ

 

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. Anonymous

    ”މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ތާރީޚުގައިވެސް ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުކޮށް މަނީލޯންޑްރިން ފަދަ ބޮޑެތި ދައުވާތަކެއް ރައީސް ޔާމީންގެ މައްޗަށް އުފުލައި ޝަރީއަތް ހިނގަމުންދާ ދަނޑިވަޅެއްގައެވެ“

    11
    76
  2. ގުއިދައިތަ

    ކަލޭތީ ހަމަ ފައްކާ ވަގެއް. ތަކުރާރުކޮށް މިބުނަނީ ކަލޭ ތީ ވަގެއް. ޜައްޔިތުންގެ ލާރި ކައިގެން ހުރި ބޮޑު ވަގެއް ތީ. އެމް.އެމް.ޕީ.އާރ.ސީ ގެ ފައިސާ ވެސް ނަގާފައި ހުރި ބޮޑު ވަގެއް ތީ. ކަލޭ ވަގަކަށް ނުވާނެ އެއީ ނެތް ގޮތެއް. އެހެން މީހުނަށް ވަގަށް ގޮވާ އިރު ތިމާގެ ހުރި ވަގުކަން ވިސްނާލާ.

    129
    12
  3. ވަގުނުކުމެ ފުލުސްހޯދަނީ

    ކޫލްވާނެނުން މަނިކުފާނު ރޔާމީނުގެ ގެކޮޅަށް ޑޮލަރު އެޅިއިރު މަނިކުފާނުގެ އެކައުންޓުގަހުރި ޑޮލަރުގެ އަދަދު މާގިނަ.. އަދި އެވެސް މމޕރސ ގެ ފައިސާކަމަށް ތުހުމަތުވާ ފައިސާ.. އސސގެ ރިޕޯޓުގަ މަނިކުފާނުގެ ނަންއޮއްވާ މަގުމައްޗަށް ނުކުމެ ވަގުބަދުނާމު އެހެންމީހުންނަ އެޅުވީ.. ވަގަށް ގޮވާއިރު ތިމާ ސާފުނަމަ ކޫލްވާނެ.. ރީލޯޑު ކުރަނީ ކާކުކަން ރައްޔިތުންއިގޭ މަހުލޫފު މަނިކުފާނު ދަންވަންއޮތީ ރޔާމީނާ އެމަނިކުފާނުގެ އާއިލާއާ ނުބެހި އަމިއްލަ ހާލާމެދު ވިސްނާށޭ..

    114
    5
  4. ޢަބްދުއްލާ

    މަހްލޫފްގެ ރައްދު ޒެއިނަށް: ބައްޕައާ ދިމާލަށް ވަގަށް ގޮވަން މާ ކޫލް ވާނެ!

    51 މިނެޓް ކުރިން ( އޮކްޓޯބަރ 19, 2019 )

    ކަލެއަކަށް ޔާމީނު އެޅިފަދަ ލާބަހުރި އެއްވެސް ކަމެއް ދިވެއްސަކަށް ދިވެހި ރައްޔިތުނަށް

    ކޮށެއް . ނުވެސް އެނގޭނެ ކުރާކަށްވެސް .ފުރަތަމަ އަންހެނުންނަށް ބޮޑުމުސާރަ ދޯ؟

    107
    4
  5. ނަގޫރޯޅި

    އަދި ތިދިމާވީ ޒެެއިންއާ އެކަނި. ވަގައްގޮވުން އަދި ކުރިޔައް އޮތީ، ހަޔާތް ކުޑަވެވެނީ މަހުލޫފު މެނައް އެކަނިތޯ ބަލައިލަންވާނެ.

    128
    10
  6. މަވެސް

    މަހުލޫފާ އަލީވަހީދަ އްވުރެ ބޮޑު ދެވަގުންނެށް މިރާށްޖެ އަކު ނޫލޭނެ ވަގަ އް ގޮވީމާ ލަދެ އްވެސް ނުގަ އްނާނެ ލަދުގަންނަނަމަ އެކަމެ އް ނުކުރީސް!!

    109
    7
  7. ހުސޭނުބޭ

    މައުލޫފް ތީ ބޮޑު ވަގެއް! އަޅެ އަރާނެ ހިސާބަކަށް މި ވާކަޔާގެން އަރާފައި ފައިބާ! މާ ކޫލްވާނެ!

    96
    5
  8. ޒާ

    މަހުލޫފަށް ބައިއެޅި ކިތަންމެ ފުއްޕިޔަސް

    66
    4
  9. ސަލްމާ

    ވަރަށްހަޑި

    49
    3
  10. Anonymous

    ލަދެއް ހަޔާތެއްނެތް މީހެއް.

