ދިވެހި ރާއްޖޭގެ ދާހިލީ ކަންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑު ވިދާޅުވަމުން ގެންދަވާތީ އެ މައްސަލަ ބެލުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ފޮނުވާފައި ވަނީ އެމްޑީީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ކަމަށެވެ. އާޒިމް މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއެއްގައި އެދިވަޑައިގެންފައި ވަނީ ޑރ. ޝަހީމް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނެރަލް ގެ އެޑްވައިޒަރ ގެ މަގާމުގައި ހުންނަވައިގެން ދިވެހި ދާޚިލީ ކަންކަމަށް ފާޑުވިދާޅުވަމުން ދަނީ އެ ކޯޕަރޭޝަނުގެ ސެކްރެޓްރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހްމަދު އަލް-އޮތައިމާން ގެ ވިދާޅުވުމަކަށް ތޯ ބަލައިދިނުމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ސިޓީގައިވާ ކަންކަން ދިރާސާ ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވައިފައި ވާކަމަށާއި މިހާރު އެ ކޮމެޓީ އިން ދަނީ ސިޓީ ދިރާސާކުރަމުން ކަމަށެވެ. އަދި އެކަން ދިރާސާ ކޮށް އަވަސް މުއްދަތެއްގައި ނިންމައިދޭނެ ކަމަށް އެ ކޮމެޓީ އިން ބުނެފައިވާ ކަމަށް ރައީސް ނަޝީީދު ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމަށް ފާޑުވިދާޅުވަމުންދާ މައްސަލަ ބެލުމަށް މަޖިލީހަށް ހުށަހަޅައިފައި ވަނީ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ޝަހީމްގެ އިތުރުން ގިނަ އިލްމުވެރިންތަކެއް އެދެމުންދާ ދަނޑިވަޅެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

73 ކޮމެންޓް

  1. ލޯބީވިތްޓޯޓޮ

    އޭ މަގޯތި ސޮރާ ނުބެ ހެއްޗޭ ޝަހީމް އެއީ ރަންގަނޑެއް

    152
    4
    • ކާފުހާ

      މިނަޝީދަކީ އެންމެބޮޑު ދޮގުވެރިޔާ.. މޑނ ގެ ރިޕޯޓުގެ ކުރީގެ ތާރީހެއްގައި އެމައްސަލަ ހުށަހެޅުނު ކަމަށް އެބުނަނީ. ނިކަން ނޫސްވެރިއަކު މަޖްލިސްގެ ޖެމްސްއަށް އެކްސެސްވެފަ އެސިޓީ ލިބުނު ތާރީޙް ބަލާބަލަ.

      106
      3
    • ދޮގެއް؟

      އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް މަލާމާތްކުރާ ވާހަކަ މިދައްކަނީ. ދާޚިލީ ކަންކަމާ ނީހަކު ބެުނަށްވުރެ މާބޮޑު މާ ނުރައްކާ ކަމެއްގެ ވާހަކަ މިދައްކަނީ. ވާހަކަ އޮޅުވާލަން ހަދާނެ ކަމެއް ނެތް. މިކަމަކަށް ރައްޔިތުން ދުލެއް ނުދޭނެ. ވާން ކުރަންޏާ ހަމަ ވައްޓާލާފަ ހުއްޓާލާނީ.

  2. ދިވެހި ދަރިއެއް

    ދީނަށް ބަޔަކު ފުރައްސާރަކުރި ވާހަކަ ދެއްކުމަކީ ދާހިލީ ކަންކަމާއި ބެހުންތަ؟ ޑރ ޝަހީމަކީ ވެސް ދިވެހި ދަރިއެއް ޤައުމުގެ ކަންކަމާއިމެދު ބަސްބުނުމުގެ ޙައްޤު އެމަނިކުފާނަށް ވެސް އޮންނާނެ، ކަލޭމެން ތިއުޅެނީ ލާދީނީ މީހުންފިޔަވައި ދެންތިބި އެންމެގެ އަނގަމަތީ ޓޭޕް އަޅައި ބަންދު ކުރަން، އެކަމު މާޑިމޮކްރަސީވެގެން ތާހިރު ދިރިއުޅުމާއި ހައްގު ހޯދައިދޭން އުޅޭ ބަޔެކޯތީ! ބިރު ދައްކަން އުޅޭނެކަމެއްނެތް ބިރެއް ނުގަންނާނެ، އިންޝާﷲ ދީނުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެކަމެއް ކުރުމުގައި ފަސްޖެހުމެއްނެތި ދެމިތިބޭނަން

    519
    2
  3. އަލީ

    ޑޮކްޓަރ ސަޙީދު ގެ މައްސަލަ ވެސް ބަލަން ވާނެތާ

    150
    3
  4. ޢަބުދުﷲ

    ބަލަގަ. ޑރ ޝަހީމު އަކީ ކޮންނެ ތަނެއްގައި ހުރެ ކޮންމެ މަސައްކަތެެއް ކުރާ މީހެއްކަމަށް ވިޔަސް އެއީ ހަމަ ދިވެހި ރާއްޖޭގެ ދިވެހި ދަރިއެއް. އޭނާއަށްވެސް ބެހެވޭނެ. ޝަހީދަށް ކަންކަމާ ބެހެވެނީީކީއްވެ. ގ. . ޭ

    197
    2
  5. Juhaa

    ބަލަ ޑރ.ޝަހީމަކީ ދިވެހި ރައްޔިތެއް ނޫންތަ؟ ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމާ ފާޑުކިޔުމުގެ ޙައްޤު ދިވެހި ރައްޔިތުންނަކަށް ނޯވޭތަ ؟

    178
    1
    • ދދދދދދ

      އާނ އިނގިރޭސިންނާ އިންޑިއާއަށޯ މިގައުމުގެ ދާޚިލީ ކަންކަމުގެ ވާހަކަ ދެޭކއްނީ.

