މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުމުގައި ބައިވެރިވި ކަމަށް ބެލެވޭ އަޒްރާ ހޯދަން ފުލުހުން އާންމުކުރި ފޮޓޯ ނަގައިފި އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އަޒްރާގެ ފޮޓޯ ފުލުހުން ނެގީ އޭނާއާ މުއާމަލާތް ކުރެވިވިފައިވާތީއެވެ.

މިހާރު ރާއްޖެއިން ބޭރުގައި ހުރި އަޒްރާއާ މުއާމަލާތް ކުރެވިއްޖެ ކަމަށް ބުނެ އޭނާ ހޯދުން ފުލުހުން ހުއްޓާލި އިރު، ފުލުހުންގެ ތަހުގީގަށް އޭނާ ރާއްޖެ އަންނަން އެއްބަސްވި ކަމެއްވެސް ނުވަތަ އެއްބަސް ނުވާ ކަމެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން އޭނާ ހޯދަމުން ދިޔައީ “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލާގައި ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭތީ އޭނާއާ ސުވާލު ކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ ރިޕޯޓުގެ ލިޔުމުގައި ބައިވެރިވި އެންމެ މިވަގުތު ތިބީ ރާއްޖެއިން ބޭރުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެމައްސަލަ ފުލުހުންނަށް ހުށަހެޅި އިރުވެސް އެމީހުން ތިބީ ރާއްޖެއިން ބޭރުގައި ކަމަށާއި އެހެން ކަމުން އެމައްސަލައާ ގުޅުންހުރި ނުވަތަ އެމައްސަލައިގެ މައުލޫމާތު ހުރި ކަމަށް ބެލެވޭ މީހުންނާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ހުސެން

    އެއީ ކީއްވެ؟ސަކިންދާ ގެ އަޑީސެކިއުލާ ދައުލަތުން އަމުރެއް އައީތަ؟ސަކިންދާގެ ބައިގަނޑުތޯ ނޫނީ ރައްޔިތުންގެ ގިނަަ ރައޔިތުންގެ ކަންބޮޑުވުންތޯ މުހިންމީ؟އެމްސީހަމީދު އިސްތިއުފާ

    126
    4
  2. އާލިމް / މާލެ

    އެމް.ސީ ހަމީދުމެން ލައިގެން ކިހިނެއް މިކަން ކުރާނީ. މީހުންގެ މޫނުމައްޗަށް ދައްކާ ދަޅާއެއް ހަމަ ތިއީ. އެއްވެސް ފިޔަވަޅެއް ނާޅާނެ.

    126
    3
  3. މޫސާ މަނިކު

    މި ސަރުކާރުގެ ނުފޫޒު ނުވަންނަ ގޮތަކަށް ތިޔަކަމެއް ކުރިޔަކަށް ނުގެން ދެވޭނެ

    100
    1
  4. ބަކުރުބެ

    ހަހަހަަ. ކީއްކުރާނީ ސީ ޕީ ކަމުގަ ހުންނަން ބޭނުމިއްޔާ އެހެން އުޅެންޖެހޭނީ . ޕްރެޝަރ ބޮޑުވީމާ ކުރާކަން ދައްކާލާދަ . އަނެއްކާ ކަމުން ރެކި ގަންނާނީ

    100
    2
  5. މާލޭ މުޙައްމަދު

    ލާދީނީ ސަރުކާރު އިސްތިއުފާ. އިސްލާމް ދީނަށް ފުރައްސާރަކުރުމާ ދައުލަތް ބަނޑުއެޅުން ނޫން ކަމެއްކުރާކަށް އެމް.ޑީ.ޕީ މީހުނަށް ކުރާކަށް ނޭންގޭނެ

    80
    1
  6. علي وحيد

    ބަލަގަ މޮޔަފުޅުވެގެންނޭ ތިއުޅުއްވަނީ އަޒުރާ ދެކެބިރުގަތީތަ ނޫނީ ބަލަން ވީ ވަރަށް ނުބަލާ އަޒުރާ فضيحة ކުރެވުނީތަ

    52
    8
  7. ދޮންބެ

    ސަރުކާރަށް އަހަރު ދުވަސް ނުވަނީސް ސަރުކާރު ފެއިލްވަމުންދާ ކަމުގެ އަލާމާތްތައް ފެންނަން ފަށައިފިއެވެ.

    87
    1
  8. ކާފަ

    ވަރަށްބާރަށް ވެއްޓެން އަންނަ ސަރުކާރެއް ދުނިޔެއާއި ދިމާލަށް ދަތުރުކުރަމުންއެބަދޭ، ނާ..ޝާ...

    80
    1
  9. ހުސޭނުބޭ

    ރައްޔިތުން އަދުން އަޅުވާ ނިމުމުން އަދުން ދަޅު ފޮރުވާފި!

