ފާއިތުވި ހަފްތާގައި ޤަވައިދާއި ހިލާފަށް ޕާކް ކޮށްފައި ހުރި 852 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖަހައިގެން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ފުލުހުން މިއަދު އާއްމުކޮށްފައިވާ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފުލުހުން ވަނީ މިދިޔަ ހަފްތާގައި ސްޓިކާ ޖަހައިގެން 639،000 ރުފިޔާ ދައުލަތުގެ އާމްދަނީ އަށް އިތުރު ކޮށްދީފައެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި ފުލުހުން ވަނީ 130 އުޅަނދެއް ޓޯކޮށްފައި ވެއެވެ. މީގެ އިތުރުން މާލޭގައި 44 އެކްސިޑެންޓެއް ހިނގާފައިވާއިރު، 16 މީހުން ވަނީ ޒަހަމްވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި ޗެކް ކުރި ވެހިކަލްތަކުގެ ތެރެއިން ލައިސަންސް ނެތި ދުއްވި 113 މީހަކަށް ފިޔަވަޅު އެޅާފައިވާ އިރު، 49 އުޅަނދެއްގައި ރޯޑްވާދިނަސް ނެތުމުގެ އިތުރުން 28 އުޅަނދުގެ އަހަރީ ފީ ދައްކާފައިނުވާކަން ވެސް ފުލުހުން މިއަދު އާއްމު ކުރި އޮކްޓޯބަރު 12 އިން 18 ގެ ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއާދަނު

    ޕާކުކުރާނެ ތަންނެތި މިހުން އެއްތަނަކަށް ޖަމާވާން މަޖުބޫރުކޮށްފަ މިލާރި ނެގުން ހެޔޮނުވާނެ

    6
    1
  2. ފިލާވަޅު

    ވ.ސަޅި އަދި އިތުރު ފީތަކެއްވެސް ނަގަންވީ ޓެކްސްތައް ވެސް ގިނަކުރަންވީ މަދީ ނަގާލެއް މަހަކު 200،000 ވެހިކަލުގަ ސްޓިކާ ޖަހަން ފެންނަނީ ، ކަނޑު އުޅަދު ތަކުގަވެސް ޖަހަންވާނެ، ފުލުހުންނަަކައް ނޯންނާނެ ގަޢުމެއްގެ ހާލަތުބެލުމެއް އެމީހުންގެވެސް މުސާރަ ލިބޭވަރުކުރަންވާނެއްނު ދެންތިބި މީހުންގެ ރިޒުގު އަތުލާފަވެސް ގަވައިދު ވާހަކަ ބުނާނެ މުޅިމާލެ ތޮއްޖައްސާފަ ނުގަވައިދުން ވެހިކަލް ޕާކްކުރާވާހަަކަ ރައްރަށުގެ މީހުންނައް މާލެ އައްނަން މަޖުބޫރުވާގޮތައް ބައްޓަންކޮއްފަ އޮތް އިގްތިސާދެއްމީ

  3. ވަގުތު

    ގަވާއިދާ ޙިލާފަށް ޕާކް ކުރާ މީހުންގެ މައްސަލަ ނުލިޔެވެނީ ކީއްވެ؟ އެމީހުން އެވައްތަރަށް ޕާކް ކުރާތީ ސްޓިކާ ނުޖަހާ ހުންނަން ވީ؟

  4. ޝަމް

    ބަދަލު ދޭންޖެހިފައޮތްލެއްގިނަަކަމުން ސަރުކާރު ހިންގާނެ ލާރިނެތީމަ ނުކުމެ ސްޓިކާ އެއްނުޖަހަންވީ. ފާކުކުރާނެތަނެއްނެތަސް ތިއޮއްބޮޑު ތޮއްޖެހިފައޮތް މާލޭގަ

  5. ނުރަބޯ

    ބަޖެޓް ދަވާލާފަ ދިވެހިރައްޔިތުން ފެލައިގެންވެސް ވެރިކަމުގަ ބަގުޑިބެއްދޭތޯ ބަލާތި. ނޫނޭވާ ތިއޮތީ ފޫނެތް ސަރުކާރެއް.