މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް، އެމައްސަލައިގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް މުޖުތަމައު ތެރޭގައި ފިތުނަ ފަސާދަ އުފައްދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފްރަތާ ބައިބައިވުމާ ރުޅިވެރިކަން އުފެއްދޭ ފަދަ ވާހަކަތައް ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުން ކަމަށް ދައްކައި ފިތުނަވެރި އަަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު އަމަލު ކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި މީހުންގެ ފުރާނައާ ނަފްސަށް ގެއްލުން ދިނުމަށް ގޮވާލާ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި، ކުރެހުމާ ފޮޓޯ އާންމު ކުރަމުންދާތީ އެކަންކަން ނުކުރުމަށްވެސް ވަނީ އެދިފައެވެ.

"... ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި، ގާނޫނާއި ޚިލާފު އަމަލުތައް ހުއްޓުވާ ރައްޔިތުންގެ ނަފްސާ މުދާ ރައްކާތެރިކުރުމުގައި މި ސާވިސް އަދާކުރަންޖެހޭ ދައުުރު އަދާކުރުމުގައި ސާބިތު ތިބޭނެ ކަމުގައި ދަންނަވަމެވެ."

ފުލުހުން މިރޭވެސް ބުނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ފުލުހުން އިލްމުވެރިން މެދުވެރިކޮށް ފަށާފައިވާ ދިރާސާ ރިޕޯޓް ނިމުމުން އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ހުސޭނުބޭ

    ރަގަޅު ގޮތަކީ ......... އެމްޑީއެން ގެ ރިޕޯޓް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕޮލިހުން ދަނީ މުޖުތަމަޢުގައި ފިތުނަ އުފައްދާ އެ ރިޕޯޓު ލިއުނު މީހުން ހިމާޔަތްކުރަމުން.......... އަހަރެމެނަށް އޮޅުވާލަން އުޅޭނެކަމެއް ނެތް!

    126
    3
  2. Aisha

    އަދިވެސް އެ ލިޔުނު ބަޔަކަށް ކަމެއް ނުކޮށް އިތުރު ވާހަކަ...ޝުކުރިއްޔާ އެޖެންޑާ 19

    100
    1
  3. ކެޔޮޅު

    ރިޕޯޓުލިނު ހުރިހާމީހުން ރާއްޖެންފުރުވާލާ ފިލުވީ ފުލުހުން އެހެންވެ މިގޮވަނީ މިހާރުންމިހާރައް ހަ މީދު އިސްތިއުފާ ދޭށޭ!

    98
    1
  4. ކެޔޮޅު

    އެވެރިން ހައްޔަރުނުކޮއް މިކަންތައް ފިނިކުރަން ހަ މީދު ތިތައްވެސްނާރާ ފަސާދަ އުފއްދަނީ ޕޮލިހުން!

    88
    1
  5. ާަާމަ

    އެމްޑީއެން ކަންތައްކުރަނީ ހަމަގޮތުގަތަ؟ ކީކޭ ކިޔަން ތިއުޅެނީ. މުޅިގައުމު ފިތުނަކުރީ ކޮންބައެއް؟ އެމްޑީއެން އެހެންނު. ދެން އެމީހުންނަށް ތާއީދުކުރާ ސަރުކާރަކުން... މިހަގީގަތް އަނެއްކޮޅަށް ޖަހަން ނޫޅޭ.

    85
    1
  6. ޢަލީ އަޙުމަދު ވަހީދު

    ފަސާދަ އުފައްދަނީ ސަރުކާރުން. ނަުއުޝީން ވަޙީދާއި އެމްސީ ހަމީދަކީ އެކަމާ ގުޅުމެއް ނެތަ ބަޔަކަށް ނެހެދޭނެ. ފިތުނަ އުފައްދަން ފުލުހުންގެ ވެރިކަން ދިން މީހެއް އެމްސީ ހަމީދަކީ. ޢޭނާ ފުލުހުންގެ ވެރިޔަކަށް ބަހައްޓައިގެން ކޮން ފިތުނައެކޭ ކިޔާކަށް ލާދީނީ ބައިގަނޑު.

  7. އެދުރުބެ

    ވަރަށް ޒިންމާދާރުކަން ކުޑަ ސްޓޭޓްމަންޓެއް. މިހާރު ހިނގާ ހުރިހާކަމެއްގެ ޒިންމާ ސަރުކާރުންނާއި ފުލުހުން އަދި މަޖްލިސް އިން ނަގަންޖެހޭ. އެއްވެސް ފިޔަވަޅެއް ނޭޅި އަދިވެސް މިދަނީ. ރައްޔިތުން އަޅާނުލާ ތިބޭނެ ކަމަށް ދެކިގެން ނުވާނެ. ދީނީއެއްބައިންތަކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު ވަގުތުން ވަގުތައް އެޅެންޖެހޭ.

  8. މުހައްމަދު

    ހިތާމަހުރި މިއަދު ތިޔަމުއައްސަސާގެ ތިޔަހަރަ ސިޔާސީ ބަސްތަކާހުރެ ތިޔަބައިމީހުންނަކީ ތިޔަފަދަ ރައްދު ވާހަކަ ތަކެއް ނެރެންޖެހޭ ބައެއްތޯ ސުވާލު އުފެދޭ! މީހުންނަށް ނުވަތަ ތިޔަބުނާ ބަޔަކު ފައިދާނަގަން ހުރިހާ ފުރުސަތެއް ދިނީވެސް ތިޔަ މުއައްސަސާގެ ސިޔާސީ ރިޕޯޓްތަކުން ކަން އެބައިނގޭތޯ!

  9. 2023

    ޔާން

  10. އާރު

    މުޖުތަމައު ފަސާދަ ކުރާމީހުން އެތިބީ ޤައުމު ދޫކޮށްބޭރުގައި. އެއީ މުޖުތަމައު ހަލާކުކުޜާބަޔަކީ. މިހާރު ދިވެހިން ކުރާކަމަކީ އެއްބައިކުރުން

  11. ޢަބްދުއްލާ

    އެމްޑީއެން ރިޕޯޓު މައްސަލައިގެ ބޭނުން ނަހަމަ ގޮތުގައި ކޮށް، ފިތުނަ ފަސާދަ ދަނީ އުފައްދަމުން: ފުލުހުން

    1 ގަޑިއިރު ކުރިން ( އޮކްޓޯބަރ 20, 2019 )

    ބަލަގަ ތިބުނާރިޕޯޓެއްގަ އޮތީ މަލަމާތާ ، ނަފްރަތާ ،ނަހަމަގޮތާ ،ފިތުނަފަސާދަޔާ ،

    ފުރައްސާރަޔާ، ދުނިޔޭގާލެއްވިހާ ނުބައިކަމަކާ، ދޮގާ ، އޮޅުވާލުމާ ، ލާދީނިއްޔަތާ ،

    ބޮޑުޝިރުކާ ، ނޫން ދެންކޯއްޗެއްތޯ؟ ތިވަރު ގަމާރުކަން ބޮޑު.

  12. ނަޖީ

    މީހުންގެ މުދާ ރައްކާކުރުމުގެ ކުރިން ނުޖެހޭތޯއިސްލާމީގައުމެއްގާ އިސްލާން ދީން ހިމާޔައް ކުރަން ﷲ ގަންދީ ކޮއްގެން ތިބި ހުވާ ހަދުމަކޮއް އިސްލާން ދީން ހިމާޔައް ކޮއް ރައްކާކުރަން

  13. Anonymous

    ޔާﷲ މި ރާއްޖެ އަށް ހަމަހިމޭންކަން ދެއްވާ މި ގައުމުގެ ސަރުކާރު ލާދީނީ ކުރަން އުޅޭ މީހުންގެ ފަރާތުން މި ގައުމު ސަލާމަތް ކުރައްވާންދޭ.އަދި މި ގައުމުގެ ވެރިކަން އިބަރަސްކަލާނގެ ގެ މަގުންނާއި ފުރިހަމަ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ވެރިކަން ގެންދަވާނދޭ.
    އާމީން

  14. Anonymous

    ކޮން ނަހަމައެއް ކިޔާކައް.

  15. ހިޔާލު1

    ސަރުކާރުން މިކަމުގައި ތި އަޅުންވާފިޔަވަޅުގެ ނަތީޖާ ލަސްވުމަކީ ފިތުނަ ބޮޑުވެގެންދާނެ ކަމެކެވެ.ދީނުގެ ފިތުނައަކީ ކުޑަކަމެއްކަމަށް ބުނެ ދޫކޮށް ލުމަކީ ކޮންޓްރޯ ލް ގެއް ލޭފަދަ ނުރައްކަ ލެއްކަމަށް ގަބޫ ލު ކުރެވެއެވެ.

  16. ސައްލެ

    އައި ރިޕީޓް، ސީޕީ އަކައް އޭނަ ހުއްޓާ ތިޔަ ބައިގަނޑައް އުނިކަމެއް ގެއްލުމެއް ލިބުނަކަ ނުދޭނެ، އެއީ އަދަބު ހައްގުވާ ކަމަކައް ވިއަސް.
    ޢެހެން ނޫން ނަމަ ކަނާތުން ވާތް ވާތް ބުރިވާނެ.

  17. ކޮސް

    ރަގަޅައް ތިބުނީ އެއީ އެބައިގޭ ތިކަމުގައި އުޅޭމިހުން..ތިތަނުން ނުވެސް

  18. އެންދެރި

    އެމްޑީއެން އުވާ ނުލާހާ ހިނަދަކު އެވާހަކަ ދެއްކުން ހުއްޓައެއް.ނުލެވޭ ނެއެވެ.

  19. ބުރޯ

    ފިތުނަ އުފެދުނީ ފިޔަވަޅު ނޭޅުމުން . ބައިވެރިން ބޭރަށް ދިއުމުން . ނަސީދު އަގަޔަށް ހަތަރު ދޫ ލައްވަވައިގެން ވާހަކަ ވިދާޅުވާން ފެއްޓެވުމުން ވަގުތުން އެމްޑީ އެން އުވާނުލުމުިން

  20. ހަމްޒާ

    މީހަކު ހޭބަލި ވެދާނެ ކަލޭމެންގެ ޕްރޮފެޝަނަލިޒަމް އާ މެދު ވިސްނާ ވިސްނާ. ޓެރަރިސްޓް އެމްޑިއޭ ގެ ރިޕޯޓް ހަމަ ގޮތެއްގައި ބޭނުން ކުރާނެ ގޮތެއް އޮވޭތަ. ޙަމީދޫ ކަލޭ ހޭވި ހަޑި ފުލުހުން ލައްވާ ސާފް ކުރުމަށް އުޅޭނެ ކަމެއް ނެއް

  21. އަލިފް

    2023 ޔާން

  22. ކާފަ

    ބަލަ އެރިޕޯޓުއެއީއޭ ފިތުނަޔަކީ، ދީނީ އިލްމުވެރިން އިސްލާމްދީން ހިމާޔަތުގައި ދައްކާ ވާހަކަ އެއީ ފިތުނަޔަށް ވަނީނަމަ ޕޮލިހުންގެ އަޤީދާ އާއި މަޤުސަދާއި މެދު ބޮޑުތަނުން ސުވާލު އުފެދޭ؟ އިލްމްވެރިންނަން ބަޔަކު އިސްލާމދީނަށް ނޫޅިގެންވާނެ ގެއްލުމެއް ނެތްތާންގައި އެމަސައްކަތް ކުރާ ކުރުމުން ދޭހަކޮށްދެނީ އެމީހުން ކުރާ މަސައްކަތަކީ ﷲގެ ވަޖުހްފުޅު އަދައިގެން ކުރާ ކަމެއްކަން.
    އެންމެ ބޮު ފިތުނަވެރިޔާ އަކީ އަންނި، މީހުރިހައިވެސް ނުބަޔަކީ

  23. ފިޔަވަޅު

    ފިތުނަ އުފެދިދާނެތީ ޤައުމުގެ އިސްވެރިން ރައީސާއި ހޯމްމިނިސްޓަރާއި ޔޫތުމިނިސްޓަރު ހުވަޔާ ޤާނޫނު އަސާސީ އާޚިލާފުވެ އެމްޑީއެން ހިމާޔަތް ކުރަން ތިބީމަ އެންމެން އަގައިން ނުބުނެ އެ ޖަމާއަތާ ގުޅެންވީތަ؟ ރައީސާއި މި މިނިސްޓަރުން މަޤާމުން ދުރުކޮށް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭ. އަދި އެމީހުންގެ އިތުބާރުނެތްކަމުގެ ވޯޓު ނުނަގާތީ މަޖްލިސްގެ މެމްބަރުން ވަކިކޮށް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭ. ޢަލުން އިންތިހާބުތައްބާއްވާ ރައީސަކާއި މެމްވަރުން ހޮވަންޖެހޭ. ދިރާސާއޭކިޔާގެން އެމައްސަލަ ނުބަލާ ފިތުނައުފައްދަނީ ސަރުކާރުން. މިކަން ރާއްޖޭ އެއްމެންނަށްވެސް ރަގަޅަށް އެގޭ. ދިވެހި ބަތަލުން އިސްނަގާ މި ސަރުކާރުގެ މައްޗަށް ޝަރީއަތް ހިންގަން ކޯޓައްހުށަހަޅާތަން ދެކެންބޭނުން.

  24. ޒާ

    ޖަރީމާ ހިންގި މީހުން ފިލަން ފުރުސަތު ދީފައި ވަނީ ފުލުހުން. ތަހުގީގު ކުރަނީ އޭކިޔާ އޮޅުވާލީ. މާފެއް ނުކުރާނަން

  25. ބިންގޯ

    އެމް.ޑީ.އެން ރިޕޯރޓް އެއީ ފިތުނައަކީ. މުޒާހަރާ ތައް ފެންނަންފެށީމަ ފިތުނަ ކަމަށް ކަޑައަޅަން ތިޔަފެށީ. ސަރުކާރުވެއްޓި ދާނެހެންހީވަނީދޯ.

  26. Anonymous

    ކޮން ފިތުނައެއް ކިޔާކަށް.

  27. ލލލލ

    ތިފުރުސަތު ތިދިނީ ފުލުހުންގެ އެންމެ އިސްވެރިޔާ. އެނެރުންދުވަހު ވަޒީފާގެ ޒިންމާ އަދާކޮށް އެނެރުނު މީހުން ބަންދުކޮށް އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގިނަމަ ތިކިޔާ ފުރުޞަތު ނުލިބޭނެ.

  28. ދާލުރާ

    އިބޫއަށް ލަނޑުދޭން، ފުލުހުންގެ އެންމެ އިސްވެރިޔާއާއި މަޖްލިސްގެ ވެރިޔާވެގެން ރައްޔިތުން ރުޅިއަރުވަން އެމައްސަލަނުބަލާ އެ އެންމެންގެ ސަލާމަތަށްޓަކައި މިގައުމު ފޮނުވާލީ. އެހެންވީމަ، އެރިޕޯޓުގެ ނާޖާއިޒް ފައިދާ މިނަގަނީ ވެރިކަމަށް އަންނަން ތިބި ބަޔަކު. އެއީ ޅިޔަނާއި ދެބެންގެ ދެދަރި މީހުން.

  29. ދިވެހިންގެ

    މިމީހުންނަކީ ލަދެއް ހަޔާތެއްވެސް ހުރި ބައެއްނޫން. ބަލަ ފުލުހުންނެއްނޫންތަ އެފުރުސަތު ތިދިނީ. އެނެރުނު ދުވަހުގެ 1 ހަފްތާ ފަހުން ވެރިމީހާ އަށް އެފެނުނީ. ފުލުހުންނަށް ހުށަހެޅީމަ ނުބެލި. ހުސްދޮގު ހަދަނީ. ބަލަނީއޭ ކިޔާފަ. ކުރިކަމަކީ އާރަށުގައި ސައްލާކުރީ ދެންހަދާނެ ގޮތަކާމެދު. ބޮޑުން ފުރުވާލީ. ރައްޔިތުންނަށް ފުރައްސާރަކޮށް އެމައްސަލަ ނުބެލީ. މިނުބައި ސަރުކާރު ﷲ ގެ ރަހުމަތުން އަވަހަށް ވެއްޓޭށި. އަދި މިނުބައި ބައިގަނޑުގެ ނުބައިކަމުން މި އިސްލާމީ މުޖުތަމަޢު ސަލާމަތް ކުރައްވާށި. އާމީން.

  30. ކާފަ

    މިހައިރު ސާފުވެއްޖެ!
    ރިޕޯޓާއި އެއްކޮޅަށް ވާހަކަދެއްކުމަކީ ހަމަގޮތް
    ރިޕޯޓާއި އިދިކޮޅަށް ވާހަކަ ދެއްކުމަކީ ނަހަމަގޮތް
    އެހެންނު ޕޮލިސް؟؟؟؟؟؟؟ ކުރިންވެސް ބުނިނަމަތާ އެނގޭނީ

  31. ރިލޫ

    ތިޔަ ރިޕޯޓުގެ ބޭނުން ހަމަގޮތުގައި ހިފޭނެ އެއްވެސް ގޮތެއް އޮންނާނެތަ.؟ އަބޫލަހަބް މާތް ރަސޫލާގެ ވާހަކައައް އިންކާރު ކޮއް ދެއްކިވާހަކައިގެ ސަބަބުން މާތް ރަސްކަލާނގެ "ތައަބަތް ޔަދާ އަބީ ލަހަބިން ވަތައްބަ" މި އާޔަތް އެކުލެވޭ ސޫރަތް ބާއްވައިލެއްވި. އަބޫ ލަހަބް އައް ލައުނަތް ލައްވައި. އެއީ އޭނަ މާތް ރަސޫލާގެއަ ދެކޮޅުހަދައި ވާހަކަ ދެއްކީތީ. ދެން ކަލޭމެން ވިސްނަބަލަ މި ރިޕޯޓުގެ ނުބައިކަމާއި މެދު. އާކިރަތާއި ރައްބާއި ރަސޫލާ މަތީން ޣާފިލުވެތިބެގެންނެއް މި ރިޕޯޓުގެ ނުބައިކަމެއް އިހުސާސެއް ނުކުރެވޭނެ. މިކަމުގެ އިހުސާސް ކުރެވޭނީ ހަތް އުޑުމަތީން މި ކަން ކުރިމީހުންނަށާއި މިކަން ކުއްވެރިކޮއް ފިޔަވަޅު ނޭޅި މީހުންގެ ދިރިއުޅުމައް މާތަ ރަސްކަލާނގެ އަބޫ ލަހަބައް ލެއްވިފަދަ ލައުނަތެއް ލެއްވީމަތޯއެވެ.؟

  32. ހުސެން

    އެމްޑީއެން ރިޕޯޓު ހޫނޭ،އެ ހިހޫ އެއް ނޫން

  33. ޢަލީ ޤާސިމް

    ރަގަޅު ގޮތަކީ ......... އެމްޑީއެން ގެ ރިޕޯޓް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕޮލިހުން ދަނީ މުޖުތަމަޢުގައި ފިތުނަ އުފައްދާ އެ ރިޕޯޓު ލިއުނު މީހުން ހިމާޔަތްކުރަމުން.......... އަހަރެމެނަށް އޮޅުވާލަން އުޅޭނެކަމެއް ނެތް! ފުލުހުންބޭނުންވަނީ ރަތްޔިތުންގެ ލޮލުގަ އަނދުންއެޅުން

    120 3

  34. އަޙްމަދް

    ބައިބައި ވުމާއި ފިތުންފަސާދަ ނައްތާލާ އެއްބައިވަންތަ ކޮއްދޭ އެއްޗަކީ އިލްމެވެ.
    މި ޢިލްމުވަނީ މާތްﷲ ބާވާލެއްވީ ކީރިތި قرأن އާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ޠާހިރުސުއްނަތުގައެވެ.
    ބައިބައި ވުމާއި ފިތުންފަސާދަ ނައްތާލާ
    އެއްބައިވަންތަ ކޮއްދޭނީ މި ދެމަސްދަރުން ޢިލްމު ޙަސީލްކޮށް މި ދެމަސްދަރުގައި ވާގޮތަށް އެބައެއްގެ މެދުގައި ޢަމަލުކުރެވޭ މިނަވަރެއްގެ މައްޗައްށެވެ.
    މިހެންކަމުން ދައްނަވަން ޖެހެނީ މި ދެމަސްދަރު ދޫކޮއްލާފައި ކުފުރުގެ ނީޒާމެއްކުގައިވާ “ޑިމޮކްރަސީ”ކޮނޑު އަޅައި
    މި ކުފުރުގެ ނިޒާމު ކުރިއަރުވަން ނުކުމެތިބި މިފަދަ ޖާހިލުންތަކަކަށް ފާޑު ފާޑުގެ ރިޕޯޓު ތައްޔާރު ކުރަން ފުރުސަތު ލިބުނީމާ ދެން އުފެދޭނީ ފިތުނައާއި ފަސާދައާއި ބައިބައިވުން ނޫން ދެން ކޯއްޗެއްތޯއެވެ.؟

  35. ހައިކަލް

    ފިތުނަ ފަސާދަ އުފެއްދީ އެމްޑީއެން... ލާދީނީ އެމްޑީއެން އުވާލާ.... ބަލަ އަހަރުމެން އެމްޑީޕީގެ އާންމު މެމްބަރުން އެމްޑީޕީ އަށް އެވަރަށް ތާއިދުކޮށް ވޯޓް ދިނީ ތިހެން ލާދީނީ ވެގެން އުޅޭކަށް ނޫން... އެމްޑީއެން އުވާނުލަންޔާ މުޅި އާއިލާ އާ ރައްޓެހިން ޕާޓީން ވަކިވާނަން.... އެމްޑީޕީގެ ހާދަ މުޒާހަރާއަކަށް ދިއައިމޭ... ވަރަށް ދެރަ

  36. ރައްޔިތުން

    ތިއޮތީ އާރުލާފައިވާ ކަޅު ވަކަރު ގަނޑެއްގައި ހަކުރު ތިއްކެއް ޖަހާފައި، އިސާހިތަކު އެތަނަޑް މެހި ޖަހާ، ހިނިއަރާ އެތަން ހަޑިކޮށް އެވަކަރު ގަނޑު ނުފެންނަ ވަރު ކުރާނެ އަދި އެތާގައި އިށީންނަށް އަންނަ މީހުންނަށް އެވަކަރު ގަޑުވާނީ ނަޖިސް އެއްޗަކަށް، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. ﷲއަށް ހުރިހާ މީހުން އިމާންވުން ވާޖިބު!