މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާ ޚިލާފަށް ނެރުނު ރިޕޯޓު ލިޔެ ތައްޔާރުކުރުމުގައި ބައިވެރިވި އެންމެން ރާއްޖެ ދޫކޮށް ފިލައިފިއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ ހުށަހެޅުނު އިރުވެސް ރިޕޯޓުގެ "މުސައްނިފުންގެ" ގޮތުގައި ބަޔާން ކޮށްފައިވާ ފަރާތްތައް ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި އެމީހުން ރާއްޖެއިން ބޭރުގައި ތިބުމުން ތަހުގީގަށް ސުވާލު ކުރުމަށާއި ހާޒިރުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

"މިގޮތުން ބައެއް ފަރާތްތަކަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓު ފޮނުވިފައިވާއިރު އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައި ނުވާ ފަރާތްތައް ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އިއުލާންކޮށްގެން ވަނީ އެންގިފައެވެ.،" ބަޔާނުގައިވެއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލައާ ގުޅިގެން ތަހުގީގަށް މައުލޫމާތު ދެވިދާނެ ކަމަށް ބެލެވޭ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގައި ރިޕޯޓު ތައްޔާރު ކުރި ދުވަސްވަރު މަސައްކަތް ކުރި ފަރާތްތަކާއި އެމައްސަލައާ ގުޅުންހުރި މައުލުމާތު އެނގޭ ފަރާތްތަކާއި ސުވާލުކޮށް، ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. އެކަނި

    ތިކަން ޔަގީންވެއްޖެ މިއަދު އޭގެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްލުމުން..ފިލިކަން ޔަގީންވީމަ އެކަން ކުރީ..

    146
    2
  2. ހުސޭނުބޭ

    ހާޖަރާގޭ ލުޠުފީ ފިލުވައިގެން ލަންކާ އެމްބަސީގައި ރަސްކަލެއްހެން ގެންގުޅުނު ސަރުކާރުން ތިކަމެއް ކުރުމުން އަހަރެން ހައިރާނެއްނުވޭ! އެމްސީ ހަމީދު ވާ އެހުރީ މައްސަލައިން އެފަރާތުގައި! ޗިޓް ފޮނުވާލުމުގެ ކުރިން އެ އަންގަނީ އެބަ ޗިޓް ފޮނުވަމޭ! އަވަހަށް ނައްޓާލަން އެއަރޕޯޓަށް އަންނާށޭ ކިޔާފައި!

    183
    3
  3. ޙސހސހ

    ފިލުވީމަ ފިލާނެ. ދެން އެތިބެނީ ދިވެހިންގެ ސިކުނޑި ތަކުން އެކަން ހަނދާން ނެތޭހާ ދުވަސްކޮށްފަ އަންނަން. ޢެބައިމީހުން ހީކުރީތާ. ﷲ އެބައިމީހުން މިދުނިޔޭގައި ނިކަމެތި ކުރައްވާ ފަލީހަތް ކުރައްވާށި އާމީން

    187
    2
  4. ޢަލީ އަޙުމަދު ވަހީދު

    ޢެމްސީ ހަމީދު ކިޔާ މީހާ ވެސް ފިލީތަ؟ ޢޭނާއަށް ޗިޓު ފޮނުވިތަ؟ ގައިމު އެޔަށް މައުލޫމާތުދީ އަދި އެ ރިޕޯޓުގައި ހުރި ވާހަކަތައް ބޭުރު ގައުމެއްގައި ތަމްސީލުކުރަން ޑެޕިޔުޓީ ޗެއަރމަންގެ ހައިސިއްޔަތުން އުޅުނު މީހާއާ ވެސް ސުވާލުކުރަން ވާނެތާ! ދިވެހިން ގުނބޯ ހައްދަންދޯ އަދި ވެސް އިބޫ އުޅެނީ؟ ކޮބާ އޭރުގެ ޗެއަރޕާރސަން ނައުޝީން ވަހީދު؟ އޭނާ ވެސް ފިލުވީތަ؟

    137
    3
  5. Anonymous

    އިންޓަރޕޯލް ރެޑް ނޯޓިސް ނެރޭ.

