ވޭތުވެދިޔަ ހަތް އަހަރު ދިޔައީ މާލެ މަގުމަތީގައި ދަވާދުކޮޅެއް ނުލައި ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވެފައި ވަނީ އާންމުންގެ މީހަކު ޝިފާ ފެއިލް ވެއްޖެ ކަމަށާއި މިސަރުކާރުގައި މާލޭގެ ޒިބްރާ ކްރޮސްތައް "ޔެލޯ" ކުރުން ނޫން އިތުރުކަމެއް ކޮށްފައި ނުވާ ކަމަށް ބުނެ ކޮށްފައިވާ ޓްވީޓަކަށް ރައްދުދެއްވަމުންނެވެ. ޝިފާ ދެއްވި "ރުންކުރު" ރައްދުގައި ވިދާޅުވެފައި ވަނީ ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި މާލޭގެ މަގުމަތީގައިވާ ނިޝާނެއްގައި ކުލަކޮޅެއްހާ މިންވަރުވެސް ލައިފައި ނުވާކަމަށާއި، އެ ނިޝާން ތަކުގައި ދަވާދުލާން ފެށުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށެވެ.

ޝިފާ މިހެން ވިދާޅުވެފައި ވީނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ މާލޭ މަޖީދީ މަގު ތަރައްގީ ކޮށްފައެވެ. މަޖީދީ މަގުގައި ޖަހައިފައިވާ ގާތައް ނައްޓައި މަގު އެއްވަރު ކުރުމަށްފަހު ވަނީ ކަފިހުރަސް ނިޝާންތައް ކުރަހައި ދަވާދުލާފައިވެއެވެ. އޭގެ އިތުރުންވެސް ބައެއް ނިޝާންތައް ފޮހެވެން ފެށުމުން އެނިޝާންތަކުގެ މަތީ ދަވާދު ހާކައި އާކުރަމުން ދިޔަ މަންޒަރު އެތައް ފަހަރަކަށް ވަނީ ފެނިފައެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖް އެޅުމަށްފަހު މާލޭ ވަށައިގެން ވަނީ ރިންގް ރޯޑެއް ގާއިމް ކޮށްފައެވެ. އެ ރިންގް ރޯޑުގައިވެސް މަގު ހުރަސްކުރުމަށް ކަފިހި ހުރަސް ނިޝާން ވަނީ ކުރަހާފައެވެ.

މި ސަރުކާރު އައުމަށްފަހު އެ ހުރަސްތައް ފޮހެވުނަ ނުދީ، މަހަކު 1 ފަހަރު ދަނީ ދަވާދު އާކުރަމުންނެވެ. އަދި ހިނގައި ބިނގައިވެ އުޅޭ މީހުންނަށް ފަސޭހަކޮސްދިނުމުގެ ގޮތުން މާލެ ތެރޭގައިވާ ނިޝާންތަކުގައި ވެސް ދަނީ ދަވާދުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

 1. ކެރޭ އަބްދުﷲ

  ސިފާ ކޮންދޮގެއް ހަދާކައް. ޔާމީން ވެރިކަމުގެ ފަސް އަހަރު ވަނީ މަގުތަކުގަ ދަވާދު ހާކާފަ. ފާހަގަ ކޮއްލެވޭ މަގުތަކުގެ ތެރޭގައި މަޖީދީމަގު، ބޮޑުތަކުރުފާނުމަގު ހިމެނެއެވެ. ރަޔިތުނައް އޮޅުވާލަން ކިތަމެ މަސައްކަތެއް ކުރިޔަސް އޮޅުވައެއް ނުލެވޭނެ. ސިފާ ދައްކާ ވާހަކަ ގަބޫލު ކުރާނީ ރީދޫ ލާދީނީ ބައިގަޑު. ސިފާ ބުނެލަން އޮތީ އިސްތިއުފާ ދީފަ ގެއައް ވަޑައިގަނަވާށޭ. ވަރައްސަލާން.

  133
  1
  • ބޯބުޅި

   މިދިޔަ އަހަރު ނޮވެންބަރާ ހަމަވިއިރު މަގުތަކުގަ ކަޅަހުދުން ހުރީ ނޮވެންބަރު 3ގެ ބާޣީން ލާފަ ހުރި ދަވާދުތަ؟

   20
   1
 2. ހުވާ

  ދެން ދަވާދު އުގުޅަން ވީނު

  91
  1
  • Anonymous

   މާލޭގެ މަގުތަކުގައި ކުލަލުމަކީ މެގަޕްރޮޖެކްޓެއް. ރައީސް ޔާމީންގެ ވެރިކަމުގައި ކުރެއްވި އެންމެ އަގުބޮޑު އިންވެސްޓްމަންޓް ކަމަށްވާ ކްރޮސް ވޯލްޑަށްވުރެވެސް އަގުބޮޑު ޕްރޮޖެކްޓެއް. ޝިފާއަށް އެކަނި މިވަރުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގޭނީ.

   22
   1
   • ކެކެ

    ?

    6
    1
 3. ހުސެން

  މާލޭގެ މަގުން މިއުޅެނީ ބުޅާގުއިތަކާ ހެދީ ހިގާ ނުލެވިގެން ނޭވާ ނުލެވިގެން،ބަލަގަ މިކަހަލަ ކަން ކަން ހައްލު ނުވާނަމަ ގެއަށްދާށެވެ،

  101
  1
 4. ނަވާރަ

  ތިޔައްވުރެން ބޮޑުދޮގެއްހަދަން ކަލެއައްނޭންގުނީތަ މިމީހުން ދުވހަކުވެސް ދޮގެއްހެދެންއޮއްވާތެދެއްނުހަދާނެކަމީ ޝައްކެތްއޮތްކަމެއްނޫން

  104
  1
 5. ޗަކޮއެ

  ދެން ޒިބްރާކްރޮސް ހުދުކުލައިން ކުރެހީ ކޮންއަހަރެއްގަބާ؟؟

  115
 6. ހުވަދޫ

  ކަލޭ ގައިގަ ދަވާދު ލައިގެން އޮވެބަލަ. ފެންނުވަރާ ހަޑިގިއްލާ

  101
 7. ބންގޯ

  ދެންއަވަހަށް ހުރިހާ މަގެއްގަ ރީދޫ ކުލައިގެ ދަވާދުލާން ދެތިން މިލިއަން ޑޮލަރު ބަޖެޓް ގަ ޖަހަހިގެން ނަގާފަ ސިފާގެ ގެޑޮދޮރު ހަދާލާ. އަބަދުވެސް ކުރީސަރުކާރު. ކުރީސަރުކާރު.

  97
  • ާއަހުމަދު

   ކުލަލާނިމޭނީ ކިތައް މިލިއަނުން

   53
 8. Juhaa

  އެ ދައިތަގެ ގައިގަ ހުރި ކުލަ ނުލާތީ ކުލަލީ ކަމަށް ނުވަނީ.

  73
  1
 9. ބުލް

  ޑޮގު ހަދަ ހަދާ މިހާރު ތިހުރީ ކަށީގަ ހިފާފަ

  49
 10. ޢަލީމާލިކް

  ޝިފާ ފެއިލް ވެފައިވަނީ..ރައްޔިތުމީހާ ލާ ސިޓީ އަށް ޖަވާބުނުދެވޭ 3 މަސްވާއިރު.. ރައްޔތިން އެއްޗެއް ބުނާ އިރައް މިދިޔަ 7 އަހަރޭ ކިޔާފައި ވައްވައް ޖަހއިގަތކަސް 3 އަހަރު ތެރޭގައި މިދިޔަ އެްް އަހަރު ތެރޭގައި ކުރެވުނު ކަމީ ހަމަ އެކަނި މަގުތަކުގައި ރީދޫ ކުލަ ހޭކުން..ހޭބަލިނުވާނެ.މިތިބަ ބުރާންތި ބަޔަކާ ހެދި

  17
 11. މުނީރު

  ކުރަން އެނގޭ ކަމެއްތާ ކުރެވޭނީ؟ ދެން ކުރާ ކަަމަކީ 2 އިރު ދެ ދަޅައަށް ޓްވީޓް ކުރުން. ފެއިލް ވެފަ ހަމަ ތިހުރީ ކިތަންމެ ރުޅިއަޔަސް ކިޔާނަން

  15
 12. ކަތީބު

  ކަޑުގަދަކަމުން ރާޅާތަޅާވަރުން އޮޑި ދުއްވޭވަރު ނުވިޔަސް ދަވާދު ހާކާވާހަކަތޯ ކަމަނާ ދައްކަންވީ! ރިންގް ރޯޑު ހަދާފަ އޮތް ފެންވަރުގައި މިސަރުކާރަށް އެއްމެ މަގެއްހެދުނަސް ލޮނުލައިގެން ބަތެއް މަނުކާނަން، ރަސޫލާ އަށް ކުރާފުރައްސާރަ އަށް ފިޔަވަޅު ނޭލުމުން އެގޭ ތީގައި ހުރި ފަންވަރު،

  13
 13. ބޯލަބޭ

  ކޮންތާކުންތަ ދޮގުހަދަން ދަސްކުރީ
  ޢަހަރުމެންނަށް ތި 7 އަހަރު އުޅެވުނީ ދަގަރުނާސުގަދީ

  44
 14. ހާމިދު ޝާހިދު

  ޝިފާމެން ދެން ހަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ދެއްތޯ! ރައީސް ޔާމީން ގެ ދައުރުގައި ލީހުދު ދަވާދުތައް އަދިވެސް މަގުތަކުގައި ފެންނަން އެބަހުރި. ރިންގުރޯޑުގައިވެސް އޮންނާނީ ދަވާދުލާފައި. މަޖީދީ މަގުވެސް އަލުން ރަނގަޅު ފެންވަރަކަށް ހަދާ ދަވާދުލި. ދެން ކިހިނެއް ބުނެވޭނީ، ދަވާދު ނުލާތާ 7 އަހަރުވެއްޖެއޭ...!
  ދޮގުވެރި ބަބުރު އަންހެނާ...!

  10
 15. އަހްމަދު

  ކާނުތައް ސާފުނުކުރާތާ އެއަށްވުރެ ގިނަދުވަސްވެދާނެ. ކީއްވެތޯ ކާނުތައް ސާފުކުރަން ނޫޅެނީ.

  47
 16. ސަންތިމަރިޔަބު

  ﴿7﴾ خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ

  اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.

  53
 17. ކޮތަރު

  އެހެންވިއްޔާ ދައިތަ ނުކުމެ ހުރިހާމަގެއްގަ ގޮށްރީނދޫ ފުނޑައިގެން ވަށާބަލަ.

  58
  1
 18. ގުޑުގުޑާ

  މާލޭގެ މަގުތަކުގައި އިރުއިރުކޮޅާ ދައުލަތުގެ ފައިސާއިން ހެނދުނު ރީނދޫދަވާދުލާފައި ހަވީރު ހުދުދަވާދުލާމަންޒަރު ބަލަން އަހަރެމެން މިތިބީ. އެކަމަކު އައްޑޫ ތާރުމަގުގައި ދަވާދުކޮޅެއްނުލާތާ 18 އަހަރު މިވީ. ދަވާދުލީ ތަންވެސް ނެތީ، ދެން ދަވާދުލަންޏާ ހަތަރުފަސް ސާވޭޔަރުން ތިބެގެން ދަވާދުލެވޭނީ.

 19. ސަޓޯ

  ޝިފާ އަކީވެސް ހިނދުކޮޅުގަ ހުންނަ އެއްޗެއްކަން ސާބިތުވެއްޖެ... މަގޭ ދެލޮލަށް ވިއްޔައެގޮވީ..ރައީސް ޔާމިން ސަރުކާރުގަ މަގުތަކުގަ ކުލަލަނިކޮއް އަހަރެމެން ދުށީމު.. މިޝިފާއެއް ނެތް ބައްޔަށް ރައީސް ޔާމީން ހަދާފަ ހުރި މަގުތަކެއް ނުފެނޭ ކަންނޭގެ އެމްޑީޕީ ބޮނޑިބަތް ކައިގެން ހުރީމަ

  15
 20. ކަޅުމަންޖެ

  ދަވާދު ލާން ކަލޭ ހަވާލުވެ ހުންނަތާ 12 އަހަރު. ދެން ގެއަށް ކަނޑާލަންވީނު.

  13
 21. ބުރޯ

  މޫނުގަ ދަވާދު ހާކަބަލަ

  12
 22. ހަދީޖާ

  ކަލޭ ހީކުރީ އަހަރެމެންނަކީ ކަނު ބަޔެއް ކަމައްތަ. ރައީސް ޔާމީންގެ ދައުރުގެ ފަހު 2 އަހަރުތެރޭގަ އެއޮތީ މުޅި މަޖީދީމަގު ހަދާ ނިންމާފަ އެތާގަ ސައިނޭޖް ކުރަހާފަ. ދެން ރިންގު ރޯޑާއި އަދި ބޮޑުތަކުރުފާނު މަގުގެ ދެކުނު އެއޮތީ ތާރުއަޅާފަ ދަވާދުލާފަ މާރކިން ލާފަ. ދެންގޮސް ޕާކިން ލައިންތައް ހުދުކުލައިން ލާފައި އެކި މަގުތަކުގައި. ވީމާ ތިޔަ ހިއްޕަވައިގެން ހުރި އާތްވެއްގެ އަސަރު ކެނޑުނީމާ ވާހަކަ ދައްކާށެވެ.

  14
 23. ނަޒަރާތު

  މިކަލަ ބޯބުރާންތީ ލައިގެން ކޮން ތަރައްގީއެއް ގެނެވޭނީ.

  11
 24. ބާކޮލި

  ރައްޔިތުންގެ ލޮލައް ގޮވަނީހެއްޔެވެ؟ ޝިފާމެންނަށް ކުރެވޭ ކަންކަމާއި ނުކުރެވޭކަންކަމާއި ލޯކުރިމަތީ ފެނިފަހުރި ކަންކަން ވަކިކުރަން ނޭނގޭވަރަށް އަދި ރައްޔިތުން ގަމާރެއް ނުވެެއެވެ. ތިމާއަށް ނުވަންޏާ އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ނުވީކަމަށް ޤަބޫލުކޮށް ވާވަރު މީހުންނާއި ހަވާލުކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި ހަނދާން ކޮށްދެމެވެ. ތިއަށްވުރެ ތިކަމަށް ޤާބިލް މީހުންނަށް ފުރުސަތު ދީ އެއްފަރާތްވާން ވަގުތު ޖެހިއްޖެ ކަމުގައި ދެކެމެވެ.

  12
 25. އަނިޔާ

  ދޮގުހެދުމުގަ އަރާތިބިބައެއް.

