އަށާރަ އަހަރުން ދަށުގެ ކުއްޖެއްގެ މަޔަކު ނުވަތަ ބަފަޔަކު ހަ މަސް ދުވަހަށް ވުރެ ކުރު ނޫން ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާނަމަ އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭ އިނާޔަތަަށް އެފަދަ ކުދިންނަށްވެސް އެދެވޭނެހެން ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ބުނީ އެހީ ބޭނުންވާ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ހަ މަހަށްވުރެ ކުރު ނޫން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާނަމަ އެކަން އެންސްޕާއަށް ހުށަހެޅުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެ ހުކުމެއް ތަންފީޒުކޮށް ނިމުމާ ހަމަޔަށް އެފަދަ ކުދިންނަށް ދޭން ޖެހޭ އިނާޔަތް ދޭނެ ކަމަށްވެސް އެ އެޖެންސީ އިން މައުލޫމާތުދެއެވެ. އެހެން ނަމަވެސް ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އެކަން އެންސްޕާ އަށް އަށް އަންގަން ޖެހޭނެ ކަމަށާއި އެކަން ނާންގައިފި ނަމަ އެންސްޕާއަށް، އެފަދަ ކަމެއް އެނގޭ ދުވަހުން ފެށިގެން އިނާޔަތް މެދުކަނޑާލާނެ ކަމަށް އެ އެެޖެންސީ އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުންވެސް އެ ގަވައިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ އިތުރު ހާލަތްތަކެއް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު މައިން ބަފައިންނާ ދުރުގައި ތައުލީމް ހާސިލް ކުރުމަށް ދިގު މުއްދަތަކަށް ހުރުމާއި، ކުއްޖާގެ ބަލި ހާލަތު ހުރިގޮތުން މައިންބަފައިނާ ދުރުގައި ތިބޭ ކުދިންނާއި، ބަލި ހާލަތު ހުންނަ ގޮތުން މައިންބަފައިން ދުރުގައިވާ ކުދިންގެ އިތުރުން އާމްދަނީ ހޯދުމަށްޓަކާ މަޔަކު ނުވަތަ ބަފަޔަކު ދުރުގައިވާ ކުދިން ހިމެނެއެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 10،000 ރުފިޔާއާ ހަމަޔަށް ބޮޑުކޮށްދެއްވާފައެވެ. އެ އިނާޔަތް ދެނީ ކުދިން ތިބޭ އަދަދަށް ބަލައި ކުއްޖަކަށް 1000 ރުފިޔާގެ ރޭޓުންނެވެ.
އަހަރެމެން ޓެކްސް ލާރިޔަށް ތިހެންނަހަދާށޭ. ތިހެންހެދީމަ މަ އިންބަފަ އިން ކުށްކުރުމަށް ހިތްވަރުލިބެޔޭ
އަހަރެމެން ޓެކްސް ފައިސާއަާް ތިޔަހެން ބޭކާރުކޮއްގެން ނުވާނެ.. ކިހާބޮޑު ކަމެއްތިއީ...
އިސްލާމީ ޝަރީޢަތާ ޚިލާފަށް މިހާރު ކަންތައްތައް ތިކުރަނީ.. ކުދިންގެ ބަލަދުވެރިން ނެތިއްޖެ ޙާލަތެއްގައި ނޫނީ ސަރުކާރަށް ތިކަހަލަ ކަމެއް ކުރާކަށް ނުޖެހޭނެ ކަމަށް ދެކެން. އަބުރުވެރި ދިރިއުޅުމެއް އުޅެމުން އަންނަ ނިކަމެއްޗަކަށް ސަރުކާރުން އެއްޗެއް ދިއްކޮށްލުން ކީއްތޯ؟ މިސާލަކަށް ހިލޭ ސާބަހަށް ބޯހިޔާވަހި ކަމެއް.
އިސްލާމީ ޙު ކޫމަތަށް ގޮންޖަހާ ބަޔަ ކު ކުރާ އެއްވެސް ކަމެއް ރަނގަޅު ނުވާނެ.
މައިންބަފައިން ޖަލުގައި ތިބޭ ކުދިންނަށް ސަރުކާރުން އެހީ ވަނީ
2 ގަޑިއިރު ކުރިން ( އޮކްޓޯބަރ 20, 2019 )
މިއޮތީ ކޮހެއްގެ އަތަށް ކަނޑިއެއް ދިނީމަ ވާގޮތް ފެންނަން.
ޜަނގަޅު ތިހުރިހާ ކަމެއް ކޮށްލާ ، އަންނަ ވޯޓް އަންނަން ދެން މ މަޑުކޮށްލާނަން
ޢެމްޑީއޭ ގެ ރިޕޯޓް ހިންދާލެވޭތޯ ފޯރިއެއް އެބަހުރިދޯ. ލައްކަ ލައްކައިން އޮއްސިޔަސް އެކަން ހިންދައެއް ނުލެވޭނެ އިގޭތޯ. މިޤައުމުން އިސްލާމީ ވަހުދަތު ފޮހެއެއްނުލެވޭނެ.
ދެން ކޮބާތޯ ބައްޕަ ނިޔާވެފަ ތިބި ކުދިންނަން ދޭ އިނާ ޔަތް
މިވީގޮތުން ދަރިން ބެ ލޭވަރު ނުވިއްޔާ އިހުތިޔާރު ކުރާނީ ކޮންތަނެއްބާ