    37
  6. ސާރާ

    ތިޔައީ ސަރުކާރުން ޑައިލޮގު ލިޔެދީގެން ކުޅޭ ޑުރާމާއެކެވެ.

    115
    3
  7. ޑިމޮކްރަސީ

    ކޮބާ އެންމެފަހުން ރިޕޯޓްނެރުނުއެންމެންފިލުވީ ތިކަމުގައިބައިވެރިވި ހުރިހާމީހުން އިސްތިޢުފާ

    98
    4
  8. ޟމ

    ރާއްޖެ ދޫކޮށް ފިލިދާނެ ﷲ އަށް ނިކަން ފިލާބަލަ

    156
    4
  9. ގިރުނބާ ދަނޑި

    ސީޕީ އަކީ ޑެޕިއުޓީ އެޖަމާއަތުގެ ދެން އުޅޭ ވަކި ތަނެއް ނޭނގެއޭ ބުނީމާ ނެތް ބުނާނެ އެއްޗެއްނެތް.

    30
    1
  10. ފަލަޑޭ

    ވަރަށް ސީރިއަސް މައްސަލަ އެއްގޮތަށް ބެލީމަ ވީ ވަރު.

    35
    1
  11. ބުރޯ

    އެކަކު ފިޔަވައި އެންމެން އެއީ ނަސީދު . އޭނަ ފުރަތަމަ ބުނީ ކިޔައިފިމޭ ގޯސް އެބަހުއްޓޭ ދެވެނަޔަށް ބުނީ ސަލަވާތް ކިޔެވުނ އެކަންނޭ ނެތީ ތިންވްންޔްށް ބުނީ އިގިރޭސި ބަހުންތަރުޖަމާ ކުރީމަހުރިކަމެކޯ މިރިޕޯޓަކީ ނަސީދަށް މެޑަލްޖެހުމަށާ ސަރުކާރަށް ޔޫރަޕުން އެހީ ހޯދުމަށް ތައްޔާރު ކުރި ރެޕޯޓެއް . 2 މަގުސަދެއްވޭ އެއްކަމަކީ އެހީ ހޯދުން ދެވަނައީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ވިސްނުމުގާ ވަކަރަށްޖެހުން. މިދެކަންވެސް ﷲ ގެ ރަހުމަތްފުޅުން ފެއިލްވެގެންދާނެ.

    7
    1
  12. ހުޗަޕި

    ނޫޝީން ވެސް؟

    33
    1
  13. ހަމަހަމަ

    ޢެ ނިމުނީ ؟ އެމަިހުންގެ ހަރުމުދާ ދައަ ލަތަށް ނަގާ އެނބުރި އަންނަންދެން. ތިހިނެއް ނުފި ލޭނެ އަދި !

    34
    1
  14. މުހައްމާ

    ފިލީތަ ؟ ފިލުވީތަ ؟؟
    ތިޔަ ރިޕޯޓް ނެރުނު ހިސާބުން މި ސަރުކާރު ފެއިލް ވެއްޖެ، އިބޫގެ ވެރިކަން ހަޑިގޮތަކައްވެއްޓޭނެ، އިންޝާ ﷲ

    57
    1
  15. މުހާނިފް

    ފިލީތަ ؟ ފިލުވީތަ ؟؟
    ތިޔަ ރިޕޯޓް ނެރުނު ހިސާބުން މި ސަރުކާރު ފެއިލް ވެއްޖެ، އިބޫގެ ވެރިކަން ހަޑިގޮތަކައްވެއްޓޭނެ، އިންޝާ ﷲ

    35
    1
  16. ޒަރީޜު

    ފިލައިގެން ހަމަ ބޭރުގަ ސަލާމަތުން އުޅެވިދާނެބާ..؟

    33
  17. ބުރޯ

    ފިލީކީ ނޫން އެންމެން ފޮނުވާލީ ކޮން ދިރާސާ ރިޕޯޓެއް ސާފުބަހުން ހުރި އެއްޗެއް މައްސަލަ ނުބަލާ ފުރުވާލާފަ ޗިޓް ހެދީ ތަންވެސް އުވާލަންބޭނުމެއްނުވޭ ސަބަބަކީ ކޮބާ ފައިސާ ދޭންބުނި މީހުން ނުދޭނީތަ ؟

    32
    1
  18. ނަޒީލް

    އެމްޑީއެން ރިޕޯޓަކީ އިލްމީއެއްޗެއް ނޫން. އެއީ ޕުރޮޕަގަންޑާ ހީލަތަތެރި ލިޔުމެއް. އޭގެ ފޮރިވިފައިވާ މަގުސަދު މި ހާރުވަނީ ފަޅާ އަރާފަ. އެއީ ޝައިތާނާ ހިތް ރުއްސަން ޝައިތާނާގެ ދަރީން ތެދާއި ދޮގު އެެއްކޮއްގެން ލިޔެފައިވާ ޝައިތާނީ ރާގުގެ ހީލަތްތެރި ޅެމެއް. އޭގެ މާނަވެސް އެކި މީ ހުން އެކި ގޮތްގޮތައް ނެރި ރައްޔިތުން އޮލުވާނެ. އަދި ކަންކަން އޮއްބަންވެސް އޭތި "ދިރާސާ" ކޮއްކޮއްފަ ސަރަ ހަ ނެރޭނެ. އަހަރެމެން މީ އިނގިރޭސި ނޭނގޭ މޮޔައިންވިއްޔަ

  19. ޙު

    ان الله سريع الحساب
    ان الله سريع الحساب
    ان الله سريع الحساب

    ޝައިޠާނުންތައްނަރަކައަށްވައްދަވާށި

    37
  20. ޓަގޭ

    ޔާމީނު ސަރުކާރުގައި ތިޔަ މީހުން ރާއްޖެ ދޫކޮށް ދިޔަނަމަ ބުނާނެ، ސަރުކާރުން ޑިމޮކްރަސީ ފަހާ ރަށުން ބޭރު ކޮށްފިޔޭ.. މިފަހަރު ބުނާނީ އަނދިރި ދައުލަތާހުރެ އުޅެން ދަތިވެގެން ފިލަން ޖެހުނީއޭ...

    43
  21. މުހައްމަދު

    ކަލޭމެން ތިކިޔާ އިންސާނީ ހައްގުތަކަކީ މުސްލިމުން މިއުންމަތް ފަސާދަކޮށް ހަލާކު ކުރުމަށްޓަކައި ގެންގުޅޭ ޗާބޫކެއްކަން ދިވެހި ގިނަ ރައްޔިތުންނަށް އޮޅިފައިނެށް.. އަހަރެމެން ތެރޭގައިވާ ޒާހިލުންނަށް އޮޅިދާނެ.. ތިކަމުގަ ޝާމިލުވާނޭ އެއްވެސް މީހަކު ﷲ ހަޞްރަތުގައި އެމީހަކަށް ހައްގު އަދަބު ލިބި ދޫކޮށްނުލާނެކަން ހަނދާން ކުރައްޗޭ.. މީ އިންޒާރެނޫން މީ ނަސޭހަތެ.

  22. ޖިންނި

    ތީ މުރުތައްދު ސަރުކާރާއި އެމް ޑީ ޕީ ރާވައިގެން ކުރުވި ކަމެއް ތި އެންމެހައި ބައިގަނޑަށް ލަޢުނަތް ލައްވައި ދެ ދުނިޔެއިން ޢަބާއްޖަ ކުރައްވާށި އާމީން

  23. އެންދެރި

    މިހާރު ކިޔުން ހުއްޓާލާފަ ވަގުތުން ނޫސްކިޔަން ވީ އެވެ .

    6
    1
  24. Anonymous

    ފިލައިގެން ކޮންތާކައްތަ ދާނީ.

    7
    1
  25. ގާދިރް

    ީނޫން 2 މީހުން އެބަތިބި 5މާ މު ލުންގެ 2 ގައްދާރުން އެބަތިބި މިހާރުން މިހާރށް ހިފާހައްޔަރު ކުރަންވީ ކީއްވެތަ ހޯމްމިނިސްޓަރަށް މިކަން ނުކުރެވިގެން މިއުޅެނީ ނިގޫފިތިފަހުރީ އިމްރާނަށް އޮތް އިތުބާރާ ލޯތްބާ އިހުތިރާމް ގެއް ލިއްޖެ

  26. ލީލް

    ލާދީނީ ސަރުކާރުން ފިލުވާފަ ދެން ކޯޗެއް ހޯދަން. މަޚްޝަރު ދުވަހު ކަލޭމެން ހާޒިރު ކުރެވޭނެ. ?

  27. ނިޝް

    މޮޑަރޭޓަރުން އެ ފިލީ! މުގޫތައް އަދިވެސް އެބަތިބި އެމީހުންނާއި ސުވާލު ކުރެވރން ޖެހޭނެ!!

  28. ކާފަ

    ކޮްނ ތަހުޤީގެއްތޯ ތިކުރައްވަނީ؟ ރިޕޯޓުގައި ހުރީ އިސްލާމްދީނާއި ޚިލާފްވާހަކަތޯ ނުވަތަ ނޫންތޯ؟ މީތޯ ތިތަހުޤީގުގެ ބޮޑު ސުވާލަކީ، ނުވަތަ ރިޕޯޓު ލިޔުން މީހުން ސަލާމަތް ކުރެވޭނީ ކިހިނެތްތޯ؟ މީތޯ ތި ތަހުޤީގު ކުރައްވާ ސުވާލަކީ؟ ނުވަތަ އެރިޕޯޓު ލިޔުމުގައި ބައިވެރިވިމީހުން ހޯދުންތޯ؟

  29. ޒާ

    އެހެންވެއޭ ބުނަނީ މީ މިސަރުކާރު ޝާމިލްވާ ކަމެކޭ. އެކުދީން ލައްވައި ކުރުވަން އުޅުނު ކަންތައް ވަކިހިސާބަކުން ފަނިވީމާ ރައްކާތެރިކަމާއެކު ހިމާޔަތަށް ފޮނުވާލީ.

  30. ފަހަރި

    ﷲ ގަންދީބުނަން މި އިބޫސޯލިހު އަދި އޭނާގެ އަހުވާނުން މިގައުމުގެ ވެރިކަމުގައި ތިބިހާދުވަހަކު އިސްލާމްދީނަށް ދުރައްސާރަކުރާނެ. މިމީހުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރަންޖެހޭ.

  31. ޖަމީލު

    ކަނޑައެޅިގެން ދޮގު، އެމީހުން ފިލުވީ، ދެން މަސައްކަތް ކުރާނީ މައްސަލަ އޮއްބާލަން

  32. ނޫސްކިޔާމީހާ

    ފިލާކޮންމެތާކުއޮތަސް ﷲ ތަޢާލާއަށް ވަންހަނާވެގެން ނުވާނެކަން މި މޮޔަ ގަމާރުންނަށް ނުވިސްނޭތީ ހަމަ ހިނިއަންނަނީ.

  33. ހޯރަ ބޭ

    ވާހަކައެއްދައްކަނީ ނަމަ އެވާހަކަ ދައްކަންވާނީ އެކަންބަލާ ރަގަޅަން އެގުމަންފަހުއެވެ އޭމީސްތަކުންނެވެ ތެދުމަގު ގަސްތުކުރާށެވެ ހަމަކަށަވަރުން މަރުވާނެވެ

  34. ދދ

    ހުސްގޭމު ރައްޔިތުން ހަމަގަމާރީ ގަމާރީ ގަމާރީ ދެން ކޮންހާވާހަކައެއް

  35. އައްޑޫ މީހާ

    ހަމީދު ކިހިނެއް ތިހަދަނީ ތީ ލާދީނީ ހަމީދުމެން ކަންތައް ކުރާނެގޮތް

  36. Anonymous

    މިއީ ރޭވިގެން ހިންގާ ޖަރިމާއެއް. މިކަންކުރީ ސަރުކާރުތެރެއިން. އެމްސީ ހަމީދާއި ރައީސް އިބޫ އާއި މަޖުލިސް ރައީސް އަންނި އާއި އިމިގްރޭޝަންގެ ވެރިންނާއި ފުލުހުން ގުޅިގެން މި ބައިގަނޑު ރާއްޖެއިން ރައްކާތެރިކަމާއިއެކު ފޮނުވައިލީ. ބޭނުމަކީ ތަޙްޤީޤް ކުރިޔަށް ނުގެންދިއުން. އަދި މިބައިމީހުންނަށް އެނގޭ ދިވެހިންނަކީ ދުވަސްކޮޅަކަށް ވަރަށް ބާރަށް ފެލިފަ އެކަން އަވަހަށް ހަނދާނުންދާ ބައެއްކަން. އަނެއްކާވެސް އެނބުރި މިބައިމީހުން އަންނާނެ މިބައިމީހުންނާއި އެއްކޮށްޅަށް ފާޅުގައި ނުކުންނާނެ ބޮޑު ބައިގަނޑެއް ލިބުމުން. މިހާރުވެސް އެމްޑީޕީ އޭ ކިޔާ ބައިގަނޑު ދަނީ މިބައިމީހުންނާއި އެއްކޮޅަށް ވާހަކަ ދައްކާ ރިޕޯރޓް ދިފާޢު ކުރަމުން. އަދި ފާޅުގައި އެމްޑީޕީގެ މީހުން މި އާއި އެއްކޮޅަށް ނުކުންނާނެ ދުވަހަކުން މިބައިމީހުން އެނބުރި އަންނާނެ. އޭރު ތަޙްޤީޤް އޮންނާނީ ކުރިއަށް ނުގެންދެވިގެން ފައިލުކޮށްފައި.
    ކޮބާ ވެލެޒިލީ، ހިލްއަތު، މުޖޫ ނަޢީމް، މިހާރު އެއިން އެއްވެސް މީހެއްގެ ވާހަކަ ދައްކާތަ މިރާއްޖޭގައި. މިކަންވެސް ހަމަ މިމަގުންދާނީ. ކީއްކުރާނީ. މިގައުމު ހަލާކުވެ ނިމިއްޖެ.

  37. ނަޒާއިރު

    ރާއްޖެ ދޫކޮއް ފުރިޔަސް އަތު ނުޖެހޭ ހިސާބަކައް ނުދެވޭނެ..

  38. ޒުބައިރު

    އެމީހުން ކިތަންމެ ވަރަކަށް ފިލިޔެއް ކަމަކު މާތް ރަސްކަނލާގެ ހެއްދެވި އުޑުހިޔަލުގެ ދަށުގަ ދޯ ހުންނާނީ . އެކަމަކު އެވެސް އެނގޭނަމަ ދޯ.

  39. ރަށުމީދާ

    ނަޝީދަށް ޗިޓް ފޮނުވާތި. އޭރުން ބަޑި ދިއްކޮށްލީމަ ހުރިހާ އެއްޗެއް ކިޔައިދީފާނެ.