އިސްލާމްދީނާއި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަ ކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ދިރާސާކޮށް، އެ ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ މި މައްސަލައާއި ގުޅިގެން ރިޕޯޓް ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިިބުމުން އެމީހުން ތަހުގީގަށް ހާޒިރު ކުރުމަށާ މައްސަލައާއި ގުޅިގެން ތަހުގީގުގައި ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"އިސްލާމް ދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ތަހުގީގީ ބޭނުމަށްޓަކައި ދިރާސާކޮށް ބެލުމުގެ މަސައްކަތް މި ސަރވިސް އިން މިދަނީ ކުރަމުންނެވެ. މިގޮތުން މި މައްސަލައާ ގުޅިގެން މި ސަރވިސް އިން މިހާރު މި ގެންދަނީ ތިން ދީނީ އިލްމުވެރިން މެދުވެރިކޮށް ވަކި ވަކިން މި ރިޕޯޓާ ގުޅޭ ޢިލްމީ ދިރާސާއެއް ކޮށް ރިޕޯޓުގައި ހުރި އިސްލާމީ އަގީދާއާއި އިސްލާމީ ޝަރީއަތާ ޚިލާފު ވާހަކަތަކާއި އިސްލާމް ދީނަށް ތަޢުހީނުކުރުމާއި އިސްލާމް ދީނަށާއި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށްފައިވާ ކަމަށް ބެލެވޭ ކޮންޓެންޓުގެ މައްޗަށް ޢިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.
ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.
ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.
ދިރާސާއެއްނޫން ބޭނުންވަނީ. ބޭނުންވަނީ ފިޔަވަޅު އަޅުން.
މިމީހުންގެ މެންޑޭޓް ބަދަލުވެ. މިހާރު އެތަނަކީ، ދިވެހި ސަރުކާރުން ބޭނުންވާ ޗާޕްގެ މަސައްކަތް ކުރާ މުއައްސަސާ. ދެން އެތާނގައި ހުންނާނީ ކޮމިޝަނަރެއްނޫން. އެޑިޓަރެއް. އެތަނަށް ބޭނުންވާނީ، ދިފާއީ ތަމްރީންތަކެއްނޫން. ޓައިޕް ކުރުމާއި، ލޭއައުޓް ހެދުމާއި އެޑިޓް ކުރުމުގެ ތަމްރީނު ލިބިފައިތިބި މީހުން.
މައްސަލަ އޮއްބާލަން ޖަހާ މަޅިއެއް! ތިއެއް ދިރާސާކުރުމެކޭ އަބޫޖަހުލު ގޮވި ގޮވެލިފަތި ދިރާސާކުރުމެކޭ ވާނީ އެއްވަރު! ހުރީ މުޅިންވެސް ކުފުރު!
ފުލުހުން ދުރާސާކުރުމުން ދީން ހިމާޔަތްކުރެވުނީތަ.. ﷲއާ ރަސޫލާއަށް ފުރައްސާރަ ކޮއްފިނަމަ އިސްލާމްދީނުގަ އޮތީ ވަލިޔުއްލްއަމުރު ދިރާސާކުރުމުން ފުދޭނެކައްތަ.. ކޮބާ ދީނުގަ މިކަމުގަ އަމަލުކުރަންއޮތް ހުކުމަކީ.. ފުލުހުންނަވެސް އެހެންބަޔަކަށްވެސް ކޮންދިރާސާއެކުރެވޭނީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފުވީމަ.. ފިޔަވަޅު އަޅަންނުކެރި ރައްޔިތުން މާޔޫސްކުރަން ނުހަދާ ދެންވެސް އިސްތިއުފާދޭންވީ ސަރުކާރު.. އެހެންކަމެބޭނުމެނޫން.. އިސްލާމްދީނަށް ފުރައްސާރަ ކުރީމަ ފުލުހުން ދިރާސާ ކުރާވާހަކަ މިބުނީ ފުރައްސާރަކުރެވުނުތޯ ބަލަންތަ.. ތަހުގީގުން ނިންމާނީ ފުރައްސާރައެނެތޭތަ އެއީ ކޮންޕިޔުޓަރުގެ މައްސަލައެކޭތަ.. ﷲދެނެވޮޑިގެންވޭ ކަލޭމެންގެ ހީލަތް..
