މިއަހަރުގެ ފަހު ޓާމުގައި ދަރިވަރުންނަށް ރިޕޯޓު ފޯމް ހަވާޅުލުރާ އިރު އަންނަ އަހަރުގެ ފޮތްތަށްވެސް ލިބިގެންދާނެ ކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަނުން ބުނެފައިވަނީ މިއަހަރުގެ ކިޔެވުން އެއްކޮށް ނިމުމުގެ ކުރިން އަންނަ އަހަރަށް ބޭނުންވާ ފޮތްތަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަވާލު ކުރާނެ ކަމަށެވެ. އަދި މިހާރު އެމަސައްކަތް ކުރަމުންދާ ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަންނަ އަންގާރަ ދުވަހާ ހަމަޔަށް މާލޭގެ ހުރިހާ ސްކޫލަކަށް އަންނަ އަހަރަށް ބޭނުންވާ ފޮތްތަށް ހަވާލުކުރެވިޮގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތަށް ދެމުން ގެންދަނީ ސަރުކާރުންނެވެ. ނަމަވެސް ކިޔެވުން ފެށިގެންދާއިރުވެސް ބައެއް ޓެކްސް ފޮތްތަށް ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. އެޑިއުކޭޝަނުން ބުނީ މިއަހަރު މި ގޮތަށް ފޮތްތަށް ހަވާލުކުރަނީ ދިމާވާ މިފަދަ މައްސަލަތަކަށް އަވަހަށް ހައްލު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފަހު ޓާމުގެ ރިޕޯޓުފޮތް ހަވާލު ކުރާނީ އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ރޭވުންތެރިކަމެއް ހުރިއްޔާ ތިކަން ވާނެ! އެކަމަކު މި ސަރުކާރުގެ ފެންވަރާމެދު ޝައްކު! ޔަޤީންވަނީ އަތަށް ގޮއްވާލާނެކަމަށް!