އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއްގައި އުމުރުން ހަ އަހަރު ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ، މި އޮޕަރޭޝަން ކޮށްފައި ވަނީ، ފުއްޕާމެއާއި ނޭވާލާ ނިޒާމާ ބެހޭ އެ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުން ގެ ޓީމަކުން ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި، އެ ކުއްޖާގެ ހާލު ރަނގަޅެވެ.

އެ ކުއްޖާއާ ގުޅޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލުން ހާމަކޮށްފައިނުވާއިރު، މީގެ ކުރިންވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާއި އެބަހުއްޓެވެ.

އެގޮތުން އަނގަޔަށް ؛ޕިން ލައިގެން އުޅެނިކޮށް ނޭވާ ހޮޅީގެ ތެރެއަް ޕިން ގޮސްގެން އެ ހޮސްޕިޓަލުގައި ވަރަށް ގިނަ ބައެއްގެ އޮޕަރޭޝްންކޮށްފައި ވެއެވެ.

ޑޮކްޓަރުން ބުނާގޮތުގައި، ތުއްތު ކުދިންނާއި އެ ކުދިންގެ އުމުރާއި ގުޅޭ ކުޅޭ އެއްޗެހި ދިނުން ވަރަށް މުހިންމެވެ. އެހެން ނޫނީ ފުރާނައަށް ނުރައްކާ ވާރުގެ ބޮޑު ގެއްލުމެއް ވެދާނެއެވެ. އެހެންކަމުން ކުދިންގެ މައިންބަފައިންވެސް އެ ކުދިންނަށް ކުޅޭ އެއްޗެހި ގަނެދޭއިރު، އުމުރާއި ގުޅޭ އެއްޗެހި ހޯދުން މުހިންމެވެ. އަދި ކުދިން ކުޅެން އިންނަ ގަޑީގައި އެ ކުދިންނަށްވެސް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ.