ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަވަހާރަކޮށްލައިފިނަމަ މަރުގެ ދިޔަ އަރާނީ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފާއި އައްޝައިހް އަލީ ޒައިދަށް ކަމަށް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބުނެފިއެވެ.

ނާޒިމް މިހެން ބުނީ ނަޝީދާއި ސީޕީ މުހައްމަދު ހަމީދަށް މަރުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެބޭފުޅުންނަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ނާޒިމް ކުރި ޓްވީޓެއްގައި ބުނީ "މިމައްސަލައިގައި މީހަކު މަރުވެއްޖެނަމަ މަރުގެ ދިޔަ އަރާނީ އިޔާޒާއި ޒައިދު އަށް. ކަލޭމެންނާއި ހެދި މިހާރު މަރުގެ އިންޒާރު ނަޝީދާއި ސީޕީ މުހައްމަދު ހަމީދަށް ލިބިއްޖެ." ކަމަށެވެ.

https://twitter.com/nazimsat/status/1185603317814005765

ނަޝީދާއި ސީޕީ ހަމީދަށް މަރުގެ އިންޒާރު ލިބިފައި ވަނީ އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނައިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ދިފާޢު ކުރުމުގެ މަސައްކަތް ނަޝީދު ކެނޑިނޭޅި ކުރައްވަމުން ގެންދަވަނިކޮށެވެ. ސީޕީ މުހައްމަދު ހަމީދަކީ އެމްޑީއެން އިން އެ ރިޕޯޓް ތައްޔާރުކުރިއިރު އެމްޑީއެންގެ ބޯޑު މެންބަރެކެވެ. އެހެންކަމުން ސީޕީ ހަމީދު ފުލުހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން އެމްޑީއެންގެ މައްސަލަ ރަނގަޅަށް ތަޙްޤީޤު ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިޔާޒާއި ޒައިދަކީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެންމެ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ، އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ ދެ ބޭފުޅުންނެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުލިބޭ ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިޔާޒާއި ޒައިދު އަދި ބައެއް އެހެން އިލްމުވެރިން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާއި ގުޅިގެން އެމްޑީއެން އަށް ތާއިދު ކުރާ ފަރާތްތަކުން ގެންދަނީ އެބޭފުޅުންނަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. އަހުމަދު

    ކަލޯ ބޭބެ ކާރި ބުނޭ ދީނާ ނުކުޅެ ހުންނާށޭ

    322
    6
    • ތެރެރިސްތާ

      ކަލެއަ ކަށް ނޭނގޭނެ

      68
      51
      • ތެރެރިސްތާގެއާގެ

        ކަލޭތީ އެންމެ އިގޭތަ؟

        39
        1
  2. ބައްސާމު

    ނާޒިމު ސައްތާރު ގުދޯގުދޯ ގޮވީތާ ދެންސުވާލަކީ މަރުގެ ދިޔަލައްވަނީ ފަޑީޔާރުންތޯ ނުވަތަ ނާޒިމު ސައްތާރުތޯ؟

    271
    5
  3. ިއެޗް އާރު އެމް

    މިދިޔަރިޔާސީއިންތިހާބުގެދުވަސްވަރު އެމްޑީޕީން ތިޔައިޔާޒުމެންގެބޭނުންހިފައިގެންކެންޕޭނުކުރަމުންދިޔައިރުވެސް ތިޔައެމްޑީޕީ މީހުހަޑިހުތުބަހުންއެއްޗެހިގޮވާ އެވެނިމިވެނިގޮތެއްހަދަންވިއްޔޭގޮވާހެދި އަދިވެރިކަންލިބުނުބަންފެށިތިމީހުންއަވަހައްބޭރުކޮއްލަންވިއްޔޭތިމީހުންމާބޮޑައްކައިރިކޮއްގެންއެހާރނގަޅެއްނުވާނެޔޭ މީއެމީހުންގެފަރާތުންއަހަރުމެންއަހާފާހުރިއަޑުތައް

    37
  4. ސަޓޯ

    އިބުރޭ ކުރި 100 ގަޅިގަމާރު ކަމުގެ ތެރޭގަ މި މެޑިކަލް ސެޓިފިކެޓު ހަމީދުއަށް ސީ.ޕީ ކަން ދިނުން ހިމެނޭނެ...

