ކަޝްމީރު މުސްލިމުންނާއި ފަލަސްތީނު ރައްޔިތުންނާ މެދު ދިވެހިން ހަމްދަރުދީވާތީ ސީޕީ މުހައްމަދު ހަމީދުގެ ހުރި ކަންބޮޑުވުންތައް ހާމަކޮށްފިއެވެ. މިކަންކަން އޭނާ ހާމަކޮށްފައިވަނީ މިދިޔަ އަހަރު އިންޑިއާގައި، ޓެކްލިން އިންސަރޖެންޓު އައިޑިއޮލޮޖީސްގެ ނަމުގައި ބޭއްވި ކޮންފަރެންސުގައެވެ.

އެ ކޮންފަރެންސުގައި އޭނާ އެމްޑީއެން ތަމްސީލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ނިރުބަވެރިކަން ރާއްޖޭގައި އޮތްކަން ސަރުކާރުން ގަބޫލުކުރީ މަޖުބޫރުވެގެން ކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ މީހުންގެ ނިރުުބަވެރި އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން މަސައްކަތް ކުރަން ފެށީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި 2017 ވަނަ އަހަރު އެކަމާ ގުޅޭ ސްޓްރެޓޭޖިކް ޕްލޭނެއް އެކުލަވާލެވުނު ކަމަށެވެ. އަދި އެކަންކަމަކީ ހަމައެކަނި ދެއްކުންތެރިކަމެއްގެ ގޮތުގައި ސަރުކާރުން ކުރި ކަންކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނެން ފެނުމުގައި، އަޅުގަނޑަށް ފެނިފަ ވަނީ އެއީ މާނައެއް ނެތް ކަންކަން ކަމަށް. މީގެ އަމަލީ މަސައްކަތެއް ނުފެނޭ. އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގައި ޑިމޮކްރަސީގެ ހާލަތު ދަނީ ދުވަހެއް ދުވަހެއްވާ ވަރަށް ދަށްވަމުން. 2012 ވަނަ އަހަރުން ފެށިގެން ރާއްޖެ މިދަނީ ޚުދުމުޚުތާރުކަމުގެ ތެރެއަށް. އަމިއްލަ މިންވަން ކަން ގެއްލެމުން ދަނީ. އެއަހަރު ފެބްރުއަރީ މަހު ހިނގައިދިޔަ ކަންކަމަށްފަހު ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ވިސްނުން ގެންގުޅޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ. މުޅި ގައުމުވެސް ދަނީ މިހާރު އެކަމަށް ލެނބެމުން،" ހަމީދު ވިދާޅުވެފައިވެއެވެ.

ހަމީދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާ މެދު ހިނގަމުންދާ ލާއިންސާނީ އަމަލުތަކާމެދު ދިވެހި ޒުވާނުންގެ ބޮޑު އާބާދީއެއް ހަމްދަރުދީވާ ކަމަށެވެ. އެގޮތުން މީސްމީޑިއާގައިއާއި އެކި ޕްލެޓްފޯމުތަކުގައި "އިސްލާމް ދީން ސަލާމަތް ކުރުމަށާއި" "ހުޅަނގުގެ ގައުމުތަކުން އިސްލާމް ދީނާ ދެކޮޅު"ކަން ފާހަގަކޮށް ޝުއޫރު ފާޅު ކުރާ ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ 44 ޕަސެންޓަކީ ޒުވާނުން. އެއީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އާބާދީ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މުސްލިމުންނާ ދެކޮޅު ކަންކަމާ ގުޅިގެން އެމީހުންގެ ކަންބޮޑުވުން އޮވޭ. އިސްލާމް ދީން ސަލާމަތްކުރާށޭ، ހުޅަނގު އޮތީ އިސްލާމް ދީނާ ދެކޮޅަށޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރޭ. އަދި ކަޝްމީރު މައްސަލާގައި އެސަރަހައްދުގެ މުސްލިމުންނާ މެދު ޒުވާނުން ހަމްދަރުދީ ހީވޭ. އަދި އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންވެސް ޒުވާނުން ވަރަށް ގާތުން ބަލާ. މިކަންކަމަކީ ދިވެހިންނަށް އަސަރުކުރާ ކަންކަން. އެއީ ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާތީ. ނަމަވެސް ބައެއް މީހުން މި ޒުވާނުންގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް ހައްދުފަހަނައަޅައި ދިއުމުގެ ފިކުރަށް ބަދަލުކުރޭ. ދީނީ ގޮތަކުންނެއް ނޫން. މިދެންނެވީ ކުށުގެ މާހައުލަށް އެ ޒުވާނުން މަގު ހަދައޭ،" ހަމީދު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ އެ އުމުރުގެ ޒުވާނުންގެ ސިކުނޑިއާ ކުޅެލުމަކީ ރާއްޖޭގެ "ރެޑިކަލް" މީހުން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އެގޮތުން އެކުދިންގެ ހިތްތަކުގައި ހަމަނުޖެހުން ހިންގުމާއި ތަޅާފޮޅުމަށް ވާގިދޭ ގޮތަށް ކަންކަން ކުރާ ކަން ސީޕީ ފާހަގަކުރިއެވެ.

މުޙައްމަދު ޙަމީދު މި ކޮންފަރެންސުގައި ބައިވެރިވެވަޑައިގެންނެވި އިރު އޭނާ ހުރީ ފުލުހުންގެ ވަޒީފާގައެއް ނޫނެވެ. ފުލުހުން ވިދާޅުވީ އެ ކޮންފަރެންސުގައި ސީޕީ ހަމީދު ބައިވެރިވެވަޑައިގަތީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގައި ސީޕީ މަސައްކަތް ކުރެއްވި ކަމަށާއިި އެ ޖަމިއްޔާގައި ހަމީދު މަސައްކަތް ކުރެއްވީ ކުޑަ ދުވަސްކޮޅަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޟުމިި

    ﷲ އަކުބަރު....

    111
    3
  2. ފފ

    ބޯހަލާކު މިހިރަ ބައިގަޑާހުރެ

    132
    1
  3. އިބުރޭ1122

    ދެންވީ ކޮނޑުހުޅުން ނެއްޓެންދެން އަތްޖަހަންތަ؟

    123
    2
  4. ހުސޭނުބޭ

    އަހަރެމެން ދެރަވޭ ފަލަސްޠީނު މުސްލުންނަށް ދެރަ ގޮތްތައްވާތީ! އަހަރެމެން ދެރަވޭ ކަޝްމީރު މުސްލިމުން އުޅޭ ހާލު ފެނުނީމާ! އެކަމަކު ސީޕީ ހަމީދު ދެރައެއްނުވޭ! އެއީ އޭނާގެ ހަށިގަނޑުގައި މުސްލިމެއްގެ ލޭ ނުހިނގާތީ! މިހާރުވެސް އައިޖީއެމްއެޗަށް ގެންގޮސް ސީޕީ ހަމީދު ލޭ ޓެސްޓުކޮށްބަލަ! ދައްޖާލު ލޭކަން ސާބިތުވާނެ!

    196
    5
  5. މަގޭ ޚިޔާލު

    މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލުކަން ނަބަވީ އިރުޝާދުން އެނގޭ، އެހެންވީމާ ދުނިޔޭގެ ކޮންމެ ހިސާބެއްގައި މުސްލިމުންނަށް މުސީބާތެއް ނުވަތަ ދަތިކަމެއް ޖެހުނަސް އެހެން ހިސާބުތަކުގައި އުޅޭ މުސްލިމުން އެކަމާ ހަމްދަރުދީ ފާޅުކޮށް އެހީތެރިކަން ފޯރުކޮށްދީ ހެޔޮ ދުއާކޮށްދޭނެ. އެހެންނޫނީ އީމާންކަން ފުރިހަމަ ނުވާނެ ކަމަށްވެސް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްދީފައިވޭ. ދެން ބަޔަކު މީހުން އެއީ ދާޚިލީ ކަމެކޭ އަޅާ ނުލާށޭ ބުންޏަސް މުސްލިމުން ނުތިބޭނެ އަޅާނުލައެއް. އެހާ ހިތްނުބައި ބައެއްނޫން މުސްލިމުންނަކީ. ހަމީދުމެންނަށް އަދި ތިއުޅެނީ އޮޅިގެން. މުސްލިމުންގެ އެއްބައިވަންތަކަން ފެނިގެން ޣައިރު މުސްލިމުން އިސްލާމްދީނަށް ހިތްޖެހި އުފަލާއެކު ހިތުން ރުހުމުން ވަންނަތަން ފެންނަނީ މަދެއްކޮށްނޫން.

    42
  6. މަސީހު

    އިސްތިއުފާ ދިނުމައްފަހު ޕާޓީ އެކްޓިވިސްޓެއްގޮތުގަ މަސަތްކަތްކުރުން ރަންގަޅުވާނެ ހަމީދައް ޕޮލިސް މުއައްސަސާ ރަންގަޅެއް ނުކުރެވޭނެ.

    42
  7. ބޯކިބާ

    ދައުލަތުގެ ތިކަހަލަ މަގާމުތަކުގެ ފެންވަރު ނުވަތަ ޝަރުތަކަށް ވަނީ ގޮންޑިއެއްގަ ބޭންދީމާ އެކިދިމަދިމާލުން ފޮޓޯނަގާއިރު ރީއްޗަށް ގޮނޑީގަ އިންނަން އެނގުން. އެވަރުން މަގާމުތަކަށް ކުފޫހަމަވޭ.

    25
  8. އިބުރޭ1122

    މިވަރުގެ ނުލަފާ މީހުންމިތިބެނީ ދިވެހި ރައޔިތުންނަށް ހިދުމަތްދޭ ބޮޑެތި މަގާމުތަކަށް ލާފަ. އެމްޑީޕީގެ ޓްވީޓްކުރާ ކުދިންކޮޅު ކީކޭބާ ބުނަނީ މިކަމާ؟

    33
  9. ވިސްނާ

    ޔަހޫދީންގެ ބޭނުމަކީ މުސްލިމުން ބައިބައިކޮށް ނިކަމެތިކޮށްލުން. އެގޮތުން މުސްލިމުން އެއްވެރިކަމެއްގައި ތިބެ މުޅި ދުނިޔޭގައި ވެރިކަން ކުރާތީ ކާފަރުންނަށް ހަޖަމު ނުވެގެން ގައުމުތަކުގެ ބޯޑަރު ލައިން ކުރަހާ އެއްބަޔަކު އަނެއްބަޔަކާ ވަކިކުރުވީ. ދެންވެސް ހަޖަމު ނުވެގެން މުސްލިމު މެޖޯރިޓީ މުޖުތަމައުތަކުގައި ކާފަރުން ވަޒަންވެރި ކުރުވީ. އަދި އެވަރުންނުވެގެން މުސްލިމުންގެ ތެރޭގައި ބަރަހަނާ އަންހެނުންނާއި ބަނގުރާ އާންމުކުރީ، އެވަރުންވެސް މުސްލިމުންގެ އެއްބައިވަންތަކަމަށް އެއްވެސް ގުޑުމެއްނޭރި. ދެން ގައުމުތަކަށް ޑިމޮކުރަސީ ތައާރަފުކޮށް ޖާހިލިއްޔަތުގެ ގަބީލާ ވަންތަކަމަށް ގޮވާލާ ދޭދޭ ފަރުދުން ބައިބައިކުރަން މަސައްކަތްކުރީ. މިހާރު މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ހަމްދަރުދީ ފާޅުކުރުން ޓެރަރިޒަމްގެ އަމަލަކަށް ހަދައިގެން މުސްލިމުން ބައިބައިކުރަން މަސައްކަތް ކުރަނީ. ވަކިވުމަކީ ނެތި ދިއުމެވެ. އެކުވުމަކީ ބާރެވެ.

    32
  10. އަހްމަދު

    އަހަރެންބަލާކަށް ބޭނުމެއްނޫން ތިޔަލާދީނީ ކަލޭގެ ހުރީ ފުލުހަކަށްތޯ މުލުވަގަކަށްތޯއެއް. އަހަރެން ބަލަން ބޭނުންވަނީ އެއީ ތިކަލޭގެ ދެއްކި ވާހައެއްތޯ؟

    85
  11. އަހުމަދު ހުސައިން އަލީ

    އޭނާ އަމިއްލަ ގޮތުން ބައިވެރިވި ނަމަ، ކުރިމަތީ "ޑެޕިޔުޓީ ޗެއަރ، ބޯރޑް، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވަރކް" ޖަހާފަ އޮތްކަން ނޭނގެން މީ ކުޑަކުދިންތަ؟ ޓިރިޕޯޓް ލިޔުމުގައި އެއްމެ ބޮޑަށް އެހީވި އެކަކީ ތި ލާދީނީ ޔަހޫދީ ކަލޭގެ. ދޮގެއް ނޫނީ މިމީހުން ނަހަދާނެ.

    75
    1
  12. ނަސީފު

    ސީޕީ އިސްތިއުފާ

    91
  13. އެންދެރި

    ބައިވެރި ވީ އެމްޑީއޭ ގެ ފަރާތުންނެވެ.

    66
  14. Anonymous

    ކާފަރުން ވަރައް އަސަރު ކުރާނެ މޭކަރާނެ މުސްލިމުން މުސްލިމުން ގޮތުގައި އުޅޭނަމަ

    91
  15. ބަބަން

    ގާނޫނުގެ ދަށުން ވާނީޓެރަރިސްޓުން ނަށް ހަމްދަރުދީވާ މީހުންނަށް، ޖަލައްލެވޭނެ?!

