ރާއްޖޭގެ އުތުރުގެ ރަށްތަކަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނި މިއަދު މެންދުރު 13:30 އިން މިއަދު ހަވީރު 17:30 އާއި ހަމައަށެވެ. އެގޮތުން އެ ގަޑީގައި ހއ އަތޮޅާއި ބ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ސަމާލުގައި ބުނެފައިވެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށަށް ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ދިމާވަމުންނެވެ.

އެހެންކަމުން ވިއްސާރައާއި ގުޅިގެން ދިމާވެދާނެ ހާދިސާއަކަށް ތައްޔާރުވެ ތިބުމަށް މީގެ ކުރިންވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮފައެވެ. އަދި ޚާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.