    82
  5. އިސްމާއިލް

    ގުދުރަތީ މަރެއް ވިޔަސް މިހާރު ޒިމްމާ ވާން ޖެހޭނި ހަމަ މި ދެމީހުންތާ ދޯ..
    ކީކެ ދޯދެން ބުނާނި މިއީވާ ގައުމެ .

    77
  6. އަން

    މަރުގެ އިންޒާރު ތަކަކީ ސަރުކާރުން ކުޅޭ ޑްރާމާއެއް.

    104
    1
  7. ބޭން އެމްޑީއެންް....

    މަރުގެ ދިޔަ އޮންނަނީ ދިމާކުރަތީ ގަތަ؟ ސަކިންދާ ދޭން ޖެހޭނެ ކަމަށް ބޮޑަށް ބެލެވެނީ

    83
  8. ކާފަ

    ޢިޔާޒުއާ ޒައިދު މެންކަހަލަ ދީނީ އިލްމުވެރިން ނެތްނަމަ ތިކަން ވެދާނެތާ އެތައްދުވަހެއް. ޙޭއަރާބަލަ.. ބޭބެ ގާތު ބުނެބަލަ މީ ޔޫރަޕެއް ނޫނޭ....

    93
  9. އަންނި

    ހިނި އަންނަނީ....މިހާރު ތިޔަ އުޅެނީ އަޑު އުފުލަން ތިބި އިލްމްވެރިން ހިފާ ހައްޔަރުކުރަން.

    87
    2
  10. ޖަޒީރާ

    ޢެމްޑީއެންއާ ކޯލިޝަން 2018ގަ ނަހަދަނީ ޔާމިން އެކަނި ކުރިންދީނައްޓަކާ ގައުމައްޓަކާ އުޅުނު އެންމެންތިބީ ކޯލިޝަނުގަ ތަފާތަކީ ދެއަކުރެއް 3 ތިންބާރު މަތީގަ ތިބީ އެއްބަޔެއް ތަންފީޒްތައްކުރަން އެމްޑީޕީގެ ބައެއް މެންބަރުން ޕާޓީގެ ހުރިހާ މެންބަރުއްނެއްނޫން ތާއިދެއްވެސްނޫން މަދުބައެއް.

    43
  11. ޙަސީނާ

    ޑިމޮކްރަސީގަ އޮވޭތަ މަރުގެ ދިޔަ؟ ކަލޭމެނާ ޖެހުނީމަ މަރަށް މަރުވެސް ހިފާނެ.

    70
  12. ބަކަރި

    ކަލޭ މީހަކު ޞަލީބަށް އ؛ރުވާ މަރާނެކަމަށްވެސް ބުނި

    73
  13. ޢަބްދުއްލަޠީފު

    އިބީހުގެ ވަސްވާހަށް ހިނގާކަންތައްވީމަ އޭނަވެސް ދަމާނެރެ ހުކުމް ތަންފީޒު ކުރީމަ އެންމެ އަޑިޔަށް ފޭބޭނީ. ނަޝީދަކީ ދިވެހި އިބިލީސް

    56
  14. އދރޭ

    ތީވަނީ ކަލޭމެން ދޭ އިންޒާރުކަމަށް އިލްމްވެރިންގެ ބޮލުގައި ތިޔަ ގޮތަށް އަޅުވަން. ބަލަ
    "ސިއްދީގު ޞަލީބަށް އަރުވާނެކަމުގެ އިންޒާރު ނާޒިމް ސައްތާރު ދީފި" ކަމަށް މިނޫހުން އެބަފެނޭ. އެހްނވީމާ، ސިއްދީގުގެ ދިޔަ ދޭނީ ކާކުބާ؟

    63
  15. އާރިފާ

    19 ދިވެހިންގެ މަރުގެދިޔަ ދޭންޖެހޭނީ ނާޒިމް

    66
  16. Juhaa

    ހާދަ މޮޅު ޤާނޫނީ ވަ ކީލެ ކޭ ދޯ؟ ކޮންތާ ކުން ކަލޭ ކ ކިޔެވީ؟

    59
  17. ތޫ

    މޯދީ މަރުރުގެ ދިޔަވެސް ދީފާނެ ތޯއްޗެއް!
    ކޮންމެ މީހެއްވެސް މަރުވާނެ ހަމައެކަކުވެސް
    ނުހުންނާނެ މަރުނުވާނެެ!
    އަހުންމާދެރަވި އަފުރާޝީމް މަރާލީމަ އެއީ އިލްމުވެރިޔެއް!

    55
  18. މާލެ މީހާ...

    ކަލޯ މައިތިރިވެގެން އަނގަނުތަޅާ ހުރޭ...

    51
    1
  19. މުޖޫ ނައީމް

    މިމީހުން މަރު ދެކެ ވެސް ބިރުގަނޭ ދޯ؟؟!!

    64
  20. އަލީ

    ކަލޭ އަނގަނުތަޅާ. އެމީހުން ނުޖެހޭނެ މަރުގެދިޔަ ދޭކަށް. ދީނާ ކުޅެންޏާ ދީނަށް މުސްލިމުންގެ ލޭ ކެކޭނެ. ކަލޭގެ ލޭ ނުކެކުނަސް.

    63
  21. ޝަހިންދަ

    ކަލޯ ނާޒިމް ކަލޯ ތީ ޞިއްދީޤު ޞަލީބަށް އަރުވާނެކަމަށް އިންޒާރު ދީފަހުރިމީހެއް، ޞިއްދީޤު މަރުވެއްޖެނަމަ މަރުގެ ދިޔަ ލައްވާނީ ތިޔަ ނުބައި ޖާހިލުގެ މައްޗަށް.

    60
  22. ދޮންމީހަ

    ހަހަހަހަހަހަހަހަހހަހަހަ. އެމްޑީއެން ރިޕޯޓެއް ނެރުނުތަ؟ ޤައުމު ފިތުނައިގެ ތެރެއަށް ވައްޓައިލި ބަޔަކު ޒިންމާ ނަގަން ޖެހޭނެ.

    53
    1
  23. މުހައްމަދު

    ހާދަހާ ބިރެކޭ ތިގަންނަނި... މި ޤައުމުގަތިބި އިލްމު ވެރިންނަށް ގޮވާޅަން މިކަން ކޮޅެއްގަ ޒެހެންދެން ފަސްނުޖެހި ކުރިއަށް ގެންދިޔުމަށް.. އަހަރެމެން އިލްމުވެރިންގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށް ތައްޔާރަށް މިތިބީ.. މާސިންގާ ކަނޑަ އެރުނަސް ފަސްއެނބުރި ބެލުމެއްނެތި އަހަރެމެން ވެސް މިތިބީ އިލްމުވެރިންގެ އިރުޝާދާއި އެއްގޮތަށް ކަނޑަ އެރިގެން ވެސް ކުރިޔަށްދާ.. ވަރަށް ވާހަކަ މިބުނީ..

    50
    1
  24. އާބިދާ

    އެޖެންޑާ 19 ގެ ދަށުން ތިގޮތަށް ތިވެސް ބަދަލުކުރީތަ؟ އަހަރުމެން ދަންނަނީ މަރުގެ ދިޔަ ދޭންޖެހޭނީ މެރިމީހާކަމަށް

    32
  25. ޖާޖާ މިޖާޖާ

    ޖާހިލުންގެ އައްޕަ ބުނާނެއެވެ. މަށަކީވެސް ހާދަހާވާ މޮޅު މީހެކެވެ!!! ރަހަ މިހާރު ލައިފިއެވެ.

    36
  26. ކެރަފާ

    ބަލަ ނާޒިމޫ ޑރ. އިޔާޒް އަދި ޝ. ޢަލީ ޒައިދު ވެސް އެއްވެސް ފަހަރެއްގަ ވިދާޅެއްނުވޭ މިމައްސަލާގަ މީހަކު މަރާކަށް ނުތަ ނަފްރަތު އުފެދޭ ވާހައެއްވެސް، މި ދެބޭފުޅުން ވިދާޅުވަމުން އެގެންދަވަނީ މިމައްސަލަ އިންސާފުގެމަގުން ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް. ގަމާރުވިޔަސް ތީ އަދި ޒާތީ ވިޔަސް ތީބޮޑުވަރު، މިކަމުން ކަލޯ ތި ހެކިދެނީ މިކަމުގައި އެދެމީހުން ބައިރިވާކަމަށް، ކަލޯ ތީ ގާނޫނީ ވަަކީލެއްތަ؟ ނޫނީ ގާނޫނީ ޖާހިލެއްތަ؟

    41
  27. އެމްޑީއެން އާއިދެކޮޅު

    އެއުޅެނީ ސަރުކާރު އަޑީގައި އޮވެގެން އެމީހުންގެ އެޖެންޓުންލައްވާ އިންޒާރުދީގެންނޭކިއާފަ އަޑުއެރުވުމަށްފަހު މިޤައުމުގައިތިބި ފާޅުގައި ބަސްކިއަންކެރޭ ހުރިހާ ދީނީ ޢިލްމްވެރިންތައް ހިފާހައްޔަރުކޮށް ޓެރެރިޒަމްގެ ދަޢުވާކޮށް އުމުރަށް ޖަލަށްލުމަށްފަހު މިޤައުމުގަ ޢައިރުދީންފަތުރަންވެގެން

    36
  28. ހައްލު

    ލާދީނީ ބައިގަނޑު މި އުޅެނީ ކިހިނެތްވެގެން؟

    25
  29. އިބްރާ

    މަރުގެ އިންޒާރުގެ ފަހަތުގައި ނާޒިމް ސައްތާރުގެ އަތެއްވުމަކީ އެކަށީގެންވާކަމެއް. ފުލުހުންނޭވެ. މީނާ ހައްޔަރުކޮށް ތަހުގީގުކުރުން ވަރަށް މުހިންމު. މީނާގެ މަގުސަދަކީ އެމްޑީއެން ކުއްވެރިކޮށް، އުވާލައި، އެމްޑީއެނަށް ނިސްބަތްވާ ސަރުކާރުގެ މުވައްޒަފުން މަގާމްތަކުން ދުރުކުރަން ރާއްޖޭގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމެވެ. މިކަން ބައްލަވައި މީނާއާއި ދޭތެރޭގައި ތަހުގީގު ހިންގުމަށް ގޮވައިލަން.

    24
  30. ާަާމަ

    ގައުމު ފަސާދަކުރުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިއްވަރުދިނުމުގެ އިނާމް މުހައްމަދު ނަޝީދަށް.

    23
  31. އާބިދާ

    މިގޭގަ ހުންނާނެ ސައްތާރު ކޯޓު ސުޕުރީމު ކޯޓަށްވުރެ މަތިން ހުކުންކުރާނީ

    21
  32. ހުސެން

    ދެން އާސްތު ޕީޕިއެމްގައި ހުރެ ކަލޭބޭބޭ މަރާލާނަަމޭ ބުނީމާ ދިޔަ ދޭން ޖެހޭނީ އިޔާޒުތަ ؟