ތިޔައީ ތަޙުޤީޤުގެ އާވައްތަރެއްތާ. އަނެއްކާ ކަލޭމެން ލިޔުނީމަ ކިހިނެއްބާވާނީ. ކުރިއަށްވުރެ ގޯސް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.
ޢަންނިގެ ވެރިކަމުގަވެސް އުޅުނު ދޮތަ ޔަހޫދީންނަކީ މާރަގަޅު ބަޔެއްކަމުގައި ކިޔަވައިދޭ ފޮތްތަކުގައި ލިޔުމަށް އެކަމާ ދެކޮޅަށް އޭރު ނުކުތީ އިމްރާނުމެން މިހާރު ނުކެރޭނެ ޗުޕްވެސް ބުނާކަށް
އިސްލާމްދީނާއި ރާއްޖެ ދިފާއުކުރުމުގައި ތެދުވެރިކަންމަތީ ދެމިހުރުމަށް ކުރި ހުވާ އެކްޓިވޭޓެޑް
ފުލުހުން ތިޔަ ރިޕޯޓް ދިރާސާކޮށް ނިމޭއިރު ތީގަ ނޯންނާނެ އިސްލާމްދީނާ ހިލާފު އެއްމެ ޖުމްލައެއްވެސް.
ދީން އެނގޭ މީހަކު ހުރޭތަ ފުލުހުންގެ ތެރޭގައި
އަސްތާ.. ދިރާސާކޮއް ނިމޭއިރު އެ ރިޕޯޓަކީ ބޯކޯ ހަރަމް އާއި ރަޝިޔާގެ ޖާސޫސީ އިދާރާއާއި ގުޅިގެން ހިންގާފަ އޮތް ބޮޑު ޕުލޭނަކައް ނުވާނެ ބާ..
ކޮސްނުގޮވާ. އިތުރު ރިޕޯޓެއް ލިޔާކަށް ނުޖެހޭ. ފިޔަވަޅު އަޅާ. ތިޔަ ޖަމްޢިއްޔާ ރެޖިސްޓްރީ ކޮށްފައޮތް ވުޒާރާ އަކުން ވަގުތުން ފިޔަވަޅު އެޅޭނެ. ކިތަންމެ ފުންނާބުބޯ ގާނޫނީ ވަކީ ލަކާ ސުވާ ލުކުރިއަސް މިކަމަށް ތާއީދު ކުރާނެ. ފިޔަވަޅު
ނޭޅޭކަމީ ވަރަށް ލަދުވެތި ވާންޖެހޭނެ ކަމެއް.
އިސްތިއުފާ!
ތިޔަ އުޅެނީ އިންޑިޔާގެ ޗާލާބާޒާރުގެ ޕަބްލިކުޓޮއިލެޓުތަކުގެ ކުރާކަހަލަ ދިރާސާ ކުރަން. އެތަންތާގަ ކުރަ ދިރާސާ ހުންނާނެ ފާޚާނާ އަށް ވަންނައިރު ބަރިބަރިއައް ތަށިތެރޭގެ.. ދެން ވަންނަ ކޮންމެ މީހަކު ބަރިޔެއް އިތުރުކޮއްލާނެ.
ފުލުސް ކުދިންނޭ. އިރުއަރާ އިރުއޮއްސޭއިރަށް ތިޔަ ރިޕޯޓޭ ކިޔައިގެން ކޮންމެވެސް ހާސަރުތަކެއް ދަމާތި. މި ރާއްޖޭގައި ތިޔަ ކަމަށް ރިޕޯޓު ލިޔާކަށް ނުޖެހޭ. ދައުލަތުގައި ދީނީ ކަންކަމާމެދު ލަފާ ދިނުމަށް ފަތުވާ މަޖިލީހެއް އޮންނާނެ. އެ މަޖިލީހަށް ސިޓީއެއް ފޮނުވާފައި ތިޔަ ރިޕޯޓުގައި ހުރީ ދީނާ ޚިލާފު ވާހަކަތޯ ނުވަތަ ނޫންތޯ އަހާލީމާ ނިމުނީ. ގޯހެއް އޮތިއްޔާ އޮތްވާހަކަ ނެތިއްޔާ ނެތް ވާހަކަ އެ މަޖިލީހުން ބުނާނެ. އެއީ މިބާވަތުގެ ކަންކަމުގައި ލަފާ ހޯދުމަށް ހަދާފައި އޮތް މަޖިލީހެއް.