    68
    1
  10. އަޙްމަދު

    އެމްސީ ހަމީދު ބިރުން ތުރުތުރު އަޅަގެން ކުރިކަމަކަށް ވާނީ

    61
    2
  11. ޖަޒީރާ

    މިހާރު އަނދިރި ދައުލަތަކީ ކޮންބައެއްގެ ކޮންމަގުސަދެއްކަންއެގޭނެ އިސްލާހުކޮއް މީހުންބޭރު ކުރަމުންދާ ބޭނުން ތަރައްގީ އަކީ ބޭރައް ދަތުރު
    ކުރުން ބަޖެޓް ކުސްވަނީ ރައްރަޝައް ދިއުމުގެ ބަދަލުގަ ދޮއްމީހުނައް ވީވައުދު ފުއްދޭތޯ ދަތުރުކޮށް

    53
  12. ހައިކަލް

    ހައްގު އަދަބުދީ..... އެމްޑީޕީ ގެ ލާދީނީ ކަމާ ހުރެ ނެތް މި ޕާޓީގަ އުޅެވޭކަށް.... އަޅުގަނޑުމެން ވޯޓް ދިނީ ތިހެން ނުބައިކޮށް އުޅޭކަށް ނޫން... ބަލަން މިތިބީ... ލާދީނީ އެމްޑީއެން އުވާލާ

    53
    • ވޯޓް

      "އަޅުގަނޑުމެން ވޯޓް ދިނީ ތިހެން ނުބައިކޮށް އުޅޭކަށް ނޫން..." އެމްޑީޕީ އުފަންވީއްސުރެ އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީގެ ނަމުގައި ސެކިޔުލަރިސަމް ގެންނަން އުޅުނު ބައެއް. އެމްޑީޕީއަށް 2008ވަނަ އަހަރު ވެރިކަން ލިބި ސެކިޔުލަރިސަމް ގާނޫންތައް ވުޖޫދުކުރަންފެށި. އޭރު އަޑެއް ނީވޭތަ އަންނި ނެދަލޭންޑްގައި ދިން ލާދީނީ ތަގުރީރު؟ އޭރުވެސް މިހާރުވެސް އެމްޑީޕީއަކީ ލާދީނީ ބައެއް. އެމްޑީޕީ މެމްބަރުން އެބައިގަނޑާ މިގުޅެނީ ފައިސާގެ ދަހިވެތިކަމުގައި ނޫނީ "ލާދީނީ މިނިވަންކަން" ހޯދުމަށް. ޕީޕީއެމްއާއި ޖޭޕީއާއި ހިޔާލު ތަފާތުވުމުން ނުޖެހޭ އެމްޑީޕީއާއި ގުޅޭކަށް. ޝައިތޯނުންނާއި ޑީލްހަދައިގެން ދުވަހަކުވެސް މުސްލިމުންނަށް ހެވެއް ނުލިބޭނެ

      11
  13. ޒީ

    އެއީ އެބުނާ ފިޔަވަޅު ނަސީބެންނު ހިގާ ފިޔަވަޅަކައް ނުވިކަން.

    49
  14. އަލީ

    އިންޓްޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް ގެނެވޭނެ.

    29
  15. ާަާމަ

    ތަންފީޒީ އިދާރާތަކުން ޑްރާމާ ކުަޅުން ހުއްޓާލާފަ ޒިންމާއަދާކުރުން އަވަސްކުރައްވާ. މުސްލިމު ގައުމެއް މިއޮއްގެން ހަލާކުވެދަނީ.

    ??????????

    33
    1
  16. މީދާ

    ފޮޓޯނެގީ އެކަލީގެ ފެނުނީތަ ނޫނީ މި ސަރުކާރު ޔަހޫދިންގެ ދަސުވީތަ

    26
  17. Anonymous

    އަޒްރާގެ ފޮޓޯ ފުލުހުން މީޑިޔާއަށް ލީ އާންމުންގެ ބަޔަކު މައިތިރިކުރަން ގޮތްދައްކަން. ތިމަންނަމެން ލާދީނީ ބައިގަނޑުގެ މައްސަލަ ބަލަމޭ ބުނަންވެގެން. އެހެނަސް އެ ފޮޓޯ ލުމުން އަޒްރާއަށް ރާއްޖެއިން ފުރައިގެން ދިއުމަށް އުނދަގޫތަކެއް ހުރުމުން އެބައިގަނޑު އެއްކޮށް ރާއްޖެއިން ފުރައިގެން ދިއުމަށް ފަސޭހައަކަށް އެ ފޮޓޯ އަވަހަށް ނެގީ. .

    24
  18. ނަން

    އަނދިރި ހިޔަނި ސަރުކާރުގެ ނުފޫޒް.. މި މީހުންގެ އައުވާނެއްގެ ކޮންމެ ކަމެއް ކުރިޔަސް ހިމާޔަތް ކުރާނެ... އަދި ކުށެއް ވެސް ނުކުރާނެ.