    15
  33. އަލީ ނާޒިމް

    ފުރަތަމަ ކަމަކީ ކުށަކައި ނުލައި ގަސްތުގައި ޢުދުވާނަން މީހަކު މަރައިފިއްޔާ އޮންނަނީ މަރަށް މަރުހިފަން! ދިޔަ ދޭކަށް ނޫން! ދެން އެއްވެސް ޢިލްމުވެރިޔަކު ނުބުނޭ ނަޝީދެއް ހަމީދެއް މަރާކަށް އެކަން ކުރަން ގޮވީ ވެސް އެމްޑީޕީ ކުދިން ޢިލްމުވެރިން މަރަން އެހެން އުސްފަސްގަންޑުގަ މަރަން ފޮޓޯޖެހި އެކަކު ޑރ އަފްރަޝީމްއަކީވެސް! ލާދީނިއްޔަތު ފަތުރަން އުޅެފަ އެކަން ފަޅާއަރާ އިރަށް އެކަން އިސްލާހު ނުކޮށް މަރުގެ އިންޒާރުދެނީއޭ ކިޔައިގެން ވިކްޓިމް ކާޑު ކުޅެން ލޮލް!

    19
    1
  34. ރަޝީދު

    ލާދީނީ މީހުންނަކަށް މަރުގެ ދިޔައަކީކޮބައިކަމެއްނޭގޭނެ.އެއީ ޑިމޮކް ރަސީގައި އޮންނައެއްޗެއްނޫން.

    15
  35. ނިއުޝީނު

    ކަލޯ މާ މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ތިވެސް ޑްރާމާއެއް. މީހުން އެހެން ދިމާއަކަށް އަނބުރާލުމަށް ތިމަން މެންނަށް އިންޒާރު ލިބުނީއޭ ކިޔާ މައްސަލައަކަށް ހަދާލަނީ. ގައުމު ހަލަބޮލި ކޮށްލުމަށް އަބަދުވެސް ކެނެރީން މިބަލަނީ.

    14
  36. ޙސހސހ

    ނާޒިމް ކަލޭ ކިޔެވީ ކޮންފޮތަކުން. އިސްލާމީ ޝަރީޢަތުން މަރުގެދިޔަ ލައްވާގޮތް ވަރަށް ސާފް. އިސަލާމް ދީނުގެ ދިފާއުގަ މީހަކު ވާހަކަ ދެއްކުމަކީ އޭނާގެ ބޮލުގައި ކަލޭމެން ރާވައިގެން ހިންގާ ޢަމަލެއް އެޅުވޭނެ ކަމެއްނޫން. ތިޔަބުނާ ހުރިހާކަމެއް ކުރަނީ ކަލޭމެން. ސީރިޔާއަށް މީހުންގެންދަނީ ކާކުކަންވެސް މިހާރުވަނީ ދިވެހި ރައްޔިތުންނަށް ވަރަށް ސާފްވެފަ.

  37. ނަސޭހަތް

    އެއްޗެކޭ ކިޔާފަ އިޔާޒާއި ދިމާކޮށްލަންވެގެން / ނޫނީ އިޔާޒު ހައްޔަރު ކުރަން ރާވަނީ ދޯ..؟ އޭނާ އިސްލާމް ދީނުގެ ދިފާއުގައި ބަސްބުނާތީ ހަޖަމުނުވެގެން އަޑު ކަނޑުވާލަން ވެގެން ދޯ ؟

    ބަލަ މަރުގެ ދިޔަވިޔަސް ބަބުކޭލުގެ ދިޔަވިޔަސް ހޯދަން ޖެހޭނީ މަގައުމު ހަލަބޮލިކޮށްގެން އެއުޅޭ (ދަ ސޯ ކޯލްޑް އެމް. އެން. ޑީ.) ގެ އައްޔާރުންނާއި އެބަޔަށް ތާއީދު ކުރާމީހުން އަތުން ނެތް ނޫންތޯ؟

    ތި ބައިގަނޑު މިގައުމުން ފައިބާގެން ދާވީނު... އޭރުން ތި މީހުން ބޭނުން ދީނަށް އުޅެ... ބޯނެ އެއްޗެއް ބޮވިދާނެ އެއްނު..

