ނިރުބުވެރިއެއް ކަމަށް ބުނެ ހައްޔަރުކުރި ޝައްމާންގެ ހަތް މަހުގެ ދަރިފުޅު ނިކަމެތި ކޮށްލައިގެން އެންމެން ތިބީ ހެވިފައި ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ނިރުބުވެރިއެއް ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ޝައްމާންގެ އާއިލާ މެންބަރަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޑީއެންގެ ވާހަކަ އެންމެން ދައްކަމުން ދާއިރު އިސްލާމްދީނުގެ ދިފާޢުގައި ނިކުތް ހިތްވަރުގަދަ ޒުވާނާގެ ވާހަކަ ނުދައްކާ ކަމަށެވެ.

"ކުށްކުރި މީހުން ހިފާ ހައްޔަރެއް ނުކުރެވޭ. ކުށްނުކުރާ މީހަކު ވިއްޔާ ވަރަށް އަވަސް ވާނެ ހައްޔަރު ކުރާލަތް." އޭނާ ލިޔެފައި ވެއެވެ.

އޭނާ ވަނީ އަހަރެމެން އެންމެން ގެންނަން ބޭނުންވި ބަދަލަކީ މިއީތޯ ވެް ސުވާލު ކޮށްފައެވެ. "އިންސާފުގެ ވާހަކަ ދައްކަން އެންމެން ވެސް ފޯރި ހުރީ. އިންސާފު ހޯދައިދޭން އެބައުޅޭތަ އެކަކު ވެސް؟ ތުއްތު ހަތް މަހުގެ ކުއްޖަކު ނިކަމެތި ކޮށްލައިގެން އެންމެން ވަރަށް ހަމަޖެހިފައި މިތިބީ. މިއެއް ނޫން އަހަރެމެން ބަދަލަކަށް ވޯޓް ދިން ސަބަބަކީ. ޝައްމާނަށް އިންސާފު ލިބެން ޖެހޭ. ޝައްމާން ދޫކޮށްލާ." އޭނާ ލިޔެފައި ވެއެވެ.

ޝައްމާން ހައްޔަރު ކޮށްފައި ވަނީ އެހެން މީހަކު އެޑިޓް ކޮށްފައިވާ ޝަހިންދާގެ ފޮޓޯއެއް ފޭސްބުކްގައި ޝެއާ ކުރުމުންނެވެ. ފުލުހުން ވިދާޅުވެފައި ވަނީ ޝައްމާން ހައްޔަރުކުރީ މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ނިރުބަވެރި ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް މީސްމީޑިއާގައި އާންމުކޮށް ހާމަކުރަމުން ކަމަށެވެ.

ނަމަވެސް އެހެން މީހަކު އެޑިޓް ކޮށްފައިވާ ޝަހިންދާގެ ފޮޓޯއެއް ފޭސްބުކްގައި ޝެއާ ކުރުން ފިޔަވައި އަނިޔާވެރިކަމަށް ހިތްވަރުލިބޭ ފަދަ އެއްވެސް އެއްޗެއް އޭނާ މީސް މީޑިއާގައި އާއްމުކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ރައްޔިތުން ނުކުންނަންވީ އިސްލާމްދީނަށްޓަކައި ނުކުތް ޒުވާނާއަށް އެހީވާން. އޭނާ ދޫކޮށްލަންދެކަށް ހުއްޓާނުލާ ސަރުކާރަށް ޕްރެޝަރކުރަންވީ.

    156
    6
  2. Anonymous

    މިގައުމުގެ ދީނާއި އެއްބައިވަންތަކަމަށްޓަކައި މަސައްކަތްކުރި ކުއްޖާގެ މަތިން އަހަރެމެން ހަނދާން ނައްތާލައިގެން މިތިބީ. މިރިޕޯޓު ކުއްވެރިކޮށް އަދި ޝައްމާން ދޫކޮށްލުމަށް މުޒާހަރާ ކުރަންވީ. ކޮންމެ ހުކުރު ހޮނިހިރުދުވަހެއްގައާއި ރޭނގަޑުގެ ވަގުތުތަކުގައި އެކަންކުރަންވީ.

    125
    5
  3. ހުސޭނުބޭ

    ސައިންދާއަކީ އޭރިޔާ 51 ގައި ގެންގުޅޭ އޭލިޔަންއެއް! ވީމާ ސަހިންދާގެ ފޮޓޯ އާންމުކުރީމާ މުޅި ދުނިޔޭގެ މަސްލަހަތު ެއްލޭނެ! އެއީ ވެގެން އުޅޭ ގޮތަކީ!

