ޕޮލިސް ކޮމިޝަނަރ، މުޙައްމަދު ހަމީދު ހިމެނޭހެން އިތުރު ދެ ފަރާތަކަށް މަރުގެ އިންޒާރުތައް ދެމުންދާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިޔާގައި އެހެން މީހުންނަށް އިންޒާރުދޭ މައްސަލަތައް ވެސް ބަލަމުން އަންނަ އުސޫލުން ސީޕީ ހަމީދަށް އިންޒާރުދޭ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި އިންޒާރު ދެމުންދަނީ ސީޕީ ހަމީދާއި އެމްޑީއެންގެ ފައުންޑަރ މެމްބަރު އަދި އެޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއިލުގެ އިތުރުން ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށެވެ.

ޝަހިންދާއަށް އިންޒާރު ދީފައިވަނީ ދީނަށާއި ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް އޭނާ ނިސްބަތްވާ ޖަމިއްޔާ، އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އެޖަމިއްޔާއަށް އަމާޒުވެފައެވެ. އެގޮތުން އެޖަމިއްޔާ އުވާލުމަށާއި، ރިޕޯޓު އެކުލަވާލުމުގައި ބައިވެރިވި އެޖަމިއްޔާގެ މެމްބަރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ރައީސް ނަޝީދު އަދި ސީޕީ ހަމީދަށް މަރުގެ އިންޒާރު ދީފައި ވަނީ އެމްޑީއެން އިން ނެރެފައި ވާ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާކަމަށް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ފާޑުކިޔައިފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެ ރިޕޯޓުގައިވާ ހަމައެކަނި މައްސަލައެއް ކަމަށް އެމަނިކުފާނަަށް ފާހަގަ ކުރެވިފައި ވަނީ ރަސޫލާގެ ނަންފުޅުގެ ފަހަތަށް ސަލަވާތް ފާތިހާ ކިޔައިފައި ނުވާ މައްސަލަ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި އިސްރާ މިއުރާޖްގެ ވާހަކަ އަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭ ވާހަކައެއް ކަމަށް ބުނެފައި ވުމީ މައްސަލައެއް ނޫން ކަމަށެވެ. އެއީ އިސްލާމް ދީނުގެ އިލްމުވެރިންގެ ތެރޭގައިވެސް އެކަންކަމާ މެދު ބަހުސް ކުރެވޭ ކަންކަމަށް ވުމުން އެކަމާ މެދު ހިޔާލުތަފާތުވުމެއް އައިސްދާނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ސީޕީ ހަމީދު މީގެ ކުރިން ބުނެފައި ވަނީ އެމެޑީއެން އަކީ އޭނާ އާ އެއްވެސް ގުޅުމެއް އޮންނަ ޖަމިއްޔާއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ޖަމިއްޔާއިން ބައިވެރިވި ބޭރުގެ ކޮންފަރެންސެއްގައި އެމްޑީއެން ތަމްސީލުކުރެއްވުމަށް ސީޕީ ހަމީދު ބައިވެރިވެވަޑައިގެން ވާހަކަދައްކަވަ މަންޒަރު ފެންނަ ވީޑިއޯއެއް ޔޫޓިއުބުން ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ސީޕީ ހަމީދު އެމްޑީއެންގައި މަސައްކަތް ކުރެއްވީ ކުޑަ ދުވަސްކޮޅަކަށް ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގުގައި ހަމީދު ބައިވެރިވެވަޑައިނުގަންނަވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ސަން

  ދީނާހިލާފް ކަންކަން މިރާއްޖޭގަ ހިންގަން ރޭވި އެންމެހާ ކަމެއްގައި ބައިވެރިވި ނުބައި މީހެއްމިއީ. ފުރައްސާރަ ކުރި ރިޕޯޓާއި ގުޅިގެން މީހުންގެ އަނގަ ބަންދު ކުރަން ރާވަނީ މީނާއާއި އިމްރާން އާއި ދެމީހުން. މިގައުމުގެ ވެރިންގެ ލެވެލްގައި ގިނައީ ލާދީނީންތަށް. މިގައުމު ހަލާކުވެ ނިމިއްޖެ.

  56
  2
 2. ޒަރީރް

  އާނ.. ދެން އެއްޗެކޭ ކިޔާފަ ޝަހިންދާގެ މައްސަލަ އޮތްގޮތައް ބާއްވާފަ ތި މައްސަލަ ނަގާގެން ތިމީހުން ހޯދަން އުޅޭ. އޭރުންތާ އަދިވެސް ރައްޔިތުންގެ އެޓެންޝަން އަނބުރާލެވޭނީ. ދުނިޔޭގަ 2.6 ބިލިޔަން މުސްލިމުން އުޅޭއިރު އެމީހުންގެ ދީނައް ފުރައްސާރަކޮއްފިއްޔާ އެކަމުގެ ކޮންސީކުއެންސެއް ނޯންނާނެކަމައް ދެކިގެން އުޅުމަކީ ހަމަ ބުއްދިގަބޫލު ކުރާ ވިސްނުމެއް ނޫން.

  59
  1
 3. ނަޖީ

  މިބާމީހުންއިސްލަާން ދީނައް ފުރައްސާރަ ކުރީމާ އެމަސްސަލައެއް ނުބެލޭ މިބާމީހުންގެ ވާހަކަދައްކާބަޔަކައް މިއަނިޔާކުރަނީ މަރާލިޔަސް އަހަރުމެން މިވާހަކަ ނުހުއްޓާނަން

  57
  1
 4. މަރުގެތަ

  އިންޒާރުދޭނެކަމެއްނެތް. ރައީސް، ހޯމްމިނިސްޓަރު، މަޖުލިސްމެމްބަރުން އަދި ޔޫތުމިނިސްޓަރު ކުއްވެރިވެއްޖެ . ކޯޓުން އެމީހުން ވަޒީފާއިން ވަކިކޮށް ޖަލަށްލާންޖެހޭ. ޢަދި އިސްލާމިކު މިނިސްޓަރުވެސް.

  53
  1
 5. ޒާ

  ހަގީގީ މައްސަލަ އޮއްބާލަން ތިއުޅެނީ

  32
  2
  • އަން

   ސަރުކާރުން ކުޅޭ ޑްރާމާއެއް

   18
 6. ޖިންނި

  ލާދީނީ ބައިގަނޑު އެ އުޅެނީ ހިތުން މޮޅު ކުޅިއެއް ކުޅޭނަމޭހިތާ އެކަމު އެކަން ކާމިޔާބެއް ނުވާނެ އިންޝާ ﷲ ! ﷲ ތަޢާލާގެ ރޭއްވެވުން މާ މޮޅުވާނެ !

  21
 7. އަލީ

  ތިއީ ހަމަ އެމީހުން ފާޑުފާޑުގެ އެކައުންޓްތައް ހަދައިގެން ކުރާހާ ކަންކަން ކަމަށް ވާނީ.

 8. ޢަލީ އަޙުމަދު

  މިއީ ފުލުހުން ލައްވައި ފާޑުފާޑުގެ ފޭކް އެކައުންޓްތައް ހަދައިގެން ދީނީ ޢިލްމުވެރިން ފްރޭމްކޮށް ލާދީނީ ބައިގަނޑު ސަލާމަތްކުރާން ލާދީނީ ވެރިކަމުން ހިންގާ އަނެއް ޖަރީމާ. ޢެމްޑީއެންގެ ވާހަކައެއް ނުހުއްޓާނަން.

 9. ހަސަންކޮއި

  ހަމީދު އިސްތިއުފާ އިސްތިއުފާ