    މިތަން ފަސާދަ ކުރުން ހުއްޓާލާ.. ޓެރަރިޒަމް އަށް މަގުފަހިވާގޮތަށް މަސަތްކަތް ކުރާ މީހުން ޔަޢުނީ ޝަހިންދާ އާއި އޭނާގެ ބައިވެރިން ހައްޔަރު ކުރޭ..!

  38. ކިންގފިޝަރ

    ތިޔަ ނާޒިމު އަކީ ހުރިގޮތަށްހުރި ކޯޓެއްތާ!!!

  39. ޖަޒީރާބޭ

    ތީ ކަލޭމެން ޖައްސާފޭކެއް. ތިއުޅެނީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އެމްޑީއެންގެ ރިޕޯޓްވާހަކަ އޮއްބާލަން. ބައްލަވާ އެކަމެއްނުވާނެ. ކިތަންމެ ސްޓަންޓެއް ޖެއްސިޔަސް ކިތަންމެ ދޮގެއްހެދިޔަސް ނަބިއްޔާގެ ދިފާއުގައި ދީނުގެ ދިފާއުގައި ދައްކަންޖެހުނު ކޮންމެ އަގެއް ދައްކަން މިގައިމިގެ ރައްޔިތުން ފަހަކަށް ނުޖެހޭނެ. އެއަށްވުރެން މާ އަގީދާ ވަރުގަދަވާނެ. ކަލޭމެން ކަހަލަ ދެތިން ކެނދައުޅޭނި އުޅޭނި ކޮންދީނެއްކަމަށްވެސް ނޭނގިގެން. ތިހެން އުޅެނިކޮށް އޮންނާނި ދަންފަޅި ހަމަވެގެން ދާންޖެހޭދުވަސް ކައިރިވެފަ.

  40. ސަންދާނު މޮޔަމީހާ

    ކަލޭބޭބެ އަނގަޔައް ރެވިތެޔޮއެޅިގެން ށޭހަކައް ބަދަލުވީމަ ވާގޮތްމިފެންނަނީ ކަލޭބޭބެ އަދިބުނެފިޔެއްނޫން މިރާއްޖޭގަ ހިންގާނީ އެމްޑީޕީ ބޭނުންވާގޮތަކަށޭ ބުނިއިރު ހިތަކައްނާރާ އިއްތިހާދަކާ މޯދީޔަކާ ގުރުސިންހާޔަކާ ރާނީޔަކާ ވެގެންކަން ވެރިކަން ލިބުނީ މިހާރުވެސް އަތައްގޮވާފަވީ ކުރީގަ ތަޅާފޮޅަނީ މައުމޫނު ޔާމީނު މިފަހަރު އިބުރާހީމމަކާ މުހައްމަދަކާ ދެމީހުންގެ ތަޅާފޮޅުން އަފުންގެ ބޮއިހަލާކު މަވާސަލާމް

  41. ާނަސީދު

    ޢަޖައިބެއް ކަހަލަކަމެއް ކީއްވެތަ އިޔާޒު ތިތަނައްފައްތަން ތިއުޅެނީ އިޔާޒު އެބުނީ އެދައްކާވަހަކަތައް ބަލައިނުގަނެވެނެކަމައް އެހެންވީމާ އިބޫ ސޯލިހު ޒިންމާނަގަންވާނީ އެނާޔާ އަހަރުން ގައުމް ހަވާލުކޮއްފައި މިތިބީ އަރާމުކުރާކައްނޫން

  42. ނާސިރު

    ތިއުޅެނީ އަޑީގަތިބެގެން ކުރެވުނުކަންތައް ބޮޑުވެ މުޅިގައުމުކެކިއެރީމަ އެކަންއޮއްބަން