  11
 26. ސިކަންދަރު

  މާލޭ މަގުތަކުގައި ރަތް ކާޕެޓް އަޅަންވީނު؟

  10
 27. ޙުސޭން

  ތީ މި ސަރުކ ކާރުގެ ސައިޒުގެ ބިޔަ ޕްރޮޖެ ކްޓެއް އަވަހަށް ހިންގާލާ. ކެއް ކެއް

  10
 28. Anonymous

  މި ދޮން ކަނބުލޮ އަށް ކުރެވޭނެ ކަމަކީ މަގުތަކުގައި ކުލަލުމާއި، ނަޝީދަށް ފެންފޯއް އިންދައިދިނުން. އެމީހެއްގެ ފެންވަރުގެ ކަންކަންދޯ އެމީހަކަށް ކުރެވޭނީ. ކްރޮސް ރޯޑާއި، ހުޅުމާލެ 2 ހިއްކާ އެތާނގައި ހަދާފައި އެހުރި 25 ބުރީގެ ޓަވަރުތަކާއި، ހޮސްޕިޓަލް، ބްރިޖް، އެއަރޕޯޓް ރިސޯޓްތައް، ހުޅުމާލޭގަ ހުރި ފެންވަރުގެ އިންޖީނުގެތައް. މިއީ ރައީސް ޔާމީން ފެންވަރުގެ ޕްރޮޖެކްޓް.

  16
 29. ޒާ

  މި ސަރުކާރަށް ކަމެއް ނުކުރެވޭނެތީއާއި ޝިފާމެންފެއިލް ވެފައިވާ ވަރުން ރައީސް ޔާމީނު ހެއްދެވި ޗާލު މަގުތަކުގެ ވާހަކަ ދައްކަން ލަދުގަންނަނީއެވެ.

  16
 30. އާބިދާ

  ދޮގުހަދަން ދަސްވެފައި ތިބޭ މީހުން ތެދެއްހެދެން އޮތަސް ދޮގެއްނޫނީ ނަހަދާނެ އެހެނީ ހިތްހަމަ ޖެހުމެއް އޭނައަށް ލިބޭނީ ދޮގު ހަދައިގެން ކަމަށްވާތީ، އެކަމު އެފަދަ މީހުންނަށްވެސް ޢާޚިރަތް ދުވަހު ހެދޭނެ ދޮގެއް ނޯންނާނެ

  13
 31. މޯދީ

  ކަމަނާގެ ލޮލުގެ މައްސަލަ އުޅޭތީވެސް ބުނަންޖެހެނީ ފެއިލްވެއްޖެޔޭ.

  11
 32. ބޮލި މުލައް

  މާލޭގެ މޭޔަރަކަށް ހުރެ މާލޭގެ ކަންކަން ބެލޭވަރު މި ފެންނަނީ. ރޯމާ ދުވާލާ ރޭގަނޑު މަގުތަކުގައި ކޯނުއަތުރައެިގެން ނިމިދިޔަ ސަރުކާރުން ކުރި މަސައްކަތް ދުށީ އަހަރެމެންގެ ލޮލުން. މުނާފިޤު އަންހެނާ

 33. ހުޅުމާލެ ހަސަން

  ހެހެހެހެ. ކަލޭގެ އަގަމަތީގަ ދަވާދު ނުލަނީ މިވޭވެދިޔަ ފަސްއަހަރުގައި. ބަލަ މާލެ މަގުތަކުގައި ކުރާމަސައްކަތް ރައްޔިތުންނަށް މެންދުރުގެ އިރުފަދައިފެންނަން ހުއްޓަވެސް އޮޅުވާލަނީތަ؟؟؟ ބުނަން ކިތަންމެ ރުންކުރުވިޔަސް ޔާމިންގެ ދައުރުގައި ކުރިވަރެއް ނުކުރެވޭނެ.

 34. Anonymous

  މީނަ މިއީ އަނދިރި މީހެއް. މަގާމުން ދުރުކުރޭ. ދެލޮލަށް ފެނުމަކީ ތިމަގާމުގެ ޝަރުޠެއް.

 35. މަރިއްޔާ

  ޝިފާ ދޯ ހުރިހާ ދުވަހު ހުރީވެސް މޭޔަރަކަށް. އަމިއްލައަށް ކަންކަން ނުކުރެވޭ ވަރު އެކަމުން އެނގެނީ

 36. ރައްޔިތުން

  ދޮގެއް ނަހަދާ ނުވާނެ ދޯ..