    22
  19. 19 ނަވާރަ

    ބަލަ ކަލޭމެން މިސަރުކާރު ގެނައީ. ދެން ތިބޭ

    24
    1
  20. މާމަ

    ބަލަގަ މޮޔަޔާ އެއީހިގާފިޔަވަޅެކޭ އެހެންވެއެހާބާރައް އެދިޔައީ ދެންވެސް މޮޔަނުގޮވާ ހުރެވޭތޮ ބަލާބަލަ މިއީމިހާރުގެސަރުކާރުން ފިޔަވަޅުއަޅާގޮތަކީ

    18
  21. ސޯޕް ލައިޓް ބްރަދަރ

    ޖިންނި އާއި ކެރަފާނަސީމުގެ ފޮޓޯއެއްވެސް ލާންފެނޭ!!!!!

    23
  22. މާލެދިވެހިރާއްޖެ

    ދިވެހިރާއްޖެއަށް ކުރިމަތިވި ބޮޑު އިމްތިހާނެއް މީ އަންނިއަކީ ދިވެހިން ނަސްރުދޭނީ އަންނިގެ ބައިގަނޑަށްތޯ ނުވަތަ އިސްލާމް ދީނަށްތޯއެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރި ބައިގަނޑު އެވަނީ މުރުތައްދުވެ މުޝްރިކުވެފައެވެ. ނުވަތަ އެއީ ވެސް މުސްލިމުންތޯއެވެ އަދިވެސް..

    18
    • ނަޒީރު

      އޭނާއަކީ ޝައިތާނެއް.. ޝައިތާނުންނާ ދޭތެރޭ ކަންކުރަންޖެހޭގޮތައް އޭނާއާއި ދޭތެރޭ ކަންކުރަން ޖެހެނީ.. މިއީ އެއްފަހަރު ދެފަހަރަކު ނޫން މީނާގެ ބަލާވެރިކަން މުސްލިމް ރައްުިތުން ތަހައްމަލް ކުރަން މިޖެހެނީ. އޭނާއަކައް އިސްލާމީ ދައުލަތެއްގެ މުސާރައެއްވެސް އަދި ރައްކާތެރުކަމެއްވެސް ގައްގެއް ނޫން.

      15
  23. ހަދަބ'×ޝޕގ

    ހާދަ ވަރެއް އެބަހުއްޓޭ މި އަނދިރިބާގައިގެ މީހުން

  24. ނަސީރު

    ލާދީނީ އެމްޑީޕީ އަ ހަރެން ދޫކޮއްލައިފިން. ކަލޭމެންގެ ނުބައިކަމުން ތި ޕާޓީގައި މެމްބަރަކު ކަމުގައި ހުރުމަކީ ފާފަވެރިވާނެ ކަމެއްކަން މި ހާރު ވިސްނޭ. އެމްޑީޕީގެ ލާދީނީކަން ނިކަންގާތުން ދެކެ އަތުން ހިފައިފީމު. ދެނެއް ވައިވެސް ނޭޅޭނަން.

    15
  25. ބޮލި މުލައް

    އަނދިރި ދައުލަތުގެ މީހަކަށްވާތީތަ؟

  26. ރާޅު ބޯއީ

    މަޖުބޫރުން ފޮޓޯ ނަގުވާފަ އެއޮތީ. ކެރަފާ ނަސީ މު ދަރިއެއް ތީ. ތަހުގީގު ކުރަނީއޭ ކިޔައިގެން މޮޔަ ހައްދަނީ.

    7
    1
  27. ތަރިކަ

    ހުސް ދޮގު. މި މީހުނެއް މިވެރިކަމަކު ތެދެއް ނަހަދާނެ.

  28. ބުރޯ

    އަނދިރި ދަވްލަތުގެ ވެރިޔާ ގ.ކެނެރީގެ މުހަންމަދު ނަސިދު އަދިވެސް މާލޭގަ އެބަހުރި ނޫންތޯ އޭނާ ދައްކާ ވާހަކަތަކަށާ އޭނަ ކުރިންދެއްކިކަމަށް ބުނެ ޔޫޓިއުބުގަ ހުރި ވާހަކަތަކާމެދު ސުވާލުކުރުމެއްނެތްބާ ؟

  29. ޔަހޫދީކަލޭގެ

    ލާދީނީ ނަޝީދު އެބުނާ އަނދިރި ދައުލަތުގެ ނާއިބު ރައީސް އަޖުރާތަ މީ

  30. ހަމަހަމަ

    މިއީ މުއާ މަލާތެއް ނޫން، މިއީ ރައްޔިތުންނަށް ކުރާ މަލާ މާތެއް !