    66
    4
  11. ސައިއްޓޭ

    ޒައިން އައް އެގޮވުނީ ވަގައް ގޮވަން ޖެހޭ މީހާ އައް ދެން ކަލޯއައް ނުޖެހެދޯ ވަގައް ގޮވަންޖެހޭ މީހާ ދައްކާކައް އެހެން ނޫނަސް ތީ ވަގެއް

    70
    6
  12. Anonymous

    މަޚްލޫގަކީ ވަރަށް.އަޚްލާގީ ފެންވަރު ދައްމީހެއްކަން މިއެގުނީ

    78
    6
  13. ބުރިޓޯ

    އަޅުގަނޑުވައްކަމެއް ކުރިކަމައްތުހުމަތުކުރެވި އަދިއެކަން ސާބިތުނުވާހާލުގަ އަޅުގަނޑުގެ ދަރިޔަކާ ދިމާލަށް ޒުވާބުދީ ބަސްބުނާނަމަ އެމީހެއްގެދަރަޖައަކީ ކޮބާބާ؟ އަދިއެއީ ދައުލަތެއްގެ ވަޒީރުންފެންވަރުގެ މީހެއްގެ ކިބާގަ ހުރުން އެކަށިގެވާ ފެންވަރުބާ؟ މިހާ ދަށުދަރަޖައިގެ މީހުން ވަޒީރުކަމުގަ..... ؟؟؟..؟؟؟؟

    68
    3
  14. މަހޭ

    މަހުލޫފް ވަގަކަށްނުވާނެ އެއްވެސް ގޮތެއްނެތް. ވަގުންނަށް ހީވާނީ މަގުމަތިން މީހަކު ދާތަން ފެނުނަސް އޭނާ ވަގަާް ގޮވާހެން.

    71
    3
  15. ކެރޭ އަބްދުﷲ

    މަހުލޫ މަވެސް ކަލެއައް ވަގައް ގޮވާނަން. މަގުމަތިން ފެނިލަ ބަލަ. މަހުލޫފަކީ ހަމަ ބޮޑު ވަގެއް.

    71
    4
  16. ބންގޯ

    މަހުލޫފް. ދަ ކޫލް.

    11
    42
  17. މަހޭ

    މަހުލޫފަކީ ހަމަ ބޮޑުވަގެއް ވަގެއް ހަމަ ބޮޑުވަގެއް ވަގެއް ހަމަ ބޮޑުވަގެއް ވަގެއް ހަމަ ބޮޑުވަގެެއް ވަގެކޭ ވަގެކޭ ވަގެކޭ ވަގެކޭ ވަގެކޭ ވަގެކޭ ހަމަ ވަގެކޭ ހަމަ ބޮޑުވަގެކޭ....

    30
    4
  18. ޢެޖެންްޑާ 19

    މަހޭ ކައެ ތީ ޑިމޮކުރަސީ އެނގޭމީހެއްނަމަ މިހާރު ހުރީހީ އިސްތިއުފާދީފަ ކިތަންމެ ވަޒީރުކަން ކުރާހިއްވިޔަސް ކައެގެ މައްޗަށް ވަނީ ވަރަށް ބޮޑަތި ކޮރަޕުސަންގެ ތުހުމަތުތަކެއް ކުރެވިފަ...ސަލާމް

    32
    3
  19. ޢަލިއާ

    ޔާމިނު ކުރި ވައްކަމުގެ ލާރި ކަލޭގެ އެކައުންޓަށްވެސް ވަދެފަ ވާތީވެ، ސަސްޕެޝަނެއް އާއިސްފައި ހުރި މީހެއް ކަލެއަކީތީ... އެހެންވީމަ ޒޭންއަށް އޭނާގެ ބައްޕައަށް ވަގަށް ގޮވޭނެނަމަ ބަޙުލޫގު އަށްވެސް ގޮވޭނެ!

    42
    3
  20. ސަޓޯ

    ޑޮލަރު މަހު ފޫލު ގުދޯ ގުދޯ !!

    32
    1
  21. ޝިޢުބު

    ބްރޯގެ ފައިސާގެ މައްސަލާގައި މިސަރުކާރުން އެންމެ ފުރަތަމަ ވަގުތުހުމަތުގައި ސްސްޕންޑް ކުރީ ކޮންބޭފުޅެއް؟
    އަދި މައްސަލަ ނުބަލާ އާދޭސްކުރާ ވަރުން އަލުން ޖޮބަށް ނެރުނީ ކޮންބޭފުޅެއް؟
    ސިޔާސީ ވަނީ ވަގުލާރި ކާހިތުން
    އެހެން ނޫނަމަ ކޮންމެ ކުއްޖަކުވެސް ފެމެލީއާއެކު ގޭގަ އޮންންވާ
    އިސްލާހަށް މަސައްކްތް ކުރައްވާނަމަ ވަޒީފާ އާއި ހެދި ސަލާޟް ނުޖަާ