    58
  16. ބުރޯ

    މުސްލިމުންނަށް ތާއީދު ކުރާތީއާއި މުސްލިމުންނަށް ހަމްދަރުދީ ވާތީ ކާފަރުން ކަންބޮޑުވާނެ އެއީ މިއަދު އެކަނި ހިގާކަންކަމެއްނޫން

    71
  17. އެސްޓަން މާޓިން

    މީނާ ބޭރުކުރޭ ސީޕީކަމުން. އިސްލާމީ ގައުމެއްގައި ފުލުހުންގެ ވެރިއަކަށް ލާފަބަހައްޓަން ހެޔޮވާވަރު މީހެއްނޫން މީ. މީ އެކްޓިވިސްޓެއް، ލާދީނީ ފިކުރުގެ މީހެއް. ބޭރުކުރޭ!

    93
  18. ސަމީ

    ޕޮލިހުގަ ހުއްޓަސް ނެތަސް އެއީ މީނަގެ ފިކުރު ހުރިލެއް ނުބައިކަން، މުހިންމީ ޕޮލިހުގަ އޭރުހުރުމެއް ނުހުރުމެއް ނޫން

    74
  19. ހަސނު

    ހަމީދުވާނީ ހަމީދަށް ހަތްފަހަރަށްދޮވުނަސް....

    75
    1
  20. ނާސިރު

    ސީޕީހަމީދު އިސްތިއުފާދޭންޖެހޭ މިހާރުން މިހާރަށް

    69
  21. ހަސަން

    މިދެން ބޮޑު ވަރު މި މީހުންނާ ހެދި މުޅި މިގައުމު ފަސާދަ ކޮނށްފި

    23
  22. ކަލޯ

    އެންމެނައްވެސް އެނގޭނު ކަލެއާ ސަކިންދާޔާ އުފާވާނެކަން މުސްލިމުން ހާލުގަ އުޅެންޔާ. އެކަމް އަހަރެމެން ދެރަވެ ދުއާކުރަން މުސްލިމުންނައް ހެޔޮގޮތްވޭތޯ

    20
  23. އަޙްމަދު

    މީނާއާއި މެދު ޔާމީނުގެ ސަރުކާރުން ޢަމަލު ކުރީ ރަނގަޅަށް. ދެރަކަމަކީ މީނާ މާގުމަތީގައި އުޅެނުވުކަން. މީނާޔާއިދެތެރޭ ފިޔަވަޅު އެޅިނަމަ ވަރަށް ރަނގަޅުވީސް!

    20
  24. ރިޟްވާން

    މުސްލިމުންނަކީ އެއް ހަށިޑެއް ފަދަ ބައެކޭ ރަސޫލާ ސއވ ޙަދީޝް ކުރެއްވީ، އަދި ޙަދީޝް ކުރެއްވީ މުސްލިމެއްގެ ލެއި ގެފުޅަށް ވުރެ ހުރުމަތްތެރިވެގެންވާ ވާހަކަ... ދެން އަހަރުން ހަމްދަރުދީ ވާންވީ ނަތަންޔާޙު އާއި ނޫނީ ގެރި މޮޑީ ދެކެ ބާ؟؟؟

    19
  25. އަހުމަދު

    މީނަ މިހާރު މަޤާމުން ދުރުކުރޭ

    23
  26. ނަމަ

    ހަމީދު ކަންބޮޑު ވިއްޔާ ނުވިއްޔާ ކޮން ކަމެއް

    14
  27. ާަާމަ

    މާތްކަލާކޯ. މިވަރުގެ މީހަކު މިހުރީ އަހަރުމެން ގައުމުގެ ފުލުހުންގެ ބޮޑަކަށްލައިފަ. ހެޔޮނުވާނެ މީނަ މިތަނުން ބޭރުކުރޭ.

    22
  28. ސީޕީލީ

    ކަންބޮޑުވުން ފާޅު ކޮށްފައިވަނީ ހަމްދަރުދީ ވާޒުވާނުންގެ ނާޖައިޒް ފައިދާ ނަގާތީ ނޫންތޯ؟؟

    14
  29. ޏ

    ﷲ އަކުބަރު... ކީކޭ ބުނާނީ މީ އަޅުގަޑުމެންގެ ހާލަތު .. ފަރަންޖީންގެ ރުހުން ހޯދަން ގައުމާ، ދީނާ، އިނދެގެން އުޅޭ އަނބި މީހާޔާ، ދަރިން ވިއްކާލާ ބަޔަކު ފަހަތުގަ ނުތިބެވޭނެ... އިސްތިއުފާދީ ހަރާމް ކޯރު ކޮމިޟަނާރ!