އިސްލާމްދީނާއި މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވާރކް (އެމްޑީއެން) އުވާލުމުގެ ކެމްޕެއިން ރަސްމީކޮށް އިލްމުވެރިން ފަށައިފި އެވެ.

މި ކެމްޕެއިން އިލްމުވެރިން ފަށާފައިވަނީ ބާބަކިޔު އަކުންނެވެ.

އަލިފާންގަޑަކާއެކު ސަލަފްގެ ރައީސް ޝެއިޚް އަބްދުﷲ ބިން ޖަނާބު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއެން އުވާލުމުގެ މަސައްކަތް ބިސްމީގެ ބަރަކާތުން ރޭ ފެށިއްޖެ ކަމަށެވެ.

އެމްޑީއެން އުވާލުމަށް ރާޢްޖޭގެ އިލްމުވެރިންނާއި ސިޔާސީ އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުންވެސް މި ޖަމިއްޔާ އުވާލުމަށް ގޮވާލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

ސަރުކާރުން އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވެގެންދާތީ ވަރަށް ގިނަ ބައެއްގެ ފަޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު އެ ރިޕޯޓުގެ މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ޖަމިއްޔާގެ މެމްބަރުން ފުލުހަށް ހާޒުރުވުމަށް ޗިޓު ފޮނުވަން ވަނީ ފަށާފައެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ވަނީ ހިމަނާފަ އެވެ. މީގެ އިތުރުންވެސް އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލީ

    ތިމަސައްކަތް ވަރަށް ހަލުވި ކުރަން ޖެހޭ. މިހާރުވެސް މާލަސްވެއްޖެ.

    86
    4
  2. އިސްލާމް ދީނަށް ލޯބިކުރާމީހާ

    ސާބަސް ސާބަސް އިންޝާ ﷲ ކާމިޔާބުވާނެ...ހައްޤުގޮތުގައި ތިބެންޔާ ! އަޅުަގަނޑުގެ އިލްތިމާސް އަކީ ސިޔާސީ ކަމަކަށް ނުހެދުން...

    77
    6
    • ސިޔާސީ

      މިހާރުވެސް ސިޔާސީ

      5
      19
  3. ރަފީޢު

    އުވާނުލާނެ ތިކަމުގެ މައި މުލަށް ވިސްނީމަ އެނގޭނެ އުވާނުލެވޭނެކަން އަދި ދީނަށް ފުރައްސާރަ ކުރުންވެސް ނުހުއްޓުވޭނެކަން، މިއީ އޭރު އަހަރުމެން ދެއްކިވާހަކަ ކޮބާ ލަހެއްނުވެ ފެނިއްޖެނުން ދޯ، އަދި މިއުޅެނީ އަހަރެއްވެސް ނުވެގެން

    61
    1
  4. ކޮސްބެ

    އިލްމުވެރީންވެސް ކެމްޕޭން ކުރަން ޖެހޭތަ؟ އެމީހުން ބުނާ އެއްޗެއް ހިތުގެ އަޑީން ގަބޫލު ކުރުން ނޫންގޮތެއް އޮވޭތަ؟

    13
    30
  5. ސުޢޫދު

    ޢުވާލުމަކީ ހައްލެއްނޫން ޖެހޭ ރައްޔިތުންގެ ޓެކެސް ލާރިން ބޮޑު މުސާރަލިބޭ މަގާމުތަކުން ވެސްދުރުކުރަން މައުމޫނުވިއަސް އައްނިވިއަސް އެބަޖެހޭ ސިޔާސީއިލްމުވެރިންވެސް ސަބަބަކީ އެމްޑީއެން ވެރިކަމައް އާދެވުނީ އެފަރާއްތަކުގެ އެހީއާއެކް ދެނަމެއްކިއަސް ދެކުންފުނި އޮޕަރޭޓް ކުރަން އިސްކޮއްތިބީ އެއްބައެއް މިކަން އެގޭނެ ޖެމްގަ ބޭއްވި ބައްދަލުވުމުން މިއަހަރު.

    15
  6. ލަސްނުކުރައްވާ

    އަޅުގަނޑުމެންވެސް ތިކެމްޕޭނައް އެއްބާރުލުންދޭނަން އަވަހައްތިމަސައްކަތް ދީނުގެ ދިފާއުގަފައްޓަވާ

    25
    1
  7. ހާސް

    ހިޔެއް ނުވެ މިސަރުކާރަށް ތިކަންވާނެހެން މިސަރުކާރުގެ ސްޕްރި މްކޯޓާ ރައްއީސް އޮފީހާ މަޖިލސްގެ ތެރޭ ޕޮލިހާ އެން މެ މަތީ ފަޑީގަ އެތިބީ އޭގެ މުގޫތަށް ދެންކިހިނެއް މިކަންކުރާނީ މިކަންކޮށްފަވަނީ ވަރައއރާވަގެން ވަރަށް ހިޔަޅު ކަންމަތީގަ އެ މް ޑީޕީ އަކީ އެމްޑީއެން އއމްޑީއެންގެ ބަލަދުވެރިންނަކީ އެމްޑީޕީގެ މުގުލުގަ ތިބި ލާދީނިއޔތަށް ހަދުފަހަނަ އަޅާފައިވާ މުރުތައއދުން މީހަގީގަތް ނުވާނެ ތިކަކަމެއް ބަޔަކު ކިތަންމެވަރަކަށްތޅުނަސް ތެޅޭވަރަކށް ދާނީ ހުޅުބު.

    15
    1
  8. ފާއިސް

    الله أكبر الله أكبر الله أكبر މާތް ﷲ އަޅަމެންގެ މި މަސައްކަތުގައި ބަރަކާތް ލައްވާ މަކަރުވެރި ނުބައި ލާދީނީ ޖާހިލު ފިކުރުގެ މުނާފިގުންގެ ނުބައި ރޭވުބްތަކުން އަޅަމެންގެ ދީނާއި ގައުމު ސަލާމަތް ކުރައްވާ، ރައްކާތެރި ކުރައްވާންދޭވެ... ޢާމީން...