ނަބިއްޔާއަށް ފުރައްސާރަކުރުމަށްފަހު "އިންސާނިއްޔަތޭ" ކިޔާ މީހުނަށް ޝެއިޚް އަޙްމަދު ސަމީރު ރައްދު ދެއްވައިފިއެވެ.

ޝެއިޚް ސަމީރު ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތިމާ ހައްޔަރުވެއްޖެނަމަ މުޅި ދުނިޔެ އެކަމާ ދެކޮަޅަށް އަޑުއުފުލަަން ޖެހޭނެކަމާއި، އެއީ މުޅި އިންސާނިއްޔަތު ހައްޔަރުވުންކަމުގައި ދައްކާފައި، ނަބިއްޔާ އަށް ފުރައްސާރަ ކުރުމަކީ، އެވަރުން އުޅެންޖެހޭވަރު ކަމެއް ނޫންކަމަށް ދާއްކާ މީހުންނަކީ މުނާފިޤުނަ ކަމަށެވެ.

ޝެއިޚް ސަމީރު މިފަދައިން ޓްވީޓް ކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ޓްވީޓަކީ ދާދި ފަހުން ރަސޫލާއަށް ފުރައްްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ކޮށްފައިވާ ޓްވީޓެެކެވެ. ދީނީ މިނިވަން ކަމަކީ އިންސާނީ ހައްޤެއް ކަމަށް ބޭރުގެ އެކި ފަރާތްތަކުން ބުނަމުންދާއިރު އެޖަމިއްޔާއަކީ އިންސާނީ ހައްގުތަކަށް ގޮވާލާ ޖަމިއްޔާއެކެވެ.

އިސްލާމްދީނާއި މާތް ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވާރކް (އެމްޑީއެން) އުވާލުމުގެ ކެމްޕެއިން ރަސްމީކޮށް، އިލްމުވެރިން މިހާރު ވަނީ ފަށާފައެވެ. އެމްޑީއެން އުވާލުމަށް ރާޢްޖޭގެ އިލްމުވެރިންނާއި ސިޔާސީ އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުންވެސް މި ޖަމިއްޔާ އުވާލުމަށް ގޮވާލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުންވެސް އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައިވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައިވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރައްޔިތުން

    އިންސާނީ ޙައްޤު އެންމެ ފުރިހަމަ ކޮށްދެނީ މާތްވެގެންވާ އިސްލާމްދީނުން. މިއީ ހެޔޮ ބުއްދި ހުރި ކޮންމެ އިންސާނެއް ގަބޫލުކުރާނެ ހަމަ. އިންސާނާ ޚަލްޤު ކުރެއްވީ ﷲއެވެ. އެކަލާނގެ ޙަޒުރަތުގައި ދީނަކީ ހަމައެކަނި އިސްލާމްދީން. އެނޫން ދީނެއް ނެތް.

    101
    2
  2. ތުއްތުދީދި

    ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަންކަން ނަގަހައްޓަން މަތިކޮށްފައިވާ ފަރާތްތަކުން އެކަންކަމަށް އިހުމާލު ވާނަމަ ރައްޔިތުން ގެ ކުންފުނީގެ މެމްބަރުން އެކަން ކަމަށް ފަރުދީ ފެންވަރުގައި ކުރެވެން ހުރި ކަމެއް ކުރާނެ ކަން ފަހުމު ނުވަނީބާ!

    59
  3. އަޙްމަދް

    ޝެއިޚް ސަމީރު ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތިމާ ހައްޔަރުވެއްޖެނަމަ މުޅި ދުނިޔެ އެކަމާ ދެކޮަޅަށް އަޑުއުފުލަަން ޖެހޭނެކަމާއި، އެއީ މުޅި އިންސާނިއްޔަތު ހައްޔަރުވުންކަމުގައި ދައްކާފައި، ނަބިއްޔާ އަށް ފުރައްސާރަ ކުރުމަކީ، އެވަރުން އުޅެންޖެހޭވަރު ކަމެއް ނޫންކަމަށް ދާއްކާ މީހުންނަކީ މުނާފިޤުނަ ކަމަށެވެ.
    ބަލަ ސަމީރުމެން އެހެން މީހުން އެއީ މުނާފިގުން ކަމުގައި ދައްކަން އުޅޭއިރު ސަމީރުމެންގެ ހާލަކީ ކޯބައިތޯޢެވެ؟

    6
    121
    • ޙަމަހަމަ

      ތިއީ މަންތިގު ނޫނީ ލޮޖިކްގެ ހަ މަތަކުން ބާތިލު ވާހަކައެއް. ޝޭހު ދެއްކި ވާހަކައަށް ބުއްދިވެރި ރައްދެއް ނުދެވު މުން މައުލޫ ބަދަލުކޮށްލަން ޝޭހުގެ ޝަހުސިއްޔަތަށް ހަ މަލާދޭން ތި މަސައްކަތްކުރަނީ.

