ޗާންދަނީ މަގުގައި ހުންނަ ގްރީން މޫން ކެފޭގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކެފޭގައި މިހާރު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަލިފާން ރޯވީ ކެފޭގެ ބަދިގޭގައި ކަމަށާއި އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 17:50 ގައެވެ. އަދި އެހާދިސާގައި ކެފޭގެ ބަދިގެއަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށާއި ނަމަވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެހާދިސާ ހިނގީ ކެފޭގެ ގޭސްފުޅި ހުސްވެގެން އައު ގޭސްފުޅިއެއް ގުޅަން އުޅުމުގެ ތެރޭގައެވެ. އެވަގުތު ބަދިގޭގައި ތިބީ ދެ ބިދޭސީންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެފޭ ތާސީރު

    ބުއްދިވެރީންނަށް އިޝާރާތަކުންވެސް ފުދޭނެއެވެ.