މިފަހަރު މިވީގޮތަކީ ރިޕޯރޓެއްގެ މައްޗަށް ރިޕޯޓެއް ތައްޔާރުކުރީއެވެ.
ފުލުހުން ކޮންމެހެން ޑްރާމާ ކުޅޭނެކަމެއްނެތް. ކަލޭމެންގެ އިސްވެރިޔަކަށް ހުރި ހަމީދަކީވެސް އެ ނުބައި ޢަމަލުގައި ބައިވެރިވެފައިވާ މުނާފިގެއް.
މިއީ ފުލުހުންގެ މެންޑޭޓެއްނޫން، ރައްޔިތުން މުސާރަ ދީފަތިބީ ސަލާމަތީ މަސައްކަތްކުރން.. އޭގެ ތަރުޖަމާ ވަރަށްސާފު؛ ދީނީ އިލްމުވެރިންނާއި ތައުލީމީ ބޭފުޅުންވަނީ ތަރުޖަމާކޮށްފަ.... ބަލަ ގޮބޯ ސީޕީ ފުލުހުންނާއި ސިފައިންގެ ތެރޭ އެބަތިއްބޭ ދީނަށް ލޯބިކުރާ ގިނަ ބޭފުޅުންތަކެއް....
''އެމްޑީއެން ރިޕޯޓު ދިރާސާކޮށް، ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ފުލުހުން ފަށައިފި'' މިރިޕޯޓްގައި އިތުރަށް ދިރާސާކުރަންޖެހޭ އެއްވެސް ތަނެއް ނެތެވެ. އަންނި ބުނިހެން އެމީހުން ބުނަން ބޭނުންވި ވާހަކަތައް އެހުރީ ބުނެފައެވެ. ކަލޭމެން ކޮންމެގޮތަކަށް ކަންތައްކުރިޔަސް ދިވެހިންގެ ތެރެއިން އެމްޑީއެންއަށް ވާގިވާ މީހުންފިޔަވައި އެހެންމީހުން އެވޭހެކެ ދައްކާނެއެވެ. ކޮންމެ ރިޕޯޓެއްނެރުނަސް ޕޮލިހުންގެ ވެރިޔަކަށްހުރި ހަމީދު ބައިވެރިވެގެން ހެދި ރިޕޯޓެއް ނޫޏްކަމަކަށް ނުހެދޭނެއެވެ.
ތީގެ މާނައަކީ ތި ރިޕޯރޓަކީ ފުލުހުން ބޭނުންވެގެން ހެދި ރިޕޯރޓެކޭތޯ.
ހަހަހަހަހަހަހަ އަނެއްކާ އެމްސީ ހަމީދުގެ އަނެއް ރިޕޯޓް!
ފުލުހުން އިތުރު ރިޕޯޓެއް ނެރޭކަން ނުޖެހޭ. ލާދީނީ ބައިގަނޑު ނެރުނު ރިޕޯޓްގައި އޮތް އެއްޗެއް ވަރަށް ސާފު. އިތުރަށް ތަރުޖަމާ ބޭނުމެއްނޫން. މިކަން ނުހުއްޓާނަން.
ސޭހު ހުސެން ރަސީދު އާ ސޭހު މުހަންދު ނަސީދު ތޯ ދިރާސާކުރަނީ
ތަންދޮރު ނުދަންނަ ގަމާރުން ކަމަށް ދިވެހިންނާމެދު ދެކެމުންދާތީ ރައީސް އިބޫ ސީލިހު މިހާރުން މިހާރަށް އިސްތިއުފާދެއްވާ ގެއަށް ދޭ. ކޮމިޝަނާރ ކަމުގައި އެމްސީ ހަމީދު ބަހައްޓައިގެން ތިޔަ ރިޕޯރޓު ތައްޔާރުކުރަން އުޅުމުން އެގެނީ ތިޔާގެ ސައްހަކަމާމެދު. އެމްޑީއެންގެ ހުރިހާ ބައިގަނޑު ރާއްޖެދޫކޮށް ފިލުމުގެ ފުރުސަތު ދިނުމަށް އެކިގޮތްގޮތުން ސަރުކާރުން އެކަން ދިފާއުކުރުމަށް ކުރި މަސައްކަތް ހާމަވޭ.