      ޢެކަ މުގެވެސް ހުރި ނިކަ މެތިކަންބަލާ. ޝޭހާ އި މެދު ބުނާނެ އެއްޗެއް ނެތީ މަ ހަ މައެކަނި ސުވާލެއްގެ ސިފައިގަ އެކަނި އިލްޒާ މެއް އަޅުވަން މަސައްކަތްކުރީ.

  4. އަޙްމަދް

    ޝެއިޚް ސަމީރު ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތިމާ ހައްޔަރުވެއްޖެނަމަ މުޅި ދުނިޔެ އެކަމާ ދެކޮަޅަށް އަޑުއުފުލަަން ޖެހޭނެކަމާއި، އެއީ މުޅި އިންސާނިއްޔަތު ހައްޔަރުވުންކަމުގައި ދައްކާފައި، ނަބިއްޔާ އަށް ފުރައްސާރަ ކުރުމަކީ، އެވަރުން އުޅެންޖެހޭވަރު ކަމެއް ނޫންކަމަށް ދާއްކާ މީހުންނަކީ މުނާފިޤުނަ ކަމަށެވެ.
    ބަލަ ސަމީރުމެން އެހެން މީހުން އެއީ މުނާފިގުން ކަމުގައި ދައްކަން އުޅޭއިރު ސަމީރުމެންގެ ހާލަކީ ކޯބައިތޯޢެވެ؟
    ސަމީރުމެން ކިޔެވީ އިސްލާމް ދީނޭ ބުނާއަޑުއިވެނީ!
    އެކަމަކު އުޅެނީ ، ގުޅިގެން އުޅެނީ ޑިމޮކްރަސީގެ އަހްލުވެރިންނާއި އެކު!

    2
    83
    • މަގޭ ޚިޔާލު

      އަޙްމަދް ކޮމެންޓު ކުރުން ހުއްޓާލާފައި އިސްލާމްދީން އުނގެނެން ވީނުން. އޭރުން ތިކަހަލަ ކޫސަނި ކޮމެންޓު ކުރާކަށް ނަފްސު ބާރެއް ނާޅާނެ.

      92
      1
      • ޙައްޤު

        ޑިމޮކްރަސީއާއި އިސްލާމްދީން އެއްގަލަށް ނާރާނެ ދުވަހަކުވެސް..
        ޑިމޮކްރަސީއަކީ ޝިރުކެއް އަދި ކުފުރެއް.
        ﷲގެ ޤާނޫނުގެ މައްޗައް ވަލުއީޤާނޫނު ހުކުމްވެރި ކުރުމަކީ ބޮޑުކުފުރެއް
        އިސްލާމްދީން ދަސްކުރޭ"މަގޭ ހިޔާލު" ނަމުގަ ކޮމެންޓްކުރި ފަރާތުން

        23
        • މަގޭ ޚިޔާލު

          "ޙައްޤު" ކަލޭ ހާދަ ވައްތަރޭ ޚަވާރިޖަކާ. މިތާނގައި މީހަކު ނުބުނޭ ޑިމޮކުރަސީއަކީ އިސްލާމްދީނެކޭ. އެހެނެކޭ ކިޔާފައި ދީނުގެ އިލްމުވެރިންނަށް ރައްދު ދިނުމަކީ މުސްލިމުންގެ ސިފައެއްވެސް ނޫން. އަދި ޑިމޮކުރަސީއަކީ އަހަރެން ގަބޫލު ކުރާ އެއްޗެއްވެސްނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި މުސްލިމުން އުޅޭ ތަނެއްގައި އޮންނަން ޖެހޭނީ އިސްލާމީ ޝަރީޢާ.

          7
          1
        • މަގޭ ޚިޔާލު

          އިސްލާމްދީން ދަސްކުރުމުގެ ތެރޭގައި ހިމެނޭނެ ދީނުގެ ޢިލްމުވެރިންނަށް އިޙްތިރާމުކުރުންވެސް. ޢިލްމު އުގަންނާދޭން ތިބޭ އެދުރުންނަށް އިހުތިރާމުނުކޮށް އެއްވެސް މީހަކަށް ޢިލްމެއް ނުލިބޭނެ. ދިވެހިން ފުރަތަމަކަމަކަށް ކުރަންވީ ކަމަކީ ދީނުގެ ޢިލްމުވެރިންނަށް އިޙްތިރާމްކޮށް އެބޭފުޅުން ފޯރުކޮށްދޭ ޢިލްމަށް ޢަމަލު ކުރުން.

      • އަހްމަދު

        އަޙްމަދު ގެ އެކޮމެންޓުގައި އެބުނާ ސަމީރުގެ ޓްވިޓާގައި އެވަނީ ނަޝީދުގެ ވާހަކަ. މުޅީގައުމާ ދުނިޔެ ތިމާޖަލައްލީމާ ދެރެވެގެން އުޅޭކަން ދައްކައި ނަބީއްޔާއަށް ފުރައްސާރަ ކުރުމަކީ މައްސަލައެއް ނޫންކަމަށް ދެކިގެން އުޅެނީ!

  5. މޫސާ މަނިކު

    މިކަންކަން އެމްޑީޕީ ޖާހިލުންނަށް ކެތެއް ނުކުރެވޭނެ. މީ އެމްޑީޕީ ލާދީނީ ގްރޫއްޕު އަޑީގައި އޮވެގެން ކުރާ ކަންކަން

    77
    4
  6. Anonymous

    ޝައިޚް ސަމީރަކީ އަޅުގަނޑު ވަރަށް ގަދަރު ކުރައްވާ ބޭފުޅެކެވެ. ލާދީނީ ބައިގަނޑު ނިކަމެތިކުރުމަށާއި، އެމްޑީއެން އުވާލުމަށް ދީނީ ޢިލްމުވެރިން ކުރައްވާ މަސައްކަތަށް އަޅުގަނޑު ފުރިހަމައަށް ތާޢީދު ކުރަން. ނަމަވެސް ތިޔަ މީހުންގެ ތެރެއިން އިޔާޟް އާއި އިލްޔާސް އާއި އިމްރާން އާއި ޢަދާލަތު ފެނުމަކަށް ނޭދެން. އެބައިމީހުންނަކީ މި ލާދިީނިއްޔަތު ފެތުރުމަށް އެބައިމީހުންނަށް ހިތްވަރުދީ ބާރުވެރި ކުރުވި މީހުން.

    82
    4
  7. އަޙްމަދް

    ކޮއްމެ ވެރިމަކަށް ކުލަ އާއި ޢަޤީދާ ބަދަލުވާ ޝެޙުންގެ ނަބިއްޔާ صلى الله عليه وسلم ދެކެކޮން ލޯތްބެއްތޯވާނި!

    11
    3
    • ވިސްނާ

      ޝޭޚުން ފޯރުކޮށްދެނީ ޢިލްމެވެ. އެއަށް ޢަމަލު ކުރުމަކީ ދަރިވަރުން ކުރަންޖެހޭ ކަމެކެވެ. ނަބިއްޔާގެ ރިސާލަތު މިބިންމަތީގައި ފަތުރަން މިއަދު ތިބީ އިސްލާމް ދީނުގެ ޢިލްމުވެރީންނެވެ. ސިޔާސީ މާހިރުންނެއް ނޫނެވެ.

  8. ޖަހާންގީރު

    އެމް ޑީ ޕީ ގެ '' ހުރިހައި '' މީހުނަކީ ވެސް ލާދީނީ މީހުން

    28
    8
  9. علي وحيد

    ތި ޖައްބާރު އެމްޑީއެން ނޭ ކިޔާބައިގަނޑު ހައްޔަރުކުރުން ނުވަތަ އެބައިގަނޑު ގަދަކަމުން ނަމަވެސް إسلام دين އަށް ވައްދައި، މާތްﷲ އަށް توبة ވެ معاف އަށް އެދެން ދެން އެއްވާމެއްގަ ނުވަތަ އެއަށްވުރެ ވަރުގަދައަށް މިކަންކަން ކުރިޔަށް ގެންދަން ޖެހޭ

    21
    1
  10. ބުރޯ

    ގާނޫނުއަސާސީ ބުނާގޮތުން އިސްލާމްދިނާ ހިލާފު އެއްވެސް ވާހަކައެއް ލިއުމުން ނުވަތަ ދުލުންވެސް ފާޅެއްނުކުރެވޭނެ.

    • ދޮންބެ

      ޤާނޫނުތައް އެބަހުރި، ގާނޫނުތައް ތަންފީޒު ކޮށްދޭނެ އަތްތަކެއް ނެތީ.