އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެ ޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް، އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު މިއަދު ކުރިމަތިލައްވައިފި އެވެ.

އަސްލަމް އާއި ޝިފާޒު އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވުމަށް ހުށަހެޅުއްވި ފޯމާ ހަވާލުވެ ވަޑައިގަތީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމަށް މެމްބަރު އަސްލަމާއި މިނިސްޓަރ ޝިފާޒް ފޯމު ހުށަހަޅުއްވާފައިވާއިރު ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އެކަންޏެވެ.

މި މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްޑީޕީން ބުނީ މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ މިއަދުގެ ނިޔަލަށް ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރާ

    ކިތައްމެ އުޅުނަސް އިބޫ ވެރިކަމުގަ ހުރިހާ ދުވަހަކު އެއީ އެމްޑީޕީ ގެ ރައިސް. ދުވާލަކު 12 ފަހަރު އިންތިހާބު ބޭއްވިއަސް އެއީ ހަގީގަތަކީ. ބަލައެއް ނުގަންނާނެ ތީކީ ރައިސު ކަމަށް. މިސޮރު އުޅޭ މޮޔަ ވައްތަރުން ހެވެނީ ހަމަ ހެހެހެހިހިހެ

  2. ސަޓޯ

    ރައީސްކަން މާކުރިން އޮތީ ވިއްކާލާފަދޯ. އާނ ވަރަށް ޑެމޮކުރަސީ ތިހެންވީރު