މާލޭ ގެސްޓު ހައުސެއްގެ ތެރޭގައި އަންހެނަކު ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ނިޔާވެފައި އޮއްވައި ފެނުނީ މައްޗަންގޮޅި ސަހަރާ ކައިރީގައި ހުންނަ ގެސްޓްހައުސް އެއްގެ ކޮޓަރި ތެރެއިންނެވެ. އަދި މަރުވެފައިވަނީ 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ މިއަދު 15:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެހާދިސާއާ ގުޅިގެން ފުލުހުން ދަނީ އައިޖީއެމްއެޗްގައި ހަރަކާތްތެރިވަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެން މީހާ މަރުވި އިރު އެ ކުލީ ކޮޓަރި ތެރޭގައި އޭނާގެ ކުޑަ ދަރިއަކުވެސް ހުއްޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޮލް

    إنا لله وإنا إليه راجعون اللهم اغفر لها وارحمها وعافها و اعف عنها

    71
    1
  2. ކަހަނބު ވިތްޓޯ ޓޯ

    إنا لله وإنا إليه راجعون

    34
  3. ރަޙްމާން

    إنا لله وإنا إليه راجعون اللهم اغفر لها وارحمها وعافها و اعف عنها

  4. ވަސީ

    އެ ކުއްޖާއައް ހެޔޮގޮތް މެދުވެރި ކުރައްވާނދޭވެ..

  5. މުޙައްމަދު

    إنا لله وإنا إليه راجعون اللهم اغفر لها وارحمها وعافها و اعف عنها

  6. ސަފާ

    إنا لله وإنا إليه راجعون