    92
    4
  4. ފަހަރި

    ޝައްމާނު ކައޭ އެމްޑީޕި އަށް ވޯޓު ނުދެއްޗޭ ދެން .ކައޭ ވޯޓު ދިނީމަ އެމީހުން ކަލޭގެ ދަރިފުޅު މުޅިން ނިކަމެތި ކޮށް ދުނިޔެ އަށް ގިނަ ކޮށްފި ކަޑައެއްނު އޭތި ދެންވެސް ޒުވާނުން ހޭވެރިވެބަ ހެޔޮވެރިކަމެއް ޖަޒީރާ ގަ ނޯންނަާނެ ޖަންގަލް ޕީޕީ މީހުން އުޅެެޭގޮތަށް ދިވެހިން ނޫޅެެޭނެ ފޫގޮޅި ޖަހައިގެން އެވެރިން އެތިބީ ގާރޫނު ހެދިފަ

    63
    6
  5. ކޮރަކަލި

    އަންނިބެ އާއި އިބޫ އެކުޑަކުއްޖާފުޅަށް އެހެންނަހަދާ 500000 މިލިޔަން އެކުއްޖާ އަށް ދީބަލަ ލައްގާ ހުރައަށް އަބަދު ލެއްގީމަ އޭތި ކަޑަ

    32
    2
  6. އާމިރު

    ފުލުހުން ވަނީ ފެއިލް ވެފައި ، އިސްލާމް ދީނަށް ފުރައްސާރަ ކޮއް ހެދިމީހުން ހައްޔަރު ނުކޮށް ،އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހުން ހައްޔަރު ކުރަން ގޮވާލި ހިއްވަރު ގަދަ ޒުވާނާ ޝައްމާނު ވަނީ މި ފެއިލް ވެފައިވާ ފުލުހުން ހައްޔަރު ކޮއްފައި..ދިވެހި ގައުމަށާއި ދިވެހި އުއްމަތް އަދި އިސްލާމް ދީން ދިފާއުގަ ހުވާ ކޮއްގެން ތިބި ދިވެހި ފުލުހުންނޭ ކިޔާތި ލަދުގަނޭ...

    39
    4
  7. މީދަ

    މި ސަރުކާރުގެ ވާހަކަ ދައްކަކަސް ނުވާނެ! އެމީހުން އަބަދު މަސައްކަތް ކުރަމުންދަނީ އިސްލާމްދީން ނިކަމެތި ކުރަންވެގެން އެކަމެއްނުވާނެ އިންޝާﷲ އެމީހުން ކުރިމަތީ މުސްލިމުން ނިކަމެތި ވާންވީ! އެކަމެއް އެހެންވެގެން ނުވާނެ

    29
    3
  8. ގައުމީދޫ

    ޢަހަރެމެން ގެ ދުޢާ އަކީ އާއިލާއަށް ކެއްތެރިކްން ދެއްވުން. ޢަދި އަނިޔާ ލިބެމުންދާ ފަރާތްތަށް އެ އަނިޔާއިން މިންޖުކޮށް ދެއްވުން

    49
    3
  9. މުއްތަލިބް

    ކެތްކުރައްވާށެވެ. އެންމެންނަށް މިވާގޮތާއި ވަމުންދާގޮތްވެސް މިދަނީ ﷲ ގެ ވަގިފުޅާއެކު ހާމަވަމުންނެވެ. ﷲ ގެ މަގުގައި ހައްޤުބަސް ބުނާ މީހަކު އެއިލާހު ނިކަމެތި ނުކުރައްވާނެކަމާއި އެއިލާހުގެ މަދަދު ތިޔަ ތުއްތު ދަރިފުޅަށާއި އަނބިކަބަލުންނާއި އާއިއާއަށް ދެއްވާނެކަން ޔަޤީންކުރައްވާށެވެ. މުނާފިގޫން ސޫރަތުގެ 8 ވަނަ އާޔަތުގެ މާނާގައިވަނީ ޢިއްޒަތްވަނީ ﷲ އާއި އެކަލާންގެ ރަސޫލާ އާއި މޫމިންތަކުންނަށެވެ. އެކަމަކު މުނާފިގުންނަކަށް އެކަމެއް ނޭގެތެވެ.
    ވީއިރު ހިތާމަނުކުރައްވާށެވެ. ދުޢާކުރައްވާށެވެ. ﷲ ތިޔައާއިލާއަށް ކެތްތެރިކަމާއި ރައްކާތެރިކަން އަދި ތަނަވަސްކަން މިންވަރުކުރައްވާށި. އާމީން

  10. ސަޓޯ

    ޑިމޮކުރަސީ ކަން އޭގެން އެދައްކުވަދެނީ

  11. Anonymous

    އެމްޑީޕީ އައް ވޯޓް ނުދޭން ޖެހޭ ސަބަބަކީ ތާހިރު ދިރި އުޅުމެއް ނުލިބޭނެ. ޢަދި އެލާދީނީ މީހުން ވައުދުވި އެއްވެސް އެއްޗެއް ރައްޔިތުންނަކައް ނުދެވަެނެ ލާދީނީ މެކުހައް