އިންފޮމޭޝަން ކޮމިޝަނަރަކަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އައްޔަން ކުރުމަށް އޭނާ އަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އިން ތްރީލައިން ވިޕެއް ނެރެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަކު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމީ އޭގެ ތެރެއިން ތިން ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މަޖިލިހުގެ ތަޅުމަށް ފޮނުވި ތިން ނަމަކީ ފިޔާޒުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ހ. ގުރުވަ އަހުމަދު އާހިދު ރަޝީދެވެ.
ސަރުކާރު ހިންގާ، އެމްޑީޕީގެ ޕާލިމަންޓްރީ ގްެރޫޕުން ފިޔާޒަށް ރުހުން ދޭން ނިންމީ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
ފިޔާޒަކީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އެމަގާމަށް ފިޔާޒް އައްޔަން ކުރަން އެމްޑީޕީން އަތްކުރި އޮޅާލާފައިވާއިރު، މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރގެ މަގާމުގައި ހުންނެވީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާގެ ދައުރު ވަނީ ޖުލައި 22 ގައި ހަމަވެފައެވެ.
މީ ވަރަށް ޒާތީ މީހެއް. އިންޝާﷲ މީނާ ނުހޮވޭނެ!
ތްރީލައިން ވިޕެއް ނެރުނުން މީނަ ދެން ވަކި ކޮޅަކަށް ދޯ ހުންނަން ޖެހޭނީ ، ރައްޔިތުންގެ މަންދޫބުންގެ ނުރުހުމުގައި މަޤާމަށް ގެނެވޭނެ މީހުން މިއީ. ނަންވާނީ ޔާމީން.
ހުރިހާ ތަނެއްގައި މިކަހަލަ ބޭއިންސާފު، ދޮގުވެރިން ދެން މިޤައުމަށް ވާނެގޮތަކާއިމެދު ވިސްނާ
ފިޔާޒު ތެދެވެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން .... ފަޔާއަށް ވުރެ ރަނގަޅު ވާނެ ކަމަށް ފެންނަނީ ... ކޮމިޝަނަރަކު ނެތި 90 ދުވަސް ފާއިތުވެގެން ދިޔައީ ރައީސް ނަޝީދު މިކަމުގެ ތެރެއަށް އުނދުޅި ބާނަން ހަދައިގެން ގާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅާ ގޮސް އެ އޮފީސް ވަނީ ގާނޫނީ ހުސްކަމުގެ ތެރޭގައި... ރައީސް އަށް ސަރުކާރު ހިނގިޔަ ނުދޭން އަންނި ފައިވިދުނީ ފިޔާޒުގެ ބަދަލުގައި އަންނި އުޅުނީ ފަޔާ ހޮވަން ... މިހާރު ބާރުގަދަ މީހާ އިނގިއްޖެ އެއްނު ދެންވެސް މަޖިލިސް ރަނގަޅަށް ހިންގޭތޯ ބަލާބަލަ މިއޮތީ މިގައުމަށް ޖެހިފައިވާ ބޮޑު ބަލާވެރިކަމެއް... މުޅި ގައުމު އަންނި އުޅެނީ ބަނޑު ދަށުލާން
މިގައުމުގައި ފަސާދަ އާންމުވެއްޖެއެވެ.