ތޫނު އެއްޗަކުން ހަމަލާދީ މީހެއްގެ އަތުން ފޭރެން އުޅެފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:02 ހާއިރު ކަމަށާއި އެކަން ހިނގީ މާފަންނު ޝަހީދު ޢަލީހިނގުމުގައި ކަމަށެވެ. އަދި އެހާދިސާގައި އަނިޔާވެފައިވަނީ ބިދޭސީއަކަށް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި އެމީހާގެ ކަނާތު ކުޑަވާ އިނގިއްޔާއި، ބުރަކަށި ތިލަކޮށް ޒަހަމްވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، އެކަން ހިނގައިދިޔަ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.