ދިވެހި ރާއްޖޭގައި އެކުވެރި އަރަބި އިމާރާތް ނުވަތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމްބަސީއެއް ހުޅުވުމުގެ ހުއްދަ، އެޤައުމުގެ އިސް ފަރާތްތަކުން ދީފިއެވެ.

އެމްބަސީ ހުޅުވުމުގެ ހުއްދަ ދީފައިވަނީ އެޤައުމުގެ ބޮޑުވަޒީރު، ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމު އެވެ. އެބޭފުޅާ މި ހުއްދަ ދެއްވާފައިވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައިކަމަށް، ޔޫއޭއީގެ ނޫސްތަކުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ޔޫއޭއީ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވއެވެ. ހަމައެހެންމެ، ދެ ޤައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއްގައިވެސް ސޮއިކުރައްވާފައިވެއެވެ.

ރާއްޖޭގައި ޔޫއޭއީން ހުޅުވާ އެމްބަސީ ޤާއިމުކުރާނެ ތަނަކާއި ހުޅުވާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ ރާއްޖޭގައި އެހެން ޤައުމަކުން ހުޅުވާ ހަތްވަނަ އެމްބަސީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫރު

    ކިހާރަގަޅު އިސްލާމީ ދުނިޔެއާގުޅުން ބަދަހިކުރާތި އެމްޑީޕީ ނުރެހެނީ ،، އިންޑިޔާވެސް ނުރުހެނީ ،، ގިނަދިވެހިންގެ ރުހުމެއްގަ އިޒްރޭލަކާ ނުގުޅެވޭނެ.