 37. ފާއިޒް

  އަޅެ ކަލޭތީ ދެލޯ ކަނު މީހެއްތަ މީގެކުރިން ދަވާދު ލީ ތަން ނުފެންނަން....

 38. ވަހީދުބެ

  ކޮންއިރަކުބާ މި ކަނބުލޭގެ މާލެއައީ. ދޮގުހެދުމުގައިވެސް ހަމަ އެއްވަނަ.

 39. ހުވަދޫ ޑޮކް

  ފައްކާ ސަރުކާރެއް މިއީވާ !! ކަފި ހުރަސްތަޖުގައި ދަވާލު ލުމަކީވެސް ނުހަނު ބޮޑު އަދި ތަރައްޤީގެ ބިޔަ ބޮޑު މަޝްޢުއެއް !! ތަރައްޤީގެ ސްޕީޑް ހައުދަހައިވާ ބާރޭ !!!

 40. މޯދި

  ހަމަތަސައްރަފު ފުދޭވާހަކަ ދައްކަބަލަ.

 41. މިގޭ

  މިގޮތްކުޑަ އަންހެނާ ހާދަ ދޮގެކޭ މިހަދަނީ. އެމް ޑީ އެންގައި ކަލޭވެސް ބައިވެރިވޭތަ.

 42. ގައުމީލޭ

  ކޮޔާ ދިވެހި ރައްޔިތުން މިއުޅެނި މާލޭ މަގުމަތީގަ ދަވާދި ނުލެވިގެންތައް؟ ރެޔާދުވާލު ސަރުކާރަށް މިގޮވަނީ އެމް.ޑީ.އެން އުވާލާ އޭގަ ތިބި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން. ކޮޔާމެން ދޮން ދަވާދު ތަންނާ ނުލާ މިވާހަކަ އިބޫއަންގަބަލަ. އޭރުން ދެންވެސް ތިމަގާމަށް ހޮވާނި. ދެއިރު ދެދަޅައަށް ތެލަބޮނޑީގަ ދޮންދަވާދުލިޔަސް މިހާރަކު ލިބޭނެ ވޯޓެއްވެސް ނޯއްނާނެ.

 43. މިއަދު

  މާލޭ މަގުތަކުގައި ދަވާދު ނުލާތާ ހަތް އަހަރު ވެއްޖެ - ޝިފާ ދެން ޝިފާނުކުމެ ދަވާދުލާންފަށާބަލަ ނުކުމެހުރެގެންދަވާދުލާނީ ހަމަހުރެގެންލާނީ ހިނގަފަދާއިރުވެސް ހަމަލާނީ މަގުމަތީގައި ހުންނަ ސައިކަލްތަކާއި ބައިސްކަލްތަކުގަވެސް ހަމަލާނީ ހަމަލާލީ ދަވާލާނީ ފެންނައިރަށްލާނީ ނުފެނުނަސްލަނީ ލާނީ ހަމަ ލާނީ 7 އަހަރުވަންދެން ހަމަލާނީ

 44. އަހުމަދު

  ދަވާދު ލުމުން ހުރިހާ ކަމެއް ނިމުނީ އަކީ ނޫން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއްގެ ގޮތުގައި ބަލާއިރު ޝިފާ ވަނީ ފެއިލްވެފަ . ސިޓީ ކައުންސިލުން ރައްޔިތުންނަށް އުދަނގޫ ކުރުން ނޫން ކަމެއް ނުކުރެވޭ ތަންފެންނަނީ ޝިފާ ޓީވީ ޗެނަލް ތަކަށް އަރާ ފޮނިވާހަކަ ދެއްކުން ނޫންކަމެ ނކުރެވޭ.

 45. ހިޔަލަ

  ޝިފާ ކޮންތާކުތޯ އުޅުނީ ވޭތުވެދިޔަ 7 އަހަރު؟