ރިޕޯޓް އެޑިޓިންގ ފެށީތަ؟ މަށަށް ފެންނަނީ ތިމަސައްކަތަށް އެރިޕޯޓް ނެރުނު މީހުން ގެންނަން. އެވެސް ކޮމިޓީ ހަދާ، މިހާރު ދޭ މުސާރައިގެ 3 ގުނަ އިތުރަށް ދީފަ.
ތި ރިޕޯޓް އިސްލާހުގައި ހަދަންވީ ގޮތަކީ. ބަނޑޭރި ގަނޑާ ޖެހިގެން އަލަށް ގަނޑެއް ލާންވީ. އެގަނޑުގައި ފޮންޓް ސައިޒް 44 އިން ޖަހާބަލަ "ތުކި" މީހެ މާނައަކީ، މިހެދުނީ އަދި ރަނގަޅަކަށް ނޫން. އެއޮތީ ރިޕޯޓް ނިމިފައި.
ކަލޭމެންގެ މެންޑޭޓްގައި އޮތީ ކީކީޭ؟ މިހާރު ދީނާ ދެކޮޅު އެއްޗެހި އެޑިޓްކޮށް އޭގައި ހުރި އެއްޗެހި އަދި މަދުވެގެން އިތުރަށް އެއްޗެހި ލާން ހަވާލުވެފައިއޮތީ؟
ރައްޔިތުންނޭ ހޭއަރާ. މިހާރު މިޖަހަންފަށާ ސަކަރާތް. ރިޕޯޓް އެޑިޓިން މިފެށީ. ތަހްޤީޤު ކުރުމުގެ މެންޑޭޓުގެ ބަދަލުގައި މިމީހުން މިވަނީ، ޕަބްލިޝަރއަކަށް. ދެން ހަތިޔާރުގެ ބަދަލުގައި ތިތަނަށް ގެންނަންވީ ޕްރިންޓް މެޝިންތައް. ކޮމިޝަނަރ އޮފް ޕޮލިސްގެ ބަދަލުގައި ތިތާ ހުންނަންވީ އެޑިޓަރެއް.
ފުލުހުންގެ އިދާރާގެ މެންޑޭޓް ބަދަލުވެއްޖެ. މިހާރު މިތަނުން ކުރާ މަސައްކަތަކީ، ޗާޕްހާނާއެއްގެ މަސައްކަތް.
ކާފަރު ދޮގު ބުހުތާނު ރިޕޯޓެއް ދިރާސާކުރާކަށް ނުޖެހޭނެ،މިރާއްޖޭގެ ތިއްބެވި އިލްމުވެރިންނާއި އާލިމުންނާއި އުސްތާޒުންނާއި ޕޮރފަސުރުންނާއި މަޖުލިސް މެމްބަރުންނާއި ރައީސާއި ކެބިނެޓުން އެ ރިޕޯޓަކީ ގޯސް އަދި އިސްލާމްދީނުގެ ނައްސުތަކަށް ކަނޑައެޅިގެން ފުރަސްދާރަކޮށްފައި އޮތުމުން އެއޮތީ ޤާނޫނީގޮތުން ތިޔަކަން ސާފުވެ ނިމިފަ.އެމްސީހަމީދު މުސަޅެއް ހެން މިމިއްސަލަ ގެންދެވޭނަމަ ތިބޭފުޅާގެ މަސްލަހަތާފުށު އަރާތީ މިހުނދުން މިހިނދަށް އިސްތިއުފާދީފާ ގެއަށްދާށެވެ،އިސްތިއުފާދިނުމަކީ ހަޑީކަމެއްނުން،އެއީ ދޮންކުދިންނަށް ވަރަށް ފަރިތަކަމެއް.އަވަހަށް އިސްތިއުފާދެއްވާށެވެ