  6. މޫސަ

    މުޖުނައީމްއާ ޝަހިންދާ ރާއްޖޭންބޭރުގައި ތިބެ ކީއްވެތަ ރާއްޖޭގެ ދާހިލީކަންކަމާބެހެނި. ނޫނީ ޝަހީދު ކީއްވެތަ ރާއްޖޭގެ ދާހިލީކަންކަމާ ބެހެނި؟؟ މިފެންނަނީ ކުރިއެކޭވެސް އެއްގޮތަށް ލާދީނީ ސަރުކާރަށް ގޮތްހުސްވެގެން އުޅޭތަނެވެ.

    197
    1
    • ޕީޖޭ

      މިނަޝީދުގެ ހަގީގީ ސޫރަ މިފެންނަނީ..ޑިމޮކްރަސީ ފެށުނުއިރު އަހަރެމެންނަށް އެއީ ކޮންއެއްޗެއްކަން ނޭގޭއިރު އަހަރެމެން ހެއްދޭނީ..މަހީކުރީ މީ ވ ނިކަމެތި ރައްޔިތުންނަށް ވ ހެޔޮއެދޭ މީހެއްކަމަށް ރަށްރަށަށް ގޮސް ދުމަށި ދަށު އޮތީމަ..ހަނދާން ނައްތާލާ މީ އެމްޑީޕީގެ އެކަނި ވެރިކަމެއް ނޫން..މިކަލޭގެ އާއި ހެދި ގަވްމުގެ އަދި އަހަރެމެން ދިން ވޯޓާއި މެދު ހިތާމަ ކުރަން..

      88
  7. މަބޭ

    މަޖްލިސްރައީސް (އަންދިރި ދައުލަތުގެ ރައީސް)

    146
  8. ދދދދދދ

    އެއްވެސް މީހެއްގެ ވިދާޅުވުމަކަށް ނޫން. އެއީ ޝަހީމުގެ އަމިއްލަ ޚިޔާލު. ލާދީނީ ރިޕޯޓަކީ ބޮޑު ޓެރަރިސްޓު ވިދާޅުވެގެން ނެރުނު އެއްޗަކަށް ވާތީތޯ އެ ދިފާއު ކުރަން މަރުދަން ޖެހެނީ ބަލައިދީބަލަ. މިހާރު ހޯދަން އެއުޅޭ އަންހެންމީހާގެ ފޮޓޯ ނެންގުވީވެސް އެވަގުކަލޭގެތޯ ބަލައިދީބަލަ.

    131
  9. ދދދދދދ

    އެއްވެސް މީހެއްގެ ވިދާޅުވުމަކަށް ނޫން. އެއީ ޝަހީމުގެ އަމިއްލަ ޚިޔާލު. ލާދީނީ ރިޕޯޓަކީ ބޮޑު ޓެރަރިސްޓު ވިދާޅުވެގެން ނެރުނު އެއްޗަކަށް ވާތީތޯ އެ ދިފާއު ކުރަން މަރުދަން ޖެހެނީ ބަލައިދީބަލަ. މިހާރު ހޯދަން އެއުޅޭ އަންހެންމީހާގެ ފޮޓޯ ނެންގުވީވެސް އެވަގުކަލޭގެތޯ ބަލައިދީބަލަ

    90
  10. އައާނިނީޔާ

    ޙިޔާލު ފާޅުކުރުމުގެ މިނިވަނަކަމޭ ކިޔައިގެން ވީދުނުމީހުން. ތާހިރެއްނު

    143
    1
  11. Anonymous

    ދިވެހިންނަށް ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑު ނުކިއި ދެން ބޭރުމީހުންނަށްތަ ކިޔޭނީ؟

    142
  12. ފފފފފފފފފފފފފފފފފފފ

    ދިވެހި ރައްޔިތުންނަށް ދިވެހި ގައުމުގެ ކަންކަމަށް ފާޑު ނުކިޔެނެ ގޮތެއް ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން މިވަގުތު ހެދިފައެއްނެތް. އަމިއްލަ ގައުމުގެ ކަންކަމާ ބޭރުމީހުން ބެހޭނަމަ އެކަން ބެލޭނީ. ޝަހީމާ ނުބެހޭތި. އެއީހަމަ އަހަރެމެންފަދަ ދިވެހި ދަރިއެއް. ބޭރުގެ ވަޒީފާއެއްގައި ހުރުމުން ގައުމުގެ ރައްޔިތުކަން ގެއްލިގެން ނުދާނެ.

    139
  13. މަނިކާރޯއްޖާ

    ތިޔަ ހައްދަވަނީ ގޯސް. ބަލަންވީ އެމްޑީއެންގެ މައްސަލަ. އެމީހުން ފުރުވާލާފަ އެކަމަށް ފަސްއަޅާ ފޮރުވާލާ، ގާނޫނު އަސާސީއާއި ގާނޫނުން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ދީފައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަމިއްލަ ގައުމާއި އިސްލާމް ދީން ދިފާއުކުރުމުގެ މިނިވަންކަން ތި ފޭރިގަންނަނީ. މިހާރު ޝަހީމު މާދަމާ މުސްލިމެއްގެ ގޮތުގައި ހުރި ކޮންމެ ދިވެއްސަކީވެސް ކުއްވެރިއެއް. މަނިކާ ރޯއްޖާ ދިވެހިން މިތިބީ ރީތި ބޮނޑިއެއް ބޮއެގެން. މިކަމުން މިންޖުވާން ދިވެހި ހުރިހާ ދަރިން އަތުކުރިއޮޅާލާ ނުކުންނަންވީ. ފޯނުކޮއްޓަން ތިބެގެން މާދަމާ އަހަރެމެންނަށް މިގައުމުން ޖާގައެއް ނޯންނާނެ.

    321
  14. Anonymous

    ބޭރުމީހުންނަށްތަ ދާހިލީކަންކަމަށް ފާޑުކިޔުމުގެ ގާނޫނީ ބާރު އޮތީ؟

    129
  15. Anonymous

    ޙިޔާލުފާލުކޮށް ދާހިލީކަންކަމަށް ފާޑުކިޔުމަކީ ކޮންމެ ރައްޔިތެއްގެ ހައްގެއް. ވޯޓުލުމުގެ ހައްގަކީ ދާހިލީކަންކަމަށް ފާޑުކިޔޭނެކަން އެނގިގެންދާ ހެތްކެއް.

    185
  16. Anonymous

    އަހަރެމެންގ ހައްގެއް ގައުމުގެ ކަންކަމުގައި ފާޑުކިޔުމަކީ

    82
  17. Anonymous

    މިގައުމު އިސްލާހް ކުރަން ވާހަކަ ނުދެއްކޭނަމަ އަހަރެމެންނަކީ މިނިވަނުންނެއްނޫން

    88
    1
  18. ސަލްމާ

    ދިވެހިންގެ މިނިވަންކަން ނެތްކަމުގެ ހެތްކެއް. ދިވެހިންނަށް ގައުމުގެ ކަންކަމުގައި ވާހަކަ ނުދެއްކޭނެއޭ ބުނާނީ މިގައުމު އިސްތިއުމާރުކޮށްގެން ތިބި ބަޔަކު. ގާނޫނާ ހިލާފު ކަމެއް މިކުރަނީ. މިއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް. މިކަން ކުރަން ނިންމި ބަޔަކު ދިވެހި ދައުލަތުގެ ވަޒީފާއެއްގައި ތިބެވިގެން ނުވާނެ.

    83
  19. ޜޮޒީ

    މަ ހަމަހޭބަލި ވެއްޖެ.. މި ޢާޒިމް މިހުރީ ދުނިޔޭން މޮޔަވެފަތަ..

    86
  20. މުންޒާލް

    ދާހިލީކަންކަމުގައި ވާހަކަ ދެއްކުމަކީ އަހަރެމެންނަށް ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ހައްޤެއް. ކޮންމެ ދިވެހިރައްޔިތެއްގެ ހައްޤެއް މިފޭރިގަތީ.

    78
  21. Anonymous

    ކީކޭ؟ ގާނޫނު އަސާސީއާއި ގާނޫނުތަކަށްވެސް މި ސަރުކާރުން ފައިން އަރަނީތަ؟ ގާނޫނުން ދީފައިވާ ހައްޤުތައްވެސް ފޭރިގަންނަނީ. އަދިވެސް ދިވެހިން ހަމަތިބެންވީތަ؟ ޝަހިންދާއާއި ނޫޝީން ހައްޔަރު ކުރޭ!!! ހަމީދު އިސްތިއުފާ. އިބޫ އިސްތިއުފާ!!!

    70
    1
  22. ސަލްމާ

    ރައީސް ޔާމީންގެ ވެރިކަމުގައި އީޔޫ އަދި ކަލޭމެން ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ކަންކަމާ ބެހުނު ބެހުން ކިހިނެއް ހަދާނީ؟

    74
  23. މިއަދު

    އައިޝަތުވެލިޒިނީ އިސްލަމްދީނާއި ކީރިތިރަސޫއަށް ފުރައްސާރަކޮށް މަލާމަތްކޮށް އޭނާ އެއުޅެނީ ސުވަރުގޭގާއިކަމަށް ބުނެ ސޯސަލް މީޑިއާއަށް ދެއްކިވާހަކަތަކާއި ސަރިންދާ އިސްމާޢީލާއި އެމްޑީއެންއެިން އިސްލަމްދީނާއި ކީރިތި ރަސޫލާއަށް މަލާމަތާއި ފުރައްސާރަކޮށް އެދެއްކި ވާހަކަތަކަކީ އެމްޑީޕީއިން އަންގަވއިގެން ކުރެއްވިކަމެއްތޯ ތިމަޖިލިހުން ބައްލަވާދެއްވުންއެދެން ޑަކުޓަރިޝަހީމަކީ މުސްލިމެއް ދިވެއްސެއް މިގައުމުގައި މިއޮތް މާތްވެގެންޗާ އިސްލާމްދީނަށް ފުރައްސާރަކުރާކަމަށްވާނަމަ އެވަހަކަ ދައްކާނެ ޝަހީމުކޮށާލިއަސްމަށާލިއަސް ޝަހީމް އެވާހަކަ ދައްކާނެ ކުރިއަށްޝަހީމް

    74
  24. ގަމާރާ

    މަޖުލިހު ރައިސް ހަމައެއް ނޫން. ދާހިލީ ކަންކަމާ ބެހެނީ ބޭރު މީހުން. ދިވެހިންނަށް ގާނޫނު އަސާސީން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބޭ ދީނާ ހިލާފުނުވާ ގޮތަށް. މިވަރު މީހުން ގާނޫނު ހަދާ މަޖުލިހަށް ހަމަ ހޮވަންވީ އަދި ތިބެންވީ. ގާނޫނުގައި ހުންނަ އެއްޗެހި ނޭނގޭ މީހުން މިއުޅެނީ ނުކިޔަވާ ގުރޫޕް

    66
  25. ކެރެފާ ނަސީމު

    ރާއްޖެ އަށް ހަނގުރާމަ ވެރި ހަތިޔާރާ އެކު އަރާ ހިފަން ގޮވާލި މީހަކީ މަނިކުފާނުގެ ބޭބެ ކެރަަފާ ނަސީމު އޭނަގެ މައްސަަލަ ފުރަތަމަ ބަލާބަލަ ކުކުޅަށް ވެރެ ބިސްދޮށިވެގެން ނޫޅެ ބަލަ ޝަހީމު ދާޚިލީ ކަންކަމަށް ފާޑުކިޔަނީ ދިވެހިރައްޔިތަކަށް ވާތީ މަނިކުފާނު ހެން ދެގައުމުގެ ރައްޔިތަކަށް ވެ ހުރެއެއް ނޫން ... އަމިއްލަށް ބޮލާ ފޮށާ އެޅެނީ ތިޔައީ ނުބެލޭނެ މައްސަލައެއް މަނިކުފާނުތޯ މިގައުމުގެ ދާޚިލީ ވަޒީރަކީ ތިޔަ މަޖިލީހަށް އެއް ކަމެއް ވެސް ނުކުރެވޭނެ ތިޔަހެން އުޅެން ހަދައިގެން ކުރީ ފަހަރުހެން ގޮނޑިން ވެއްޓޭނީ މިފަހަރު ވެއްޓިއްޖިއްޔާ ދެން ހިޔެއް ނުވޭ އެރޭނެހެނެއް.... މަޖިލީހުން އެންގިއަސް ހާޒިރު ވާކަށް ނުޖެހޭނެ ތިޔައީ މުޅިގައުމުގެ ހަލާކު

    65
  26. ޙަމދު

    ބުއްޅަބެ.

    43
  27. ނިދާ

    އާޒިމަކަށް އެނގޭތަ ރާއްޖޭގައި އޮންނަނީ އިސްލާމްދީންކަން މިޤައުމުގައި ރާބޮއި މަސްތުވެގެން ނޫލެވޭނެކަން އިސްލާމްދީނާ ޚިލާފު ވާހަކަތައް ނުދެއްކޭނެކަން، މަޖިލީހަށް ބަލަންވައްދަންވީ ދީނާ ޚިލާފުވީ މީހުންގެ މައްސަލަތައް !

    59
  28. އައްޑޫސިޓީ

    އަލީ އާޒިމްއާ ނަޝީދަކީ ބުއްދިހަމަ ޖެހޭބަޔަކުތޯ މަޖިލީހުން ބަލަން ފެނޭ. ދިވެހިރައްޔެތަކު އިނގިރޭސިވިލާތުގަ ނުވަތަ ޖަރުމަނުގަ ހުރެގެން ދިވެހިގައުމުގަ ހިނގާކަންކަމާމެދު އެއްޗެއްބުނުމުގެ ހަތްގުލިބޭނަމަ (އޯއައިސީ)ގެ މަގާމެއްގަ ހުއްޓަސް ދިވެހިރައްޔެތެއް ކަމަށްވާނަމަ އެހަތްގު އެމީހާއައްވެސް އޮންނާނެ. މޮޔަވިޔަސް މިއިތަންކޮޅެއް ބޮޑުވަރު!

    62
  29. ޖާބިރު

    މިރާއްޖޭގައި މިއޮތް އިސްލާމް ދީނަށް ހަޖޫޖަހާ ރަސޫލާ (ޞއވ) އަށް ފުރައްސާރަކޮށް ދީނުގެ ޙުކުމްތައް ނޫން އެހެން ގޮތެއް ހޯދަން ގޮވާލައި ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން މިތަނުގެ ދީނީ ބައިބައިވުންތައް އުފައްދަމުންދުވާ ލާދީނީ ބައިގަނޑާއި ދެކޮޅަށް ވާހަކަ ދައްކާ އެންމެންގެ މައްސަލަތައް ވަގުތުން ވަގުތަށް ފުލުހުންނާއި މަޖުލީހުންނާއި ސަރުކާރުންނާއި އެހެން ތަންތަނުން ބަލަމުން ފިޔަވަޅު އަޅަމުންދާއިރު ލާދީނިއްޔަތު ފަތުރާ މީހުން އެތިބެނީ ސަރުކާރުގެ މަތިފަޑީގައި މިމައްސަލަތައް ބަލަން. ދެން ތިބެގެން ކިޔާނެ ތިމަންނަމެން އިސްލާމްދީން ކުރިއަރުވަމޭ. ކީއްކުރާނީ ދިވެހިންގެ ޖާހިލުކަމާއި އަމިއްލަ އެދުން ބޮޑުކަމުން މިބައިމީހުންނަށް ވޯޓުދީ މި ރާއްޖޭގައި މި ފިތުނަ އުފައްދަން ފުރުޞަތު ދިނީ. ދެންވެސް ދިވެހިން ތިބޭނީ ހަމަ މިޖާހިލުކަންމަތީގައިބާ. މިބައިމީހުންނަށް ބާރުވެރިކަންދީ މިތަނުގައި ލާދީނިއްޔަތު ފެތުރުމަށް އެހީތެރިވެ ވޯޓުދިން ހުރިހާ ދިވެހިންނަށް ހެޔޮވިސްނުން ދެއްވައި މި ލާދީނިއްޔާތާއި ދެކޮޅަށް ފާޅުގައި ނުކުތުމުގެ ހިތްވަރު ދެއްވާށި. އާމީން.

    56
    • Anonymous

      އާމީން

      31
      1
  30. ސމީ

    މި ސރުކާރަކީ ބޮޑު ޖޯކެއް އަދި ޖާހިލުބައެއް. އަދި ކިރިޔާ އެޤައު މެއްގެ ރައްޔިތަކު އެ ޤައުމ މެއްގެ ދާޚިލީ ކަންކަ މާ ބެހޭ ވާހަކަ އަޑު މި އެހީ ކީކޭ ބުނާނީ

    57
  31. Anonymous

    މިބައިމީހުން އިނދިކޮޅުގައި ތިބި އިރު ރާއްޖެއަކީ ޓެރަރިސްޓުންގެ ހާއްޔެކޭ ގޮވާ ބޭރުގެ ތަންތަނުގައި ހަޅޭއްލަވަމުން ދުވުނުއިރު އެތަންތަނުން މިރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރުވަމުން ގެންދިޔަ ނަމަވެސް މިބައިމީހުންނާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވޭ. ނަމަވެސް ޑިމޮކްރަސީއޭ މިނިވަންކަމޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ގޮވާ މީހުންނަށް ވެރިކަމުގެ ހުރިހާ ބާރެއް ލިބުނީމަ މިބައިމީހުންގެ ލާދީނީ އެޖެންޑާއާއި ދެކޮޅަށް އެއްޗެކޭ ބުނެލާއިރަށް އެމީހެއްގެ މައްސަލަ ބަލަން ފަށައި. ކޮން ޤާނޫނެއްގައި އޮތީ ލާދީނިއްޔަތާއި ދެކޮޅަށް ވާހަކަ ދެއްކުމަކީ ކުށެކޭ ބުނެފަ.
    މިބައިމީހުން މިއުޅެނީ ދިވެހިންގެ އަތްފައި ބަނދެ އަނގަވެސް ބަންދުކުރަން. ދެން ބާރު ސްޕީޑްގައި ލާދީނިއްޔަތު ފެތުރުމަށް.
    ވިސްނޭ ދިވެހިން މިހާރުން މިހާރަށް ނުކުމެ ވެރިކަން ވައްޓައިލުމަށް ގޮވާލަން. އަދި ވެރިކަމާއިއެކު މަޖިލިސްވެސް އުވާލުމަށް ގޮވާލަން. އަދި މީގެ އިތުރުން މި ލާދީނީ ބައިގަނޑު މިހާރުން މިހާރަށް ހިފާ ހައްޔަރުކޮށް ވަކިވަކިން ގޮޅިތަކުގައި ބަންދުކޮށް މިބައިމީހުން އެނބުރި ރުޖޫޢަވޭތޯ ނަޞޭޙަތް ދިނުމަށް ގޮވާލަން. ނޫންނަމަ މި ފިތުނަ އުފައްދަން ފުރުޞަތު ނުދީ އުމުރަށް ޖަލުގައި ބެއިތިއްބުމަށް ގޮވާލަން. ބޭރުގެ ކިތަންމެ ނުފޫޒެއް އަޔަސް ފަރުވާލެއްނެތް. ފިތުނައި ހުޅަށްވުރެ ބޭރުގެ ޕްރެޝަރާއިހެދި ލިބިދާނެ ނިކަމެތިކަން މާރަނގަޅު.
    އަހުރެން މިހުރީ މިހާރުވެސް މިބައިގަނޑާއި ދެކޮޅަށް ނުކުންނަން ތައްޔާރަށް.

    52
    2
  32. Anonymous

    މަދީނާގައި އިސްލާމް ދީން ޤާއިމްވެ މުސްލިމުންގެ ބާރު ގަދަވެގެން ދިޔުމުން ޔަހޫދީން އެތަނުގައި ފިތުނަ އުފައްދާ މަދީނާ ފިތުނައިގެ ހާއްޔަކަށް ހެދުމުގެ ފުރުޞަތު ނުދީ އިސްލާމުން އެ ނުބައި ޔަހޫދީންނާއި ދެކޮޅަށް ނުކުމެ އެބައިމީހުން މައިތިރިކުރި.
    މިހާރު ރައްޖެއަށް ކުރިމަތިވެގެން މިއުޅޭ ލާދީނީ ކަންކަން ފެތުރުމުގެ ވަބާއިން މިގައުމު ބޮޑު ފިތުގައި އަނދަވަޅަކަށް ވެއްޓި ހަލާކުނުވަނިސް މި އިސްލާމް ދިވެހި ރައްޔިތުން މިބައިމީހުންނާއި ދެކޮޅަށް ނުކުމެ މިބައިމީހުންގެ ބާރުތައް ނެތިކޮށްލުމަށް މަސައްކަތްކުރަމުންދާނީ ކޮންއިރަކުންތޯ.

    50
  33. މުޙައްމަދު

    އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނެރަލް ގެ އެޑްވައިޒަރ ގެ މަގާމު ފުރާއިރު ދިވެހިރައްޔިތުންކަން ގެއްލޭތަ؟ ސެކެޓަރީ ޖެނެރަލުގެ އެޑުވައިޒަރެއް ނޫނޭ ރާއްޖޭގެ ކަންކަމާ ބެހެނީ، ރާއްޖޭގެ ކަންކަމާ ބެހެނީ ޝަހީމު. ދިވެހި އެހެން ރައްޔިތުންނަށް އޮތް ހައްޤެއް އޭނާއަށްވެސް އޮންނާނެ. ޝަހީމުގެ މައްސަލަ ބަލާނަމަ ޝަހީދުގެ މައްސަލަވެސް ބަލަންޖެހޭނެތާ؟

    53
    1
  34. ޢަހުމަދު

    ޢާޒިމް ކަލޭ ހޭބަލިނުވެ ހުރޭ... ކޮންމެ މަޤާމެއްގައި ކޮންމެ ތަނެއްގައި ހުއްޓަސް އެއީ ދިވެހި ރައްޔިތެއް. ދިވެހި ޤައުމުދެކެ ލޯބިވާ ދިވެހި ދަރިޔެއް. ފާޑު ދީނީ މިނިވަންކަން ހޯދަން ތިޔަ ލާދީނީ ބައިގަނޑު ކުރާ މަސައްކަތާއި އިދިކޮޅަށް ނުކުންނާނެ ދިވެހި ދަރިޔެއް ޝަހީމް އަކީ ...

    132
  35. ސޯޕް ލައިޓް ބްރަދަރ

    ދާޚިލީ ކަންކަމާނުބެހި ވޯޓުލާނވީމާ އޯކޭތަ؟

    53
  36. ޣހރ

    ހަޖަމް ނުވަނީދޯ ކޮބާއިންސާފް

    65
  37. ވިސްނާ

    އެޖެންޑާ 19އިގެ ދަށުން މަޖިލީހަށް ހޮވިފައި މިތިބީ ދުނިޔެއަށް ލޯނުހުޅުވޭ ނަމުން ޑިމޮކުރަޓިކު ކަމުން ޔަހޫދީ މެމްބަރުންކަން ޔަގީން. ސިޔާސީ ރެލީ ތަކުގައި މޮޅު ވާހަކަ ދެއްކުމަކީ މެމްބަރުކަމަށް ކުފޫ ހަމަވާ ކަމެއްނޫން ކަން މިކަމުންވެސް މިއެނގެނީ.

    59
  38. ކޮބާ ކާފަ

    ލާދީނީ ބައިގަނޑައް އެކަނި ފާޑުކިޔާ ހިޔާލު ފާޅު ކުރެވޭނީ. އެހެންބަޔަކަށް ހައްގެއް ނޯންނާނެ.

    47
    1
  39. ބެއްޔާ

    އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން މިހެން ކިޔާތީތޯ ހަޖަމްނުވެގެން ތިއުޅެނީ. ކިތަންމެ ނުރުހުނުކަމުގައިވިޔަސް ﷲ ހަޟްރަތުގައި ދީނަކީ އިސްލާމްދީން. އެހެންދީންތަކަކީ ބާޠިލް ދީންތަކެއް. މަގޭދީނަކީ އިސްލާމްދީން.

    69
  40. ޖަލުބައްތި

    ކޮބާ ޕްރޮފިސަރ އުގައިލް. އޭނާވެސް ދާޚިލީކަންކަމާބެހުނެއްނު. އޭނާގެ މައްސަލަވެސް ހުށަހަޅަންވީނު.

    70
    • Anonymous

      ދޯ؟ ދޮންމީހުންގެ ސަރުކާރަކުން އަންގައިގެންތޯ ބަލާފަ އެސަރުކާރަށް ފިޔަވަޅު އަޅަންޖެހޭނެ. ދުނިޔޭގެ ޗާޓުން ފޮހެލަން ތިމަޖްލިހުން ފާސްނުކޮށްފިއްޔާ ރަނގަޅު.

      41
  41. ޢަންމާޒު

    މިލާދީނީ އަނދިރި ދައުލަތުގެ ބައިގަނޑައް ދީނާއެއްކޮޅައްްމީހަކު އެއްޗެއްބުނެފިއްޔާ ކެތެއްނުވާނެ މިހާރުދެން އަހަރެމެންނައްވެސް މަގުމައްޗައްނުނިކުމެ ނުތިބެވޭހިސާބައްމިދަނީ މަގުމައްޗައްނުކުމެގެންވިޔަސް މިނުލަފާ ލާދީނީބައިގަނޑުގެކިބައިން މިޤައުމުސަލާމަތްކުރަންއެބަޖެހޭ އެހެންނޫނިއްޔާ މިބައިގަނޑު މިޤައުމުގަ މީހުންއިސްލާމްދީނައްއުޅުނަކަނުދޭނެ

    30
    1
  42. ރަޒީލް

    ޝަހީމް އަކީ ދިވެއްސެއް.. ޝަހީމައް ރާއްޖޭގެ ދާޚިލީ ހުރިހާކަމަކާއިމެދު ވާހަކަ ދެއްކުމުގެ ހައްގު އޮންނާނެ. މިހާރު ތިޔާ އުޅެނީ ކަންބޮޑުވެގެން ކޮސް ގޮވޭތީ.. ލާދީނިއްޔަތާއި ދެކޮޅައް ދިވެހީން ނިކުމެއްޖެ. ދެން ތިޔަކުރަން އުޅޭ ހަމަ އެއްވެސް ކަމެއް ނުކުރެވޭނެ. ދިވެހީންގެ ކެއްތެރިކަން ކޮޅުންލައިފި. މިތާގަ ދެން ހަމަ ހިލާ ލާހިކު ކުޅަދާނައެއްނޫން ލާދީނިއްޔަތު ފަތުރާކައް.

    27
  43. އަހުމަދު

    އޮހޯ ހަޖަމް. އެއީ ދިވެއްސެއް.ކިޔޭނެ. ކިޔާނެ. ކިޔެން ވާނެ.

    26
  44. ޟ

    އޭ މިހިރަ ގަމާރާ ޑރ ޝަހީމް އަކީ މިޤައުމުގެ ރައްޔިތެއް ނޫންތަ؟ މި ޤައުމުގެ ދާޚިލީ ކަންކަމަށް ތިޔަކަން ވާނީ ބިދޭސީން ނަމަ ދޯ މިޤައުމުގެ ކޮންމެ ކަމަކަށްވެސް ފާޑު ކިޔޭނެ މިޤައުމުގެ ރައްޔިތުންނަށް ކަލޭ އަރުވާލެވިގެން ހުރެ މިޤައުމުގެ ކަންކަމާ ނުބެހެންތަ

    18
  45. Anonymous

    އަހަރެމެން ރައްޔިތުންނައް ބެހެވޭނެ.

    18
  46. ކެޔޮޅު

    އަލީއާޒިމަ މަޖިލިސް މެންބަރ ކަމައްކުފޫހަމަވާމީހެއްތޯބަލަންޖެހޭ ބަލަގަ ޑރ ސަހީމަކީވެސް ފަހުރުވެރި ދިވެހި ދަރިއެއް އަދިބަސްބުނެވޭފަދަ ޤާބިލް ބޭފުޅެއް!

    20
  47. ކެޔޮޅު

    ޑިމޮކްރެސީގެ ތާކިހާއަޅައިގެން މިނިވަންކަމުގެ ޖުއްބާލައގެން ރަށްޔިތުންގެ އަނގަމަތީގަ ޓޭޕްއެޅީމާ އޭތި ކަޑަދޯ؟

    21
  48. ބިޖޫ

    ސާބަހޭ ސާބަހޭ ސަހީމްއައް ސާބަހޭ ފަހަތައް ނުޖެހޭތި އާޒިމް އެއުޅެނީ އަތަފަނި ބޮވިގެން ދެންއެރޭނީ އަމިއްލަ ދުފާއެއްޗިއްސައް އެވެސް ކެނެރީ ބޮއްޅަބޭގެ

    21
  49. އަލި

    ކެރަފާ ނަސީމުގެ މައްސަލަ ފުރަތަމަ ބަލަން ޖެހޭ އޭނާ ވަނީ އިޒްރޭލް ދައުލަތެއް ކަމަށް ގަބޫލު ކުރަަން އދ ގައި ނެގި ވޯޓް ގައި އެމެރިކާ އަާއި އެކު އެގޮތަށް ވޯޓް ދީފައި އަދި އަދަށް ވެސް އޭނަ އަށް އިޒްރޭލުން ފްރީ ވިސާ ދޭ އަދި އޭނަ ބޭނުން މީހަކަށް ވިސާ ހޯދާ ދޭ މީ ވަރަށް ވާހަކަ އިޒްރޭލުގެ ސިއްރު އެޖެންޓެއްގެ ގޮތުގައި އޭނަ އަށް މުސާރަ ލިބޭ މުސާރަ ދެނީ މޮސާޑް އިން މިއީ ހަގީގީ ވާހަކަ އަދި އިތުރަށް ވެސް ވަރަށް ވާހަކަ އެބަހުރި މިކޮމެންޓް ކިޔާ މީހަކަު ނަސީމް ކައިރިން އަހާލަ ބަލަ މީ ދޮގެއްތޯ...

    18
  50. ރަފީގު

    ނަޝީދު އަލީ ޝައިތާނެއް.. ޝައިތާނުންނާ ދޭތެރޭ ކަންކުރަންޖެހޭގޮތައް އޭނާއާއި ދޭތެރޭ ކަންކުރަން ޖެހެނީ.. މިއީ އެއްފަހަރު ދެފަހަރަކު ނޫން މީނާގެ ބަލާވެރިކަން މުސްލިމް ރައްުިތުން ތަހައްމަލް ކުރަން މިޖެހެނީ. އޭނާއަކައް އިސްލާމީ ދައުލަތެއްގެ މުސާރައެއްވެސް އަދި ރައްކާތެރުކަމެއްވެސް ގައްގެއް ނޫން.

    19
    1
  51. ޒާ

    އެއްކަލަ އަންނިއަށް މިހާރު ޚިޔާރު ފާޅުކުރުން ހަޖަމެއް ނުވޭދޯ؟ ކޮންތާކު ތިޖެހުނީކަލޯ؟

    24
  52. އައްލެއިކަލޯ

    އެހެން ބޭބޭފުޅުން ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ތިއްބެވިއިރު ރާއްޖޭގެ ދާޚިލީ ކަންތައްތަކާއި ބެހުމުގެ ނަތީޖާ މިހާރު މިފެންނަނީ ވަރަށް ގޯސް. އެމައްސަލަތައްވެސް ބަލަން ޖެހޭ.

    18
  53. 2023ޔާން

    2023 yAmi n

  54. ޙަލީމު

    މީނާ ލަންދަންގައި ހުރެ ނުބެހޭތަ

  55. ތަރިކަ

    ބަލަަ ސަހީމް އެއީ ދިވެހި ރައްޔިތެކޭ. މޮޔަވީތަ. މިޤަުމުގަ ހިނގާ ކަންކަމާ އޭނަ އަށް ފެންނަ އެއްޗެއް އޭނަ އަށް ބުނުމުގެ ހައްޤު އޭނަ އަށްވެސް އޮންނާނެ. ކޮބާ ކަލޭމެން ތިބުނާ ދުލާއި ޤަލަމުގެ މިނިވަންކަން. ހަރުބީ ބޮޑެތި ކާފަރުން މި ޤަުމުގެ ކަންކަމާ ބެހޭ އިރު ފިޔަވަޅެއް ނޭޅޭ

  56. Anonymous

    ތިޔައީ ބޭކާރުކަ މެއް. ލާދީނީ ބައިގަނޑު ރުއްސަނއ ކުރާކަ މެއް. ރޫހާނީ ލީޑަރަކީ އެެއްވެސް ގޮތަކަށް ރާއްޖޭގެ އަ މިއްލަ ވަންތަކަން ހި މާޔަތްކުރު މުގެ ވިސްނުން ހުންނަ ބޭކަލެއް ނޫން. ދޮން ފަރަންޖީން ރާއްޖޭގެ ކަންކަ މުގެ ތެރެއަށް ވަނު މަށް ގޮވާލާ ބޭކަލެެއް. ޝަހީ މަކީ ދީނީ ޢިލް މުވެރިއަކަށް ވުމުން ދީނުގެ ދިފާއުގައި ވާހަކަ ދައްކާތީ ހަޖަ މު ނުކުރެވުނީ

  57. ހަމަޖެހޭ

    ހޭބަލިވަނީތައުތަ؟ބަލަގަ ޝަހީމަކީ ދިވެހި ރައްޔިތެ.. ކޮއްމެ ދިވެއްސަކަށް ދިވެހިރާއްޖޭގެ ގާނޫނުން ބާރުލިބޭ އެމީހެއްގެ ހިޔާލު ފާޅުކުރަން.. ޝަހީމު ފާޅުކުރަނީ ޝަހީމުގެ އަމިއްލަ ހިޔާލު. އެއީ ދިވެހިރާއްޖޭގެ އިލްމުވެރިއެއް ރާއްޖޭގެ ކުރީގެ މިނިސްޓަރެ.. ހައިސިއްޔަތެ އޮތްބޭފުޅެ އެއީ. އާޒިމުއާ ނަޝީދަށް ދިވެހި ގައުމުންލިބޭ ކޮއްމެ އިޙްތިޔާރެ ޝަހީމަށްވެސް ލިބިގެންވޭ.. ތިއަށްވުރެ ރަގަޅުވާނެ ކަލޭމެން ޕާޓް އުގައިލު ދިވެހި ދާހިލީ ކަންކަމާ ބެހުނީ ކީއްވެތޯ ބަލަންވީނުން..

  58. ބުރޯ

    ބަލަގަ ސަހީމަކީ ދިވެހިރައްޔިތެއް . ނަސިދަށް ނުވަތަ އާޒިމަށް ބުނެވޭ އެއްޗެއް ބުނުމުގެ ހައްގު އޮތްފަދައިން. ދިވެހިރައްޔިތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ސަހީމަށް އޮންނާނެ.

  59. ބޮޑުތަކުރުފާނު

    ޔާ ﷲ، ލާދީނީގެ ކިބައިން މިޤައުމު ސަލާމަތްކުރައް ވާނދޭވެ. ޔާ ﷲ، އިސްލާމްދީނުގެ ޢަދުއްވުންގެ ކިބައިން އަޅަމެންގެ ސަރުކާރު ސަލާމަތް ކުރައްވާދޭވެ. ޔާ ﷲ، މިޤައުމުގެ ޤާނޫނު ހަދާމަޖިލީހުގައި ތިބި އިސްލާމް ދީނުގެ ޢަދުއްވުން ނިކަމެތިކުރައްވާ ނެތިކުރައްވާނދޭވެ، ޔާ ﷲ، މި ކުޑަކުޑަ އިސްލާމީ މުޖުތަމަޢު ފަސާދަކުރާ ޝައިތާނާ އާއި، އެ ޝައިތާނާގެ އަޢުވާނުންގެ ފާސިދު ރޭވުންތަކުން މި ޤަުމުގެ އިސްލާމީ ވަޙުދަތު ބަލިކަށި ނުކުރައްވާދޭވެ، ޔާ ﷲ، ލާދީނީ ފިކުރުގައި ހައްދުފަހަނަ އަޅާ ގޮސްފައިވާ މުރުތައްދު ބައިގަނޑުގެ ނުބައިކަމުން އަޅަމެން އެންމެން ސަލާމަތްކޮށްދެއްވާ، ސަކިންދާ އަންނި ތޫފާނުން މި ނިކަމެތި މުސްލިމު ފަރުދުން ސަލާމަތްކުރައްވާ އާމީން... ޔާރައްބަލް ޢާލަމީން... އާމީން...

  60. ޒާ

    ލަދުކުޑަބައެއްތީ. ޔާމީނުގެ ވެރިކަމުގާ މިގަުމު ހިފަން އިންޑިއާކުރެން އާދޭސްކުރީ ނަޝީދާ ޝާހިދު

    15
  61. ހަމަހަމަ

    މޑޕ އިން ތިކަހަލަ ކޮސް ކަންތައްކޮށްފަ، ތިއީ ހުދު މުހުތާރު ވެރިކަ މެކޭ ބުނެ ރައްޔިތުން އަޑު އުފުލީ މަ ކިޔަނީ ފިތުނަޔޭ ޓެރަރިޒަ މޭ ބަގާވާތޭ.

    12
  62. ޔަހޫދީ ކަލޭގެ

    ލާދީނީ ނަޝީދު އެބުނާ އަނދިރި ދައުލަތަކީ މި ލާދީނީ ބައިގަނޑުތާ ޗީޑި.

  63. ޚަލޯ

    ނަޝީދޫ އަދިވެސް ހަމަ ތިގޮތުގަ ގޮތްދޫނުކޮއް ހުންނަނީތަ؟ ތިމާއައް ކުރެވުނީ ރަނގަޅުކަމެއް ނޫނޭ އަދިވެސް ލާދީނިއްުޔަތުގަ ދެމިހިންނަންތަ ތި ވިސްނަނީ . ހުރި ހިތާމައެއގެ ބޮޑުކަމާއެވެ

  64. Anonymous

    ތީ މަޖިލީހުގަ އުޅޭ ބޮޑު ދައްޖާލު ބުނެގެން ކުދި ދައްޖާލު ވެއްދި މައްސަލައެއް. މީހުންގެ އަބުރު ކަތިލަން. ބަލަން ތިބޭތި. ކުޅޭ ޑްރާމާ. އޮންނާނީ ޕޮލިޓިކަލް ބުލީ. ނަމުން ޑިމޮކްރެޓިކް ކަމުން ހަޖަމުނުވާ ދައްޖާލުތަކެއް.

  65. ޖޯކަރ

    އައްހައްހައްހައްހައްހައް! ވަޓް އަ ޖޯކް!

  66. އަހަރެންގެ ހައްްޤު

    ގައިމު މީހެއްގެ ކަށްގަނޑަށް އެބަ ބާރުވެ އެއްނު. މަގޭ ގާތަށް އަންނަނީ ހިނި. ވަކި ބަޔަކުތަ ޖެހެނީ ކަންކަމަށް ބަސްބުނަން. ﷲގެ އިރާދައިން މި ވެރިކަން ވެއްޓޭނެ

  67. މާނިއު

    ފަރަންޖީން ކިތައްމެ ވަރަކަށް ރާއްޖޭގެ ދާޚިލީ ކަން ކަމާ ބެހުން އޯ ކޭ. ނަޝީދަ ކީ މިގައުމުގެ ހަލާ ކު