މިވަގުތަކީ އެންމެންވެސް ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު ވިދާޅުވީ، މީހުން މަރަން ގޮވާއިރު، ފިޔަވަޅު ނޭޅޭތީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއަށް ކުރާ އިތުރުބާރު ގެއްލިއްޖެ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، އިތުބާރު ގެއްލުނީ މިނިސްޓަރުގެ އެކަނި ނޫން ކަމަށެވެ. އަދި މިއަދު މުޅި ގައުމުގެ ނަން ކިލަނބު ވެފައިވާ ކަމަށެވެ.

"ބުޅާ ގޯނިން ބޭރުވެއްޖެ. ބިންގާ އެޅުނީ ކައްޗަށް. ރަނގަޅު ކުރެވޭނީ ސަރުކާރުން ގުރުބާންތަކެއް ވެގެން. މިއީ އެންމެންވެސް ގައުމީ މަސްލަހަތު އިސްކުރަންވީ ވަގުތު،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިހާރު ރާއްޖެ އެންމެ ބޮޑަށް ހަލަބޮލިވެފައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާއި ގުޅިގެންނެވެ. އެ ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރައަށް ފަޑުކިޔާފައި ވެއެވެ. އެހެންވެ އެތައް ބައެއްގެ ފާޑުކިޔުންތައް އެ ރިޕޯޓް ނެރުނު ޖަމިއްޔާއަށް ދަނީ އަމާޒުވަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، މަޖިލީސް މެންބަރުން ހިމެނެއެވެ.

އަދި މިހާރު ޖަމިއްޔާގެ މެންބަރުންނަށާއި، ރައީސް މުހައްމަދު ނަޝީދު އަށާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް މަރުގެ އިންޒާރުތައް ދަނީ ދެމުންނެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަދުުލުއިންސާފު

  މި ގައުމަކީވެސް އަދި ގައުމުގެ މަސްލަހަތަކީވެސް އިސްލާމްދީން... އެހެންވީމަ ގައުމީ މަސްލަހަތު އިސްކުރާނަމަ ރައްޔިތުން ވޯޓުދީގެން މަތީ މަގާމުތަކަށް އިސްކޮށްފައިިބި މީހުން މިގައުމުގެ މަސްލަހަތު ނަގާލަން ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޅަވަޅުއަޅާބަލަ.. އޭރުން ރައްޔިތުންގެ ކަންބޮޑުވުން ފިލައިގޮސް އިހުނަށްވުރެ ބޮޑަށް މި ވެރިންނަށް ލޯބިޖެހޭނެ.. އެކަމަކު މި ފެންނަނީ މުގާބޭ އަނބިދަށުވެ ވެރިކަން ގެއްލުނުހެން މިސަރުކާރު ސަހިންދާދަށުވެ ނޭވައިހޮޅިއަށް އެޅޭތަން..

  23
 2. ޑަން

  ފޮރުވިފާ އޮތް އެޖެންޑާ ހާމަވަމުން މިދަނީ!

  14
 3. ސަލްމާ

  މިއީ ދިވެހި ޤަވްމާ އިސްލާމްދީނަށް ލޯބިހުރި އެންމެން ހޯސްލާފަ ނުކުމެ މި އަނިޔާވެރި ޖާހިލު ވެރިކަން ވައްޓާލަންވީ ވަގުތު!

  16
 4. ޢަހައްމާބެ

  މިއީ ދިވެހިންގެ ގައުމު، މިގަމުގެ އެއްމެ މަތިވެރިވެގެންވާ ކަމަކީ އިސްލާމްދީން! ޢެ ދީން ހިމާޔަތްކުރުމަކީ ދިވެހިން ގެ ކޮންމެ ފަރުދެއްގެ ވާޖިބެއް! ޢެދީނަށް އިހާނެތިކޮށް ހަދާކަށް ދިވެހިންގެ ތެރެއިން ނުކުތުމަކީ ބަލައިގަނެވޭނެ ކަންކަމެއްނޫން! ޢެހެންއުޅެފައި ތިމަންނައަކީ ދިވެއސެކޭ ބުނުމުގެ ފަޚުރެއް ނޯންނާނެ! މުސްލިމަކަށް ވީތީ ފަޚުރުވެރިވަން!

  14
 5. މަގޭ ފިކުރު

  އެމް ޑީ އެން ވަގުތުން އުވާލާ މުޒާހަރާ ހުއްޓުވާ އިސްލާމިކު މިނިސްޓްރީ ޢާއި ސަލާމަތީ ބާރުތަކުން ދީނާ ރައްޔިތުން ހިމާޔަތްކުރުމަށް ޝަރީޢަތުގައިވާގޮތަށް ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ދަންނަވަން. ދީނުގެ ފިތުނައަކީ ނިއުކުލިއަރ ބޮމެއްފަދަ ނުރައްކަލެއް.

  17
  1
 6. ޕަރީ

  އެޖެންޑާ 19 ހަމަ ޔަގީން.

  1
  4