    25
    3
  22. އާބިދާ

    ވަކަރުގޭ ދަރިން އުޅޭނީ ކޮންމެފަދަ މަޤާމެއްގައި ހުއްޓަސް ވަކަރުގޭ ދަރިންގެ ގޮތުގައި އެއަކަށް ބަދަލެއް ނާންނާނެ، މީގެކުރިން ސަރުކާރު މަތީ ފަންތީގައި ތިއްބަވާ ބޭފުޅުންނަކީ ވަރަށް ޤަދަރުވެރި ތަހުޒީބީ ދިރިއުޅުމެއް އުޅުއްވާ ބޭފުޅުން، މިހާރު އެފަންތީގެ ބޭފުޅުންވެސް މިފެންނަނީ އިސްލާހިއްޔާ ކުދިން އުޅޭހެން ލާޗާރުބިޗާރަށް އުޅޭތަން

    35
    4
  23. ނާޒުކު

    މިކަލޭގެ ހުރި ސިފަ ދެނެގަނެބަލަ. މީ ކުރީގެ މަހޭތަ

    27
    3
  24. ކޮތަރު

    ޢާބިދާ ތިޔަ ވިދާޅުވީ އެއްދުވަސްވަރެއްގައި ސިޔާސަކަމުންނާއި މީހުންނަށް ދުއްޕާން ކުރާވަރުން މައިން ބަފައިންނަށް އޮބިނޯވެގެން މަހުލޫފު އިސްލާހިއްޔާގަ ބަހައްޓާފަ ހުރިވާހަކަތޯ.

    24
    2
  25. ވާނުވާ.

    މަހުލޫފް ވަގަކަށްނުވާނެ އެއްވެސް ގޮތެއްނެތް. ވަގުންނަށް ހީވާނީ މަގުމަތިން މީހަކު ދާތަން ފެނުނަސް އޭނާ ވަގަާް ގޮވާހެން.ނެއިފަތް ހުރިހާ ދުވަހަކު ވާނި މައުމޫން ދައު ލަތުގެ ލާރިން ވަގަށް ނަގައިގެން ހަދާދިން ނޭފަތަކަށް.....

    19
    2
    • ޔައު

      މީނަގެ ނޭފަތްތަ؟ ކިހިނެއްވީ އެޔަށް؟

  26. ާމަަމޮޅު

    ބަލަ ތިމަހުލޫފެއްގެ އެކައުންޓައްވެސް އެ އެބޮޑު ޚިޔާނާތުގެ ފައިސާ ވަދެގެން އުޅުނެއް ނޫން
    މިހާރު ކޮބާ އެފައިސާތައް ކައި ހުސް ކުރީތޯ ދުނިޔެ ވަށައި ބުރު ޖެހީތޯ އެއީ ހަމަ ތިބޭފުޅާޔަށް ނޭގި އުދުހިފަ ގޮސް ވަން ފައިސާ އެއްތޯ ވަގަށް ހަމަ ގޮވަންވީ ތިޔަކަހަލަ ދެފުއްކެހެރިނާ ހުރިހާ ނޮހޮރޮއްޕާނެއް ރައްޔިތުންނަ ޖައްސާބަޔަކީ ތިމަހުލޫފޭ ކިޔާފާޑުގެ މީސް މީހުން

    9
    1
  27. ޢަޒްރާ ޢަލީ

    ކޮބާ ރ މައުމޫން މަޚްލޫފައް ދިން 250000 ޑޮލަރ އެވެސް ހަމަ ކޮރަޕްޝަންގެ ފައިސާ ޔޫގެ ޕައްޕަގެ ފަިސާއެއްނޫން ދޯ އަލީ ވަހީދުވެސް ބުނި ތިމަންނަގެ މަންމަ ކިއްލި ތަޅައިގެން ހޯދި ފައިސާ އަށޭ ތިމަންނަ މެލޭޝިއާއިން ގެއެއްގަނެ މިގައުމުން ފްލެޓް ގަތީ

    8
    1
  28. ނުރަބޯ

    މަޚްލޫފް އޭނާގެ އަމިއްލަ ނަފްސަށް ވަގަށްގޮވުން މާ ކޫލް ވާނެ. ދެންމިހާރު ހިކަނދި މީދާވެސް ވަޒީރުކަން ކުރަނީ ވިއްޔަދޯ.

    9
    2
  29. ދިރާސާ

    މަހޭ ތިއީ ގުދޯގުދޯ ގޮވާގޮތް ހަނުހުންނަވާ

    8
    2
  30. ސަންބެ

    މަހޭ ތީ ހަމަ ގަަަައުމީ ބަތަލެއް

    1
    6