މީހުން މެރުމަށް ބަޔަކު މީހުން ގޮވަމުން ދާ އިރު އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާތީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި ކުރު މެސެޖެއްގައެވެ. ނަޝީދު މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ صلى الله عليه وسلم އަށް ފާޑުކިޔައި ރާއްޖޭގައި ހަރުކަށި ވިސްނުންތަކާއި ދީނީގޮތުން ހައްދުފަހަނަ އަޅައި ދިއުމާ ގުޅޭގޮތުން އާންމުކޮށްފައިވާ ދިރާސާ ރިޕޯޓާ ގުޅޭގޮތުން ރަށްރަށުގައި އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބައެއް ރަށްރަށުގައި ބޭން އެންޑީއެމްގެ ނަމުގައި ކުރަމުންދާ މުޒާހަރާތަކުގައި އެމްޑީއެންގެ މީހުން މެރުމަށާއި އަންދާލުމަށް ވަނީ ގޮވާލައިފައެވެ. އަދި އެފަދަ ޝުއޫރުތައްވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ނަޝީދު ކުރެއްވި މެސެޖުގައި ވިދާޅުވީ އެފަދަ އަމަލުތައް ކުރާ މީހުން ސާފުކޮށް އެނގޭ އިރުވެސް އެކަމާ ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ. އެއާއެކު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ގެއްލިއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ހުސޭނުބޭ

    ކޮބައި އިމްރާނު! ތާހިރު ވެއްޖެނު! ސީދާ ރަސްގެފާނު އެ ކޯފާވީ! މާދަމާ ފޮޅާލާނެ! ކަރުނަ ފޮހެލާފައި އަވަހަށް ފޮއްޓަށް އެއްޗެތިއަޅާ!

    236
    4
  2. ސިމްރާން

    ކޮބާ ލަސްތަކެއްވި؟ ފޫބުޑުގަ އޮވެވިއްޖެއެއްނުން އިމްރާން.

    200
    2
  3. Anonymous

    ޢިމްރާނުގެ ދުވަސް ތިދިޔައީ، އިބް ލީސްމެންނަށް ހެއް ލުނީމަ ވާނެ ހައެތިވެފަ ތިއޮތީ

    189
    2
  4. މޯހަން

    ހަމަ ވަޒީފާ ގެއްލޭއިރައް މިސޮރު ގެ އަޑު ފަޅާނެ

    189
    4
  5. ޑ

    މިރާއްޖެ މީ ނޝދ ގެ އެކަނި ތަނެއްތަ އަޅެފަހެ..

    181
    2
  6. ނޭމް

    އެބަ ރަގަޅުވޭ މިތިބީބަލަން

    136
    5
  7. މަބޭ

    ރައީސް އިބޫ ރާއްޖެއިން ބޭރައް މިދަޔައީ ނަސީދުލައްވާ މިސަކަރާތްޖަހަން

    177
  8. ނަމަ

    ނަޝީދު ޢަށް ކުރަން ހިތު ލި އިތުބާރު ވެސް ވިއްސި ވިހާ ލި ވެގެން ހިގައްޖެ މިހާރު

    167
    1
  9. ހުވަދޫ ޑޮކް

    އޭރުވެސް އަހަރެމެންނަށް އެނގޭޔޭ ރައީސް ނަޝީދުގެ ހިކަނދިފަތޭ ކިޔަގެން އުޅުއިރު ތިޔަ ކަހަލަ ކެއްސެއް ނަޝީދު އިމްރާނަށް ދޭނެކަން !! އިސްލާމްދީނުގެ ހިމާޔަތުގައޭ ، ނަޝީދާކީ " ސީދާ ލާދީނީ" މީހެކޭ ކިޔައި އެފަހުން އެވެރިންގެ އުނގަށްވެއްޓުމުންވެސް ތިޔަ ކަހަލަ އެތިފަހަރަކުން ޖަހާނެކަން!! ޝެއިޚް އިމްރާނަށް ތިޔައޮތީ ރާކަނިމަސް ރަނގަޅަށް ކެވިފަ!! ކުރީގެ ރައީސް ޔާމިންގެ ސަލާމް އިމްރާނަށް !!

    17
  10. ލީނާ

    ޢިމްރާނަކީ ކޮންކަމެއް ކޮށްދީގެން ބޮޑު މަޤާމެއް ދީފައިހުރި މީހެއްހެއްޔެވެ؟ ބޮޑު ބާޣީއަކު ޖަލުން މިނިވަންކޮށް މަޤާމެއްދިނީމާ އަހުރެމެން ކުރި ބުރަ މަސައްކަތް އެ ދިޔައީ ތޮޅިއަށެވެ. ޙަޤީޤަތުގައި އިބޫ ޞާލިޙަށް ލިބުނުވޯޓަކަށް ދެވޯޓް ގުނައިދިނީ އަހުރެމެންނެވެ. މާ ބޮޑުކޮށް ކަންތައް ދަންޏާ މިވާހަކަތައް ގޮވަން ޖެހިދާނެއެވެ. އެހެންޏާ މިކަލޭގެ ދުރުކުރާށެވެ.

    7
    1
  11. ބަރުގޮނު

    ޢިމްރާނު ފޮޅިއްސާލުމުގެ މަސައްކަތް ތިޔަ ފެށުނީ. ނަޝީދު ގެންގުޅޭ ޢިއްޒަތްތެރިންގެ ތެރެއިން ޢިއްޒަތްތެރިޔަކު މާދަމާ ތިކަމާ އުޅޭނެ.

    121
  12. ސޮރު

    އިމްރާނަކަށް އެކައްޗެއްވެސްބުނާކަށް ނުކެރޭނެ. ހުރީނަގޫ ފިތިފާ.. ދީން ވެރިޔެކޭ ކިޔާތީ ލަދުގަނޭ

    128
    3
  13. ޟމ

    އިމްރާނޫ ޕެކިންގ ހަދަންފަށާ

    37
    1
  14. މަމޮޅު

    ޚުފޫ ހަމަނުވާ މީހުންގެ އޮންނާނީ ކޮން އިތުބާރެއް
    ޙައްތާވެސް ގެއްލިފަވާ އިތުބާރު ތަކެއް މުޅިންވެސްތީ
    ދެންކޮން އިތުބާރެކޭ ކޮހެކޭ ތިކިޔަނީ

    11
  15. ކައުންސެލަރު

    އިމްރާން ބުނަން! ލަނޑަޔާ ވާނީ ލަނޑަޔާ، އެބުނިހެންމެ ރަސްގެފާނު ކޯފާވީއެ، އަވަހަށް ފޮށިތަންމަތި ބަނދޭ. އެކަމަކުވެސް ވަރަށް ހިނިވެސް އާދޭ..

    43
  16. ނަގޫރޯޅި

    އަހަރުމެން އިތުބާރު ގެއްލުނީ ހަމައެކަނި ހޯމްމިނިސްޓަރަކަށް ނޫން. ލާދީނީ ފިކުރުގެ މީހުން ހިމާޔަތް ކުރާ މުޅި މިސަރުކާރާ މުއައްސަސާތަކާ ސަރުކާރުގެ ކޯލިސަންގެ މަތިންވެސް އަހަރުމެން އިތުބާރު ގެއްލިއްޖެ.

    45
  17. ޢަހުރެން

    މިނިކާވަގަށް ކާންދީ ބޮޑު ކުރީ ހަަމަ ދިވެހިންނެވެ. ޢެމިނިކާވަގު އަހަރެމެންގެ ދީން ކާލާތަންވެސް ބަލަ ބަލަ މިތިބެވެނީ ހަމަ އަހަރެމންނަށެވެ

    43
  18. ޢަބްދުއްލާ

    ހޯމް މިނިސްޓަރ އިމްރާނަށް އޮތް އިތުބާރު ގެއްލިއްޖެ: ނަޝީދު

    1 ގަޑިއިރު ކުރިން ( އޮކްޓޯބަރ 20, 2019 )

    އިމްރާން އަވަސް ކުރޭ މިފަހަރު ނޯށުން ރޮއްވާނެ . ފޮށިތަންމަތި ބަނދެގެން ގެއަށް އަދި

    އިބޫވެސް .

    10
    1
  19. އަހުމަދު

    ލާދީނީ ބާގަނޑަށް ފިޔަވަޅު އަޅާދީބަލަ

    39
    2
  20. ނަސީދު

    ކިންގް ކޯފާވެއްޖެ އިމްރާން ތަންމަތި ބަންނައްފަށާ

    27
  21. މަޖީދު

    ނަޝީދު ކަންބޮޑުވެލައްވާހެނެއް ހިއެއްނުވޭ ދީނަށް ފުރައްސާރަ ކުރުމަކުން. އެކަން ކުށްވެރިކުރާތީ ކަންބޮޑުވެލައްވަނީ، ދީނަށް ފުރައްސާރަ ކުރުމަކީ އެއީ އެންމެ ބޮޑުކުށް. އަޅުގަނޑުމެން މުސްލިމުންވެސް އެހެން ދީންތަކަށް ފުރައްސާރަ ކުރުމަކީ އިސްލާމް ދީން މަނާކުރާކަމެއް. އެބައިމީހުންް އަޅުކަންކުރާ ތަކެއްޗަށް މަލާމާތްކޮށް އުޅުމަކީ މުސްލިމުންވެސް ކޮށްގެންވާނެކަމަކަށް ނުވާއިރު އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރި ބައެއްގެ ހިމާޔަތުގަ ހުންނެވި ބޭފުޅަކަށް ވާތީ ވަރަށް ލަދުވެތިވޭ. އެއީ ކެނެރީގޭ ނަޝީދަށް ވަތީއެއްނޫން. ކުރީގެ ރައީސް ނަޝީދު ކަމަށްވާތީ. ރައީސް ނަޝީދަށް މާތްﷲ ހެޔޮވިސްނުން ދެއްވާށި އަމީން. އެމަނިކުފާނަކީ އަޅުގަނޑު ލޯބިވާ ބޭފުޅެއް. އެބޭފުޅާއަކީ ހެޔޮބަސްއަހާ ހެޔޮބަސް ގަބޫލުކުރާ ބޭފުޅެއްކަމުގައި ލައްވާށި.

  22. ޚކ

    ސާލިހު އަޅެއްގެ ގޮތުގައި ހުއްޓާ ދެއްތޯ؟ ޥަރަށްދެރަ!

    27
    2
  23. މުހައްމަދު

    ރަސޫލާއާއި ޤުރުއާނާއި އިސްލާމްދީނަށް ފުރައްސާރަކުރި އެމްޑީއެންގެ ދިފާއުގައި ވާހަކދައްކާތީ މަޖިލިސް ރައީސްގެ އިތުބާރުގެއްލިއްޖެ. އަދި 67 މެންބަރުންގެވެސް

    45
  24. އެންދެރި

    ހިދާޔަތް ދެއްވުމަށް ނޫނީ ހަލާކަށް އެދި.ދުއާ ކުރަން ވީ އެވެ

    33
    • މާޒް

      ހަލާކަށް އެދި. އެއީ ދުވަހަކުވެސް އިސްލާހް ވާނޭ ބައެއް ނޫން.

  25. ބުރޯ

    ދިވެހި ގައުމު ދޫކޮށް ނަސީދު ވަޑައިގަންނަވާ ، ގައުމަށް ފައިދާހުރިގޮތަކީ ނަސީދު މި ގައުމު ދޫކޮށް ވަޑައިގަތުމުން. ނަސީދަކީ ވަޑާންގެއަކާ ކުންފުންޏަކާ ގައުމު ހިންގަން ހަވާލުވެފާވެސް އެކަންކުރަން އެގި ނުލެއްވި ބޭފުޅެއް. ވީމާ މިގައުމުގާ ނަސީދު ހުންނެވުމަކީ ގައުމަށް އިތުރު ގެއްލުން މެދުވެރި ވެދާނެ ކަމެއް. ވީމާ ދިވެހިގައުމާ ރައްޔިތުންނަށް ހެވެއް އެދިވަޑައިގަންނާނަމަ ސީޔާސީ ހިމާޔަތް ލިބިފައިވާ އިގިރޭސި ވިލާތަށް ވަޑައިގަންނަވާ . ބޮޑުވަޒީރުކަން އޮޔާ ދާ ދުވަސވަރެއް ދިމާ ވެއްޖެ ނަމަ އެގައުމުން ބޮޑުވަޒީރު ކަމެއް ލިބޭތޯ ބެއްލެވުމުން ތިބޭފުޅާގެ ހިތްޕުޅަށް މާބޮޑަށް ފަސޭހަފުޅުވާނެ

  26. އަޙްމަދު

    ހަމަ ބޮޑުސިންގާ ތެދެއް. އިތުބާރު ގެއް ލިއްޖެ.
    ކަ ލާނގެއަށާއި ރަސޫ ލާއަށާއި ދީނަށް ފުރައްސާރަ
    ކުރާމީހުން ރަގަޅަށް އެގޭއިރު ފިޔަވަޅުނާޅާތީ
    އިތުބާރު ގެއް ލިއްޖެ.

    10
  27. Anonymous

    ކިތަންމެ ބޮޑީގާޑުންނެއް ލައިގެން ޝޫޓިން އޯޑަރ އެއް ނަގައިގެން ހުއްޓަސް ކަލެޔަކައް މަލަކަލް މައުތް ނުވަތަ މަރުގެ މަލާއިކަތާއަކައް ނުފިލޭނެ

    10
  28. ބިންގޯ

    ތިއީ މާކުރިން ވެސް އެގޭ ކަމެއް. އިމްރާނު މާމޮޅަށް ލޯމަރަމަރާފަ ވާހަކަދެއްކިއަކަސް ކަމަކުނުދާނެ. އެމް. ޑީ. ޢެން. ރިޕޯރޓޯ އާ ބެހޭގޮތުން ލޯމަރާލާފަ ވެސް އެއްވެސް ވާހަކަބުނެލަންނުކެރިފަދޯ ތިހިރީ

  29. އަޙްމަދު

    ފަރުޞު ފަސް ނަމާދު ކުރާމީހަކު ދެކެ އެނާ ރުޅި ނާންނާނެ އެއްވެސް ސަބަބައް ނޯންނާނެ. އަހަރުމެން ހައިރާނެއް ނުވަން!

  30. ދިވެހިން

    ނަޝީދައްވެސް ރައްޔިތުން ކުރަމުން ދިޔަ އިތުބާރު މިހާރު ވަނީ ގެއްލިފައި. އެކަން އެބަ ފެނޭ ރާއްޖެތެރޭ ރަށްރަށުން.

  31. ޖަމީލު

    އިމްރާނަށް ކަލޭ އިތުބާރުކުރީ ކޮންއިރަކު، މަކަރާއި ހީލަތުން އެގޮލާ ބޯކާލައިގެން ތިބީމަ އިތުބާރު ކުރީތަ؟ ދުވަހަކުވެސް ކަލޭގެ ހިތެއް އިމްރާނަކަށް ސާފެއްނުވާނެ، ކަލެއަށް އެވަރުކޮށްފަ ހުރިމީހެއް އެއީ، އެހެރަފެންނަނީ ޔޫ ޓިއުބުގައި އޭނަ ދެއްކި ވާހަކަ، އެކަމުބުނަން އިމްރާނު ދައްކާފަ އެހެރަ ފެންނަނީ ހަމަ ހަޤީޤީ ވާހަކަ، ތިއީ ހަމަ ލާދީނީ މީހެއް

    12
  32. އަދުލު އިންސާފު

    ކޮބަ މިޤައުމުގެ އަދުލުއިންސާފުގެ ބާރު. ﷲ ނޫންފަރާތެއްދެކެ ބިރުނުގަނޭ. ރައީސް ސާލިހުގެ ރައީސްކަމުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިޖެ. ރައްޔަތުންގެ ފައިސާއިން މުސާރަދިނުންހުއްޓުވާ ވަޒީފާއިން ވަކިކުރޭ. ޤާނޫނު އަސާސީއާ ހުވަޔާ ޚިލާފުވެ އެމްޑީއެން ހިމާޔަތްކޮށް ރާއްޖޭގައި އިސްލާމްދީނަށް ފުތައްސާރަކުރުމަށް ފުރުސަތުދޭތީ ޝަރީޔަތްހިންގާ އަދަބުދީ. ރައްޔަތުންމަޖްލިސްގެ މެމްބަރުންވެސް، ރައީސް ސާލިހުގެ އިތުބާުނެތްކަމަށްވޯޓުނުނަގާތީ އެމީންވެސް މިހާރު ރައްޔަތުންނަށް ޚިޔާނާތްވެއްޖެ މަޤާމުންދުރުކޮށް ޝަރީއަތްހިންގާ އަދަބުދީ. މި ރާއްޖޭގާ ކުށެއްކޮށްގެން މީހަކަށް އަދަބުދެންޏާ ފުރަތްމަދޭންޖެހޭނީ ނަޝީދު އަށް ނަޝީދު ނުގޮވާއެއްޗެއްއެހެންމީހަކު ނުގޮވަ. އިމްރާނާ މަހުލޫފުވެސް ކުއްވެރިވެއްޖެ ވަކިކުރޭ. ރައްޔަތުންގެ ފައިސާއިން މުސާރަނުދީ

  33. ހުސެން

    ބޮޑުވަޒީރު ރިޔާބުޑަށް ޖަހާފަ ބޭރުކުރާނެ،ބަލަގަ ނަޟިދު އެމްޑިއެން ދިފާއުކުރަން ކަލޭ އެކި ގޭސް އަނބުރާތީ ޕާޓީ ކުދިންތަކެއްވެސް މިހާރު ކަލެއަށް އިތުބާރުނުކުރޭ،ތާއިޑު ގެއްލޭތީ މިހާރު މައުމޫނުހެން ކަލޭ ހުދުމުޙުތާރުވަނީ،މުޅި އޮޑީގައި ކަލޭގެ ދެފައި މިއޮތީ،އޭރު ކަލޭ މައުމޫނަށް ބެވި ހުރިހާ ކަމެއް މިއަދު ކަލޭގެ ބޮލަށްތިޔަރެވެނީ،ފެނޭތާ؟

  34. އިލްމީދިރާސާ

    މާތްﷲގެ ހުކު މްފުޅަށް ސީދާ ފާޅުގައި ގޮންޖަހައި، އެކަލާނގެ މާތް ރަސޫލާ ސައްލައްލާހި އަލައިހި ވަސައްލަ މްއަށް ފުރައްސާރަ ކުރި މީހުންނަށް ފިޔަވަޅު ނާޅައި އެކަން ކުރި ބަޔަކަށް ހަ މަލަދޭން ގޮވާ މީހުންނަށް ފިޔަވަޅު އެޅު މަކީ ނަޝީދު މާތް ﷲ އާއި ރަސޫލާއަށް ލޯބިވާ މިންވަރު ހާ މަވާކަ މެއް

  35. ދޮން މޮހޮނު

    އަހަރުމެން މިހާރު ނަސީދަކަށްވެސް ތާއީދެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއްނުކުރަން