މާލޭގައި މިދިޔަ ހަފްތާގައި 44 އެކްސިޑެންޓް ހިނގައިފިއެވެ.

ފުލުހުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި މާލޭގައި 44 އެކްސިޑެންޓް ހިނގާފައިވާއިރު މިއެކްސިޑެންޓްތަކުގައި 16 މީހަކަށް އަނިޔާވެފައި ވެއެވެ.

މިމުއްދަތުގެ ތެރޭގައި 852 އުޅަނދު ބަލައި ފާސްކޮށްފައި ވެއެވެ. މީގެ ތެރެއިން ލައިސެންސް ނެތް 113 މީހަކު ހިފަހެއްޓިއިރު، ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 62 މީހަކު ހިފަހައްޓާފައި ވެއެވެ. އަދި އަހަރީ ފީ ނުދައްކާ ކުރި 28 މީހަކާއި، އިންުސުރެންސް ނުދައްކާ ހުރި 49 މީހެއްގެ އިތުރުން، ޓްރެފިކް ގަވާއިދާއި ހިލާފުވި 23 މީހަކު ހުއްޓުވާފައި ވެއެވެ.

އަދި މާބަރަށް ވެހިކަލް ދުއްވައިގެން 20 މީހަކު ހުއްޓުވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު