ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ހުރިހާ ޚިދުމަތްތަކެއް ފެން ބިލްޑިންއިން ދޭން ނިންމައި މުޅި މިނިސްޓްރީ އެ އިމާރާތަށް ބަދަލުކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން އެ މިނިސްޓްރީ އޮފީސް ހިންގަމުން ގެންދާނީ އަމީނީ މަގުގައި ހުންނަ ފެންބިލްޑިންގުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.
ކުރިން ވެލާނާގޭ ދެވަނަ ބުރީގައި ހުރި މިނިސްޓްރީ ގެ އިމާރާތް މާދަމާ ބަދަލުވާއިރު އެ މިނިސްޓްރީއަށް ގުޅޭނެ ނަންބަރުތަކަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ.
އެ އިއުލާންގައިވާ ގޮތުން މާދަމާއިން ފެށިގެން ހަޔާ އެޑިއުކޭޝަނަށް މިނިސްޓްރީއަށް ގުޅެނީ 3026955 ނަމްބަރާއި 3026966 މި ނަމްބަރުންނެވެ. މީގެ އިތުރުން މިނިސްޓްރީގެ ހޮޓްލައިންގެ ގޮތުގައި ހަމަޖައްސާފައި ވަނީ 7311474 މި ނަންބަރެވެ.
ތިޔައީ އެއްމެގިނަބަޔަކު އެއޮފީހެއްގެ ބޭނުން ހިފާ އެއްއޮފީސް!